ކޮވިޑްގެ ހާލަތު ގޯސްވަމުން ދާއިރުވެސް ސަރުކާރުން ރައްޔިތުންނަށް އަޅާލާ މަންޒަރު ނުފެންނަ ކަމަށް ވިދާޅުވެ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޑރ.މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑްގެ ހާލަތު ގައުމުގައި ގޯސްވަމުން ދާއިރު ސަރުކާރުން ގައުމުގެ ރައްޔިތުންނާއި ދޭތެރޭ ކަންބޮޑުވެ އަޅާލާ ތަނެއް ނުފެންނަ ކަމަށެވެ.

"ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްވުރެ އިސްކަންދޭ އެހެން ކަންތައްތަކެއް ސަރުކާރަށް އޮތީތޯ؟" ޑރ.މުއިއްޒު ސުވާލު ކުރެއްވެވިއެވެ.

ކޮވިޑްގެ ހާލަތު ގޯސްވަމުން ދާއިރުވެސް ސަރުކާރުން ރައްޔިތުންނަށް އަޅާލާ މަންޒަރު ނުފެންނަ ކަމަށް ވިދާޅުވެ ޑރ.މުއިއްޒު ކަންބޮޑުވުން ފާޅުކުރެއްވިއިރު އިއްޔެ ރާއްޖެ އިން ވަނީ ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވެފައެވެ. އިއްޔެ 215 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 84 އަށް އަރާފައެވެ. މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ހުރީ 200 ވަރަކަށް އެނދެވެ. އެހެންކަމުން ހޮސްޕިޓަލްތައް ފުރި ނުރައްކާތެރި ހާލަތެއް ކުރިމަތިވުމުގެ ބިރު ވަރަށް ބޮޑެވެ.

ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުން ދިޔަ ނަމަވެސް ބަލި ކޮންޓްރޯލް ކުރަން މާލޭގައި މިހާރު މާހަރުކަށި ފިޔަވަޅުތަކެއް އަޅާފައެއް ނުވެއެވެ. މާސްކް އެޅުން މަޖުބޫރު ކުރުމާއި އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލު ކުރުން ފިޔަވައި އިތުރު ހަރުކަށި ފިޔަވަޅުތަކެއް މިހާރު އަޅާފައެއް ނެތެވެ.

ނަމަވެސް ހާލަތު އިތުރަށް ގޯސްވަމުން ދާނަމަ ފިޔަވަޅުތައް ހަރުކަށި ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ސަރުކާރުން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ސިދާތާގެ ބެޑްސީޓް

    އަސްލުވެސް ތީ ވަރަށް ބޮޑު ތެދެއް މިހާރު ސަރުކާރުންފެންނަނީ ރައްޔިތުންނަށްވުރެ ގައުމުގެ އެހެން ކަންކަން ކުރިއަށް ނެރެވޭތޯ

    31
    6
    • ލާންސްލޭ

      ރައްޔިތުންވެސް އެޗްޕީއޭގެ އިރުޝާދަށް ބޯލަނބާ ނަމަ ބަލި ނުޖެހި ހުރެވުނީސް އަމިއްލައަށް މީހުން ގައިގަ އުނގުޅެނީ ދޯ ކޮބާ ސޯޝަލް ޑިސްޓަންސިންގް. އޮފީސްތަކަށް ދާ މީހުންވެސް ހީވަނީ އީދެއް އައިސް އުޅެނީހެން ގްރޫޕްތައް ހަދައިގެން ލަންޗް ބްރޭކަށް ދަނީ . ކޮބާ ފަރުދީ ޒިންމާ ހުރިހާ ކަމަކަށް ސަރުކާރު ޒިންމާ ނަގަންޏާ ތިމާ މީހާގެ މައްސޫލިއްޔަތު ކޮބާ

      15
      10
  2. ބުއިއްޒު

    މުޒާހަރާ ކުރުން ހުއްޓުވަބަލަ ތިހާ ރައްޔިތުންނަށް ހެޔޮއެދޭ ބަޔަކަށް ވަނީނަމަ.

    16
    35
  3. އަޙުމަދު

    ކިހާ ދެރަކަމެއް. މިހާލަތުގަވެސް ރައްޔިތުންގެ މެދުގަ ފިތުނަ ފަސާދަ އުފައްދަން.ރައްޔިތު މީހާގެ ޒިންމާއެއް ނޯވޭތަ. ރާއްޖެ ނުހުޅުވާ ރފ ކޮންތާކުން ނެރެނީ. ހުޅުވީމަވެސް ސަލާމަތެއް ނޯވެ.މޮޅުވާހަކަ ނުދައްކާ ބޮޑު ފޭއްޔަކުން ފޭލިވެފަ ކޮޅުފަސްކޮޅުން ބާލަފަ ތިތިބީ. ތިހާ ރައްޔިތުންނަށް ހެޔޮއެދެން މޮޅުވާހަކަ ދައްކާ މީހުން ކޮންމެ ރެޔަކު އެއްވުންތައް ތިބާއްވަނީ.ދެންވެސް ކަމެއް ވީމަ ގޯސްކުރާނީ ސަރުކާރޭ.

    19
    30
  4. ހަސަންބޭބެ

    ގިނަ މީހުނަ ބަލަިވެ ހޮސްޕިޓަލްތަކަށް ނުތަކައިގެން ދިޔާމަ، އެވެސް އިންޑިޔާމީހުނަށް މިގައުމަށް އެކިސިފަ ސިފައިގައި އައުމަށް ދައުވަތުދޭން ހުޅުވޭމަގެއް. އެކި ގޮތްގޮތުން އިްނޑިޔާއިން އެކި ނަންނަމުގަ އެހީއާއި ލޯނު ހޯދާ، އިންޑިޔާގެ ދަރަނީގެ ދަންތުރައިގަ ޖެހި، މިގައުމުގެ މިނިވަންކަން ނަގާލާ، މިތިބަ ވެރިން ނަމުގައި ވެރިންގެ ގޮތުގައި އިންޑިޔާގެ އެހީގައި ދެމިތިބުމަށް ކޮށާލެވޭ ދޮރެއް. ޗައިނާގެ ދަރަނިދަންތުރައޭ ކީމީހުން މިހަދަނީ ކިހިނެއް. ޗައިނާ އަދިވެސް އެމިހުންނަށް ދައްކަން ހުރި ލޯނުދަރަނި ކޮށްދިނީ ފަސް. އެކަމަކު އެމްޑީޕީގެ ފުރަތަމަ ސަރުކާރު ވެއްޓުނު އިރު އޭރުގެ ސަރުކާރަށް ދީފަ އޮތް 100 މިލިއަންޑޮލަރު އިންޑިޔާއިން ޖެއްސީ ވަގުތުން ދައްކަން. ރައީސް ޔާމީންގެ ސަރުކާރު ވެއްޓުމުން ޗައިނާ އެހެން ހަދައިފިބާ؟ ވިސްނާބަޔަކަށް އިބުރަތެއް، އެފަހަރު 100 މިލިއަން ވަގުތުުން ދިވެހި ސަރުކާރަށް ދެއްކުނެު. މިފަހަރު ނުދެއްކޭނެ. ދެން ވާނެ ގޮތް ވިސްނާ! ފެއިލްޑް ސަރުކާރެއް މި އޮތީ

    23
    2
  5. ފިތުނަ

    ފިތުނަ އުފެއްދުން ކަމަކީ އަމިއްލަ ޒިން މާ އެކަކުވެސް ނުނަގާ ދެން ކޮންމެ ކަމެއް އެހެން މީހުން ބޮލައް

    17
    24
    • ބަސްތާ

      ÷ތީ ތެދެއް މުޒާހަރާގަވެސް އަބްދުއްރަހީމުމެން ޑްރާމާ ކުޅެނީ ފުލުހުން އަނިޔާ ކުރާކަން ދައްކަންވެގެން . ރާވައިގެން ކުޅޭ ކުޅިވަރެއް

      3
      4
  6. ކަމަނަ

    ރައްޔިތުން މިކަމުގައި ބުނިހައިގޮތެއް ހަދައިގެން ތިބިތަނެއް ނުފެނެއިތަ ސަރުކާރުން ހެދިމަކަރާ ކުރިވައްކަން ބަލައިބަލަ ހަމަ އަޅައިނުލަނީ ބައިމީހުންނަށް ބަހަނީ

    11
    3
  7. އެމަންޖެ

    މުއިއްޒު ވިދާޅު ނުވިޔަސް އެނގޭ މިސަރުކާރަކީ ނުކުޅެދޭ ސަރުކާރެއްްކަން މިވީހާތާކައް ރައްޔިތުން ނަކައްނެއް ކަމެއް ކޮއްދީފަކައެއް ، އެމީހުންގެ އަމިއްލަ ޖީބައް އެއްޗެއްވެއްދޭތޯ ބެލީ.

    14
    3
  8. އެލެކުސް މައިކާލޯ

    ޑޮލަރުނުލިބޭ ބީއެމްއެލް އިން ދެނީ ބާޑޮލަރު ބޭނުމެއް ނުކުރެވޭ. އެދުރުކަލޭފާނުން ވަރިކަމުން ފައިބަިގެންދާންވީނުން ޔޫރަޕަށް ބޯލަން. މީދެން ކިހާދެރަކަމެއް. ތި ކެނެރީގޭ ދެނެއް ވޯޓެއްނުދޭނަން

    10
  9. އޮޅުވާލި ވޯޓު

    މިހާދުވަހައް ގައުމުހިންގާގެން ލިބުނުހާފައިސާ އަދިކޮވިޑުވިއްކާގެން ހޯދިހާ އެހީތަ ކޮބާތޯ މިގައުމު ނޫނިއްޔާ މިކޮވިޑުގަ މާލީއެހީނުވާގައުމެ އެބޮތްތޯ މަގުމައްޗަނިކުމެ ހަޅޭލަވާގެން ވެސް މިއަދުއެބަޖެހޭ މަސަކަތްތަކެކުރަން ގައުމާ އިސްލާންދީނުގެ ހިމާޔަތުގަވެސް މި ލާދީނީސަރުކާރު ނިމުމަކައްގެންނަން

    10
  10. ފެކްޓް

    ސަރުކާރުން ބުނީމަ ބުނާގޮތެއް ހަދާބަޔަކު މިތާ އެބަ އުޅޭތަ!
    ކިޔަކިޔާ ގޮވަގޮވާ ތިބޭއިރު ކަލޭމެން އުޅެހާ ހޮތަކަށް އުޅެނީ ސަރުކާރު ނުބައި ކުރަންދޯ!

    7
    7
  11. އިދިކޮޅުގެ

    (ކޭސް) އިތުރުވިޔަސް އިދިކޮޅުގެ މުޒާހަރާ އޮންނާނެ

    6
    4
  12. ޙަމަ

    މުޒާހިރާ ބާރަ އް

    6
    4
  13. އަލްޖިބްރާ

    ކަލޭމެންގެ ސަރުކާރު އޮތްއިރު ރައްޔިތުންނަށް އަޅާލީ ކޮންކަމެއްގަތަ ؟ އޭރު ގައިމު ކޮރޯނާއެއްވެސް ނެތް ! ކަލޭމެން ކުރިކަމަކީ އިދިކޮޅު އެންމެން ހިފާ ހައްޔަރުކުރުން ! ދެން ކުރިކަމަކީ ޤައުމު ދަވާލުން ! މިސަރުކާރުން ކޮރޯނާ ހުއްޓުވަން ކުރި މަސައްކަތް ކަލޭކަހަލަ ބުރާންޗަކަށް ނޭގުނަސް އެގޭމީހުން އެބަތިބި ! ކަލޭމެން އަދިވެސް ބޮޑުވަގަކު ސަލާމަތް ކުރާށޭ ކިޔާފާ މުޒާހަރާކުރުން ނޫންކަމެއް އެބަކުރަމުތަ ؟ ކަލޭމެންގެ ލަދުހަޔާތުގެ ކަންފުޅެއް ނެތަސް ތީ ބޮޑުވަރު ! ފިތުނަފަސާދަ އުފައްދާ މީހުންގެ ތެރޭގައި ކަލޭވެސް ތީ ހައްޔަރު ކުރަން ޖެހޭމީހެއް !

    7
    7
  14. ޏަވިޔަނި

    ތިބުނީ ހަމަ ތެދެއް

    4
    1
  15. ކާފަބޭ2020

    މިޤަ އުމުގަ އިސްލާމީކަންތަ އްތަކާ ބެހޭ މިނިސްޓަރެ އްވެސް މިހާރުނެތީބާ؟ ކުރީސަރުކާރުން ކާރިސާތަކުގެވަގުތު ޖަމާއަތުގެ ނަމާދުގައި ޤުނޫތުނާޒިލާކިޔާ ކާރިސާތަކުންމިންޖުކުރަށްވާތޯ ދުޢާކުރުވާހެދި މިސަރުކާރިގަ އެކަންކުރުވާނެ އިސްލާމިކުމިނިސްޓުރީގަ ކުފޫހަމަވާވަރުބޭޅަކުނެތީތޯ؟ ކިތަންމެނުރުހުނަސް ސަބަބުތަކުގަހިފަ އިގެން ދުޢާކުރީމަ ޝިފާދެ އްވާނީﷲ އެނޫންފަރާތެ އްނުވޭ ގިނަގިނައިންނަމާދަށްފަހު މިކާރިސާއިންމިންޖުކުރަށްވާތޯﷲދަންނަވާ!!!!!!

  16. ސަކީނާ

    ކޮންވާހަކައެއް ދައްކާކަށް. އަދިވެސް މީހުން އެއްކޮށްގެން މުޒާހަރާކުރަން ދޭބަލަ

    4
    8
  17. ކޮވިޑް ހަސަނު

    ބަލަ މުއިއްޒު އަންހެނުންވެސް އުޅެނީ ދަރުބާރުގޭ އިސްސަފުގައި ކޮވިޑް ފެތުރުން ހުއްޓުވާކަށް ނޫން ތޯ. އިތުރު ގަޑި އާއި މަހަކު 50000 ރ. އާއި ގާތް ކުރާއަދަދަކަށް ލާރި ނަގައިގެން އެކަމަނާ އަށް ވެސް ކަމެއް ނުކުރެވެނީ އޭ ތޯ ތި ވިދާޅު ވަނީ

    3
    8
  18. ބަލާތި

    އިތުރު ލޮކްޑައުނަކަށް ދިއުން ރަނގަޅެއް ނޫން ކަމަށް ރައީސް އިބޫ ވިދާޅުވިނަމަވެސް ސަރުކާރުން ސްޕެޝަލީ ކެބިނެޓް އިން ރާއްޖޭގެ އިގްތިސާދު ކުރިއަށް ގެންދިއުމަށް ޓަކައި މާލެ ސަރަހައްދުގައި ހުރި ފަޅު ތައް އެމްޓީސީސީ އަށް ދީގެން އެ ފަޅުތައް ހިއްކާ އެފަޅުތަކުން ހިއްކާ ބިންތައް 2 ހާސް އަކަފޫޓްގެ ކޮންމެ ބިމެއް ދިރިއުޅުމުގެ ބޭނުން ތަކަށް 2 ލައްކަ ރުފިޔާ އަށް ބިމެއް ވިއްކާލާ އަދި އިންޑަސްޓްރިއަލް މަސައްކަތް ތަކަށް 10 ހާސް އަކަފޫޓްގެ ބިމެއް 1 މިލިއަން ރުފިޔާ އަށް ވިއްކާލާ ގިނަ އަދަދެއްގެ ބިން ތައް ނެރެންވީއޭ އެގޮތުން މަހަކު 2 ހާސް އަކަފޫޓްގެ 10 ހާސް ބިން ވިއްކަންވީއޭ އަދި 10 ހާސް އަކަފޫޓްގެ 20 ހާސް ބިން ވިއްކަންވީއޭ އެއިރުން ދެން ދައުލަތުގެ ބަޖެޓަށް އާމްދަނީ ވަންނާނެ ނޫންތޭ އިތުރަށް ޓެކްސް ނުނަގާ...

  19. ޙަބަރުގެ

    ބަލިފެތުރެނީ ސަރުކާރުން އަޅާނުލާތީއެއް ނޫން ސަރުކާރުންދޭ ނަސޭހަތް ނާހާތީ ބަލި ފެތުރެނީ ބަލި މިވަރަށް ފެތިރޭއިރު މުއީޒުވެސް ކުދިންކޮޅެއް ގޮވައިން ތިނުކުންނަނީ މަގުމައްޗައް ދެން ބަލި ފެތުރުނީމަ ގޯސްމިވަނީ ސަރުކާރު

    3
    7
  20. ސިކުނޑި

    ފިތުނަފަސާދަ އުފެއްދުމަކީ، އަސްލެއްނެތް ވާހަކަދައްކައގެން ބައިބައިވުން އުފެއްދުން. އެކަމު ރިވެތި ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުވައިގެން ރައްޔިތުންގެ ހައްޤުތައް ރައްޔިތުންނަށް ހޯދައިދިނުމަކީ އިދިކޮޅުގެ ޒިންމާ ހެޔޮގޮތުގައި އަދާކުރުން!

    4
    1
    • Anonymous

      މީނާގެ އަންހެނުން ބަލި ހުއްޓުވަން ޓާސްކްފޯސް ގައި....
      މީނާ ބަލިފަތުރަން މުޒާހަރާގައި.... ލޮލް

      3
      3
  21. ސައީދު

    ހާލަތު ރަގަޅު ކުރަންތޯ މާލޭގެ މަގުތަކަށް ނުކުމެ ތިޔަ ތެޅި ވަނީ. ކޮށްފަ ހުރި ވައްކަން ތަކުގެ މަސްއަލަ ތަހުޤީޤު ނިމެން ގާތް ވީހެން މަގުތަކަށް ނުކުމެ ތިޔަ ރައްޔިތުންނަށް އަޅާލަނޭދޯ؟

  22. ސޫޒަ

    ސަރުކާރުން އަޅާލާނެކަމެއްނެތް، ސަރުކާރުން އަންގާ އެއްވެސް އެންގުމަކަށް ރައްޔިތުންވެސް ބޯލަނބާނެކަމެއްނެތް ، އަޑުވެސް އަހާނެކަމެއްނެތް މިހާރުވެސް އަހަނީކީނޫން އެހެންވީމާ ސަރުކާރުންބަލާ ދެންކުރަން ހުރިކަމެއް ކުރެވޭތޯ