ރާއްޖޭގެ އެންމެ ބޮޑު އެއް ހޮސްޕިޓަލް، އައިޖީއެމްއެޗްގެ ނަރުހުންގެ ޔުނީފޯމަށް އަނެއްކާވެސް ބަދަލު ގެނެސްފިއެވެ.

އައިޖީއެމްއެޗްގެ ނަރުހުންގެ ޔުނީފޯމަށް އެންމެ ފަހުން ބަދަލު ގެނެސްފައި ވަނީ 2018 ވަނަ އަހަރުގެ ނަރުހުންގެ ދުވަހާއި ގުޅުވައިގެންނެެވެ. އެ ދުވަހު އޭރު ނަރުހުން ލަމުން އައި މަޑު އެކި ކުލަކުލައިގެ ޔުނީފޯމް ބަދަލުކޮށް ވިލު ނޫކުލައިގެ މާތަކެއް ޖެހި ޔުނީފޯމެއް ރަސްމީ ގަޑީގައި ލާން ފެށިއެވެ.

އެއަށްފަހު އެ ޔުނީފޯމު ބަދަލުކޮށް އަނެއްކާވެސް ވަނީ ގަދަ ނޫކުލައިގެ ޔުނީފޯމް ލާ ގޮތަށް ގަވައިދަށް ބަދަލު ގެނެސްފައެވެ.

ކުރިން އައިޖީއެމްއެޗްގެ ނަރުހުން ވެސް ބޭނުން ކުރަމުން އައީ ރާއްޖޭގެ ހުރިހާ ސިއްހީ ޚިދުމަތްދޭ ތަންތަނުގައި ވެސް ބޭނުން ކުރަމުން އަންނަ ހުދު ޔުނީފޯމެވެ. ނަމަވެސް 2012 ވަނަ އަހަރުގެ ޖޫން މަސް ތެރޭގައި އަައިޖީއެމްއެޗް ނަރުހުންގެ ޔުނީފޯމް ވަނީ ބަދަލު ކޮށްފައެވެ. އޭގެ ފަހުން ނަރުހުން ބޭނުން ކުރަމުން އައީ މަޑު ކުލަތަކެއްގެ ޔުނީފޯމްތަކެކެވެ.

މިއީ ފަހުގެ ތާރީހެއްގައި އެ ހޮސްޕިޓަލުގެ ޔުނީފޯމް ބަދަލުކުރި ތިންވަނަ ފަހަރެވެ.

އައިޖީއެމްއެޗްގައި މީގެ ކުރިއާ ހިލާފަށް މިހާރު ޔުނީފޯމް ބަދަލު ކުރާނީ ހޮސްޕިޓަލުގެ އެތެެރެއިންނެވެ. މިގޮތަށް ބަދަލު ގެނެސްފައި ވަނީ ބޭރުގައި އުޅެފައި އައިސް ހޮސްޕިޓަލަށް ޔުނީފޯމުގައި ވަނުމަކާ ރައްކާތެރި ގޮތް ނޫން ކަމަށް ވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަޙްމަދް

    ތިވާނީ ކުރީގެ ޔުނީފޯމަށް ކޮވިޑް 19 ނުވަތަ އެޖެންޑާ 19 ޖެހުނީކަމަށް.

    11
    1
  2. ކާފަ

    ކަކުލުން ތިރިޔައް ދިގު ކޮއްލިނަމަ ވ ފުރިހަމަވީސް...

    7
    3
  3. ޝަރފު

    ޚަރަދު ކުޑަކުރުމަށް ކުރައްވާ މަސައްކަތް. ބަހާ ޢަމަލާ ދިމާ ނުވިއަސް މީހަކު އަޅާވެސް ނުލާ.

  4. ދިދަ ދަނޑި

    މިވަގުތަށް އެންމެ މުހިއްމީ ރައްޔިތުންނަށް ހިދުމަތް ނުދެވުނަސް ޔުނީފޯރމް ބަދަލުކުރުން.. ސާބަހޭ މިދަނޑިވަޅުގައި ތިޔަ ކުރާ ބޭކާރު ހަރަދަށް..