ގަވާއިދާއި ހިލާފަށް އުޅެމުން އަންނަ ބިދޭސީންތަކެއްގެ އުނދަގޫ ނ. މާފަރު ރައްޔިތުންނަށް ކުރިމަތިވެ އެކަމުގެ ކަންބޮޑުވުންތައް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އެރަށު ކައުންސިލުން ހިއްސާ ކޮށްފިއެވެ.

ސީޕީ ހަމީދާއި މިނިސްޓަރު އިމްރާނަށް ވަކިވަކިން މާފަރު ކައުންސިލުން ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 23 އަދި 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރަށްވެރިކަމުގެ ހިދުމަތްތައް ފޯރުކޮށްދިނުމަކީ ކައުންސިލް އިދާރާއަށް ލާޒިމް ކޮށްފައިވާ ކަމެއް ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމާއި، ރަށުގެ ކުދިބޮޑު އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށް ދިނުމަކީވެސް ކައުންސިލްގެ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެއްކަން އެ ކައުންސިލުން ފޮނުވި ސިޓީގައި ފާހަގަކޮށްފައިވެއެވެ.

މާފަރަކީ 1200 އަށްވުރެ ގިނަ މީހުން އާބަދީއެއް ހިމެނޭ ރަށަކަށްވާއިރު ރަށުގެ އާބާދީގައި ދިރިއުޅެމުންދާ 1200 މީހުންގެ އިތުރުން އެރަށުގައި އެހެން ގައުމުތަކުގެ ރައްޔިތުންވެސް ދިރިއުޅެމުން ގެންދާ ކަމަށް ސިޓީގައި ބުނެފައިވެއެވެ. އެގޮތުން ކައުންސިލް އިދާރާއިން ބެލިބެލުމުން އެރަށުގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުން ގެންދާ 21 ބަންގުލަދޭޝް ރައްޔިތުން ތިބިކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެފައިވެއެވެ. އެ ބަންގްލަދޭޝް ރައްޔިތުންގެ ތެރޭގައި ހިމެނޭ ބައެއް ފަރާތްތަކުން ގަވާއިދާ ހިލާފަށް ރަށުގައި ގިނަ ކަންތައް ތަކެއް ކުރަމުން ގެންދާ ކަމަށް އާއްމު ރައްޔިތުންގެ ފަރާތުން ކެނޑިޅޭޅި ޝަކުވާތައް ލިބެމުންދާ ކަމަށާއި އަދި އެކަން ކައުންސިލްގެ ބޭފުޅުން ބެލިބެލުމުން ވެސް ފާހަގަކުރެވިފައިވާ ކަމަށް ސީޕީ ހަމީދާ ހޯމް މިނިސްޓަރަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

"ގަވާއިދާ ހިލާފަށް މިރަށުގައި އުޅެމުންގެންދާ ބިދޭސީންގެ ތެރެއިން ބައެއް ބިދޭސީން ގަވާއިދާ ހިލާފަށް ރަށުގައި ވިޔަފާރީ ކުރަމުން ދިއުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން ގެންދިއުމާއި، ރަށުގެ ޒުވާން ޖީލް މިވަބާގައި ޖައްސާ ހަލާކުރަމުން ގެންދިއުމުގެ އިތުރުން، ޑޮލަރުގެ ވަގު ވިޔަފާރި ކުރުންވެސް ހިމެނެއެވެ. މިކަންކަމުގެ ސަބަބުން ރަށުގެ ރައްޔިތުންގެ ޝަކުވާތައް އިންތިހާއަށް އިތުރުވެ، ރަށުގެ އިޖުތިމާއި ފޭރާން ވީދީ، ރަށުގެ މުޖުތަޢުގެ ތެރޭގައި މަސްލަހަތު ގެއްލި، މިކަންކަން ހައްލުކުރުމަށް ކައުންސިލަށް ވަނީ ދަތި އުނދަގޫ ކަމަކަށް ވެފައެވެ." ސިޓީގައިވެއެވެ.

އަދި އެކަން ހައްލު ކުރުމަށް ފުލުހުންނާއި ކައުންސިލާއި ގުޅިގެން މަސައްކަތްތަކެއް ކުރި ނަމަވެސް މިއަދާއި ހަމައަށް ވެސް އެކަން ހައްލު ކުރެވިފައި ނުވާ ކަމަށް ކައުންސިލް އިން ފޮނުވި ސިޓީގައިވެއެވެ. އެހެންކަމުން މާފަރު ކައުންސިލުން ވަނީ އެ ބިދޭސީން ފޮނުވާލެވޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް އެދިފައެވެ.

އެކަމާއި ގުޅިގެން އިތުރު މައުލޫމާތު ހޯދާލުމަށް ކުރި މަސައްކަތުން މާފަރު ރައްޔިތަކު "ވަގުތު"އަށް މިއަދު ބުނީ ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީންގެ ތެރެއިން އެއް މީހަކީ ރަށުގެ ވިޔަފާރިތައް ވެސް އޭނާގެ މުށުތެރެއަށް ލުމަށް މަސައްކަތް ކުރަމުން އަންނަ މީހެއް ކަމަށެވެ. އެގޮތުން ރަށުގެ ފިހާރަތައް ކުއްޔަށް ނަގައިގެން ހިންގުމާއި ރަށުގެ ބިންތައް ގަތުމަށްވެސް އޭނާ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ. އަދި ކައުންސިލް އިދާރާއިން ސީޕީ ހަމީދާ މިނިސްޓަރު އިމްރާނަށް ފޮނުވި ސިޓީގައި ބުނެފައިވާ ފަދައިން މަސްތުވާތަކެތި ވިއްކުމާއި ޑޮލަރުގެ ވަގު ވިޔަފާރީގެ މަސައްކަތް އެމީހުން ކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އިމިގްރޭޝަންގެ އިސް އޮފިޝަލެއް "ވަގުތު"އަށް މިއަދު ވިދާޅުވީ މާފަރުގައި އުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ވަރަށް ގާތުން އިމިގްރޭޝަނުން ބަލަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ އެކަން ފުލުހުން މެދުވެރިކޮށް ތަހުގީގު ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. އެލެކުސް މައިކާލޯ

    ތޮބަންގާޅުން ބާލާށޭ މުޅި ރާއްޖެއިން ކިހާދެރަކަމެއް މީ؟ މިސަރުކާރަށްނުވަންޏާ ބުނޭ އޭރުން މަމެން ތިބަންގާޅުން ބޭރުކުރާނަން ދެގަޑިއިރުތެރޭ

    66
  2. އަޙްމަދު

    ކޮބާހޭ ތިމީހުން އެތެރެކުރިމީހުންނާއި އެކަމަށް އިމިގްރޭސންއިން ސަޕޯރޓް ދިން މީހުން.

    69
  3. ޢަލީ

    ތަޅާ ބޭރުކުރޭ

    57
    2
  4. ަަސދަސދ

    ސުމެއްގެ ބައެއް. 20 ބަންގާޅުން ކޮންޓްރޯލްކޮށް ނުލެވުނު.
    ވަކިން 100 ފޫޓް ތަނެއް ހަދައި (ފެންސު ޖަހައި ވަކިކޮށް) އެތަނަށްލައި، އެއަށްފަހުން ބަންގާޅު އެމްބަސީގަ ބުނޭ ކާއެއްޗެހި ފޮނުވަން.

    68
    4
  5. ފޫހި

    ރަށުންބާލާ ދާނެތަނަކަށް ހިގައިދާނެއްނު. މުޅިން ހަރާން ލާރި ހޯދަނީ

    49
    2
  6. މިއަދު

    ތިމައްސަލާގައި އަޅުގަނޑަށްފެންނަނީ މިހާރުންމިހާރަށް ތިކައުންސިލް އެއްކޮށް އިސްތިއުފާދޭން ރަށުގެރަޢިއްޔަތުން އެކަމަކަށްބޭނުންވެފައިތިބިކަމެއްގައި އެއްމެ 21 ބިދޭސީއެއްގެ މައްސަލަ ހައްލުކޮށްނުދެވުމަކީ ތިކައުންސިލަރުންގެ ނާގާބިލްކަން މަހަމަ ލަދުންބޯހަލާކު

    55
    3
  7. ޞ

    ބަރަަަަަަބަރު

    23
  8. ސިނެކް

    ތިރަށުން ބިންގަނެވޭނީ ބަންގަޅިޔަކަށްވިޔަސް
    ޢޭނަޔަށް ބިންވި އްކީމަނޫންތޯ ބިންވި އްކަން ތިބީ ހަމަދިވެހިން އެކަން ނުކުރެވޭނެ ބެރުމީހާޔަކަށް
    ފިހާރަވެސް ކު އްޔަށް އެމީހުނަ އް ނުދޭންވީ އޭރުން ތިބާރެޢް ނުދެ އްކޭނެ އަހަރެމެން އަތުން ގޯސްހަދާ
    ތީމިހެންވަނީ

    54
  9. ތިމަންނަ

    ތިޔަ ކަމުގެ ފުރިހަމަ ހައްލު " ތިޔަ ރަށުގެ ކައުންސިލަރުން ލިޕްްސްޓިކް ޖައްސާފަ ، އަތުގަ ތަނޑި އަޅުވާފަބައިތިއްބާ ! އަދި ދަގަޑު ކެނޑޭނީ ދަގަނޑުންކަން ނުގަވާއިދުން އުޅޭ މީހުނަށް އަންގާލަ ދީ "

    35
  10. ޖޯން

    ފަންތޮށިން ކޮށިހަދާފައި ކަރުތާފެނަށް މޫދައް އެރުވާފައި ބައިތިއްބާ. ތިޔައީ ވަގުބަންގާޅިން. މިއަންމާއިންވެސް ތިޔަ ބަންގާޅިތައް ބޭރުކުރީ ނޮހޮރުއްޕާން ބޮޑުވެގެން.

    32
    5
  11. ވިސްނާލުމަށް އެދެމޭ

    ވަރަށް ތާ ހިރެއްނު...ވަރަށް ގާތުން ބަލަބަލާތިއްބާ މުޅި ގައުމު ބިދޭސީންގެ ބާރުގެދަށަށްމިދިޔައީ...ގާނޫނަށްވުރެ މަތީގަ ބިދޭސީންތިބީ...ދިވެ ހި ރައްޔިތުން ގާނޫނުގެކުރިމަތީގަ ކުޑަކަކޫޖެ ހެނީ...ގަވާއިދާ ޙިލާފަށް އެތެރެވެ ގާނޫނާ ޙިލާފަށް އުޅެމުންދާކަން ސަރުކާރަށް އެގުމުންވެސް ކުރެވޭނެ ކަމެނެތް ހަމައެކަނި ގައުމަކީ ދިވެ ހިރާއްޖެ..ބަލަންތިބޭ ދިވެ ހިންގެ ގޯތިގެދޮރުން ދިވެ ހިންނެރެ ބިދޭސީން ވެރިވާތަށް ލަ ހެއްނުވެ ފެންނާނެ..

    11
  12. ައަހުމަދު

    ތިބަންގާޅިންނަކީ މިޤައުމަށް ޖެހިފައި އޮތްވަބާއެއް ، ތިހުރިހާ ބަންގާޅިން ބޭރުކުރޭ އަނެއްކާ އެހާއުނދަގު ބޮޑުވާނެ ، ހުރިހާކަމެއްބަހަށްޓާފައި ވެއްޖެނުން ތިބަންގާޅިންގެ ކަންތައް ހައްލުކުރަން ތީމިހާރު ޤައުމީސަލާމަތަށް ހުރި ބޮޑުނުރައްކަލެއް .

    26
    1
  13. އެޑްމުންޑޯ

    ތިރަށުގެ އެކަންޏެއްނޫން އެމީހުން އުޅޭ ހުރިހާ ރަށެއްގައިވެސް ތިކަންކުރަމުންދަނީ ، ބަލާނެ ބަޔަކު ނުތިބޭނެ ، ކައުންސިލަރުންނަށް އެކަން ނުބެލެންޏާ ދެން ކޮންބަޔަކު ބަލާނީ

    29
  14. ޢަލީ

    ދުވާލަކު މީހަކު ހިފާ ހައްޔަރު ކުރިއަސް މަސްދުވަހުން ތިކަން ނިމޭނެ، ޖާނުން ވަރުގަދަ ދެތިން މީހުން ނިކުމެ އެމީހުން ގެނެސް ހައްޔަރުކުރޭ، ދެތިންމީހުން ހައްޔަރުކުރާ އިރަށް ދެންތިބި މީހުން އަމިއްލައަށް ފައިބައިގެން ހިނގައިދާނެ، ރައްޔިތުންގެ ނުރުހުމުގައި އެމީހުންނަށް ނުތިބެވޭނެ، ކެރޭ ބައެއް އުފެދެންވީ، އިސާހިތަކު ތިކަން ނިންމާލެވިދާނެ، ދުވާލަކު އެއްފަހަރު ލޯޑުން ގޮވާބަލަ އެމީހުން ކައުންސިލަށް ހާޒިރުވުމަށް އަދި ނުވާމީހުން ހިފައި ހައްޔަރުކުރެވޭނެކަމަށްވެސް ގޮވާތީ،

  15. ބޯކިބާ

    ބޭލުނުގޮތަކަށް ރަށުން ބާލާ ތިގޮލާމެން، މާދަންނޫންކަމެއްނޭނގެ ތިމީހުނަށް ގޯތިދޭން އަންގާނީ.

  16. ގލ

    ވަރަށްވރަގަޅަށް ގާތުތުންބަލަބަލާ އޮއްވަނޫންތޯ މިވަރުވެގެން
    މިދިއައީ އެހެންވަި ގާތުން ބެލު މަށްވުރެ ދުރުން ބެލުންވެސް
    ރަގަޅުވެދާނެ.

    14
  17. ޚިޔާލު 3

    ކޮން ތަހުގީގެއް ވޯރކްވިސާ ނެތިއްޔާ ފުލުހުންގެ ބެލުމުމުގެދަށުން ޑީޕޯޓު ކުރަންވީނުން.

    12
  18. ޖަޒީރާ

    ފުލުހުން މެދިވެރިކޮށް ތަހުގީގު ކުރުމެއް ނޫން އެމީހުން ބޭރުކުރުން

  19. އަހްމަދްފުޅު

    ތިރަށުގެ ކައުންސިލާއި ތިރަށުގައި ތިބޭ ޕޮލިހުން ނަކީ ކީއްކުރާ ބައެއް. ދޭހަވަނީ ތިޔަބައި މީހުނަށް މަސްއޫލިއްޔަތު އަދާ ނުކުރެވޭކަން. އިސްތިއުފާ ދީފާ ގޭގައި ތިއްބަވަން ފެންނަނީ.

  20. ވަރަށް ސާފު

    ސައިފުލް އެއް ނުބޭލޭނެ..