ކުރިން ވެސް އިއުލާން ކޮށްފައިވާ ގޮތައް އެމްޑަބްލިއުއެސްސީން މާލޭގައި ގާއިމުކޮށްފައިވާ ފެނުގެ ވިއުގައިގެ މަރާމާތެއް ކުރުމަށްޓަކައި މިރޭ 23:00 އިން ފެށިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ފެނުގެ ޚިދުމަތް މެދުކަޑާލައިފިއެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ ފެން ކެނޑޭނީ މާފަތްތަކުރުފާނުމަގުގައި ހިމެނޭ 383، 384، 385 އަދި 386 ނަމްބަރު ކޮށި، ބޮޑުތަކުރުފާނުމަގުގައި ހިމެނޭ 382 އަދި 387 ނަމްބަރު ކޮށްޓާއި، ބުރުޒުމަގާއި ވައިދެރި ހިނގުމުގައި ހިމެނޭ 204 އަދި 237 ނަމްބަރު ކޮށި، ވައިދެރި ހިނގުމުގައި ހިމެނޭ 205 ނަމްބަރު ކޮށި، އަމީނީމަގާއި ވައިދެރި ހިނގުމުގައި ހިމެނޭ 239 ނަމްބަރު ކޮށި އަދި ބުރުޒު މަގުގައިވާ 238 ނަމްބަރު ކޮށިންނެވެ.

އެމްޑަބްލިއުއެސްސީން ބުނީ، ޕަމްޕްތަކުގެ މަރާމާތައް ފަހު މިރޭ ފަތިހު 4:00 ގެ ކުރިން ހުރިހާ ސަރަހައްދަކަށް ވެސް އަލުން ފެނުގެ ޚިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފެނުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ދިމާވާ ދަތިތަކަށް އެމްޑަބްލުއެސްސީ އިން މައާފަށް އެދެއެވެ.