ޓުއަރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި މިހާރު ތިއްބެވި ބޭފުޅުންގެ ފަރާތުން ބިރުދެއްކުމާއި ފުރައްސާރައާ ކުރިމަތިވާ ކަމަށް ބުނެ އެމިނިސްޓްރީގެ އަންހެން މުވައްޒަފަކު ވަޒީފާ އިން އިސްތިއުފާ ދީފިއެވެ.
ޓްއަރިޒަމް މިނިސްޓްރީ ހިންގުމާއި މިހާރު ހަވާލުވެ ހުރި މިނިސްޓަރު ފައްޔާޒަށް އެޑްރެސްކޮށް މުވައްޒަފު ފޮނުވި އިސްތިއުފާގެ ސިޓީގައި ބުނީ މިހާރު ދިމާވެގެން އުޅޭ މައްސަލާގައި ސިވިލް ސާވިސް މުވައްޒަފުން ވެސް ސިޔާސީ ބޭފުޅުންނަށް އެއްބާރުލުން ދެނީ ވަޒީފާގެ ބިރަށް ކަމަށެވެ.
އެ ސިޓީގައި ބުނެފައިވަނީ މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ ސީދާ އަދި ނުސީދާ ގޮތުން އޭނާ އަށް ފުރައްސާރަކޮށްފައި ކަމަށެވެ.
މި އަމަލުތައް ކުރިއަށްދާތާ ގިނަ ދުވަސްތަކެެއް ވެފައިވާ ކަމަށާއި ކޮވިޑް-19 އާ ގުޅިގެން އުފެއްދި ޓާސްކް ފޯސްތަކުގައި މަސައްކަތްކުރި އިރު ވެސް، އެކި ބާވަތުގެ ފުރައްސާރަކޮށްފައިވާ ކަމަށް އޭނާގެ ސިޓީގައި ބުންޏެވެ. އެކަންކަމާއި ކުރިމަތިވުމުން ބިއުރޯގެ އިސްވެރިއެއްގެ ގޮތުގައި ހުރި މުހައްމަދު ހައްސާންއާ ހިއްސާކުރުމުން އެހީތެރިވި ކަމަށް ވެސް ސިޓީގައި ބުނެފައި ވެއެވެ. އަދި ކުރީގެ ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދަށް މިކަން ހުށަހެޅުމުން، އެކަށީގެންވާ ފިޔަވަޅު އަޅާފައި ކަމަށް ވެސް މުވައްޒަފު ބުންޏެވެ.
އަލީ ވަހީދު މަގާމުން ވަކިކުރުމަށް ފަހު ހައްސާން ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ.
"އެކި މަސައްކަތުގައި އިސްވެ ދެންނެވި ފަރާތްތަކުން އަޅުގަނޑަށް ނަފްސާނީގޮތުން ކުރަމުން ދިޔަ އަނިޔާތަކުގެ ޝަކުވާ އޭރު މިނިސްޓަރު ކަމުގައި ހުންނެވި ފަރާތާ ހިއްސާކުރުމުން މިނިސްޓަރު އެކި ފަހަރުމަތުން އެ ފަރާތްތަކަށް ނަސޭހަތްދެއްވައި، އެ ފަރާތްތަކާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާފައިވާ ކަން ފާހަަގަކުރަން،" ސިޓީގައިވެއެވެ.
ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި، ކުރީގެ މިނިސްޓަރު މިދިޔަ ބުރާސްފަތި ދުވަހު މަގާމުން ވަކިކުރެއްވުމުން، މިނިސްޓްރީގެ މާހައުލު ވަރަށް ގޯސްވެފައިވާ ކަމަށާއި މުވައްޒަފުންނާ އެކަހެރިކޮށް، ތަފާތުކުރުމުގެ އަމަލުތައް ހިންގާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
މިނިސްޓްރީގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން އެ މުވައްޒަފުގެ އަބުރު ކަތިލެވޭ ފަދަ ގޮތަކަށް ކަންތައް ކޮށްފައިވާ ކަމަށް ވެސް ސިޓީގައި ވަނީ ބުނެފަ އެވެ.
އެވެރިން އެތިބީ ހަމައިގާ ތަ.
އެކަމަކުވާ ފައްޔާޒު ދި ނެކްސްޓް ލެވެލް
ކިހާ ދެރަކަމެއްތޯ އަޅުގަނޑުމެން އަންހެންވެރިން ނައްމިގައުމުގަ އޮއް ގޮއްތޯމީ ކީއްތޯ ކުރާނީ ކޮންމެ ދާއިރާޔަކުން މަތީ ތައުލީމް ހާސިލް ކޮއްގރން ތިއްބެވި އެކި އުމުރުގެ ބޭފުޅުން ތިއްބާ އެބޭބޭފުޅުންނައް އަނބުރު މައުރޫފް ހިންގަން މަގުމަތީގައި އުޅޭ އެކްޓިވިސްޓުން ލީމަ މުޅިގައުމުގެ ނަން ޙަރާބްވެ ބޭޒާރުމިވަނީ ގައުމު ކަނބަލުންގެ އަގުވައްޓާލާ ވެއްޔާ މޮޑެލަނީ އޭސަހަރޯ ހުރިހިތާމަ އެއްގެ ބޮޑުކަމާއޭ
ސަރުކާރުއިސްތިއުފާ
މީ އެ އަލީ ވަހީދު ބުނަން އުޅޭ ވާހަކަޔަކީ އަންނިމެން އަލީ ވަހީދު ބުރުވާލީ.
ޓޯރިޒަމް މިނިސްޓްރީ މާ މައްސަލަ ބޮޑިއްޔާ އުވާލަންވީނުން
އަންހެން ވެރިން ލަދުޙަޔާތް ކަނޑުވައިގެން މަގުތަކަށް ނެރެ މުޒާހަރާ ދަސްކޮށްދީ ވެރިކަމާހެދި.. އެކަމަކު މިއަދު އެއަންހެންވެރިންނަށް ފުރައްސާރަ ކުރުމުގައި. ސޯލިޙް ގެ ޒީރޯ ޓޮލަރެންސް ކޮބާތޯ.
ފެންބާލަންއެނގެނީ މިކަހަލަ ކުޅިވަރުތަކުގައި. ލާދީނީ ރިޕޯޓް ނެރުނީމަ ވެސް ނުކެރުނު ފެންބޮޑު ކޮށްލާކަށް. ދީނަށް ކުލުނެއް ލޯތްބެއް އެބަހުރިތަ.އެއްވެސް އިޚްލާޞްތެރި ކަމެއްނެތް ބައެއް. މަޖްލީހުގައިވެސް ކުޅިވަރު ކުޅުން ސްޕަރ މެޖޯރިޓީ ލިބުނީމަ ވެސް
ކޫޑިންގެ މޮޔަ މިސަރުކާރަށް މިހާރު ފުދިއްޖެ ރައިސްސާލިހުގެ ވެރިކަމުގެ 2 އަހަރުނުވަސް ރޭޕްގެ ރެކޯޑެއް ހެދިއްެޖެ ގެންއަވަހަށް އިސްތިއުފާދީ
ތޮއްޔިބު. ..ޝަހީމު ..އުޅޭތަނެއް
ފަނި ..ނުވެ ...ނުދާނެ
ތިޔަ ތަން ރަނގަޅުކުރަން ބޭނުންފުޅުވާނަމަ، އުޑެއް ބުޑެއް ނޭނގޭ، ޢިލްމެއް ޙިލްމެއް ނެތް އަދި ގޮތެއް ފޮތެއް ނެތް ސްމިތްމެންކަހަލަ މީހުން އަވަހަށް ބޭރުކުރޭ!
ބަލަ އެޖެންޑާ19ތަފާތުވާނޭމި ކިޔަނީ މިކިޔަނީ އެކަމަކުވެސް ކަލޭމެން ހަމަ އަޑުނާހާ ކޮންމެކަމެއް ވަރިހަމަ ކޮށްލާފާ އެމީހުނާއި އެކު ބައިވެރިވީ ދުނިޔޭގެ ދަޅަޔަށް ހަމަޔާ ނަހަމައިގަ ތިބެގެން ބުޔަސް ނުބުޔަސް މިފަހަރު އޮތީ ބިރަކާނެތި މަޖާކުރުން މިގޮތް މިއަދު ސަރުކާރުގަ އޮތީ ބޭނުން ނޫން އަންހެން ކުއްޖެއް ހުރިއްޔާ ލަސްނުވެ ހައްލެއްހޯދާ ދިރިއުޅުމަށް އަސަރު ފޯރުމަކީ މުސްތަގުބަލް ހަލާކުވުން ވިސްނާތި ފަހުން ކުރާނެ ކުރެވޭނެ ކަމެއް ނޯންނާނެ އޭރު ނަފުސު އޮންނާނީ ....ފުނޑުފުނޑުވެފަ ކުރިންނުވި ރައްކަލެއްފަހަކުންނުވާނޭ ބުނާތީ އަޑުއަހަމުތޯ...
ޓޫރިޒަމުގަ މިހާރުދެން ހުރިއްޔާ ހުންނާނީ މައުސޫމު އިފަތްތެރި އަންހެނުން.. އަދި ހުސް ވިކްޓިމްސް. އެހެންނުން.
އިސްލާމް ދީނުގެ ހިދާޔަތް ނުލިބޭހާހިނދަކު އަބަދު ޖެހޭހޭނީ މިހާލުގާ އުލޭން .
ދޮންމީހުން ބުނާ މިނިވާން ކަމަކީ ތިއީ.
ޓޫރިޒަމުގައި ތިބޭނީ އިއްފަތްތެރިކަމުގައި ލާމަސީލު އަދި އައުރަނިވާކުރުމާއި ރިވެތި މާތްބަހުގެ ލާމަސީލު އަންހެނުން.. އެއީ ދުއާ ދެއްވާވަރުގެ މައުސޫމު އަންހެނުން.. އެއީ ހަމަ ހުސް ވިކްޓިމުން.. އެއީ ތެދުވެރިކަމާއި ހުލްގު ރިވެތިކަމާއި އަދި މަކާރިމުލް އަޚްލާގުގެ ރަމްޒުތަކެއްފަދަ ބަޔެއް..
އިބޫ އަށް ނުރޮވޭތަ؟
މިހާރު ހައުސިންގ މިނިސްޓްރީގައިވެސް މުވައްޒަފުންނައް އިންތިހާ ޔައް ބިރުދެއްކުން އެބައޮތް ކިހިނެއް ވީމަތޯ މިކަން މީޑިއާ ސަމާލުކަމައް އަންނާނީ
ހުރިހާ އަންހެން މުއައްޒަފުން ގޮސް ބުނޭ ވެރިމީހާ ތިމަންނާމެންނާ ބެހެނީއޭ.. އެހުސާބުން ވެރިމީހާ އަކީ ރޭޕިސްޓަކައް ހަދައި އެކަން ސާބުތުވެއްޖެކަމައް ބަލައި ނޫހުގައި ވެރިމީހާއަށް ރޭޕިސްޓް ލޭބަލްދީ އިސްތިހާރު ޖަހާދޭނެ.