ސުރެބްރެނީޗާގައި 8000 މުސްލިމް ފިރިހެނުންގެ ޤަތުލުކުރި ހާދިސާ އަށް މިއަދު 25 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މިއަދު ޓްވީޓެއް ކުރެއްވިއިރު އިންޑިއާ ސަރުކާރުން ކަޝްމީރުގެ މުސްލިމުންނާއި ދެކޮޅަށް ހިންގަމުން ގެންދާ އަނިޔާވެރި އަމަލުތައް ކުށްވެރިކޮށް އެމަނިކުފާނު އެއްވެސް ބަސްފުޅެއް ވިދާޅުނުވާތީ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ރައީސް ޞާލިހް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުސްލިމުން މަރާލި ގަތުލް އާއްމު ނުހުއްޓުވުނު ނަމަވެސް އެފަދަ ކަމެއް ދެން ތަކުރާރު ނުވާނެ ކަން ކަށަވަރު ކުރަން ޖެހޭނެ ކަމަށެވެ.
ރައީސް ޞާލިހްގެ ޓްވީޓާއި ގުޅިގެން ޓްވީޓް ކުރި ބައެއް މީހުން ވަނީ ކަޝްމީރުގައި އިންޑިއާ އިން މުސްލިމުންނަށް ދެމުން ގެންދާ އަނިޔާތައް ކުށްވެރި ނުކުރަނީ ކީއްވެތޯ ސުވާލު ކޮށްފައެވެ. އަދި އިންޑިއާ އިން މުސްލިމުންނަށް ދެމުން ގެންދާ އަނިޔާތައް ކުށްވެރި ކުރަން ނުކެރެނީ އިންޑިއާ އިން އެކަމުގެ ހުއްދަ ނުދޭތީތޯ ވެސް ބައެއް މީހުން ސުވާލު ކޮށްފައި ވެއެވެ.
Any comments on Kashmir? Or you need @HCIMaldives ‘s approval?
— Ahmed Azaan (@axanner) July 11, 2020
Man! What is India modi doing to Kashmiris? https://t.co/dcPnfk0Tl8
— ashi habyb 🇲🇻❤️🇵🇸❤️ (@AshiHabyb) July 11, 2020
I just hope nobody remembers about the massacre of Muslims that is still going in in India by the Hindhu extremists and that it’s supported by MDP. https://t.co/dhoTOcQxP0
— Mohamed Nasheed (Alex Kurusee) ᵖᵃʳᵒᵈʸ (@Honest_Nasheed) July 11, 2020
Didn't this guy and his Government turn a blind eye to atrocities done by the Indian Government to the Muslims there? 🤔#failvejje #maldives #agenda19 https://t.co/3DZdY2pmYX
— Jal'Earl (@EarlJal) July 11, 2020
އިންޑިއާގެ ބޮޑުވަޒީރު ކަމާއި ނަރެންދްރަ މޯދީ ހަވާލުވި ފަހުން އިންޑިއާގެ މުސްލިމުންނަށް ހާއްސަކޮށް ކަޝްމީރުގައި ދިރިއުޅޭ މުސްލިމުންނަށް އެތައް ލާއިންސާނީ އަނިޔާތަކެއް ދެމުން ގެންދާ ކަމަށް ބައިނަލްއަޤުވާމީ އެތައް މީޑިއާތަކުންނާއި އެތައް ޖަމިއްޔާ އަކުން ގެންދަނީ ބުނަމުންނެވެ.
އިންޑިއާ ސަރުކާރުން މުސްލިމުންނާއި މެދު ކަންތައް ކުރަމުން ގެންދާ ގޮތް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ކުށްވެރި ކުރަމުން ގެންދިޔަ ނަމަވެސް ދިވެހިރާއްޖެ އިން އެކަމާއި ގުޅޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެއެވެ. ރައީސް ޞާލިހްގެ ސަރުކާރުން އިންޑިއާ ސަރުކާރާއި އެކު އަންނަނީ ވަރަށް ގާތް ގުޅުމެއް ބާއްވަމުންނެވެ.
ބޮސްނިއާ މަތިން ހަދާން ކުރެއްވި ކަން ރަގަޅު. ކަޝިމީރު، ރޮހިންގާ ފަލަސްތީންގެ ވާހަކަ ކޮބާ؟ ?
ރޮހިންޏާ ވާހަކަ ދައްކާކަށް ނުޖެހޭ.... އެއީ މިއަންމާ އަށް ވެރިވެގަނެގެން އުޅޭ ބަންގާޅީން....
ވަކި ތާރީހެއްގަ ވަކި މުނާސަބާއެއްގަ ދައްކާނި އެކަމާ ގުޅޭ ވާހަކަ.. މިއަދަކީ ބޮސްނިއާ ގަތުލުއާންމަށް 25 ފުރުނު ދުވަސް އެހެންވީމަ އެކަންމުގެ ހިތާމަ މިއަދު ފާޅުކުރާނި..ދުނިޔޭގަ ލެއްވި ހުރިހާވާހަކައެއ ދައްކާކަށް ނުޖެހޭ ކޮންމެހެން. މިސާލަކަށް ކުޑަކުދިންގެ ދުވަސް ފާހަގަ ކުރާއިރު ޝަހީދުންގެ ދުވަހުގެ ޒިކުރާ އާކުރާކަށް ނުޖެހޭ ކޮންމެހެން..ނާތަހުޒީބުވިޔަސް ފުކެއް ބޮޑުވަރު. ތިޔަ ޔާމީނު 5 އަހަރު ވެރިކަންކޮށްފަ ފޭބީ ދުނިޔޭގަ ގަތުލުވި އަދި ޤަތުލުވަމުންދާ މުސްލިމުންގެ ޒިކުރާ އާކޮށްފަތަ ކޮންމެ ދުވަހަކު؟؟
އޮޅުނީ...އަދި ފަހުން ކީރިތިކުރައްވާނެ....ޒީރޯޓޮލަރެންސް ކަޝް މީރޭ ބުނާނެ މޯދީ ހުއްދަދިނީ މަ..
މިއީ އިންޑިޔާގެ ގޮނޑި ކޮށްކޮ ސަރުކާރެއް ވީމާ ކުއްވެރި ކުރާނީ ކިހިނެއް
ބޮޑުވަރު
ކީރިތި ނުކުރެއްވޭތަ؟!
މި ސޯލިހުގެ އަޑުއިވެނީ އެއްކަންފަތަށްބާ ؟ ފެއްނަނީ އެއް ލޮލަށްބާ ؟ އިންޑިޔާގެ އަނިޔާވެރިކަން ރޭކާވެސްނުލާތީ ....
ބޮސްނިޔާ ވާހަކަ ދެއްކެވިތަނާ ކީރިތިކުރެއްވި ގިސްލެވޭވަރުން އިތުރު ވާހަކަފުޅު ނުދެއްކެވުނީއޭ. ހާދަ ކަންތައް ބޮޑުކުރެއޭ މިމީހުން.
ޖާހިލު އިބޫ
ރޮދިން ހުސް. ކޮށްފަ ނުކުރާނެ ކަމެއް ނޭންގެންޏާ ތަނެއްގަ އޮށޯވެލައިގެން އޮވެބަލަ. ވެރިކަން ވާވަރު މީހުންނާ ހަވާލު ކޮށްފަ
ކިނބުލަކީ އިންޑިޔާގެ އެޖެންޓެއް ދެންކިހިނެއް ކަޝްމީރުވާހަކަކިޔާނީ
އެމެރިކާ އަށް އިޒްރޭލްގެ ކިބައިން ގޯހެއް ފެނޭތަ؟
ބޯގޯސް އިންޑިއާގެ އަޅުވެތިކަމުގެ ދަށުގައި ތާށިވެ ތަޅުލެވިފަ ބޭނުންވަނީ މިބޭ ވެރިކަމުން އަޒުލުކުރަން.
ކަޝްމީރުގައި ހަމަލަ ދީ މީހން މަރާ ހަރުކަށި މުސްލިމުންގެ ވާހަކަ ނުދައްކާނެ. ބިޮސްނިއާަގއި މުސްލިމުން މެރީ މެރީ ސަރުބުން
ކަލޭމެން ވެރިކަމުގަ ރޮހިންޒާ ދަރިކޮޅު މީހުންނަށް އެއްކުރި ފަންޑު ފޮށި ކޮބާތަ ؟؟؟؟؟؟
ހަދާން ނެތުނީކީ ނޫން އިންޑިއާ އަށް ބިރުން ކަޝް މީރުގެ ވާހަކަ ދައްކަން ނުކެ ރުނީ އިންޑިއާގެ ގޮނޑިކޮއްކޮ ވީމަ ވާނީ އެކަހަލަ ގޮތެއް
މަރުވާ ޓެރަރިސްޓުންގެ ހަދާން އާކުރަން ޖެހޭތަ؟