ކޮވިޑް-19 އާއި ގުޅިގެން ތަފާތު އެކި ކުންފުނިތަކަށް ހަވާލުކޮށްގެން ރާއްޖެއަށް ގެނައުމަށް ނިންމި ވެންޓިލޭޓަރުތަކުގެ ތެރެއިން މެޑްޓެކް ކުންފުންޏަށް ގެނައުމަށް ހަވާލުކޮށްފައިވާ ވެންޓިލޭޓަރުތައް ގެނެސްފިއެވެ.

މެޑްޓެކާ ހަވާލުކޮށްފައި ވަނީ 50 އައިސީޔޫ ވެންޓިލޭޓަރު ގެނައުމަށެވެ. އޭގެ ތެރެއިން މިދިޔަ މެއި މަހުގެ 10ވަނަ ދުވަހު 18 ވެންޓިލޭޓަރެއް ރާއްޖެ ގެނެސްފައިވާއިރު ޖުލައި މަހުގެ ދެވަނަ ދުވަހު އިތުރު ވެންޓިލޭޓަރުތަކެއް ވަނީ ގެނެސްފައެވެ.

މެޑްޓެކް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މިއަދު 14 ވެންޓިލޭޓަރު ގެނެސްފައިވާ ކަމަށާއި އެއާއިއެކު އެ ކުންފުންޏަށް ހަވާލުކޮށްފައިވާ ވެންޓިލޭޓަރުތައް ރާއްޖެ ގެނެސް ނިމިފައިވާ ކަމަށެވެ. އެ ހުރިހާ ވެންޓިލޭޓަރުތަކަކީ ވެސް އެމެރިކާގެ ޖީއީ ހެލްތުކެއާ އާއި ސްވިޒަލޭންޑްގެ އައިއެމްޓީ މެޑިކަލް އިން އުފައްދާފައިވާ ވެންޓިލޭޓަރުތަކެކެވެ.

ޖުމްލަ އެ ކުންފުނިން 52 ވެންޓިލޭޓަރެއް ގެނެސްފައިވާއިރު އޭގެތެރެއިން ދެ ވެންޓިލޭޓަރެއް ގެނެސް ހަވާލުކޮށްފައި ވަނީ ރާއްޖޭގައި ހުންނަ ޑަބްލިއުއެޗްއޯގެ އޮފީހާއެވެ. ބާކީ 50 ވެންޓިލޭޓަރު ހެލްތު މިނިސްޓްރީއާ ވަނީ ހަވާލުކޮށްފައެވެ.

ރާއްޖެއަށް ޖުމްލަ 149 ވެންޓިލޭޓަރު ގެނައުމަށް ވަނީ ނިންމާފައެވެ. އެ ވެންޓިލޭޓަރުތައް ގެނައުމަށް ތިން ކުންފުންޏަކާ ހަވާލުކުރިއެވެ. އެގޮތުން ނާޑު ޕްރައިވެޓު ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް 24 ވެންޓިލޭޓަރު އަދި މެޑްޓެކް އަށް 50 ވެންޓިލޭޓަރު ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ނަމަކަށް ކިޔާ ކުންފުންޏަކަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރިއެވެ. މި ތިން ކުންފުނީގެ ތެރެއިން ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ ދަށުން ދެ ކުންފުންޏަކަށް ވެންޓިލޭޓަރު ގެނައުމަށް ހަވާލުކޮށްފައިވެއެވެ. އެއީ މެކްޓެކް އާއި ނާޑް ކުންފުންޏެވެ.

ފަންސާސް އައިސީޔޫ ވެންޓިލޭޓަރު ގެނައުމަށް މެޑްޓެކް ކުންފުންޏާ ހަވާލުކޮށްފައި ވަނި 14.4 މިލިއަން ރުފިޔާއަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހުމަދު ފާރިޝް އިބްރާހިމް

    ފިނެންސް މިނިސްޓަރާ ޖުޑިޝަރީ މުހަންމަދު އަލީ ޔާ ގުޅިގެން ހިންގާ ޖަރީމާތީ ދެމީހުން މަތީ މަގާމުގެ ތިބެގެން މަސްލަހަތު ހުރި ކުންފުނި ތަކުން ކުރާކަންތައް ތީ ...... ކޮބާ ރައިސް ނަޝީދު ފާރަލާ

    6
    2
  2. މުހައްމަދު އަންޖުމް

    އަދި ތަންކޮޅެއް އަވަހެއްނު ފިސާރި ބޮޑު އަދަދަކުން ނިކަ މެތި ތައްޔިތުން މަރުވެގެން ވަޅުނުލެވި ކުނިވީމަ ދެން ތިޔަ އިސްތިހާރު ކޮށްލިނަމަ ހުންނާނީ ރައްޔިތުންނަށް ފިސާރިއިޚް ލާސްތެރިވެވިފަ ކޮބާތޯ ރައްޔިތުން ކުރިތާއީދު އަދިއެމީހުންގެ ބަލަދުވެރިޔާ ވަގުވެރިޔާގެ އިޚްލާސްތެރިކަން ތެދުވެރިކަން އެހެންޔާފަހެ މިވޭނުގަ އަހަރެމެން އުޅޭތާ މިހާރު ކިތަންމަސް ވެއްޖެ ކަމެއްކޮށްދިންނަމަ މިހާރު ހުންނާނީކުރެވިފަތިމާމެންގެ ސަރުކާރު އާރާއިބާރު ބޭނުންވަރަކަށް ވައްކަން ކޮށް ގެން މަޖާކުރުމާ ދަތުރުއެޅުން މިކަމުގެތެރޭގައި ޣައްދާރު ވެގެން އެއްވެސް ކަމެއް ނުކޮށްދީ އޮއްވައި މިބޮޑު މުސީބާތު ގައި ކިތައް އަޚުންނާއި އުޚުތުން ވަކިވެގެން އެދިޔައީ މިއަދު ތިޔަ ކަހަލަ ބާމުދާގަނޑެއްދާކަނީ ކޮޏްކަމެއް ފޮރުވާކަށްޖައްބާރުންގެ ވެރިކަން ފިސާރި ހިތިކޮށް ނިމޭނެ އިޝާﷲ

  3. ފައިދާ

    މަށައް ބައެއް އަޅަންޏަކާ މަށެއް ފާރައެއްނުލާނަން