މިއަދު ކްރިމިނަލް ކޯޓުން ނިންމި ނިންމުމާއެކު ގަބޫލު ކުރެވެނީ އެމްއެމްޕީއާރުސީ މައްސަލައަކީ މިހާރު ވުޖޫދުގައި އޮތް މައްސަލައެއް ނޫން ކަމަށް ޕީއެންސީގެ ރައީސް އަބްދުއް ރަހީމް ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވެފައިވަނީ މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލާފައިވާ އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅޭ 7 ދައުވާއެއް ވަނީ ބާތިލް ކޮށްފައިވާތީއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލުގައި ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ގަބޫލު ކުރެވޭ ކަމަށްވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.

ނޫސްވެރިންނާއި ބައްދަލު ކުރައްވައި އަދުރޭ ވިދާޅުވީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުގައި އޭރު ހުންނެވި އައިޝަތު ބިޝާމް އަދި ޕޮލިސްގެ މުހައްމަދު ރިޔާޒް އަމަލު ކުރައްވާފައިވަނީ ރަނގަޅަށް ނޫންކަން މިއަދު ކްރިމިނަލް ކޯޓުން ބުނެފައިވާ ކަމަށެވެ. އެހެން ކަމުން އެދައުވާ އަކީ ސައްހަ ދައުވާއެއް ނުވާތީ ކޯޓުން މިއަދު ބޭރު ކޮށްފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"މިއަދު ކޯޓުން އެ ނިންމި ނިންމުމާއެކީގައި އެމްއެމްޕީއާރުސީގެ އެއްވެސް މީހެއްގެ މައްޗަށް ދައުވާއެއް އުފުލާފައިވާ ކަމަށް ވަންޔާ އަދި އެއްވެސް މީހަކު އެ މައްސަލައިގައި ހައްޔަރުވެފައި ހުރި ކަމަށް ވަންޏާ އެހުރިހާ އެންމެން މިހާރު މިތިބީ މިނިވަން ކުރަން ޖެހިފައި" އަދުރޭ ވިދާޅުވިއެވެ.

އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

އެމްއެމްޕީއާރުސީގެ ކުށުގައި ތިބި މީހުންގެ މައްޗަށް އެ ކުށް ސާބިތުވާނެ ދަލީލެއް ނެތް ކަމަށާއި އެހެން ކަމުން ރައީސް ޔާމީން ހައްޔަރުގައި ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް މިހާރު ނެތް ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ޔާމީން ޖަލުގައި ބާއްވައިގެން މި ސަރުކާރުން ކުރަމުން އަންނަނީ އަނިޔާ ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުލަތުން އަދީބު މައްޗަށް އުފުލާފައިވަނީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ އަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމުގެ ދައުވާއެކެވެ.

ވެރިކަމުގައި ހުންނެވި އިރު އެމްއެމްޕީއާރްސީގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 28، 2019 ގައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ޔާމީންގެ މައްޗަށް މިހާރު ވަނީ އިތުރު ދެ ދައުވާއެއްވެސް އުފުލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އަލްޖިބްރާ

  ޔާމީނު ކުރި ވައްކަމަކީވެސް ވުޖޫދުގައި ވާކަމެއް ނޫން ދޯ ! ކަލޭ ތިހިރީ މޮޔަވެފަ !

  4
  21
  • ކާފަބޭ2020

   ރައީސްޔާމީނު ވައް ކަން ކުރެއްވި ކަމަށް ކަނޑައެޅީ ކާ ކުތޯ؟ ޢެއްވެސް ކޯޓަ ކުން ހަމަހަގައިމުހު ކުމެއްނު ކުރޭ ވަގުޑީލެއްގެ އެހީގައި ދޮންނަމެޝިނަ ކަށް ރައީސްޔާމީނުގެއެ ކައުންޓަށް މީހަ ކުލީލާރި އެޅުއްވި ކަމަށް ބުނެއިއްވިހު ކުމެއްއޮތީ އެހުކުމަކުވައްކަމެއްގެވާހަކައެއްނާދޭދޯ؟

 2. އަދުރޭ

  ހޭބަލި. ފޯކައިދޫއަށްދޭ. އަދީބު ދޫކުރިއަސް ޔާމީނު ދޫނުކުރާނެ. މޮޔަބަލިޖެހިގެން ކަލޭމެން ތެޅިބާލާ. އަދީބު ލައްވާ ވައްކަން ކުރުވީ މަޖުބޫރު ކޮށްގެން. ކަލެއަށް އެގިއްޖެތަ.

 3. ކާފަބޭ2020

  އަބުދުއްރަހީމެވެ. ކެމްޕޭނުގަވީ އެއްވައުދަ ކީ ރައީސްޔާމީނު ޖަލަށްލުމެވެ. އެވައުދުގެދަށުން ޖަލުގަހުރިމީހަ ކު މިނިވަންވެއްޖެނަމަ ވައުދާޚިލާފުވީދޯއެވެ. ދެން؟؟؟؟؟؟؟؟

  1
  1