ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީންއާ ވާދަކުރެއްވުމަކީ ވަރަށްބޮޑު ޗެލެންޖެއް ކަމަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން ނިންމަވާފައިވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއަކަށް މައުލޫމާތު ދެއްވަމުން އުމަރު ވިދާޅުވީ ރަނިން ޕްރެޒިޑެންޓަކާ ވާދަކުރެއްވުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެ ކަމަށާއި އެއީ ވަރަށްބޮޑު ޗެލެންޖެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެވަގުތަކު ރައީސް ކަމުގައި ހުންނަވާ ބޭފުޅަކަށް ނުވަތަ ސަރުކާރަށް ބަރޯސާވާ މީހުން ވަރަށްގިނަވާނެ ކަމަށެވެ.

"އެވަގުތަކު ހުންނަވާ ރައީސަކާ އިންތިޚާބުގައި ވާދަކުރެއްވުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެކަން އަބަދުވެސް ގަބޫލުކުރަން. އެކަމަކު ކަންކަން ކާމިޔާބު ކުރެވޭނީ ބޮޑެތި ޗެލެންޖުތަކާ ކުރިމަތިލައި ވެއްޓުނަސް ދެވަނަ ފަހަރަށްވެސް އަދި ތިންވަނަ ފަހަރަށްވެސް ތެދުވެގެން " އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ވެއްޓެނީ ކިތައް ފަހަރުތޯ ނުބަލާނެ ކަމަށާއި ނަމަވެސް ކޮޅަށް ތެދުވެވެނީ ކިތައް ފަހަރުތޯ އަބަދުވެސް ބަލާނެ ކަމަށެވެ.

"މި އިންތިޚާބުގައި ވާދަކޮށްގެން ކޮންމެ ނަތީޖާއެއް ނުކުތަސް މައްސަލައެއްނެތް. އަޅުގަނޑު ނުކުންނާނީ އަޅުގަނޑު ގަބޫލުކުރާ ހަމަތަކާއެކު،" އުމަރު ވިދާޅުވިއެވެ.

އުމަރު އިންތިޚާބުގައި ވާދަކުރައްވާނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން އުމަރު ފައްޓަވާފައިވާ އިރު ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ކެމްޕެއިން ފައްޓަވައިފަ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އިއުލާން ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހައިކަލު

    މުހަންމަދު ވަހީދު ވެސް ކުރިމަތި ލެއްވީ ރައީސް ކަމުގަ ހުންނަވައި ގެން. ދުނިޔޭގެ ރެކޯޑަކަށްވީ. ޗެލެންޖަކަށް ނުވި.

  2. ކެޔޮޅު

    މިއުޅޭ ކެނެރީ ބަގައިގެ ޤައްދާރުންގެ ކެހިވެރި ވަކިތަކުން ދިވެހި ޖީލުތަށް ސަލާމަތާއި ރައްކާތެރިކަންމަތީ ޤިޔާމަތާއި ހަމައަށް ލައްވަވާށި... އާމީން

  3. ރީޒަން

    މަމެން ޕިންކީން އުއްމީދު ކުރަމޭ ސީދާ މީހާ އަށް އެޓޭކް ނުކޮށް ހުރި އިޝޫސް ތަކަށް ބޭސް ކޮށް އެކަނި އުމަރު ކެމްޕެއިން ކުރާނޭ ކަމަށް އެެއިރުން މަމެން ޕިންކީން ވެސް ތިބޭނީ އުމަރު އަށް ކްރިޓިސިސައިޒް ނުކުރާ ފަޅީގައޭ އެކަމަކު ޕްރައިމަރީ ގައި ހެދި ގޮތަށް ސީދާ މީހާ އަށް އެެޓޭކް ކުރާނަމަ މަމެން ވެސް އެއަށް ރިއެކްޓް ކުރާނަމޭ މަމެން ޕިންކީން ގަބޫލުކުރާ ގޮތުގައި 2018 ގައި ބާއްވާ ރިޔާސީ އިންތިޚާބަކީ އެއީ މަމެންގެ މިލްކިއްޔާތެކޭ ދެން އަންނަ 5 އަހަރު އުމަރު މަޑުކޮށްލާ އެކަމަކު އުމަރު ކެމްޕެއިން ކުރަމުން އުމަރުގެ ވެރިކަމުގައި ކުރަން ބުނާ ކަންކަމަކީ އެއީ މަމެން ޕިންކީން ވެސް ގަބޫލުކުރާ ކަންކަމޭ މާލެ ސަރަހައްދުން ފްލެޓްސް ތައް ބޭނުންވާ އެންމެންނަށް 2 ކޮޓަރީގެ އެޕާރޓްމެންޓް އެއް މަހު ކުއްޔަކަށް 2 ހާސް ރުފިޔާ އަށް ދިނުން އެއީ މަމެން ވެސް ހިތުގެ އަޑިން ގަބޫލުކުރާ ކަމެކޭ އެހެން ވެއްޖެނަމަ މާލޭގެ އިންފްލޭޝަން ދަށަށް ދާނެއޭ އެއީ ޔަގީން ކަމެކޭ. އިޓްސް ސަމްތިންގް އައި ބިލީވް ފްރޮމް މައި ހާރޓް އައި ފައުންޑް އައުޓް ތައުޒަންސް އޮފް ރީޒަންސް ފޯރ އިޓް އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ...

  4. ޙަފްޞާ / މާލެ

    ޢުމަރުވެސް ތިޔައީ ބުއްދިވެރިޔަކަށް ވާއިރު ، ރާއްޖޭގެ ތަރައްޤީ އެއްވެސް ޒަމާނަކު ކުރިޔަށް ނުދާމިންވަރަށް ރައީސް ޔާމީން ގެންދަވައިފިކަން ޤަބޫލުކުރައްވާ! ރާއްޖޭގެ ޞިއްޙީނިޒާމު ދުނިޔެ ސިއްސުވާލާފެންވަރށް ކުރިޔަށް ހިގައްޖެކަން ޤަބޫލުކުރައްވާ! ރާއްޖެ ދަރާއޮތް 31 ބިލިޔަން ، ލޯނުނަގަމުން ، ރިޟާވް އިތުރުކުރަމުން ، ބޮޑަތި ބިޔަ މަޝްރޫޢުތައް ހުރިހާ ދިމާއަކު ހިންގަވަމުން 22 ބިލިޔަނަށް ތިރިކޮށްފިކަން ޤަބޫލުކުރައްވާ! ރާްޖޭގެ އިޤްތިޞާދު ކުރިއަރާފިކަން ޤަބޫލުކުރައްވާ! މި ހުރިހާ ކަންކަމަށް ވިސްނަވާފަ ރައީސް ޔާމީނަށް ބައިޢަތު ހިއްޕަވާ!

  5. ހުދުވާ

    އުމަރާ. ކޮންމެއެއްޗެކޭ ކިއަސް ، ކަލެއަކަށް ރައީސް ޔާމީނާ ވާދައެއް ނުކުރެވޭނެ.

  6. ހުސޭނުބޭ

    އެވެސް ޗެލެންޖެއް! އުމަރާ ކަލެއަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ ބާތިލް ވޯޓު. މިފަހަރު އޭތި ބަލިކުރާތި.