މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ހދ. ކުޅުދުއްފުއްޓަށް ބޯކޮށް ވާރޭ ވެހި، އެރަށު ގެއަކުން މީހުން ނެރެ އެހެން ތަނަކަށް ބަދަލުކޮށްފިއެވެ.

އެރަށު ކައުންސިލްގެ ރައީސް އަބްދުއްލަތީފް ވިދާޅުވީ، އެރަށަށް ބޯކޮށް ވާރޭ ވެހުނު ކަމަށެވެ. އަދި ހެނދުނު 7:00 ޖެހި އިރު އެރަށަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވި ކަމަށް އަބްދުއްލަތީފް ވިދާޅުވިއެވެ.

އަދި މި ވިއްސާރާގައި އެރަށު ގޭތަކަށް ފެންވަދެފައިވާ ކަމަށާއި، ރެޑް ކްރެސެންޓާއި ފުލުހުން އަދި އެމްއެންޑީއެފް ގުޅިގެން ފެން ވަނަ ގޭގޭގެ ދޮރާށި ކައިރީގައި ބެލި ބަސްތާ ޖެހުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެރަށު އަބްދުއްލަތީފް ވިދާޅުވިއެވެ.

ކުޅުދުއްފުއްޓަށް ކުރި ވިއްސާރާގައި ގޭގެއަށް ފެންވަދެފައި -ފޮޓޯ: ކައުންސިލް

އަދި މި ވިއްސާރައިގެ ސަބަބުން އެރަށު ގެއަކުން މީހުން އެހެން ތަނަކަށް ބަދަލު ކުރަން ޖެހުނު ކަމަށް އަބްދުއްލަތީފް ވަނީ ވިދާޅުވެފައެވެ. އެ މީހުން ބަދަލު ކުރުމުގެ ކަންކަންކޮށްފައި ވަނީ ޑިޒާސްޓާ މެނޭޖްމެންޓުގެ އެހީތެރިކަމާއި އެކުގައެވެ. އަދި ފެންބޮޑުވި ހާދިސާގައި ދެ ގެއަކަށް ފެންވަދެ އެކި ކަހަލަ ގެއްލުންތައް ލިބިފައިވާ ކަމަށް އަބްދުއްލަތީފް ވިދާޅުވިއެވެ.

ކުޅުދުއްފުއްޓަށް ކުރި ވިއްސާރާގައި މަގުމަތީ ފެންބޮޑުވެފައި -ފޮޓޯ: ކައުންސިލް

"އެމްއެންޑީއެފް އާއި ފުލުހުން އަދި ރެޑް ކްރެސެންޓް ގުޅިގެން ރަށުގެ އެކި ދިމާ ދިމާލުގައި ފެން ޕަމްޕް ޖަހައި ފެން ހިއްކަމުން ދަނީ". ލަތީފް ވިދާޅުވިއެެވެ.

އޭނާ ވިދާޅުވީ، ރަށުގެ އާންމު ހާލަތު ރަނގަޅު ކަމަށް ނުބުނެވޭނެ ކަމަށާއި، ދެންވެސް ވާރޭ އެހާ ބޯކޮށް ވެހިއްޖެ ނަމަ މިފަދަ ކަމެއް ދިމާވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ލާލް ސިންގް

    ސުޕުން ދާ ހުރިހާތަނަކައް ނުރައްކާ ވޭ ، މިކަމާ ވިސްނަން ޖެހޭ

  2. ޥާރޭ

    ޙިސާބައްވުރެން މީހުންގޯސްވީމަވާގޮތް

    7
    8
    • ޗޯބަގަޅާ

      ހުޅަނގު މޫސުމުގަ ވާރޭ ވެހެނީވެސް މީހުން ގޯސްވީމަބާ...
      .

  3. ޙުން

    ދޮގެއްނޫން ތިބުނީ

    5
    3
  4. ދައްކާ ވާހަކަ

    ޕަންޕު ޖަަަހާއިގެން ފެންހިއްކަނީ ކީއްކުރަން..
    މުޅި ރަށުގަ ފެން..
    މަގު ތަކުން ފެންނުހިކި މަގުތައް ޗަކަވެ މަގުތަކަށް ވެލި އަޅައިދޭށޭ ބުނީމަ ކައުންސިލުން ދިމާލަށް ބުނޭ ނުވާނޭ.. ދެން ކޯއްޗެކޭ ކިޔާކަށް.. މޮޅެތި ވާހަކަ ދައްކާނެ ކުޅުދުއްފުށީ ކައުންސިލުން..

    12
  5. ޗުލްބުލް

    ސުޕުން ޕްލީޒް ހެލްޕް އަސް