ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ވަގުތީ ސަރުކާރެއް އެކުލަވާލަން ފުރުސަތު ދެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
ރައީސް ނަޝީދު މިކަމަށް ގޮވާލެއްވީ މާލޭގައި އިދިކޮޅު ފަރާތް ތަކުން ބޮޑު މުޒާހަރާ އަކަަށް ތައްޔާރު ވުމުގެ ގޮތުން ބޭއްވި އެއްވުން ކުރިއަށް ދަނިކޮށް އިންޑިއާގައި ހުންނަވައިގެން ކުރެއްވި ޓްވީޓެއްގަ އެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވަނީ ސިޔާސީ ކުށްވެރިން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ކުރި އަމުރު ތަންފީޒު ކުރުމަށް ރައީސް ޔާމީން ދެކޮޅު ހައްދަވާފައިވާތީ އެ އަމުރު ތަންފީޒުކުރުމަށް ގޮވާލާ މިއަދު މުޅި ރާއްޖޭގައި އެތައްހާސް ބަޔަކު އަޑުއުފުލާފައިވާ ކަމަށެވެެ.
Thousands protest across the Maldives against President Yameen’s refusal to enforce the Supreme Court ruling to release political prisoners. President Yameen must step down, allow for interim Govt to facilitate free, fair and inclusive elections in the Maldives. pic.twitter.com/VURa7MDfEq
— Mohamed Nasheed (@MohamedNasheed) February 16, 2018
އަދި ރައީސް ނަޝީދު ވަނީ ރައީސް ޔާމީން މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ވަގުތީ ސަރުކާރެއް އެކުލަވާލައިގެން މިނިވަން އިންސާފުވެރި އަދި އެންމެންނަށް ބައިވެރިވެވޭ އިންތިހާބެއް ބާއްވަން ފުރުސަތު ދިނުމަށްވެސް ގޮވާލައްވާފަ އެވެ.
މީގެ ކުރިން ވެސް ނަޝީދު ވަނީ ރައީސް ޔާމީން އިސްތިއުފާ ދެއްވުމަށްފަހު ވަގުތީ ސަރުކާރެއް އެކުލަވާލުމަށް ފުރުސަތު ދިނުމަށް ތަކުރާރުުކޮށް ގޮވާލައްވާފަ އެވެ. އަދި އޭގެ ކުރިން ރައީސް ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުން ޤާނޫނު އަސާސީގެ ދަށުން އޭރުގެ ނައިބު ރައީސް ޑރ.މުހައްމަދު ވަހީދު ރައީސް ކަމާއި ހަވާލުވެ ވަޑައިގެންނެވުމުން ވެސް ރައީސް ނަޝީދު ވަނީ ރައީސް ވަހީދު އިސްތިއުފާ ދެއްވާ ވަގުތީ ސަރުކާރެއް އެކުލަވާލުމަށް އެތައް ފަހަރަކު ގޮވާލައްވާފައެވެ.
ހިނގަމުންދާ ސަރުކާރު އިސްތިއުފާ ދިނުމަށް ފަހު ވަގުތީ ސަރުކާރެއް އެކުލަވާލުމަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި އޮންނަ ފުރުސަތެއް ނަމަވެސް ރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގެ ދަށުން ވަގުތީ ސަރުކާރެއް އެކުލަވާލުމުގެ ބާރެއް އެއްވެސް ފަރާތަކަށް ލިބިގެނެއް ނުވެއެވެ.
ރައީސް ޔާމީން އާއި ނައިބު ރައީސް ޖިހާދު މަގާމުން އިސްތިއުފާ ދެއްވައިފިކަމަ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ހަވާލުވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އެވެ. އޭނާ އަށް މަގާމުގެ ޒިންމާތައް އަދާކުރެވެން ނެތް ނަމަ ދެން ރައީސް ކަމާއި ހަވާލުވާނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އެވެ. އޭނާ އަށް ވެސް ރައީސް މަގާމުގެ ޒިންމާތައް އަދާކުރެވެން ނެތް ނަމަ ދެން ރައީސް ކަމާއި ހަވާލުވާނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރެކެވެ. އެހެންކަމުން އެއްވެސް ފުރުސަތެއްގައި ވަގުތީ ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތެއް ނެތެވެ.
ވަގުތީގޮތުން ކަލޭމަހައް ދޭބަލަ މުސީބާތެއްނު
ބަލަގަ ނަޝީދުގެ ލާދީނީ ވެރިކަމުގެ ދުވަސްވަރު އިދިކޮޅުމީހުން 21ރޭ 21 ދުވަސްވަންދެން ވަރަށް ވަރުގަދަ މުޒާހިރާތައްކޮށް އެއްވުންތައް ބޭއްވި. އެކަމަކު ނަޝީދުބުނީ ބަޔަކު މުޒާހިރާކުރާކަމެއް ތިމަން ނުދެނެހުރީމޭ....؟؟؟ އެ މުޒާހިރާތައް ކުރެވުނީ ރައްޔިތުންނަށް ޢާއްމު ދަތި ތަކެއްފޯރާ ފަގީރުކަން ޢާއްމުވެ، އިންޑިއާގެ ނުފޫޒު އިންތިހާއަށް ފޯރަންފެށުމުން.
ރައީސް ނަޝީދު އާއި ދެކޮޅަށް ނުކުތީ ލާދީނީ ފާސިޤުފާޖިރު މުނާފިޤުން ތަކެއްކަން މިހާރު މިވަނީ އެންމެނަށް ސާބިތުވެފައެވެ. އިތުރަށް ވާހަކައެއް ދައްކާކަށް ޖާގައެއްވެސް ނެތެވެ.
އިބިލީހުގެ އަމިއްލަ މިންގަނޑުން ބަލައިގެންތޯ؟
މި ފޮޓޯތަކަކީވެސް ޢަބްދުﷲޤާޟީ ދޫކޮށްލުމަށްގޮވާލާ ނަޝީދާދެކޮޅަށް ކުރި މުޒާހަރާތަކުގެ ފޮޓޯތަކެކެވެ. މިފޮޓޯތައް އެމްޑީޕީން ޝެއްރކުރާތާ މިވީ 4 އަހަރެވެ.
މީދެންކާކު؟ ރާއްޖޭއްގެ ކަންކަމާބެހެން. އިނގިރޭސިވިލާތް އިންޑިއާ ފަދަ ތިމާގެ ބަސް ވިކޭ ޤައުމުތަކުގެ ކަންކަމާ ބެހޭނަމަވެސް ގައިމު ތަންކޮޅެއް ތާހިރުވީސް ތޯއްޗެއް.
ޥެރިކަމަށް ފެންބޮވައިގަނެގެން މަރަށް ތެޅޭ ރޯމަހެއް...
ވޯޓުން ނޫން ގޮތަކަށް ކަލޭ ބޭނުންވީމަ ސަރުކާރު ވައްޓާލައިގެން ވެރިކަމަށް އަންނަ ބަޔަކަށް ވަކި ހަމަޖެހިގެން ތިބެވޭނެ ކަމަށް މިހިރި ނުބައި ނުލަފާ މީހާ ދަންނަނީ ހެއްޔެވެ. އިންތިހާބު ކުރިން ތިޔަ ޖަހާ ސަކަރާތުން މަށަށްވެސް އެ ބަޔަގީންވޭ ޔާމީންއަށް އޮންނަ ތާއީދު ހައްތަހާ ބޮޑުވާހެން.
ކީއްކުރާ ވަގުތީ ސަރުކާރެއް މަނިކުފާނު ވަޑައިގެން ސަރުކާރާ ހަވާލުވެ ވަޑައި ގަންނަވަންވީނު
ކަލޯއަންނި ބޯގޯސްމޮޔަނުގޮވާ މައިތިރިވެގެން ހުރެވޭތޯބަލާ ތިކަމެއްނުކުރެވޭނެﷲއިރާފުޅުން
ދައްޖާލުގެ މުސީބާތުން މިރީޖަން ސަލާމަތްކުރައްވާތޯ ދުޢާކުރަމާ!
ވެރިކަމުގެ ކައްޒަތަށް އުޅޭ ސޫލާޝަރާބީ ގެރީގެ މަތީގަ ނަމަވެސް ވެރިކަނަށް އަންނަން ބޭނުން.
މީ އަޅެ ބޯަހަމަޖެހޭ ގޮލައެއްތަ ރާއްޖޭގެ ގާނޫނު އަސާސީ ގަ ވަގުތީ ސަރުކާރަކަށް ޖާގަނެތްއިރު މިފަދަގޮވުން ގޮވުމަކީ ހަމަބުއްދީގަ މީހަކު ކުރާނެ ކަމެއްތަ؟ މީނައަކީ ޓެރަރިޒަމުގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށް ލާފައިވާ ޓެރަރިސްޓެއް މީނައަށް ހިމާޔަތް ދިނުމަކީ ދުނިޔޭގަައި ޓެރަރިޒަމް ފެތުރުމަށް ހިތްވަރު ދިނުން
މޮޔަފުޅުވީތޯ ނުވާނެތިކަމެއް ދެންލަލަލާ
މޮޔަފުޅުވަންވީނުން ލަދު.......
ކަލެއަޢްތަ ވެރިކަން ދޫކްލަންވީ އެގެން ޖެހެނި
ހަމަހޭގަތޯތިހުއްނެވީ ވެރިކަންބޭނުންވިއަސް ތީބޮޑުވަރު
ޖަަލަށް ވަދޭ. މާ ހަޔާތް ނެތިގެން ކޮން ޓްވީޓެއް ކުރާކަށް. ގައުމު ބޭރުދުނިޔޭގަ ބަދުނާމުކޮށްފި. މިކަލޭގެ މިއީ ދުނިޔެއަށް ޖެހިފަ އޮތް މުސީބާތެއް
ވެރިކަން ނުލިބިގެން މިކަލޭގެ ދަންޖެހި މަރުވަނި. މިނުފާ ްަޤައްދާރުން ކިބައިން
މިގައުމާ ރައްޔިތުން ސަލާމަތް ވާނީ ކޮންދުވަހަކުންބާ ޔާ ﷲ މިނުބައި
ނުލަފާ ޤައްދާރުން މައްޗައް ބޮދުވެގެންވާ ކޯފާއެއް ފޮނުއްވާ
ނެތިކުރައްވާންދޭވެ. އާމީން
ހާދަ ވެރިކަމަށް އަރާ ހިތްވާ މީހެކޭމީދޯ. އަނެއްކާ ވެރިކަމައް އަރާފަ ފައިބަންދޯ. ނަޝީދޫ ބުނަންތަ ރަނގަޅު ވާހަކައެއް. މިހާރު ވެރިކަމުގަ އެހުރި އަހަރެމެންގެ ރައީސަކީ ތިހާ ފިނޑި މީހެއްނޫނޭ. ކަމެއްވާއިރަށް ބިރުން ވެރިކަމުން ފައިބާކަށް. ނަޝީދުއަށް ހަމަ އެއްމެ ރަނގަޅުވާނީ ލާދީނީ މީހުން ފަހަތުން ދުވަން ހުރިއްޔާ. ވެރިކަމާހެދި ބޫތު ކައިފަ ތިހުންނަނީ.
ދިވެހިންގެ ރައީސް އަކަށް ބޭނުމީ ހަމައެކަނި '' ރައީސް ޔާމީން '' ކަލޭ އޮވޭ ފިލާ ރަނޑު ފިނޑި ކަލޭގެ
އެފަދަ ޙާލަތެއް އައީތޯ މި ދީބަށް؟ ވެދާނެ ނަޝީދަށް އެފަދަ ފުރުޞަތެއް ނުލިބިގެން ތެޅެނީކަމަށް. އަމިއްލަ އެދުމައިގެން އުޅޭ މި ނަޝީދު އަކަށް މަށެއް ހަމަގައިމުވެސް ވޯޓެއް ނުދޭނަން.
މީނަޔަކީ ގާނޫނެއް ގާނޫނުއަސާސީ އެއް ވެސް ގަބޫލުކުރާ މީހެއް ހެނެއް ހީއެއް ނުވޭ
ސްޕްރީމް ކޯޓުން މީހުން ދޫކުރުމަށް ކުރި އަމުރު ވަނީ އެކޯޓުން ބާތިލް ކޮށްފަ ދެން އެ އަމުރުގެ ވާހަކަ ނުދެއްކޭނެ.
މިރާއްޖޭގެ ކަންކަމަށް ގޮތްކިޔާ ދަނޑިބާނަން ކަލޭތީކާކު### އިނގިރޭސި ވިލާތުގެ ކަންކަމާ ކަލޭ އުޅެބަލަ### ބިރުން ފިލާއޮވެ ޗުކުޗުކު ލައްވާ އެއްޗެހިންގެ ކަންކަމާ އަޅާލާކަށް ނުޖެހޭ### ކަލޭތީ ކާކު ގޮތްކިޔަން ލުއްޗާޔާ###
ގަމާރާ މިހާރުވެސް މިއޮތީ މިނިވަން އިންސާފް ވެރި އިންތިހާބަކުން ހޮވާފަ ހުރި ވެރިއެއް ކަލޭނޫނީ އެހެން މީހަކު ވެރިކަމށް އައިސްފި ނަމަ ވަގުތީ ސަރުކާރެއް އެކުލަވާލަން ޖެހޭ.. ގަމާރު މިތަނަށް ނާރާތި
ޢޭސޮނިމޯޓަރު މިތާއެބައޮތޭ ގާނޫނީ ވެރިކަމެއް ހޭބަލިވީތަ
ހަކުރު ބޯ ފާޑު މީހުނަކަށް ނޭނގޭނެ.
އަންނި އަކަށް ދެން ނެތް މިޤައުމުގައި ވެރިކަން ކުރަން ފުރުސަތެއް. ާދެން ކޮން މޮޔައެއް ތިގޮވަނީ . ވަރަށް ބޭނުން ދޯ އަދިވެސް ވެރިކަން ކުރަން ނޯ ނޯ ނޯ ޗާންސް ފޯ ޔޫ
އިންޑިޔާ ކަނޑުގައު އުފެދުނު އާބައްރުގެ ވެރިކަން މީނާޔަށް ދޭންގޮވާލަން. ނަޝީދުގެ ބއިވެރިންނާއެކު.
ތީ އެއްވެސް ސައްކެތް ނެތް ގޮތުގަ ހުރިހާ ދިވެހިން ލޯބިވާ ރައީސް!!
މީހަމަ ރާއްޖެއަށް ޖެހިފައޮތް ބަލާވެރިކަމެއް. މީނަ ކީއްވެތަ ރާއްޖެ އައިސް އިއްވާފައިވާ ޖަލުހުކުމް ތަންފީޒުކުރަން ބޭނުންނުވުގެން މި އުޅެނީ. ބޮޑުމުސީބާތެއް މީނާގެ ނޮފޮރުއްޕާނުން ސަލާމަތްވެގެންނޫނީ ނެތް މިރާއްޖެ ހަމަނޭވާއެއް ލެވޭކަށް
ކޮން އެއްމެނެއް.
ކަލޭތީ ގައިދީ އެއް. ކަލޭގެ ނަމެއް ނޯންނާނެ
ސޮނިބެ ރަނގަޅަވެސް މޮޔަވެއްޖެ، ދެވަނަ ވެލަޒިނީ ފާޅޫވީދޯ!!!!!!!!!!!!
.ލިޔެ ދަސްވެފައި ވާ ހަމަތަކާ ދައްކާ ވާހަކަތަކާއު ހިންގާ ޢަމަލު ތަކާ ދިމާނުވޭ އެއްވެސް ބައެއްގެ.
މިހިރަ އުޅޭގަމާރެއްދޯ
މިީނަގެ ބޯކަޑަާލި މިީހަކަށް ުު999999999999
ކުރޯޑް ދެެޭނަން
ނޫސްވެރިންގެ ތެރޭގައި ވަރަށް ކޮރަޕްޓް ނޫސް ވެރިން އެބައުޅެއޭ އޭގެ ތެރޭގައި ރާއްޖެ ޓީވީ މަމެން ހިމަނަމޭ އޭޒް ނަމްބަރ ވަން ގައި އައި ނޯ ދޭ އާރ ފެއިލްޑް. އެވްރީ ބޮޑޭ ދަ ރަނޑު ފަންކާ އިޒް އަ ކޮރަޕްޓް ލޯރޑް ވެން ހީ ވޯޒް ވާރކިންގް އިން ގަވަރމެންޓް. ރަނޑޭ ގޮޓް ދަ ކޮރަޕްޓް ނަމްބަރ ރަނޑޭ އިޒް އަ ކޮރަޕްޓް ލޯރޑް. ހީ ގޮޓް ދަ ނަމްވަރ އައި ނޯ ހީ އިޒް އަ ރަނޑު އައިނޯ ހީ ހޭޒް ފެއިލްޑް. ހީ ގޮޓް ދަ ނަމްބަރ. ކޮރަޕްޓް މަނީ އޮން ދަ ޑާންސް ފްލޯރ ކޮރަޕްޓް މަނީ އޮން ދަ ޑާންސް ފްލޯރ... ހީ ގޮޓް ދަ ނަމްބަރ
ވަގުތީ ސަރުކާރު ގާއިމުކުރަން ޖެހޭނީ ވަކި ޙާލަތްތަކަކަށް ގައުމު ދިޔުމުން. އެފަދަ އެއްވެސް ކަމެއް، ދައްޗެއް ތުރާލެއް، ނެތި ވަގުތީ ސަރުކާރު ގާއިމު ކުރާކަށް ނުޖެހޭނެ. މިއަދު އިންޝާﷲ މިގައުމުގެ އިގްތިޞޯދު ރަނގަޅު، ގައުމީ ރިޒާވް ރަނގަޅު، ސިއްޙީ ނިޒާމުގެ ކުރިއެރުން ރަނގަޅު، ކުންފުނިތަކުގެ ހިނގުން ރަނގަޅު، ބޭރުގެ ނުފޫތަކަށް މިސަރުކާރުން ބުނަނީ ނޫނެކޭ، އެހެނިހެން ގައުމުތަކާ އޮންނަ ގުޅުން ރަނގަޅު، މާތްވެގެންވާ އިސްލާމްދީނަށް މިސަރުކާރުގެ ފުށުން އެއްވެސް ނުރައްކަލެއް ދުއްތުރާލެއް ނެތް، ތަޢުލީމީ ނިޒާމާމެދު އެއްވެސް ކަންބޮޑުވުމެއް ނެތް. ޔޫއެސް ޑޮލަރު ހެޔޮއަގުގައި ބޭނުން ވަރަކަށް ގަންނަންލިބޭ. ދެންކޮންކަމެއްބާ؟؟؟ އެހެންވީ ކެރަފާނަޝީދު ބުންޏޭ ކިޔާފަ ވަގުތީ ސަރުކާރެއް ގާއިމު ކުރާކަށް ނުޖެހޭނޫންތޯ؟ ރީނދޫ ބާޣީންމަގުމައްޗަށް ނިކުމެ އުޅުނަކަސް....!!!
ނަޝީދަށް ކޮއްފައިވާ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުމަށް ނަޝީދު ރާއްޖެ އައުމަށް ގޮވާލަން
ވަގުތީސަރުކާރެއް އުފެއްދުމަށް ޖާގައެއްނެތް
މިހާރުގެ ސަރުކާރު އިންތިޚާބާ ހަމައަށް
ދެމެހެއްޓުމަށް ތާީދުކުރަން
އެކަކުވެސް ހެވެއްނުން. ތިވެސް ނުލަފާ އެއްޗެއް ތާކުހުރި
ވަގުތު ނޫސް ވޯޓެއް ނަގާބަލަ. ޔާމިން އަދި ގަންޖާ ބޯ އާ..
???????
ޢެންމެ 9 ކުއްވެރިން ދޫނުކޮށްގެން ނޭ ކިޔާފަ މި ގަޓް ރައީސް އިސްތިއުފާދޭން ނުޖެހޭނެ.އަދި ކިރިޔާ ތާކުންތާކު ޖެހޭ މީހަކު ވެރިކަމަށް އެރީ..ސާބަސް ޔާމީން ..ރައީސެއް ގާއިގަ ހުންނަން ޖެހޭ ހުރިހާ ސިފަޔެއް ހުރީ ޔާމީން ގާއިގަ. ތިއަނގަ ގަނޑު މާއިތިރި ކުރޭ..
އިންޑިއާއިން ގެއްލިގެން އުޅޭ 63 މިލިއަން އަންހެނުން ހޯދުމަށް ނަޝީދު ގޮވާލަން ފެނޭ
މައި ބަދައިގެ ފަރުވާކުރަނީޔޯ....ހެހެ..ދެން އަތްޖަހާ...މީނަގެ ހުރި.ނުލަފާކަން ދައްކާލަނީ
މިއީ ވެރިކަމަމޮޔަވެފާ ހުރިސޮރެއް ގައުމުގެ އަދާވަތްތެރިއެއް ފަސާދައިގެ ބައްޕް މީނަގެ ކިބައިން މިގައުމު ސަލާމަތްވާން އެބަޖެހޭ
ހާސްމީހުން އެއްވެފައެއް ނެތް. ވަގުތީ ސަރުކާރެއް އެކުލަވާލާ ވަރަކަށް މި ގައުމު ދިޔަކަމެއް އަދި އެނގިފައެއް ނެތް. ހަމަ ދެމީހަކު އެއްވެލާއިރަށް ނުބައި ފޮޓޯތަކެއް ހިމަނާފައި ތިޔަ އަނގަތަޅަން ފަށަނީ ވެރިކަމަށް ބޫތުކައިފަ ހުރިވަރުންކަން ޔަގީން. ވެެރިކަން ލިބުނީމަ ގައުމު ހަމަޔަކަށް އަޅުވަން ނޭނގުނު މީހަކަށް ދެން ކޮށްސެވޭނެކަމެއް އޮތްކަމަކަށް ނުދެކެން. މައިބަދަ ރަގަޅުކޮށްލަދޭނަން ރާއްޖެ އައީމަ.
ކިހާބޮޑު މުސީބާތެއް ދެން މިހާރު، ދެނެއް މަށެއް ނަސީދަކަށް ތާއީދެއް ނުކުރާނަން. މީގެކުރިން ވަރަށް ބޮޑަށް ތާއީދުކުރިން، ވީ އެއްކަމެއް ހަރާން. މިހާރު ދެން މި ހުއްޓާލީ. ނަސީަދށް ބުނެލާނީ ދެން ވަރަށް ސަލާމޭ.
ނަޝީދު މާ ބޯހުންނަމީހެއް ކަމަށް ހެދިގެން އުޅޭ އިރު ކީއްވެތަ މުޅި ދުނިޔެ ޗައިނާގެ އިންވެސްޓްމަންޓްތައް ނުލިބިގެން އުޅޭ އިރު މި ގެރިއަށް އައިޑީ ނުހެދިގެން މިއުޅޭ ދެލާރިއެއްނުވާ ބައެއްގެ ފަހަތައް އަރަން ތިޔައުޅެނީ. އިނގިރޭސިންނާއި އެމެރިކާގެ ކުރިއެރި ދުވަސް އެއީ މާޒީ. މިހާރު ބަޔަކީ ޗައިނާ. ޗައިނާއިން އައިފޯނު ހެދުން ހުއްޓަލިޔަސް ނިމުނީ
މީ ދެން ކިހާބޮޑު ބަލާއެއް!
މީކަލޭނޭ ވެރިކަމާހުރެ ހޭބަލިވާ ބޭފުޅެއްތަ..މީނާގެ އަންހެނުން ތަންދައްކާތަ މިނައަށް މނ ބޮލަށްއަރާފަކަންޏޭގެ މިހިރީ
މީނަގެ ދުއްޕާން ހާދަ ބޮޑޭ
މިހާރުވެސް ކަލެއަށް އެކުލަަވައިލެވިދާނެ. ދެން އެސަރުކާރު ކަލޭގެ ބެލުމުގެ ދަށުގަ ބާއްވައިގެން ބަގުޑިބައްދާ.
އަންނިގެ އަމިއްލަ ހަރުމުދާ ގަނޑެއްތަ ދިވެހިރާއްޖެ އަކީ. އޮވެބަލަ ފިލައިގެން. މިތަނަށްތޮރުފެން އަންނާނެ ކަމެއްނެތް.
އަވަހަށް އިންޑިޔާއަށް ގޮވާލާ އަލަށް އުފަންވި އިންޑިޔާކަނޑުގެ ބައްރުގެ ވެރިކަން އަވހަށް މީނަޔާ ހަވަލުކުރަން
ވަގުތީ ސަރުކާރެއް އުފައްދަނީ ކީންކުރަންތަ ތީ ވެރިކަންދިނީމަވެސް ވެރިކަން ކުރައް ކެރުނު މީހެއްނޫން ދެއް ކޮން ވެރިކަމެކޭ ކިޔާކަންތަ ކަލޭ ވަގުތީ ސަރުކާރެއް އުފައްދަން އެއްމެ ރަގަޅީ ސިދާތާ އާއި މާރިޔާ އެކީ އޭރުން ކަލެއަށް ވަރަން ރަގަޅަން އެގޭނެ އެތަނުން ކޮން ސަރުކާރެއްކަން ރަގަޅީ
ހާލު އަހާލީމަ އެމަންޖެ ރުޅިއައީތަ.
މީ އަޅެފަހެ ހަމައިގަވެސް ހުންނަ އިންސާނެއްވެސް ނޫނޭ. ސަރުކާރު އިސްތިޢުފާދޭން މިގޮވަނީ. ކޮންސަބަބަކާހެދިބާ އިސްތިއުފާ ދޭންޖެހެނީ.
މީނަ މޮޔަގޮވަނީ ވެރިކަމަށް ނާދެވިގެން،ލާހިކައެއް ނޫން މި ގައުމަށް ދުވަހަކުވެސް މީނަގެ ހިޔަނި އެޅޭ ކަށް
ހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހހަހަަހަހަހަހަހަހހަހަހަަހަހަހަހަހަހަހަހަހަހ
ހިނި ގެޅެނީ ހަމަ... (: