ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރަން މަސައްކަތް ކުރަމުން އަންނަތާ ތިން މަސް ވެފައިވާ ކަމަށާއި، އަދިވެސް ޖަވާބެއް ނުލިބޭ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތޯބުގައި ވަނީ ސަރުކާރާ މަޝްވަރާކޮށް އެއް ފިކުރެއް ނެތް ކަމުގައި ވިޔަސް ގައުމުގެ މުސްތަގުބަލަށް ވިސްނައި ސުލްހަވެރިކަމާއެކު ސަރުކާރާ މަޝްވަރާ ކުރުމަށް ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކަށް ގޮވާލައިފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި އިދިކޮޅުން ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ވާދަވެރިންނަށް ރައީސް ދެއްވި ދައުވަތަކީ ކޮން ބަޔަކަށް އަމާޒުކޮށް ދެއްވާފައިވާ ދައުވަތެއް ކަން ސާފުނުވާ ކަމަށާއި، ހަމައެކަނި ރާއްޖޭގައި ސަރުކާރާއި އިދިކޮޅަށް އޮތީ ޕީޕީއެމް އާއި ޕީއެންސީ ކަމަށެވެ.

އަދި އެ ދެ ޕާޓީ އިން ރައީސް އާއި ބައްދަލުކުރުމަށް މިހާތަނަށް އެތައް ފަހަރެއްގެ މަތިން އެދިފައިވާނެ ކަމަށާއި ނަމަވެސް ސަރުކާރުން އެކަމަށް އަދި އިޖާބަދީފައި ނުވާަކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ހަމައެކަނި ބައްދަލުކުރުމަށް އެދިފައިވާނީ ރައީސް އާއި ނޫން ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އާއި، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަދި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއިވެސް ބައްދަލުކުރަން އިދިކޮޅުން އެދިފައިވާނެ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ފަރާތަކުންވެސް އަދި އެއްވެސް ޖަވާބެއް ދީފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ރައީސް ސޯލިހާ ބައްދަލު ކުރަން ސިޓީއެއް ފޮނުވައިގެން އުޅޭތާ ތިން މަސް ދުވަސް ވެއްޖެ، ޖަވާބެއް ނުދެއްވާ. ހޯމް މިނިސްޓަރާ ސިޓީ ފޮނުވައިގެން އުޅޭތާ ތިން މަސް ވެއްޖެ. ޕޮލިސް ކޮމިޝަނަރާ ބައްދަލު ކުރަން އެދިގެން އުޅޭތާ ތިން މަސް ދުވަސް ވެއްޖެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ބައްދަލު ކުރަން އެދިގެން އުޅޭތާ ހަމަ އެހާ ދުވަސް ވެއްޖެ." އަބްދުއްރަހީމް ވިދާޅުވިއެވެ.

މިނިވަން ދުވަހު ގައުމާ މުހާތަބުކުރައްވަމުން ރައީސް ވިދާޅުވި ގޮތުގައި ގާނޫނުއަސާސީވެސް ބިނާވެފައި އޮތީ، ތަފާތު ހިޔާލުތަކާ އެކުގައި އެންމެންގެ ބައިވެރިވުން ޝާމިލުވާ ގޮތަށް، ގައުމުގެ ކަންކަން ހިންގުމުގެ މައްޗަށެވެ.

ސިޔާސީ ކަންކަމުގައި ޚިޔާލު ތަފާތުވިޔަސް، ގައުމުގެ އެންމެ މަތީ މަސްލަޙަތާ ގުޅޭ ގޮތުން، އެންމެން އެއްބަސްވާންޖެހޭ ކަންކަން ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޮންމެ ކަމަކީ، ސިޔާސީ ވާދަވެރިކަމުގައި ބައިބައިވުމަށް ފުރުސަތު ދެވޭ ކަމަކަށް ހެދުމަކީ، ރަނގަޅު ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙިނި

    ޔަގީން ބަލާނީ އަޑިއަޑިން ޑީލް ހެދޭތޯ...އެކަމް މިފަހަރު ރަގަޅީ ރައީސް ކަލެއާ ބައްދަލު ނުކުރިއްޔާ...ދެން ވެއްޖެއްނުން ތިޖަރީމާ ހުއްޓާލަން. މިހާރުވެސް ރެހެންދިންވެސް ދެފްލެޓް އަދި ހުޅުމަލެއިން ފްލެޓް އަދި 3 ބޯޓޭ ކިޔާ އަޑުއިވޭ....ހާދަ އަޒާބު ބޮޑުވާނޭދޯ. ޚަލޯ ތައުބާވޭ އަވަހަށް....

  2. ޢަންސާރު

    ހިންނަވަރު ޖާހިލްގެ ވެރިކަން ވައްޓާލާ ޔަހޫދީންގެ ވާގިވެރިންނާ މަޝްވަރާ ކުރާކަށް ނުޖެހޭ

    7
    1
  3. ނާގާބިލް އެޖެންޑާ ފުޅަ

    ވައުދު ފުއްދިގެން ދޯ އެހެންކަމެއް ވާނީ

  4. ވަގު ޔާނު

    އެ ވަގުވެރިކަމުގަ ކިތައް މީހުންތޯ ނުހައްގުން ޖަލުގަ ހައްޔަރުކުރީ ރާކަނިމަސް ކެވިފަހުންނާނި

  5. ވަގު ޔާނު

    ތީ ޕާޓީއެއްތަ 4 ބޯތިބީ އެވެސް އަތްކަޑާވަރުގެ ބޮޑެތި ވަގުން މީގެން ކޮންމެމީހަކުފެނުނަސް ހީވަނީ ބޮޑެތި ވަގުންހެން