ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ލައްވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ހަޑި ކަންތައް ކުރުވަން އުޅުއްވި ކަމަށް ވިދާޅުވި ވާހަކަތަކުގެ ހަގީގަތް އަލީ އާޒިމް ހާމަ ކުރައްވައިފިއެވެ.

މި މަހުގެ 21ވަނަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަހްލޫފު ވަނީ މަހްލޫފް ވިދާޅުވީ އެފްއޭއެމްގެ އިންތިހާބުގެ މައްސަލައިގައި އިޖުތިމާއީ ކޮމިޓީން ވަކި ގޮތެއް އަންގަން ދެން އިންތިހާބު ފަސްކޮށް ދިނުމަށް އެދުނު އިރު، ކޮމިޓީގެ ނިންމުން އެފްއޭއެމްއާ ހިއްސާ ކުރެއްވި ކަމަށެވެ.

އެކަމަކު، އެފްއޭއެމް އިންތިހާބު ހުއްޓާލަން އެންގި ނަމަ، އެއީ ގާނޫނާ ހިލާފަށް ކުރެއްވި ކަމެއް ގޮތުގައި ކަނޑައެޅުނީސް ކަމަށް މަހްލޫފް ވިދާޅުވިއެވެ.

"ސަބަބަކީ ވަަޒީރަކަށް ހުންނަ މީހާއަކަށް އެއްވެސް ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ އިންތިހާބު ހުއްޓުވައި އެއަށް ބާރު ފޯރުވައި ހެދުމުގެ އެއްވެސް ހައިސިއްޔަތެއް ނޯވޭ. އެ ބާރު އޮންނަނީ އަޅުގަނޑުމެންގެ ސްޕޯޓްސް ކޮމިޝަނާގެ ދަށަށް،" މަހްލޫފް ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް ދެރަވޭ، ޕީޖީ ލީޑަރު އަލީ އާޒިމް މިކަންތަކުގައި ކުރައްވާ ގޮތް. ހަމަ ވަރަށް ދެރަވޭ. ދެރަވާ ސަބަބަކީ އެންމެ ރަނގަޅަށް މިކަން އެނގިވަޑައިގެން ހުންނަވައި އަޅުގަނޑު ލައްވައި ވަރަށް ހަޑި ކަންތައްތަކެއް ކުރައްވަން މަސައްކަތް ކުރައްވާތީ،"

އަލީ އާޒިމް މިއަދު ވަނީ އޭނާ މަހްލޫފު ލައްވާ ކުރައްވަން އުޅުނު ހުތުރު ކަމަކީ ނުވަތަ ނުފޫޒެއް ފޯރުވަން އުޅުނު ނަމަ އެ ނުފޫޒެއް ފޯރުވި ކަމަކީ މަހްލޫފަށް ފޮނުވި ސިޓީއެއް ކަމަށް ވިދާޅުވެ ޓްވީޓާގައި އެ ސިޓީ ހިއްސާ ކުރައްވާފައެވެ. އެ ސިޓީގައި އާޒިމް ވިދާޅުވެފައި ވަނީ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމެޓީން އެ އެސޯސިއޭޝަން ހިންގަމުން ދަނީ އެ އެސޯސިއޭޝަންގެ ހިންގާ ގަވާއިދާ އަދި ކުޅިވަރުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ކުޅިވަރު ޖަމިއްޔާ ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދާ ހިލާފަށް ކަމަށެވެ. އެގޮތަށް އެފްއޭއެމް އިން ހިންގަމުން ދަނީ ޔޫތު މިނިސްޓްރީން ކުޅިވަރު ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އެއްވެސް ވަރަކަށް ތަންފީޒު ކުރަމުން ނުގެންދާތީ ކަމަށްވެސް އާޒިމް މަހްލޫފަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ.

އެގޮތުން އާޒިމް ވަނީ އެފްއޭއެމްގެ ހިންގާ ގަވާއިދު ބުނާ ގޮތަށް ކޮންމެ ހަފްތާއަކު އެއް ފަހަރު ހިންގާ ކޮމެޓީގެ ބައްދަލުވުން ބާއްވާފައި ނުވާކަން ފާހަގަކުރައްވާފައެވެ. އަދި ހިންގާ ގަވާއިދުގައި ބުނާ އެސޯސިއޭޝަންތައް އުފަންކޮށްފައި ނުވާ ކަމަށްވެސް އާޒިމް ވަނީ ފާހަގަކުރައްވާފައެވެ.

އެ މައްސަލާގައި މަހްލޫފުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އަލީ އާޒިމް މަސައްކަތް ކުރެއްވި ކަމުގެ އަޑުތަކެއްވެސް ފެތުރުނެވެ. ނަމަވެސް އޭނާ ވަނީ އެކަން ދޮގު ކުރައްވާ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ޖެހޭ ހިސާބަށް ނުދާ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ސަމޭދާން

  ދޫދޭނެކަމެއް ނެތް. ކޯޅިކޯޅި ދެމީހުންވެސް ފަނާވެގެންދޭ. މަހޭއަކީ މިނިސްޓަރުކަމަށް ކުފޫހަމަވާމީހެއްނޫން. ދެން ތިހުރި އާޒިމަކީ ބިދޭންސީންނަށް ރައްވެހިކަންދޭން އެންމެފުރުތަމަ ވާހަކަދެއކިމީހާ. އޭގެ ފަހުން ނަޝީދުވެސް އެކަން ފަށައިގަތީ.

  72
  1
 2. އިސްތިއުފާ

  މަޚްލޫފު އަކީ މިނިސްޓަރުގެ ޒިންމާ ނެގޭ ވަރަށް ވުރެން ތަޖްރިބާ މަދު މީހެއްގެ ކިރުބޯ ޅަދަރިއެކޭ މަޚްލޫފު އަށް ޒިންމާ އަދާ ނުކުރެވެމުން މަޚްލޫފު އިސްތިއުފާ ދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

  28
  6
 3. މުސާ

  ތިތާކުނެތް ސަހަލު އެކެއްްވެސް

  41
  1
 4. ބާާރީ

  މަހުލޫގު ބޭރު ކުރޭ... ތީ ފަންޏެއް

  23
  2
 5. އިސްތިއުފާ

  މިނިސްޓަރު މަޚްލޫފު އިސްތިއުފާ ދޭންވީއޭ މަޚްލޫފު އިސްތިއުފާ މަޚްލޫފު އިސްތިއުފާ މަޚްލޫފު އިސްތިއުފާ މަޚްލޫފު އިސްތިއުފާ މަޚްލޫފު އިސްތިއުފާ މަޚްލޫފު އިސްތިއުފާ މަޚްލޫފު އިސްތިއުފާ މަޚްލޫފު އިސްތިއުފާ މަޚްލޫފު އިސްތިއުފާ މަޚްލޫފު އިސްތިއުފާ މަޚްލޫފު އިސްތިއުފާ މަޚްލޫފު އިސްތިއުފާ މަޚްލޫފު އިސްތިއުފާ މަޚްލޫފު އިސްތިއުފާ މަޚްލޫފު އިސްތިއުފާ މަޚްލޫފު އިސްތިއުފާ މަޚްލޫފު އިސްތިއުފާ މަޚްލޫފު އިސްތިއުފާ މަޚްލޫފު އިސްތިއުފާ މަޚްލޫފު އިސްތިއުފާ މަޚްލޫފު އިސްތިއުފާ މަޚްލޫފު އިސްތިއުފާ މަޚްލޫފު އިސްތިއުފާ މަޚްލޫފު އިސްތިއުފާ މަޚްލޫފު އިސްތިއުފާ މަޚްލޫފު އިސްތިއުފާ މަޚްލޫފު އިސްތިއުފާ މަޚްލޫފު އިސްތިއުފާ މަޚްލޫފު އިސްތިއުފާ މަޚްލޫފު އިސްތިއުފާ މަޚްލޫފު އިސްތިއުފާ މަޚްލޫފު އިސްތިއުފާ މަޚްލޫފު އިސްތިއުފާ މަޚްލޫފު އިސްތިއުފާ މަޚްލޫފު އިސްތިއުފާ މަޚްލޫފު އިސްތިއުފާ މަޚްލޫފު އިސްތިއުފާ މަޚްލޫފު އިސްތިއުފާ މަޚްލޫފު އިސްތިއުފާ މަޚްލޫފު އިސްތިއުފާ މަޚްލޫފު އިސްތިއުފާ މަޚްލޫފު އިސްތިއުފާ....

  27
  5
 6. Anonymous

  ހާދަ އަވަހަކަށޭ މިރައްދުވެސް ދެވުނީ ދޯ؟ ހެހެ. ބޮޑުވަޒީރާ ޑިސްކަސް ކޮށްލީ ދޯ

  40
  1
 7. ޓީމު މަހޭ

  ޢަލީ އާޒިމު ކިތައްމެ ފޮނު އެރުވިޔަސް މަހޭ ބޭރެއް ނުކުރެވޭނެ ބޭރު ވިޔަސް ބޭރުވާނީ ޢަލީ އާޒިމް. މަހޭ އަކީ ސަރުކާރު ގެ އެއް ތަނބު. ޢަންނި އަށް މަހޭ ގެ ޢަނގަ ބަންދެއް ނުކުރެވުނު. ޙައްހައްހާ. . ލޮލް

  32
  6
 8. ކުމް ކުމް

  އާޒިމު ބުނި MDP އަށް ދުވަހަކު ވެރިކަމަށް ނާދެވޭނެ ވާހަކަ ވެސް

 9. ވެރިމީހާ

  އާޒިމް އަކަށް ނުޖެހޭ މަހުލޫފަށް ސިޓީ ފިނިވާކަށް. އާޒިމް އަކީ މެމްބަރެއް. މަޖިލީހުގެ ތަޅުމަށް މައްސަލަ ފޮނުވާ. އެއް ބާރުން އަނެއް ބާރަށް ނުފޫޒު ފޯރުވަން ތި އުޅުއްވަނީވެސް ރޯ ނުބައިކޮށް.

 10. މުޖޫ

  މިނިސްޓަރ މަޙްލޫފަކީ މޭންއެއް. ކަން ކުރެވޭނެ، ކުރާނެ، އަދި ކޮށްފަ ވާ މިނިސްޓަރެއް. ރައީސް އިބޫގެ އެންމެ ގާބިލު އެއް މިނިސްޓަރ. އާޒިމް ތިއުޅެނީ އަންނި ކޮޅަށް ޖެހިލއިގެން، މަހޭ ބޭރު ކުރެވޭތޯ. ސޮރީ ދޯ؟ ނޯ ކކޮންފިޑެންސް މޯޝަންގަ ސޮއި ކޮށްލާނެ އެމްޕީއެއް ނުވި. ސޯ ފޮގެޓް އިޓް. މަހޭ ހުންނާނެ. އިންޝާ ﷲ!

 11. ހިކަދި

  މަހުލޫފަށް ވަރަށް އެނގޭނެ ސާބަސް ހުރިހާއެއްޗަކަށްވެސްވާނެ އުނދުޅިބާނަން ތިއޮތީ ވަގަށް ނަ މަވެސް ވެރިކަ މެއް ލިބިފަ ހުވަފެނެއްގަވެސް ދެންނާދެވޭނެ ހުރިހާއެއްޗަކަށް އުނދުޅިބާނައިގެން މިފަސްއަހަރު އަތުޖެހުނު އެޗެއް ކެވުނުވަރަކަށް ކާއްވާނެ އުޅޭވައްތަރުބަލާބަލަ ޖަނަވާރުތަކެކޭ ތަފާތެއްނެތް މުޅި ރާއްޖެ ނަޖިސްކޮށްފި!