މޫސުން ގޯސްވެ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ދެ ސީޕްލޭން އެކްސިޑެންޓް ވެއްޖެއެވެ.

މި ދެ ބޯޓު އެކްސިޑެންޓް ވެފައިވަނީ މިދިޔަ އާދިއްތަ ދުވަހު މި ދެބޯޓުވެސް ޖައްސަން އުޅުމުގެ ތެރޭގައެވެ.

"ފެށުން" ގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި މީގެތެރޭގައި އެއް ބޯޓު ޖައްސަން އުޅުމުގެ ތެރޭގައި މޫދުގައި ފިޔަގަނޑުޖެހި ބޯޓުގެ ބެލެންސް ގެއްލި މޫދުގައި ބޯޓުގެ ކުރީކޮޅު ޖެހުމުން ބޯޓުގެ ކުރީކޮޅަށްވަނީ ގެއްލުން ލިބިފައެވެ. ދެވަނަ ބޯޓު އެކްސިޑެންޓް ވެފައިވަނީ އެ ބޯޓުގެ އިންޖީނަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ބޯޓު ޖައްސަން އުޅުމުގެ ތެރޭގައި ކަމަށް އެނޫހުގައި ރިޕޯޓް ކޮށްފައިވެއެވެ.

މި ދެހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން ސުވާލުކުރުމުން ޓީއެމްއޭ އޮޕަރޭޝަން ހެޑް ފަހުދު ވިދާޅުވީ، ޓީއެމްއޭގެ ދެ ބޯޓު ޖެހި އެކްސިޑެންޓް ވެފައި ނުވާކަމަށާއި، ނަމަވެސް މޫސުން ގޯސްވެ ޓެކްނިކަލް މައްސަލައެއް ދެބޯޓަކަށް ދެ އަތޮޅެއްގައި ދިމާވެފައިވާ ކަމަށެވެ.

މިއެކްސިޑެންޓްތަކާއި ގުޅިގެން ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދުޢާ

    ﷲގެ އިރާދަފުުުޅުން ޓީ އެމް އޭ އަށް ކުރިއެރުން މިންވަރު ކުރައްވަވާށި! އާމީން، ޓީ އެމް އޭ އަކީ އެތަކެއް ދިވެހިންނެއް ވަޒީފާ އަދާކުރާ ތަނެކެވެ.

    12
    3