އިސްލާމިކް ސްޓޭޓް (އައިއެސް) އިން ރާއްޖެއަށް ދިން ފުރަތަމަ ހަމަލާ އަކީ އދ. މަހިބަދޫގެ ފަޅުގައި އަޅާފައި އޮތް ލޯންޗެއްގައި ރޯކޮށްލުން ކަމަށް އދ. ގެ ސަލާމަތީ މަޖިލީހުގެ ރިޕޯޓެއްގައި ބުނެފިއެވެ.
މި ރިޕޯޓަކީ ދުނިޔޭގެ ޓެރަރިސްޓު ޖަމާއަތްތައް ލިސްޓުކުރާ އދ. ގެ ސަލާމަތީ މަޖިލީހުގެ ކޮމެޓީން އެ ކޮމެޓީގެ ރައީސަށް މިދިޔަ ހަފްތާގައި ފޮނުވި ރިޕޯޓެކެވެ.
އެކި ގައުމުތަކުގައި ޓެރަރިސްޓު ޖަމާއަތްތައް ހަރަކާތްތެރިވާ މިންވަރު ބަޔާންކޮށްފައިވާ އެ ރިޕޯޓުގައި އައިއެސް އަށް ވާގިވެރިވާ ނެޓްވޯކެއް އުޅޭ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި މިދިޔަ އޭޕްރީލް މަހު މަހިބަދޫ ފަޅުގައި އަަޅާފައިވާ ލޯންޗުތަކެއްގައި ރޯކޮށްލި ހާދިސާއަކީ އައިއެސް ޖަމާއަތުން ރާއްޖޭގައި ހިންގި ފުރަތަމަ ޓެރަރިސްޓު ހަރަކާތް ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ ހަމަލާ އަކީ ދީނީ ގޮތުން ހައްދު ފަހަނަ އަޅާފައިވާ މީހުންނާއި ދެކޮޅަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން ދިއުމާއި ގުޅިގެން ދިން ހަމަލާއެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ.
މަހިބަދޫގައި ލޯންޗުތަކެއްގައި ރޯކޮށްލި ފަހުން އައިއެސްއާ ގުޅުންހުރި މީޑިއާ ނެޓްވޯކުތަކުން އެ މައުލޫމާތު ފެތުރިކަމަށް ވެސް އދ. ގެ ސަލާމަތީ މަޖިލީހުގެ އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ނަމަވެސް ރާއްޖޭގެ ފުލުހުންގެ މުއައްސަސާއިން އެއީ ސީދާ އައިއެސް އިން ކޮށްފައިވާ ކަމެއް ކަމަށް ބުނެފައެއް ނުވެއެވެ. މިދިޔަ އޭޕްރީލް މަހުގެ 30ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެސިސްޓަންޓް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން، އެ އަމަލު ހިންގާފައި ވަނީ އެރޭ ފަތިހުގެ ވަގުތެއްގައި ޑިންގީއެއްގައި ރަށަށް ކައިރި ކުރި ބައެއް ކަން އެނގިފައިވާ ކަމަށެވެ. އަދި ލޯންޗުގައި ރޯކޮށްލުމަށްޓަކައި އެމީހުން ރަށުގެ ތޮށިގަނޑު މައްޗަށް އެރުމަށް ފަހު، ފުޅިއަކަށް އަލިފާން ރޯވާ ފަދަ އެއްޗެއް އަޅައި އޭގައި ރޯކޮށްލައިގެން ލޯންޗުތަކާއި ޑިންގީތަކަށް އުކާފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.
މަހިބަދޫ ފަޅުގައި އަޅާފައި އޮތް ފަސް ލޯންޗާއި ދެ ޑިންގީގައި އަލިފާން ރޯކުރުމުގެ ޒިންމާ އައިއެސް ޖަމާއަތުން އުފުލާފައި ވިޔަސް އެކަން މިހާތަނަށް ތަހުގީގަށް އެނގިފައިނުވާ ކަމަށެވެ. ނަމަވެސް ރާއްޖޭގައި އުޅޭ ހަރުކަށި ފިކުރުގެ މީހުންނަކީ އެފަދަ ޖަމާއަތްތަކާ ގުޅުން ބާއްވާ މީހުން ކަމަށް ރިޔާޒް ވިދާޅުވިއެވެ.
މިޤައުމަށް އިންޑިއާ ސިފައިން ނުވަތަ ބޭރުގެ ކުލީ ސިފައިން ގެނައުމަށް އަޅާ ފިޔަވަޅު ތައް ކަމަށް ބެލެވެނީ. ދިވެހި ލޮބުވެތި ސިފައިންނޭ މި ސަރުކާރާއި މެދު ހުޝިޔާރުވާށެވެ.
ސަލްޓަން ޕާރްކް ޙާދިސާ؟
މިމައްސަލަ ތަހުގީގުކޮށް ނިމޭނެބާ؟
އަޑީގަ ތިބޭނީ ކެރަފާ އާއިލާ. މިއަކު ނެތް ޝައްކެއް.
ތިމައުލޫމާތު އދ ދިނީކާކު
އެގުނީ ކިހިނެއް
ކޯޗެކޭ ކިޔާކަށް ، މިޤައުމުއެބަތިބި އިސްލާމް ދެކެ ލޯބިވާ ބޭފުޅުން ، ލާދީނިއްޔަތާ ދެކޮޅަށް އެމީހުން ތެދުވުމަކީ ޓެރަރިޒަމް އެއްނޫން ، މިކަން ކުރާތީ ލާދީނީ ބައިގަނޑަށް ހަޖަމް ނުވެގެން އައިއެސްއޭ މިކިޔަނީ ، މިއުޅެނީ އިންޑިޔާގެ އަޅުވެތިކަން
ދައުވާއެއްކޮށް ސާބިތުވެފަނެތްކަމެއްގަ ތިހެންދައްކާ ވާހަކަ ގަބޫލުކުރާނީ ކިހިނެއް. ތިހެން ތަންތަނުން ނެރޭ ރިޕޯޓުތައް ހަދަނީ ކޮންބައެއްކަމާ އެމީހުން ކުރަނީ ކޮންކަމެއްކަން ނޭނގޭބަޔަކު ނޫޅޭ.
ލާދީނީ މިހުން އަޑީގެ ތިބެގެން ހިންގާ ޖަރީމާތަށް ތިޔައީ. ދެން އައިއެސް ބޮލުގައި އަޅުވަގައި މި ރާއްޖޭގެ މިނިވަންކަން ނަގާލަން އެއުޅެނީ. މި ދިވެހިރާއްޖެއަށް ޖެހިފައިވާ ބަލާއަކީ ލާދީނީ މީހުން.
ވަﷲ ލާދީނީ ސަރުކާރުގެ ތިކަަހަަލަ ރިޕޯރޓެއް ޤަބޫލެއް ނުކުރާނަން
ޢާއްމުންނަށް ހަްީގަތް އެގޭއިރުވެސް ރާއްޖޭގެ ޕޮލިހުންނަާް ނޭގޭނެ... އެގުނަސް ނޭގުނަސް މުސާރައާއި ފްލެޓް ލިބޭނެ..
ހަމަ ޔަގީން ތިޔަ ރިޕޯޓަށް ތިމައުލޫމާތު ތިގޮތައް ދީފައިވާނީ މަޖިލީހުގެ ރަޢީސް ބޮއްޅަބޭ
މި ބައިގަނޑު ވެރިކަމަށް ދަހިވެތިވެގެން ރާއްޖެ ބަދުނާމް ކުރަން ޖެއްސި ހުރިހާކަމެއް މީހުންގެ ބޮލަށް މިނިމުނީ ؟ ތަގުދީރު ގައި ކަންވާނެ ގޮތް ކުރިން އެގޭނަމަ މީމީހުން މިހެން ނުތެޅުނީސް،
މިއީ ގަންޖާ ބޯ ގެ ޕްލޭނެއް. އިންޑިޔާއަށް ރާއްޖެ ވިއްކަލުމުގެ ސިލްސިލާ ޙަރަކާތެއް. އިބުނާ ހައްދުފަހަނެޅި މީހުން އެންމެ އެކްޓިވް ވީ ވެސް ގަންޖާބޯގެ ވެރިކަމުގައި ހައްދެއް ނެތް މިނިވަންކަމުގެ ތެރޭގައި