ކުރީގެ ރައީސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެންމެ ފަސް އަހަރު ދުވަހުގެ ތެރޭގައި ޗައިނާގެ އަޅުވެތިކަމުގެ ދަންތުރައިގައި ރާއްޖެ ޖައްސާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ކުރީގެ މާލީ ދެ ވަޒީރުން ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދާއި އަހުމަދު މުނައްވަރު އިންނެވި މަޖިލިހުގެ ޖަލްސާގައި އީވާ ވަނީ އެއް ބިލިއަނަށް ވުރެ ގިނަ އިން ރާއްޖެ ޗައިނާ އަށް ދަރުވާލާފައިވާ ކަމަށް ވިދާލުވެ، އެކަން ކުރެއްވި ސަބަބު އޮޅުން ފިލުއްވައި ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އީވާ ވަނީ 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ދެމެދު ދައުލަތުން ޗައިނާ އަށް ދަރާފައިވާ ލޯންތަކުގެ ތަފްސީލް ހިއްސާ ކުރައްވައިފައެވެ.

އެ ތަފްސީލްތައް ހުށަހެޅުއްވުމަށް ފަހު އީވާ ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި ޗައިނާ އަށް ރާއްޖެ އިން 1.4 ބިލިއަން ޑޮލަރަށް ދަރަނިވެރިވެފައިވާ ކަމަށެވެ. ދަރަނި ދައްކާނެ ގޮތެއް ނެތި، ރާއްޖެ ޗައިނާ އަށް ދަރުވާލަން ޖެހުނު ސަބަބު އޮޅުން ފިލުއްވުމަށް އޭނާ ތަކުރާރުކޮށް އެދިވަޑައިގެންނެވިއެވެ.

"ޖުމްލަކޮށް ގާތްގަނޑަކަށް އިންޓްރެސްޓާއި ނުލައި، 1.4 ބިލިއަން ޑޮލަރު ދިވެހި ސަރުކާރުން ޗައިނާއަށް ދަރަނިވެރިވެއްޖެ، ނުވަތަ ގެރެންޓީ ކުރުވައިފި. 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ މާލީ ވަޒީރުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުމީ މިހާ ފަރުވާލެއް ނެތި ދަރަނި ދައްކާނޭ ގޮތެއް ނެތި ރަހުނު ކުރާނޭ އެއްޗެސް ނުދައްކާ، މިހާ ފަރުވާލެއް ނެތި ދިވެހި ރާއްޖޭގެ ރައުސުލްމާލު ޗައިނާއަށް މިހެން ވިއްކާލަން ޖެހުނީ ކީއްވެގެންތޯ؟" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ އޭނާ އަމިއްލައަށް ޖެއްސެވި ހިސާބުން މަދުވެގެން 500 މިލިއަން ޑޮލަރާއި ގާތަށް ދިވެހި ރާއްޖޭގެ ބިން ޗައިނާއަށް ދަރަނިވެރި ކުރުވާ ކަަމަށެވެ. އަދި ދެން އޮތީ ރާއްޖޭގެ އެއާޕޯޓާއި ކަރަންޓު ފަދަ ޔޫޓިލިޓީސްތައް ކަމަށާއި މިއީ "ލޭންޑް ގްރޭބް" ކަމަށް ވިދާލުވިއެވެ.

"ރާއްޖެ ޗައިނާގެ އަޅުވެތިކަމުގެ ދަންތުރައިގައި ވީ އެންމެ ފަސް އަހަރު ތެރޭގައި ތި ޖައްސާލީ. އަޅުގަނޑުގެ ސުވާލަކީ ދެން މި ދަރަނި ދައްކަނީ ދިވެހިން ކޯޗެއް ވިއްކާފަތޯ" ކުރީގެ މާލީ ވަޒީރުންނަށް އަމާޒުކޮށް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ މި ދަރަނި ރާއްޖެއިން ޗައިނާއަށް އަދާނުކުރެވިއްޖެ ނަމަަ ޗައިނާއިން ހަދާނެ ގޮތެއް އޮންނާނެ ކަމަށާއި، އެއީ ރާއްޖޭގެ "ރައުސުލްމާލާއި" ޗައިނާއިން ހަވާލުވުން ކަމަށެވެ.

އީވާގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ ޔާމީން ސަރުކާރުގެ މާލީި ވަޒީރުންނަށް ޖިނާއީ ދައުވާ އުފުލަން ޖެހޭ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ނަސްރީނާ

    އެއްކަލަ ޗޭ ޗޭ ތަޅުވަންފެށީ މީ ތަނެއްގަހުރި ގަމާރެއް

    66
  2. ގަމަރިއްޔާ

    ތިބުނީ ފަސްއަހަރެކޭނު މި ވެރިކަމުގެ 2 ތެރެ އިންޑިގެ ގެރި ތަކުގެ އަޅަކަންހެދާފި

    70
  3. އޮޅުވާލި ވޯޓު

    ފުރަތަމަ ކަލޭއޮރިޔާން ނިވާކޮއްގެން ތިތާގަހުރެބަލަ ބަލަގަ މީއިސްލާމީގައުމެއް ތީއިސްލާންދީނައް ފުށުނާރާގޮތަ ގާނޫނުހަދާމަހިލިސް ކަލޭތިހުރީއޮރިޔާންހާލުގަ ލަދެނުގަނޭތަ

    57
    1
  4. ޑަބިޔާ

    ކަލޭމެންގެ ވެރިކަމަށް 2 އަހަރުނުވެ އިންޑިޔާގެ އަޅުވެތިކަމުގަ ކަލާމެން މާއަވަސް ބައެއްގެ އަޅުވެތިކަމަށް ދިޔަލެއް. އެއްވެސް އެއްޗެއް ނޭންގޭ އުޅޭގޮތްތީ

    63
  5. ޙަސަނު

    ދެން އެހެނެކޭ ކިޔާފަ ކަލޭމެން ޖެހޭތަ އިންޑިއަގެ އަޅުވެތިކަމަށް ޤައުމު ގެންދަން އމ ޑ ޕ ލާދީނީ ޣައްދާރު ބައިގަނޑު

    65
  6. މުހައްމަދުއަންޖުމް

    ޤަންދީފަބުނަން މި ހަމަނުބައި ނުލަފާ ޖާހިލުއަޅެއް މި ނުލަފާ އަންހެނާގެ ނިމުން ފިސާރި ހިތިވާނެ ތިމާމެން ކިތަންމެ ބޮޑު ކޯޓަކަށް އެރުނަސް އެއެތި ހެޔޮވަރު ނުވީމަ ޖެހޭނީ އަލުން ހެޔޮވަރު އެއްޗެއް ފަހަން ކިތަންނެވަރަކަށް މުޅިދުނިޔެ އަށް ބެވިޔަސް އެ،ހެޔޮވަރެއްނުވާނެ ބޮއިގެން ބީތާވެގެން އޮރިޔާމުން އުޅޭބަޔަކަށް ވާނުވާއެނގުނަސް އެހެން މީހުނަށް އޮޅުވާލަން ނޫޅޭތި އިސްލާންނަމެއްކިޔަސް އަދި އިސްލާމަކަށް ނުވެވޭނެ އިސްލާން ކަމުގެ ރުކުންތަކަށް ތަބާނުވަންޏަކާ ތިވަރުގެ ދޮގު މިއަދުހަދާލާ ނަމަވެސް ތިޔަ ދުލުގަ ގޮއްޖެހޭނެކަން ދަންނާތި މިހިރަ ޖާހިލު އަންހެނާ

    34
  7. އަންމަޑޭ

    ބަލައެއްގަންނަ ބައެއް ނޫން ތީކީ އައްޗި

    33
  8. ނަންނު

    މިހާ ރު މިއޮތް ސަ ރުކާ ރުން 5 އަހަ ރު ނުވަނީސް ރާއްޖެ މިއޮތީ އިންޑިއާ ގެ އަޅުވެތިކަމުގައެއް ނޫންތަ؟

    37
  9. އަހްމަދު

    ކަލޭތިއުޅުނީ އިންޑިޔާއަށް ނުދެވިގެންދޯ! އަހަރުމެން ބޭނުމެއްނޫން އިންޑިޔާ، ޗައިނާ އަދި އެހެންތަނެއްވެސް! ކަލޭމެންގެ ސަބަބުން މިނިވަންކަން މިގެއްލެނީ!

    35
  10. ޑީޢެގޯ

    ދޮޅުއަހަރުތެރޭ އިންޑިއާއަށް މިގައުމު މިހާރުގެ ސަރުކާރުން ވިއްކާލާފައިވާ ވާހަކަަ ނުދައްކަނީ ކީއްވެ ފެރާންޗު!!

    38
  11. މާމީ

    އަސްލަކީ ދެލޯކަނުވެ އަނދިރިވެފަހުރި މީހަކައް ބަޔަކު ލޯނުނޫން އެހެން އެއްޗެއްނަގާގެން ވެސް ކޮއްފަހުރި ކަންތައް ނުފެންނާނެ އެހެނަސް ކަންފަތް ބީރުނޫނިއްޔާ ކިއާއެއްޗެހީގެ އަޑު އިވޭނެ.. މިހާރު އިންޑިއާ އައް މުޅިގައުމު ވިއްކާ ހުސްކުރާއިރު ވެސް މިކަހަލަ ދައްޔޫސުންނަކައް ނުފެންނާނެ ތިބޭނީ 24 ގަޑިއިރު ހަމާގަ ވިއްޔާ

    33
  12. ނާސިރު

    ސަރުކާ ނުހިންގިގޮތްހުސްވެ ތެޅިބާލަނީ މިހާތަންދޮރުނުދަންނަ ސަރުކާރެއް ހަޔާތުގަވެސް ނުދެކެން.

    35
    1
  13. Anonymous

    ޗައިނާއަކީ އަޅުވެތިކުރާބައެއްނޫން. އީވާމެން މޮޔަވެފަތިތިބީ. މިހާރު ދެބޯގެރިކުޅިތިފަށަނީ.

    33
    1
  14. ދަރަނި ދަންތުރަ

    ފަސްއަހަރުން ނެގި ލޯނަންވުރެ މި ދެއަރުން ނެގި ލޯނު މާގިނަ ޔާމީނުގެ ވެރިކަމުގައި ގައުމުކުރިއެރި މިހާރު ދަރަނި ބޮޑުވެ ގައުމުދަނީ ފަހަތަށް އީވާ ތިއީ ވަރަށް ހަޔާތްކުޑަ އަންހެނެން އެހެންވެ އަނގަ ކުރަނީ އީވާ ފިރިސޮރު މިވެރިކަމުގެ ތެރެއިން ސަރުކާރު ކުންފުނިތަކުގެ ޕުރޮޖެކުޓުތަށް ވަލުދޮރާށިންދަމާ ފޭރެނީ މަޖިލީހުގައި މީނަ އަނގަ ކުރިޔަސް ތިޔައީ ހަމަ ފައްކާ ގައްދާރެއް އިންޑިޔާއިން ކަލޭމެން ޑޮލަރ ތިޔަގެންނަނީ ހިލޭތަ ؟

    32
  15. ހުސެން

    މިއަދު ސްވިމިންގު ޕޫލަށް ނޭރެނީތަ؟ކޮން ދަންތުރަ؟އިންޑިއާ ގެ ގެރީގެ ނިގުލުގައި ތާށިވެގެން ކަލޭމެން ތިއުޅެނީ.ބަލަގަ ކުރީގެ ސަރުކާރޭ ނުކިޔައި ކުރީގެ ސަރުކާރު އެންމެންގެ މައްޗަށް ދަޢުވާ ކޮށް ޖަލަށް ލާންވީނުން.ހަމަތަ ކަލޭމެން؟

    29
  16. ޚކކކކގގ

    އަނގަތަޅާނީ އޮރިޔާން ނިވާކޮށްގެން ހުރެ. ކަލޭ ދައްކާވާހަކަ ދިވެހިން ބަލައެއްނުގަނޭ. ތީ މުޑުދާރު މީހެއް.

    31
  17. ބޯޖަލީލު

    ހަޔާތްކުޑަ އަންހެނާ ގާނޫނުއަސާސީޔަށް ފައިންއެރި މުޑުދާރު ގަނޑުދޯ މިއީ ކޮސްނުގޮވާ ކަލޭގެ ފިރިސޮރު ސަރުކާރު ތެރެއިން ކޮރަޕުސަން ހިންގާ އެބަ ސަރުކާރުގެ ކޮންމެވެސް ކުންފުންޏެއްގެ ލިފުޓު ބަދަލްކުރޭ އެބަ މިކަމުގައިވެސް ކޮރަޕުސަން ހިމެނޭ ގައުމު ލޫޓުވަނީ އީވާ

    11
  18. ވިސްނޭ

    2 އަހަ ރު ތެ ރޭގައިވަނީ އިންޑިއާ އަޅުވެތިކަމުގެ ދަށަށް ގޮއްސަ...

    10
  19. ސޮނިބެ

    މު ޑު ދާ ރު ވާހަކަ ތިޔަ ދައްކަނީ

    17
  20. ޢރޯޒީ

    އިހަށް އީވާ ފިރެހެނުންގެ ކުރިމައްޗަށް ދާއިރު ތިހަަށިގަނޑު ނިވާކޮށްލަ.ދެން ވާހަކަ ދައްކަން ހުރޭ

    12
  21. ދޮންރަހާގެ ދީދީ

    މި ދިޔަ 2 އަހަރު ތެރޭގައި ޢައްޑޫ ވަނީ އިންޑިޔާއަށް ވިއްކާފައި..

    މިއަދުވެސް އައްޑޫގެ ޕްރެޖެކްޓް ހިންގަން އިންޑިޔާ އެންބަސީން ނޫސްބަޔާން ނެރުނީ..

    މިވަރު ވީމާ، އަދިވެސް މިކިޔަނީ މިނިވަން ދައުލަތޭ..!

    ގެރި ގުޔަށް ގައުމު ވިއްކާ ހުސްކޮށްފި.. މިކަމާއި ދެކޮޅުހެދިޔަސް އެއީ ހަޤީގަތަކީ..!

    12
  22. ޙަސަނާ

    މިހިރަ ގަމާރާ ކަލޭމެން އިންޑިއާ އިން 1 ބިލިއަންޑޮލަރުގެ ލޯނު ނެގީ ކޮންކަމެއްކުރަންތޯ ހީވަނޭތޯ ކެރެފާ އާއިލާ އަކީ ކަމައް ގައުމައް ހެޔޮ އެދޭ އާއިލާ އަކީ ބަލަ ތީ މިގައުމައްޖެހި އޮތް ބަލާ މުސީބަތެކޭ ދިވެހިން ގެ ދިވެހި ވަންތަކައް ތިދަނީ ފޭރެމުން...

    14
  23. ޢައުރަ

    ޢީވާ ހުންނަނީ ހަމާގަތަ ހާދަ ހީވޭ ލޯމަތިން އެހެން ގޮތެއްހެން... އަިވާއަށް ޙީވޭތަ ލޯގަދެއް ކާރި ހުރެބަލަ

    12
  24. ރަބަރޭ

    މިހާރުގެ ސަރުކާރަށް 2 އަހަރު ނުވެއުޅެނި ކޮށް އިންޑިޔާއަށް ރާއްޖެ ވިއްކާލާ އަޅުވެތި ކޮށްނިމިއްޖެ

    13
  25. ކުދުވާނޑި މުހުންމާ

    ފަސް އަހަރުން އެއްއަހަރުންވެސް ތަަރައްގީ ކުރެވޭނީ ލޯނު ނަގައިގެން، ލޯނުދެވޭނީ އަދި ޒަމާނީ ޑިވެލޮޕްމަންޓް އަވަހަށް ގެނެވޭނީ ޗައިނާކަހަލަ މުއްސަނދި ގައުމުތަކުން ލޯނުނަގައިގެން. ކަލޭމެން ކިތަންމެ މޭކެރިޔަކަށް، ޔާމީނު އެއޮތީ ޗައިނާއިން ލޯނު ނަގައިގެން އެއަރޕޯޓް ބްރިޖްއަޅާފައި، 25 ބުރީގެ ހަސްފަތާލު ހަދާފައި، ބޮޑު ރަންވޭ އަޅާފައި، ޒަމާނީ ޓާމިނަލް މަސައްކަތް ފަށާފައި، ސީޕްލޭން ޓާމިނަލް ފަށާފައި، އެއަރ ޕޯޓް ޒަމާނީކޮށް މިރާއްޖެއަށް އަންނަ މަތީފަންތީގެ ގެސްޓުންނަށް ހިދުމަތްދެވޭފަދަ މަތީފަންތީގެ އެއަރޕޯޓަކަށް ހެދުމަށް އެއޮތޯ ފަށައި އެއްބައި ނިމި އަނެއްބައި ފަށާފައި. ހުޅުމާލޭގެ ދެވަނަފޭސް އަދި ހައުސިން އެއޮތީ ހަދާފައި. ކުރިންވެސް މިހާރުވެސް ލޯނުތަކަށް ފައިސާދައްކަނީ ރައްޔިތުންގެ ބައިތުލްމާލުން. އެލޯނުދެއްކޭނެ ވަރަށް މިރާއްޖެއަށް ފައިސާއެބަވަދޭ. ކަލޭމެންނަށް މެނޭޖްކުރަން ނޭގިގެން ތިއުޅެނީ.
    ދެން ބުނަން ކަލޭމެން ކިތަންމެ ހޭރުނަކަސް، ޔޫރަޕުން ކަލޭމެންނަށް ލޯނެއްވެސް އެހެން އެއްޗެއްވެސް ނުލިބޭނެ، އެމިހުން ދޭނީ ސްކޯލަޝިޕެއް އެވެސް ކުދިން ގެންގޮސްގެން އެކުދިންގެ މަގުފުރައްދަންވެެގެން ކުރާކަމެއް. އިނގިރޭސިވިލާތުން ލޯނެއް ލިބުނުތަ؟ ނުލިބޭނެ. ދެން އޮތީ ކަލޭމެންގެ އެކުވެރި އިންޑިޔާ އެމީހުން ނިކަން ބާރަށް ބުނާނެ އެއް ބިލިޔަން ޑޮލަރުދޭނަމޭ، އެ އެއްބިލިޔަން ޑޮލަރުގެ ތެރޭގައި ހިމެނޭނީ، މަސްހިއްކާ ދުމައްޓަކާއި، ދަބަރަށް ތަޅަންވެފައި ހުރި އައުޓްޑޯ ޖިމްސާމާނުކޮޅަކާއި، ދެންވެސް އެމީހުގެ ގެންގުޅޭ ރޫސީވިލާތު ގެ އައުޓްޑޭޓެޑް ޓެކްނޮލޮޖީގެ ސާމާނުކޮޅެއް. އެއިން ކޮންމެ އެއްޗަކާއި އެކު އެމީހުންގެ ފަގުޑި އެޅިބައިވަރެއް އަންނާނެ އެހުރިހާކަމެއް ނިމޭއިރު އެއްކަލަ އެއްބިލިޔަން ޑޮލަރު ހުންނާނީ ހަމަވެފައި. ދެން ޖެހޭނީ ލޯނުދައްކަން. ކުރާ ކޮންމެ ކަމެއްވެސް ދާނީ ފިނިހަކަ ސްޕީޑްގައި. އައްޑޫ ގައި އެހަދާ ޕޮލިސްއެކަޑަމީ އެއްތޯ މިލިޓަރީ ބޭސް އެއްތޯ ތަނެއް ހަދާތާމިހާރު 10 ވަރަކަށް އަހަރުވީ. އަދިވެސް ސްޓްރަކްޗާ މަސައްކަތް ނުނިމޭ.

  26. ޓާކޫރުޕަޓޭލް

    ދައްތާ ދައްތަ ތީ އިންޑިއާ ކުއްޖާ ހުންނަނީ. ދައްތަ ނޭނގެނީ ދިވެހިރާއްޖޭ ކަންކަން. ދައްތަ ބާބްރީ މިސްކިތް ދަންނަނީތަ؟ ރޭޕުސްތާނު ދަންނަނީތަ؟

  27. ޙަސަނާ

    މިގޮލާ މިކިޔަނީ 1.4 މިގޮލާ ބޮޑުބެ އެކިއަނީ 3 ބިލިއަނޭ މީ ހާދަނުހޮރުއްޕާން ބޮޑު އާއިލާ އެކޭ މިއާއިލާގެ އަތްދަށުން މިގައުމު ސަލާމަތް ނުކުރެވިއްޖެނަމަ މިގައުމުގަ ހަމަޖެހިލައިގެން މިސްކިތްތަކައްގޮސް އަޅުކަން ކުރަންވެސް ކުރިއައްއޮތްތާގަޖަގަނުލިބޭނެ..