ގާނޫނީ ދައުލަތެއް ކަމަށް ވާނަމަ ބިދޭސީންގެ ހަމަނުޖެހުންތަކަށް ފިޔަވަޅު އެޅެން ޖެހޭނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އަވަސްގެ "ފަށަމާ" ޕްރޮގްރާމްގައި، ރާއްޖޭގެ ބިދޭސީންގެ މައްސަލަ އާއި މެދު ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ، ބިދޭސީންގެ މައްސަލައަކީ ކުއްލިއަކަށް އައި މައްސަލައެއް ނޫން ކަމަށެވެ. ރާއްޖެއަށް ނުކަތާ ވަރަށް މީހުން ރާއްޖެ ގެނައުމުގެ މައްސަލައަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ވެސް ދިމާވި މައްސަލައެއް ކަމަށާއި އޭގެ ކުރިން ވެސް އެ މައްސަލަ އޮތީ ދިމާވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ބިދޭސީން ރާއްޖެ ގެނައުމަށް ހުއްދަ ދޭ ޕްރޮޖެކްޓް ނިމުމަށް ފަހު ބިދޭސީން ބޭތިއްބުމާއި، އުސޫލުން ބޭރުން ބިދޭސީން ރާއްޖެ އެތެރެކުރުން ފަދަ ކަންކަން ދިމާވިކަން މާރިޔާ ފާހަގަކުރެއްވިއެވެ.

"ޓްރާންސިޝަން ތެރޭގައި ވެސް 16000 އަށް ވުރެ ގިނަ މީހުން އެތެރެވި ކަމަށް އަޅުގަނޑުމެންނަށް އެބަ އަޑު އިވޭ. އިމިގްރޭޝަން ބޭފުޅުންވެސް އެގޮތަށް އެބަ ވިދާޅުވޭ. ދެން މިހާ ގިނަ ބިދޭސީން ރާއްޖެއަށް ވަދެ ބޮޑު ފިނޮޅު މައްސަލައިގައި ވެސް އަޅުގަނޑަށް ވެސް ވަރަށް ފާޑުކީގެން ދިޔަ އަޅުގަނޑު އެ މީހުން މީހުންގެ މުދަލަށް ގެއްލުމެއް ނުދެވޭނެއޭ. ދިވެހިން ރަހީނެއް ނުކުރެވޭނެއޭ ބުނެގެން." މާރިޔާ ވިދާޅުވިއެވެ.

ބިދޭސީންނަށް ހައްގު އުޖޫރަ ލިބެން ޖެހޭކަން ފާހަގަކުރައްވާ މާރިޔާ ވިދާޅުވީ، އެ މީހުންނަށް މުސާރަ ނުލިބޭ ކަމަށް ބުނެ ހަމަނުޖެހުން ހިންގުމަކީ ޤާނޫނު ހިނގާ ގައުމެއްގައި ކަން ހިނގާނެ ގޮތެއްނޫން ކަމަށެވެ.

މީގެ އިތުރުން ބޮޑު ފިނޮޅުގައި ދިވެހިންތަކެއް ރަހީނު ކުރުމަށް ފަހު ފުލުހުންނާއި ސިފައިން އެ ދިވެހިން ސަލާމަތް ކުރަން ދިއުމުން އެ ފުލުހުންނާއި ސިފައިންނަށް ހަމަލާ ދިނީ ކޮންބައެއްކަން ނޭނގިގެން ކަމަށް ބިދޭސީން ބުނާ ވާހަކަތައް ވެސް ގަބޫލު ނުކުރެވޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އަދި އޭގެ ފަހުން ހުޅުމާލޭގައި އާއި މާލޭގައި މުޒާހަރާ ކުރި ބިދޭސީން ފުލުހުންނަށް ހަމަލާދީ އާއްމުންގެ މުދަލަށް ގެއްލުން ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް މާރިޔާ ވިދާޅުވިއެވެ.

"އާއްމުކޮށް ދިވެހިންނަކީ ވަރަށް ބަސް އަހާބައެއް . ބެރިކޭޑެއް ބަހައްޓާފަ ފުލުހަކު ނެދަސް ނުދާނެ. ފުލުހުންގެ ލައިނެއް ފަޅާލާފަ ނުދާނެ. އަޅުގަނޑު ނުދަންނަވަން މަދު ފަހަރެއްގައި އިމްޕިއުނިޓީއެއް ލިބުނީމަ ސިޔާސީ ބޭފުޅަކު އެމްޕީއަކު ނުދާނެއެކޭ. އެކަމަކު ފުލުހުންނަށް ހަމަލާދީ ނަހަދާނެ." ދިފާއީ ވަޒީރު މާރިޔާ ވިދާޅުވިއެވެ.

ބިދޭސީން ފުލުހުންނަށް ހަމަލާ ދިނުމުން އެ ބިދޭސީން ދޫކޮށްލަން ގޮވާލާތީ މާރިޔާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޤާނޫނީ ދައުލަތެއްގައި ދިވެހިން ކުށެއް ކުރުމުން އަަދަބު ލިބޭ ފަދައިން ބިދޭސީންނަށް ވެސް ކުށެއް ކޮށްފި ނަމަ އަދަބު ދޭން ވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މި ސަރުކާރުން ބިދޭސީންނާއި މެދު އަމަލުކުރާ ގޮތް ރަނގަޅު ކުރަން މަސައްކަތް ކުރާ ކަމަށާއި ކޮވިޑް-19 ގެ ހާލަތުގައި ވެސް ބިދޭސީންނާއި މެދު ރަގަޅަށް ކަންކަން ކުރުމަށް މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ބިދޭސީން ހާލުގައި ޖެހުނު ކަމަށް ބުނެ އެކަމުގެ ފައިދާ ނަގާ އާއްމު މީހުން ރަހީނުކޮށް މުދަލަށް ގެއްލުން ދިނުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް ބެލުމަކީ ރަނގަޅު ގޮތް ނޫން ކަމަށް މާރިޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އޮޅުވާލި ވޯޓު

    އަމިއްލަޔައް އިއުތިރާފުވަނީތޯ ވަގަނެގިވެރިކަމެއްކަމައް

  2. މާމީ

    މިހާރު މިއޮތީ ގާނޫނީ ސަރުކާރެއް ނޫންވީމަ އަވަހައް އަވަސް އިންތިޚާބަކައް ތައްޔާރުވޭ..

  3. ހަލީމާފުޅ

    ގާނޫނީ ދައުލަތެއް ކަމަށް ވާނަމަ ބިދޭސީންގެ ހަމަނުޖެހުންތަކަށް ފިޔަވަޅު އެޅެން ޖެހޭނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ. ކާކުތޯ ދެންނެވީ ގާނޫނީ ދައުލަތެއްނޫނޭ ތިޔަ ހުރިހާ އެއްޗެއް ތިޔަވިދާޅުވާއިރު ގާނޫނީ ދައުލަދެއް ހިގަންޏާ ބިދޭންސީނައް އިމިގްރޭޝަން ގާނޫނާ ޙިލާފައް މިގައުމުގަ އުޅެވިގެންވެސް ނުވާނެ އޭނާ މީނާގެ ވެރިކަމޭ އެސަރުކާރޭ މިސަރުކާރޭކިޔާ ބަހަނާ ދެއްކުން ނޫންކަމެއް ކުރެވޭތޯ އެސަރުކާރު ގޯސްވީމަ ތިމާމެންނާ ސަރުކާރު ހަވާލްކުރީ އެކަންކަން ރަނގަޅުކުރަން ދެން ތިޔަ ފާޑްފާޑްގެވާހަކަ މީޑިއާގައި ދެއްކެވީމަ ޙުދުތިމާމީހުންގެ އަގުވެއްޓި އަބުރުގެއްލުން ނޫންކަމެއްވޭތޯ

  4. ޔޫސުފް

    ސަރުކާރު ހިންގުމަށް ހަވާލުވުމަށްފަހު ވަކިސަރުކާރެއް ނުވަތަ ވަކި މީހެއްގެ ވާހަކައެއް ސަރުކާރަކަށް ނުދެއްކޭނެ ދިމާވާ ކޮންމެ މައްސަލަ އަކަށް ހައްލު ހޯދުމަކީ އެވަގުތަކު އޮންނަ ސަރުކާރަކުން ކުރަންޖެހޭ ކަމެއް. ވަކިފަރާތެއްގެ ވާހަކަދައްކައިގެން އެއްވެސް ކަމަކުން ރެކި ނުގަނެވޭނެ. ބޮޑުފިނޮޅު މައްސަލައަކީ އެމްޑޕީ ގެ އިސްވެރިން ހިންގާފައިވާ ބޮޑު ޖަރީމާއެއްކަން ޚުދު މާރިޔަތަށް ރަނގަޅަށް އެނގޭނެ

  5. އެމަންޖެ

    މިވެސް އަންނިކަހަލަ އިންސާނެއް.

  6. އައްޔު

    މާރިޔާ ފުލުހުންނަށް ހަމަލާނުދޭނޭ ބުނީމާ އެވީ އަތްޖަހަން. ހިނިއާދޭ ކަމަނާ ތިހެންބުނީމާ ދެން އޮތީ ބޭރުމީހުންގެ ވާހަކަ 2004 ގަ 60 ހާހުގައި ހުރި އަދަދު 2010ގެ ބޯހިމެނުމުން 120000ހާހަށް އަރައިގެން ދިޔައީ އޮޓޯއަށް ލާފައި އޮތީމަބާ. ހުރިހާ އަހަރުތަކެއްގެ ބޯހިމެނުން ބަލައިގެން ލިބޭނެ މި މައުލޫމާތު ދެންއޮތީ ޤާނޫނީ ދައުލަތަކަށް ނުވާވާހަކަ އެހެންތާވާނީ ވޯޓުއޮޅުވައިގެން ވެރިކަން ފޭރުނީމަ؟

  7. ނަައީމް

    ފުލުހުންނަށް ހަމަލާދީ އާއްމުންގެ މުދަލަށް ގެއްލުން ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް މާރިޔާ ވިދާޅުވިއެވެ. ކޮބާހޭ މިމީހުން އިސްވެތިބެ ގައުމުގަ އަންދާލިހާ ތަރިކަ މުދާ

  8. އއ

    މިތާނގައި ކަލޭތީ ތިޔަހެން ކިޔަން ކާކުތޯއެވެ؟ އަދި މިތާގައި މިވަގުތު ހުރި ވެރިމީހާވެސް ކިޔަނީ ތިޔަހެންނެވެ. ތަންދޮރު ނޭނގޭ ބަޔަކާ ދައުލަތް ހިންގަން ހަވާލުކުރީމާ ވާނެހައެތި މިވަނީ

  9. ކާފަބޭ2020

    މާރިއާ އަމިއްލައަށްތިޔައެއްބަސްވީ މިއީ ވަގަށްނެގިވެރިކަމެއްކަމަށް ބަރަހަނާނިވާކޮށްއިސްތިއުފާދޭށެވެ. ޙަލާލުވެރިކަމެއް ޤާއިމްކުރާށެވެ.

  10. ޢަޒްރާ

    ޤާނޫނި ދައުލަތެއްނަމަ ކަލޭ ﷲ ގެ އިސްމިފުޅު އޮތް ފޮތަކަށް ފައިން އެރީމަ ކަލޭއަށްވެސް އަދަބުދޭނެ ނުދިނީ ނުން

    8
    2
  11. އަހްމަދު

    މީނާ މިކިޔާ އެއްޗެއް މަށަކަށް ނޭނގޭ! ޤާނޫނީ ދައުލަތޭ! މަ ރަނގަޅަށް އޮޅިއްޖެ!

    10
  12. ވިސްނާ ލާ

    ގާނޫނީ ދައުލަތެއްނަމަ ބިދޭސީން ހަމަނުޖެހުން ހިންގުމުގެ ކުރިން ފިޔަވަޅު އަޅަންޖެހޭ މީހުންނަށް ފިޔަވަޅު އެޅޭނެ.

  13. ބކރ

    ބަންގާޅީންވެސް ދަނޭ މި ގާނޫނީ ދައުލަތެއް ނޫންކަން