އައިޖީއެމްއެޗް އާއި ގުޅުން ކުރި ކޮވިޑް-19 ކްލަސްޓާ އިން އިތުރު މީހަކު ފައްސިވެއްޖެއެވެ.

މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ރަފީގު ވިދާޅުވީ މިއަދު ކޮވިޑް-19 އަށް ފައްސިވީ އައިޖީއެމްއެޗްގެ ނަރުހެއް ކަމަށެވެ.

އައިޖީއެމްއެޗް ކްލަސްޓާ އިން މިހާތަނަށް 17 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އައިޖީއެމްއެޗް އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި މުވައްޒަފުންގެ އިތުރުން، އެޑްމިޓް ކޮށްފައިވާ ބަލި މީހުންގެ އިތުރުން ބަލި މީހުންގެ ބައެއް އެހީތެރިން ވެސް ހިމެނެއެވެ. މިހާތަނަށް އައިޖީއެމްއެޗް ކްލަސްޓާ އިން ދެމީހަކު ވަނީ ނިޔާވެފައެވެ. އެއީ އިންޑޮނޭޝިއާ މީހަކާއި ދިވެއްސެކެވެ.

އައިޖީއެމްއެޗް އިން ބަޔަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ދެއްކުން އަނެއްކާ ވެސް ވަނީ ވަރަށް ބޮޑަށް ލިމިޓްކޮށްފައެވެ.

އައިޖީއެމްއެޗް އިން މިހާރު ވަނީ އެހޮސްޕިޓަލްގައި އެޑްމިޓް ކުރާ ހުރިހާ އެންމެން ކޮވިޑް-19 އަށް ޓެސްޓް ކުރަން ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢެކަމަކު ވާ

    ޢަނބުރާ 14 ދުވަހުގެ ލޮކްޑައުން އަކަށް·ދާންޖެހޭ.މިފަހަރުވެސް މިދަނީ ބުނަމުން،އޭރުވެސް ބުނިން.ދެވަނަ ރާޅެއް އައުމުގެ ކުރިން ސަލާމަތީ ބާރުތަކުން އެބަޖެހޭ ފިޔަވަޅުތައް ވަރުގަދަ ކުރަން އަދި ހަމަ މިހާރުން މިހާރަށް ދައުލަތުގެ.މުއައްސަސާތަށް ހިމާޔަތް ކުރަން....ގައްދާރު އެހެރީ ދިވެހި ގައުމު ހަލާކު ކޮށްލަން ހިންދޫ ނިރުބަވެރި ސަރުކާރަކާ ޑީލް ހަދައިގެން....

    4
    1