ރާއްޖެ އަށް ދޭން އިންޑިއާ އިން ކުރިން ވެސް ނިންމާފައި އޮތް އަސްކަރީ މަތިންދާބޯޓު ރާއްޖެ އާއި ހަވާލު ކުރުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ރާއްޖެ އަށް އިންޑިއާ އިން އަސްކަރީ މަތިންދާބޯޓެއް ދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަޝްވަރާ ކުރެއްވި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އޭރު މަޝްވަރާ ކުރެވުނީ އިންޑިއާ އިން ރާއްޖޭގައި ދުއްވާ ހެލިކޮޕްޓަރުތަކުގެ ބަދަލުގައި އަސްކަރީ މަތިންދާބޯޓެއް ރާއްޖެއަށް ހަދިޔާ ކުރާށެވެ.

ރައީސް ޔާމީންގެ ސަރުކާރާއި އިންޑިއާ ސަރުކާރުން މަޝްވަރާ ކުރިއިރު އިންޑިއާ އިން ހުށަހެޅީ އަސްކަރީ މަތިންދާބޯޓްތައް ދުއްވަން އިންޑިއާގެ ޕައިލެޓުން ތިބޭށެވެ. އަދި ދިވެހިން ވަކި މުއްދަތެއްގެ ތެރޭގައި ޕައިލެޓުންގެ ގޮތުގައި ތަމްރީން ކުރަން ވެސް އެއްބަސްވިއެވެ.

އިންޑިއާ އިން ރާއްޖެ އަށް އަސްކަރީ މަތިންދާބޯޓެއް ދިނުމަށް އެއްބަސްވެ އެކަމާއި ގުޅޭ އެއްބަސްވުމެއްގައި 2016 ވަނަ އަހަރު ސޮއި ވެސް ކުރިއެވެ. އެއީ ރައީސް ޔާމީން އިންޑިއާ އަށް ކުރެއްވި ދަތުރުފުޅެއްގައެވެ. ނަމަވެސް އަސްކަރީ މަތިންދާބޯޓު ލިބުން ލަސްވަމުން ދާތީ ރައީސް ޔާމީންގެ ސަރުކާރުން ވަނީ ޕާކިސްތާނުން އަސްކަރީ މަތިންދާބޯޓެއް ގަތުމަށް މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ކަމަށް މައުލޫމާތު ލިބެއެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު ޕާކިސްތާނުން އަސްކަރީ މަތިންދާބޯޓެއް ގަތުމުގެ ކަންކަން އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށް "ވަގުތު" އަށް މައުލޫމާތު ލިބިފައި ވެއެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ނިމުމުން އެމަސައްކަތް ހުއްޓުމަކަށް އައީއެވެ.

އިންޑިއާ އިން ރާއްޖެ އަށް ދޭ އަސްކަރީ މަތިންދާބޯޓު ރާއްޖެ ގެނައުމުގެ ކަންކަން މިހާރު ކުރިއަށްދާއިރު އެމަތިންދާބޯޓު ބަލަހައްޓަން އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ރާއްޖޭގައި ތިބޭނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިންޑިއާގެ މަތިންދާބޯޓް ބާއްވާނީ ހދ.ހަނިމާދޫ އެއާޕޯޓްގައެވެ. މަތިންދާބޯޓް ބަލަހައްޓާ އިންޑިއާ ސިފައިން ތިބޭނީ އެރަށުގައެވެ.

މިހާރު ވެސް އައްޑޫ ސިޓީ ގަމާއި ލ.ގަމުގައި އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ތިބެއެވެ. އެއީ އިންޑިއާ އިން ރާއްޖޭގައި ދުއްވާ ދެހެލިކޮޕްޓަރުގެ ކަންކަން ބެލެހެއްޓުމަށެވެ. ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި އޮންނައިރު ދެވަނަ ހެލިކޮޕްޓަރު އޮންނަނީ ކައްދޫ އެއާޕޯޓްގައެވެ.

ކިޔުންތެރިންގެ ހިޔާލު

42 ކޮމެންޓް

 1. Anonymous

  ދެން ގެންނާނީ އިންޑިޔާ ސިފައިން.

  72
  1
  • ޕަކެޓް

   ގައުނުތަކުން ޖާސޫސީ ކުރުމަށް ގެންގުޅޭ އުކުޅެއް. އެފަދަ ތަކެތި ނުވަތަ ހަތިޔާރެއް ހިލޭ ދީފައި ދެތިން ހަތަރު އަހަރަކު އެ މެއިންޓަނަންސް ކުރުމާއި ނުވަތަ ތަމްރީނު ދިނުމުގެ ނަމުގައި އެގައުމުގައި ތިބި އެ ގައުމުގެ ސިއްރު ތައް ހޯދުމާއި ޖާސޫސީ މައުލޫމާތު ހޯދައި އަދި އެގައުމާއި އަވެއްޓެރި ގައުނުތަކަށް ޖާސޫސް ކުރުން ބޭނުމަކީ.. މުސްކުޅީން ބުނެ އުޅޭ އެދުމެއް ނެތި ވެދުމެއް ނުކުރާނޭ

   35
  • Anonymous

   ދެނެއްނޫން. މިހާރުވެސް އެބަތިބި. އަދި ބޯޓާއެކު އަންނާނެ 2 ހާސް ސިފައިން. "ރާއްޖެއަށް ދިނުން" މީގެ މާނައަކީ ދިވެހިރާއްޖޭގައި އެބޯޓް ބާއްވާ މިގައުމުގައި އިންޑިޔާ ސިފައިން ޚަރަކާތްތެރިވުން.

   28
 2. Anonymous

  ގައުމުގެ ސަލާމަތީ ބާރުތަކަށް ބުނެލަން އޮތީ ވަރަށް ހުށިޔާރު ވެގެން ތިބޭށޭ.

  74
  • Anonymous

   ގައުމުތަކުން ޖާސޫސީ ކުރުމަށް ގެންގުޅޭ އުކުޅެއް. އެފަދަ ތަކެތި ނުވަތަ ހަތިޔާރެއް ހިލޭ ދީފައި ދެތިން ހަތަރު އަހަރަކު އެ މެއިންޓަނަންސް ކުރުމާއި ނުވަތަ ތަމްރީނު ދިނުމުގެ ނަމުގައި އެގައުމުގައި ތިބި އެ ގައުމުގެ ސިއްރު ތައް ހޯދުމާއި ޖާސޫސީ މައުލޫމާތު ހޯދައި އަދި އެގައުމާއި އަވެއްޓެރި ގައުމުތަކަށް ޖާސޫސް ކުރުން ބޭނުމަކީ.. މުސްކުޅީން ބުނެ އުޅޭ އެދުމެއް ނެތި ވެދުމެއް ނުކުރާނޭ

   17
  • އާދަނު

   ސަލާމަތީ ބާރުތަކުގެ ވެރިން ކުރާ ކަމެއް. ދިވެހި ގައުމާ ދިވެހި ރައްޔިތުންގެ ދުޝްމަނުން ގައުމުގެ ވެރިންނަށް ލީމަ ވާނެ ހައެތި މިވަނީ. މިގައުމުގެ މިނިވަންކަން މި 5 އަހަރު ތެރޭ ވެއްޔާ މޮޑެލާނެ. ދިވެހިން މަޑުން ތިބެގެން ވާކަށް ނެތް. ސަރުކާރު ބަދަލުކުރަން ނުކުންނަންވީ.

   26
   1
 3. ބޯކިބާ

  އަސްކަރީ މަތިންދާބޯޓޭ އެކިއަނީ ޑޯނިއާ ކުދިކުދި ބޯޓުފަހަރު، އޭގަ ކުލަޖައްސާލީމަ އެއީ އަސްކަރީ ބޯޓު.

  61
  1
 4. Anonymous

  އޭތި ދުއްވާނީވެސް ދުއްވުމުގެ ފުރުޞަތު ދޭނީ ވެސް ހަމައެކަނި އިންޑިޔާ ސިފައިންނަށް ، ސީދާ ކަނޑައެޅިގެން ރާއްޖެ އަޅުވެތިކުރަން ކުރާކަމެއް ،

  81
  1
 5. އައްޑޫ ލެއި

  ނުރައްކާ ބޮޑު ކަމެއް ދެން ތީތި ދުއްވަން ފަންސާހަކަށް އަސްކަރީ މީހުން ފޮނުވާނެ. ދިވެހި ރައްޔިތުންގެ މިނިވަން ކަން ނިގުޅަންވެގެން................................އާދޭސް ކޮށްފަ ބުނަން ރައްޔިތުން މިކަމަށް ނޫނެކޭ ބުނޭ

  28
  1
 6. މުގުރާން

  ރާއްޖޭގެ ދުވަސް މިދިޔައީ ،ބާބޯޓެއް ގެނެއްސަ އެބަލަހައްޓަން 200 ސިފައިން ގެނެއްސަ ސަރުކާރުން މުސާރަ ރާއްޖޭގެ ކޮންޓްރޯލް އެވެރިންނަށް!!ޒަ މާން މިދިޔައީ؟ ކުރާނެކަ މެއް ނެތް.

  71
  1
 7. މަރޭ

  މަށަށް ފެންނަނީ އުޖޫރަ ދޭގޮތަށްއިންޑިޔާއާ ގައުމުގެ ސަލާމަތީ ކަންކަން ވަހާލު ކުރުން. އެމީހުން ގެމިހުން ދުއްވާމަތިންދާބޯޓަކާ، ހެލިކޮޕުޓަރެއްގެ ބޭނުމެއް ނުފެނޭ. އޭގެ ބަދަލުގަ ހުރިހާކަމެއްހަވާލު ކުރީމަ އެމީހުން ގެ ހުރިހާބަރަކާއެކު ރާއްޖެ އޮންނާނީ ސަލާމަތުން ކަންނޭގެ. ހޮސްޕީޓާތައްވެސް މިތަނުގައަޅާނެ ކަމެއްނެތް އެގައުމުގެ ހޮސްޕިޓާތަކަ އެގުތިމެންޓު ކުރީމަ ނިމުނީ. މިއީ ގޯށް ގޮތެއް ނުން. އެއި އެމީހުން އުފަލުން ކޮށްދޭނެ ކަންކަން.

  32
  1
 8. ރަބަރޭ

  ޔާ ﷲ މިނުބާއި މީހުން ގެކިބައިން މިގައުމު ސަލާމަތް ކުރަށްވާ ފާދޭވެ އާމީން

  73
 9. ބޯހަލާކު

  މިސަރުކާރުން ޕާކިސްތާނާއެކު އެއްވެސްގުޅުމެއް ބާއްވާކައްބޭނުމެއްނުވޭ..! ބޮޑުގެރި ފަހަތުން ގައުމުއަޅުވެތިކުރަންޔެޅެނީ.!؟

  60
  1
  • ވެރިން

   ޕާކިސްތާނާ ގުޅުން ބަދަހިކޮށްފިނަމަ އިސްލާމްދީނުގެ ކަންކަމާ އިސްލާމީ ތަޢުލީމް ކުރިއަރުވަން އުޅެނެ ވިއްޔާ އެއީ މިހާރު ވެރިކަމުގެ ތިބިމީހުންނަށް ހަޖަމުކުރަން ވަރަށް އުދަގޫ ވާނެކަމެއް

   11
   1
 10. މާލެ ބޭބެ

  ރާއްޖެއަށް އަސްކަރީ ބޯޓެއް ބޭނުމެއްނުވޭ... ރާއްޖޭގެ ދުވަސް ދުއްވާލަނީ... ދެން ޕައިލެޓް އަކަށް ރ. ނަޝީދު.. ރިޒަވް ޕައިލެޓް.ރ.ސޯލިހު.. ބަލަ ތިބޭފުޅުން މޮޔަވަނީތޯ... އައްޑޫގެ ދެކުނުން 150 މޭލުގައި ހޯޅުވަހި ..އެބަ އޮތޭ. އެއީ އެމެރިކާގެ ވަރުގަދަ 1 ބޭސް .. ރާއްޖެއަށް މިލިޓަރީ އެހީތެރިކަން އަދި ބޭނުމެއްނުވޭ .

  45
  1
 11. Mahujanu

  ދެން 100 އިންޑިޔާ މީހުން ގެންނާތި ތިޔައެތި ބަލަހައްޓަން،

  45
 12. މަބޭ

  ޑޯނިޔާ ސާވެލަންސް އަސްކަރީ ބޯޓެއްގެވާހަކަ ދެކެވުނީ ރާއްޖޭގަ ޕައިލެޓުންނައް ޑޯނިޔާދުއްވަންނޭންގޭނެތޯ ؟

  43
  1
 13. ޢަލިބެ

  އަސްކަރީ މަތިންދާބޯޓެއް ދެނީކީނޫން. ހެލިކޮޕްޓަރުވެސް ދިންގޮތަށް. މޮހޮނަށް ދޯނިދޭގޮތަށް. މި ޤައުމު މިހާރު މިއޮތީ އިންޑިއާގެ ބާރުގެދަށުގައި. ދޮގުކުރިޔަސް ހަޤިޤަތަކީ މީ. މިޤައުމު އިންޑިއާއަށް ވިއްކާލުމުގެ މޭސްތިރިންނަކީ މިހާރުގެ ސަރުކާރު ކޯލިޝަންގެ އިސްވެރިން.

  13
  1
 14. ޑަރޭ

  ގައްދާރުންނަށް ވެރިކަ މުގެ ބާރުތައްލިބު މުން ގައު މެއްގެ މިނިވަންކަ މާ އިސްތިގުލާލް އަދި ދީން ބީވެގެންދާގޮތުގެ ފުރިހަ މަ މިސާލެއް ރާއްޖެއިން ފެނިގެން މިދަނީ.

  14
  1
 15. ބޯޓޫފުޅު

  ކަންތަކާ ޖެހުނީމި. އިހަކަށް ދުވަހު ބިދޭސީން ނުކުމެ ފުލުހުންނަށް ހަމަލާދީ މުޒާހަރާ ކުރީ. މިހާރު އަނެއްކާވެސް ބިދޭސީން ގިނަ ތިކުރަނީ. އެވެސް ހަނގުރާމައިގެ ތަމްރީން ލިބިފަހުރި ބިދޭސީ ސިފައިން. ރާއްޖޭގެ ދެކުނުގެ ދެ ހިސާބެއް އެ އޮތީ އިންޑިއާ ސިފައިން އަޅާލާފައި. މިހާރު ތި އުޅެނީ ރާއްޖޭގެ އުތުރުވެސް ދޭން. ދަރިންނޭ ސަމާލުވޭ. މީތި ކަޑައޭ. މެދުއިރުމަތީގަ އެމެރިކާއިން އަތްގަދަ ކުރިހެން ރާއްޖޭގަ އިންޑިއާ އިންވެސް އަތްގަދަ ކޮއްފާނެ. މިހާރުވެސް ވަމުން އެދަނީ. ވަރަށް ދެރަ ކަމެއް މީ.

  11
  1
 16. ބޮޑު ތިލަދުންމަތީ މީހާ

  އާދޭސްކުރަމެވެ، އިންޑިޔާއަތުން ހޯދަން ތިއުޅޭ އަސްކަރީ މަތިންދާބޯޓު ހޯދުމުގެ ކަންކަން ހުއްޓާލާށޭ. ގައުމުގެ މިއަދުގެ ވެރިންނޭ. މީގެ އަހަރުތަކެއް ކުރީން އެމީހުން އަހަރެމެންނަށް ހަދިޔާ ކުރި ހެލިކޮޕްޓަރު ހަދިޔާ ކުރީ ކިހާފުރިހަމަ އެއްބަސްވުމެއްގެދަށުންކަން އެންމެ ރަނގަޅަށް އެނގިލައްވާނީވެސް ހަމަ ތިބޭފުޅުންނަށޭ. އެދުވަހު އެމީހުންބުނީ ދެހެލިކޮޕްޓަރަކީ ހަދިޔާއެއްކަމަށް، ދިވެހި ސިފައިންނަށް އެދުއްވަންދަސްކޮށްދީ ފަރިތަވީމައި އެމީހުންގެ ސިފައިން އަނބުރާ ދާނެކަމަށް. އެކަން އެގޮތަށްވީތޯ؟ އެންމެ ފަހުން ނިމިދިޔަ ސަރުކާރުން ހެލިކޮޕްޓަރާއި އެބަލަހައްޓަންތިބޭ އިންޑިޔާ ސިފައިން މިގައުމުން ފޮނުވާލުމަށް އުޅުމުން ފޮނުވުނުތޯ؟ ނުފޮނުވޭނެ އެމީހުން ނުވެސްދާނެ. އަޅުގަނޑުގެ ހިތްބުނަނީ އެމީހުން ބޭނުންވަނީ މިގައުމަށް އެމީހުންގެ ބާރު ފޯރުވަންކަމަށް. މިގައުމުގެ މިއަދުގެ ވެރިންނޭ، މިއަދު ސިޔާސީ ނުތަނަވަސްކަން އެއްފަރާތްކޮށް ގައުމުގެ މުސްތަގުބަލަށް ވިސްނަވާ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށްދެއްވާ. މިގައުމުގެ ބިމުގައި ބޭރުގައުމެއްގެ ބާރުގެ އޮށް ނުއިންދަވާ. މިއަދުގެ ސިޔާސީ ފިތުނައިގައި އަންނަ ޖޯޝަކާއި ފޯރީގައި ގައުމުގެ މިނިވަންކަން ގެއްލި މިރާއްޖޭގައި އޮތް އަމާން މާހައުލު ވިއްސިވިހާލިވެދާނެ ފަދަކަމަކަށް ފުރުސަތު ނުދެއްވާ. އިންޑިޔާ އަކީ އަޅުގަނޑުމެންގެ އެކުވެރި ގައުމެއް، އެހެނެއްކަމަކު އެމީހުންގެ ސިފައިން މިތާ ތިބުމަކީ އެއީ މިއަދުގެ ދުނިޔޭގައި ބަލައިގަނެވޭނޭ ކަމެއްނޫން.
  އަޅުގަނޑުމެން ގެ ދިވެހި ފުލުހުންނާއި ސިފައިންނަކީ އިންޑިޔާ ސިފައިންނަށް ވުރެން ވަކި ދެރަ ނިކަމެތި ނުވަތަ ހުނަރު މަދުބައެއްނޫން، ތައުލީމުމަދުބައެއްނޫން، އަޅުގަނޑުމެން ދިވެހިންނީ ތައުލީމީ އިލްމީ ކަންކަންދަސްކުރުމުގައި ކުރިއަރާފައިވާ ބައެއް. މާތްﷲ ރަހްމަތުން އަޅުގަނޑުމެންގެ ގައުމީ އެއަރލައިންގައި އެތިބީ ދިވެހި ހީވާގި މުރާލި ހުނަރުވެރި ތައުލީމީ ކެޕްޓަނުން، އިންޖިނޭރުން، އެހެންވީމައި ހެލިކޮޕްޓަރެއް ދިވެހި ޕައިލެޓުންނަށް ނުދުއްވެންވީ ކީއްވެގެތޯ؟ ހެލިކޮޕްޓަރެއް ދުއްވަން ބޭރުގައުމެއްގެ ސިފައިން މިތާ ގާއިމްވެ ތިބެންޖެހެނީ ކީއްވެގެންތޯ؟ އެންމެ ގާތް އެކުވެރިޔާ ހިތްހެޔޮނަމަ ދިވެހި ރައްޔިތުންނަސް ދިވެހި ސިފައިންނަށް ހަދިޔާއަކަށް ދިން ހެލިކޮޕްޓަރ އޮޕރޭޓްކުރުމަށް ދިވެހި ސިފައިންނަށް ޓްރެއިނިންގ ދީފައި އުފަލުން ދާނީ ނޫންތޯ؟ މިނޫން އެހެންގޮތަކަށް ކަންކަން ދާކަން ހުދު ތިބޭފުޅުންނަށް ވެސް ހަމަ ރަނގަޅަށް އެބަ އެނގޭ، ގައުމުގެ ވެރިންނޭ ގައުމުގެ ދަރިން މިއެދި އާދޭސްގޮވަނީ ތިހެން ނަހަދާށޭ، މާދަމާ ތިބޭފުޅުންނާއި އަދި އަޅުގަނޑުމެންގެ ވެސް ދަރިންނާއި އެދަރިންގެ ދަރިންނަށް ޓަކައި ކައުބަފައިން ގެނެސްދެއްވީ މިނިވަންކަން އެގޮތުގައު ބާއްވައިދެއްވާށޭ. ބޭރުގެ ބާރުތަކަށް މިގައުމުގެ ތިބުމުގެ ފުރުސަތު ނުދޭށޭ. އެފަދަ ބާރެއް މިތާމިއަދު މަޑުމަޑުން ތިބެމުން ތިބެމުންގޮސް ރަނގަޅަށް ފައިހަރުކޮށްލީމައި ދެން އެމީހުން މިތަނަކުން ނުބޭލޭނެޔޭ، މިއަދުގެ މިފިތުނަވެރި ޒަމާނުގައި ދެވަލަ އަލިރަސްގެފާނެއް، އުތީމު ތިންބެއިނެއް ނުލިބިދާނެޔޭ. އާދޭސްކުރަމޭ އާދޭސްކުރަމޭ އާދޭސްކުރަމޭ.

  15
  1
 17. ކަންގަނާ

  ގެރި މޯދީ ނިކަން ކެރެންޏާ ލަކްޝަދީޕް ހަވާލު ކުރަން އުޅޭ އެއީ ދިވެހި ރާއްޖޭގަ ބައެއް.

  16
 18. ޖަމީލާ

  ދެން މި އޮޕަރޭޓްކުރެވޭނީ ވެސް އިންޑިޔާ މީހުނަށޯ... ހެހެހެ

  12
  1
 19. ހޯހޯ

  އަނެއްކާ ބާދަގަބޑުގަނޑެއް ޕިސް ޕިސް. .

  10
  1
 20. ފަޒްލޫން

  ދިވެހި ޕައިލެޓުން ނެތް . ތިބީ މޮޔަ އިން

  4
  7
 21. ނަސިދު

  މަހީކުރީ އެފް 16 އެއް ދޭންއުޅެނީކަމައް ، މިސަރުކާރުގައި މަތިންދާބޯޓެއްގަންނާނެ ލާރިކޮޅެއްވެސް ނެތީދޯ ހާދަވަރަކައް ކައިހުސްކުރީ. މިދާވަރުން ދަރިންގެ ސަރިންނައް ގައުމްވެސް ނުފެންނާނެ ،

  14
  1
 22. ޢިންސާ

  ގަުމެއްނެތް. ގައުމު އެއްކޮށް މުޒާހަރާ އަށް ނުކުންނަންވީ އެނަުންގޮތެއްނެތް!

  16
  1
 23. ަފކ

  އިންޑިޔާގެ ސަފީރާ ބައްދަލު ކުރިކަންތައް ކޮޅެއްގެ ޖެހުނީ

 24. ބައިރޫނީ

  މިހާރު ވެސް އައްޑޫ ސިޓީ ގަމާއި ލ.ގަމުގައި އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ތިބެއެވެ. އެއީ އިންޑިއާ އިން ރާއްޖޭގައި ދުއްވާ ދެހެލިކޮޕްޓަރުގެ ކަންކަން ބެލެހެއްޓުމަށެވެ. ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި އޮންނައިރު ދެވަނަ ހެލިކޮޕްޓަރު އޮންނަނީ ކައްދޫ އެއާޕޯޓްގައެވެ
  އިންޑިއާ އިން ރާއްޖެ އަށް ދޭ އަސްކަރީ މަތިންދާބޯޓު ރާއްޖެ ގެނައުމުގެ ކަންކަން މިހާރު ކުރިއަށްދާއިރު އެމަތިންދާބޯޓު ބަލަހައްޓަން އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ރާއްޖޭގައި ތިބޭނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިންޑިއާގެ މަތިންދާބޯޓް ބާއްވާނީ ހދ.ހަނިމާދޫ އެއާޕޯޓްގައެވެ. މަތިންދާބޯޓް ބަލަހައްޓާ އިންޑިއާ ސިފައިން ތިބޭނީ އެރަށުގައެވެ،
  މީގެ ބޭނުމަކީ ކޮބާ؟ ކަމެއްނެތި ފައިދާއެއްނެއް ކަމެއްކުރާނީ ކާކު؟ 1000% މީ ހަމަ ވިހަގަދަ ޑީލެއް އަދި ހީލައްތެރި ނުބައި ރޭވުން ގަނޑެއް ؟!!!!!!

  11
  1
 25. ޑައެލޯގް

  ތިއިން ފައިދާވާނީ އިންޑިޔާއަށެވެ. އިންޑިޔާގެ ބޭނުމަކީ ރާއްޖޭގެ ޚަރަދުގައި އިންޑިޔާ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމެވެ. ތިޔަދުއްވާނީވެސް އިންޑިޔާމީހުންނެވެ. ޔާމީނު އެއޮތީ އަސްކަރީ މަތިންދާބޯޓު ގަތުމަށްނިންމާފައެވެ. އޭރަށް އެދުއްވާނީވެސް އަދި އެއިން ރާއްޖޭގެ ރައްޔިތުންނަށް ދިމާވާކަންކަމުގަ ބޭނުންކުރާނީވެސް ދިވެހިންނެވެ.

  11
  1
 26. ފފފފ

  ދިވެހިން މިކަމާ ދެކޮޅު ހަދަންޖެހޭނެ. ގައުމެއްގައި އެހެން ގައުމެއްގެ އަސްކަރީ އުޅަނދު ބޭއްވިގެން ނުވާނެ. ބޯޓެއްނޫން ދެނީ. އެއާއެކު ފޯސްއެއްވެސް އަންނާނެ. ދިވެހިގައުމުގެ މިނިވަންކަން ގެއްލުވާލުމަށް ކަމަރުބަނދެގެން މި އެމްޑީޕީ މިތިބީ. ދިވެހި ރައްޔިތުން މޑޕ އާ ދެކޮޅަށް ނުކުމެ މިވެރިކަން ހަމަ މަގަށް އަޅުވަން އެބަޖެހޭ.

  11
  1
 27. Anonymous

  "އިންޑިޔާ އެހީ" އަބަދު އަޑު އިވެން ފަށައިފިތަ، ބަލާނެ ކަމެއްނެތް، ދިވެހިގައުމުގެ މިނިވަންކަމުން ބޮޑުބައެް އިންޑިޔާގެ އަތްދަށަށް ގެންދިއުމުގެ އިއުލާނު ކުރަން އެއުޅެނީ. ހަމަ އެހެން މިވީ. މިދޭތެރެއިން ޖިމްތަކެކޭ ކިޔައިގެން ހާސަރު ދަމައިފި. ފެހެންދޫއަށް 2 މިލިއަނަށް ލޯންޗެއް ދީފި. އައްޑޫގައި ދެގޭގެ ބަދިގޭގައި ދުމަށި ހަދާ ގޭދޮށު މަސްފެކްޓްރީ އަޅަން ނިންމައިފި. މިހުރިހާ ހާސަރެއް މިދަމަނީ ދިވެހިގައުމު އިންޑިޔާގެ އަތްދަށަށް ގެންދިއުމުގެ ޕްލޭން ކާމިޔާބުކުރަން. ދިވެހިރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެދިދާނެތީ ފެންޖަހަން. ދިވެހި ދަރިންނޭ. އަހަރެމެންނާ އި އަހަރެމެންގެ ދަރިންގެ ގައުމެއް މިއީ. މި މޑޕ އަހަރެމެންގެ ގައުމު މުސްލިމުންގެ ދުޝްމަނު އިންޑިޔާއަށް އެދެނީ. މަޑުން ހަމަ ތިބޭނީތަ؟

  10
  1
 28. Anonymous

  ޢިތްޒަތްތެރި ރައީސަށް
  މަނިކުފާނަށް ޤައުމު ހިންގަން އެނގިވަޑައި
  ނުގަންނަވާންޏާ އަވަހަށް އިސްތިއުފާ ދެއްވާ.
  ދިވެހިން ބޭނުމީ ދިވެހިންގެ މާތްވެގެންވާ އިސްލާމް ދީނާއި ، އަވައްޓެރިންނަށް ވެސް އަޅުވެތިނުވާ ފުރިހަމަ މިނިވަންކަން. ދިވެހިން އެމައްޗަށް ފަޚްރު ވެރިވާ ފުރިހަމަ މިނިވަންކަން. ޔާﷲ މިދިވެހި ފަސްގަނޑާއި މާތްވެގެންވާ އިސްލާމް ދީން ރައްކާތެރިކޮށް ދިވެހިދަރިން ހިމާޔަތް ކުރާނެ ހިތްވަރުގަދަ ވެރިއެއް އަޅަމެންނަށް ދެއްވާނދޭވެ. އާމީން. ޤައުމަށް ޚިޔާނާތްތެރި ވެރިން ނިކަމެތި ކުރައްވާނދޭވެ އާމީން

  12
  2
  • އަންނި

   ކަލޭ ތިޔަ އުޅެނީ އިންޑިޔާގެ އަތް ދަށައް ރާއްޖެ ގޮސްދާނެތީ އެއް ނޫން. މަށައް ވައްތަރީ ކަލޭ އިންޑިޔާގެ އަތްދަށައް ގޮސްދާނެތީ އުޅޭހެން.. ގެރި މޯދީ އެ ދީފަ ނުދިޔައްޔާ ގެރިޯދީއާ ކަލޭހަވާލު ކޮއްފަ ފޮނުވާނަން ބޯޓުގެ ބަދަލުގަ މިގެންދާށޭ ކިޔާފަ... ބާދަގަނޑައް ކިރިޔަސް ހެވޭ ކިޔާފަ... އާން ހީވަނީ އެހެން ފަދަ ކަމެއް ހެންނޭ ކާލޭ އެއް ކޮމެންޓު ކުރިޔަސް ރާއްޖެ އަޅުވެއްޗެއް ނުވާނޭ މާތްކަލާކޯ... މުޅިތާ މީނަގެ ދެފަޔޭ

 29. ހުސޭނު

  ތިޔައުޅެނީ ރާއްޖޭގައި ހަން ފަތުރަން.. އެއްޅަބޭ ތިކަން ކުރާނެ.. ހުރިހާ އަތޮޅެއްގަވެސް ތިމީހުން ބަހަޓާނެ.

 30. ޖުހާ

  އަސްކަރީ މަނަވަރެއްވެސް ދޭނެ... އެތަނުން އުކާލާ ބާދަގަނޑު ގަޑެއްވެސް 50 ސި ފައިން ލާ ފަ ފޮނުވީމަ މި ބޯބުރާންތިމެން ތިބެނީ ހެއްލި ފަ.

 31. ސޯލަހް

  ދެން ކީރިތި ކުރައްވާނެ ކަމެއްނެތް މީ ކަލޭމެން ބުއި އެތި ފާރެއް. މަވެސް ކީރިތި ނުކުރަންވިއްޔާ ލޯލް.

 32. މާމީ

  އިންޑިއާއިން ކުރިންވެސް 2 ހެލިކޮޕްޓަރ ހަދިޔާކުރިކަމައް ދިވެހި ސަރުކާރުން ވިދާޅުވަމުން ގެންދެވި ހަގީގަތަކީ އެވެސް ހަދިޔާކުރިއެއްޗެއްނޫންކަން އަޑިނޭގޭ ޖަރީމާތަކެއް ހިންގަން އިންޑިއާއިން ގެނެސް ގެން އުޅޭ އެއްޗަކައް މިވަނީ ހަދިޔާކުރިނަމަ ދިވެހިސަރުކާރާ ހަވާލުކުރާނެ ދުއްވާނީ ވެސް ދިވެހިން ވަރައް ވިސްނާ މިތިބަކަންތަކާ ....

 33. އަލީ

  އިންޑިއާ މީހުނަކީ އެމީހުން އަރާފިތަނަކުން ފައިބާ ބައެއްނޫން އަދި މީދަލައްވުރެވެސް ބަލާބޮޑު އެއްޗެއް...

 34. އައްޑޫ މީހާ

  މަތިންދާ ބޯޓާއި އެކު100 ސިފައިންވެސް ފޮނުވާތި 45 ޕައިލެޓުންނާއި އެކު އެހެން ނޫނީ ކިހިނެތް ތި ފްލައިޓް ބަލަހައްޓާނީ ! ރައްޔިތުން މިވަރުވާއިރުވެސް ހޭނާރާނެ

 35. އަމީ

  ރާއްޖެއަށް އިތުރު ބަލާވެރިކަމެއް ޖައްސަން އިންޑިއާއިން ނިނަމައިފި.

 36. ޛޖ

  ތިޔަ މިހުންނަށް ވުރެ ޖަބެ ވެސް ގަދަ އަމިއްލަ ހެލިކޮޕްޓަރެއް ގަނެފިވިއްޔަ .މިމިހުންނަ އެވަރުވެސް ނުވެ ކިހަރިތިތަ އަމިއްލަ އެއަރ ފޯރސް އެއް ޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮ އޮވެފަ އެ އެއަރ ކުރަފްޓު ތައް ޮޮޮޮޮ އޮޕަރޭޓް ކުރަން ދިވެހިން ތިބިމަ.