ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ކުރީގެ ފިނޭންސް މިނިސްޓަރ އަހްމަދު މުނައްވަރަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް މައްސަލަ ފޮނުވައިފިއެވެ.

އޭސީސީން ދެންމެ ނެރުނު ބަޔާނެއްގައި ވިދާޅުވީ ޖިހާދުއާއި، މުނައްވަރުގެ އިތުރުން ކުރީގެ ޑެޕިއުޓީ މިނިސްޓަރ އޮފް ޓޫރިޒަމް ޙުސައިން ޟިރާރު މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށެވެ.

ޖިހާދާއި މުނައްވަރުގެ މައްޗަށް ދައުވާ ކުރަން އޭސީސީން މައްސަލަ ޕީޖީއަށް މިފޮނުވީ އެބޭފުޅުންގެ މައްޗަށް ދައުވާ އުފުލަން މެންބަރު އީވާ އަބްދުﷲ ގޮވާލެއްވިތާ 48 ގަޑިއިރު ވެސް ނުވަނީހެވެ.

ތިން ބޭފުޅުންގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ޓޫރިސްޓް ރިސޯޓު ތަރައްޤީކުރުމަށްޓަކައި ވެފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުންތަކުގެ ދަށުން ދިވެހި ސަރުކާރުގެ ހިއްސާ އެކުލެވޭގޮތަށް ސޮއިކޮށްފައިވާ 7 އެއްބަސްވުމެއްގައި، އެ އެއްބަސްވުމުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރަށުގެ ޑިވެލޮޕްމަންޓް ފޭސް ފުރިހަމަވުމުން، އެއްބަސްވުމުގައި ހިމެނޭ އަމިއްލަ ޙިއްސާދާރަށް، ނުވަތަ އެފަރާތުން ކަނޑައަޅާ ފަރާތަކަށް، ސަރުކާރުގެ ހިއްސާ އެއްވެސް އަގަކާއިނުލާ ދޫކޮށްލަން ލާޒިމްވާގޮތަށް "ޕުޓް-ރައިޓް އޮޕްޝަން" ހިމަނާފައިވާތީ ކަމަށް އޭސީސީގެ ބަޔާނުގައި ވިދާޅުވިއެވެ.

އޭސީސީން ވިދާޅުވީ ޕީޖީގައި އެދިފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދަޢުވާއާއި، އެ ޤާނޫނުގެ ދަށުން ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ދަޢުވާއާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ދަޢުލަތުގެ މުވައްޒަފަކަށްވެހުރެ ރަސްމީ ހައިސިއްޔަތުން އޭނާގެ ވާޖިބު އަދާކުރުމުގައި އެނގިހުރެ، ޤާނޫނުގައި ހުއްދަކޮށްފައި ނުވާކަމެއް ކޮށްފައިވާކަމުގެ ދަޢުވާއާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ތިން ބޭފުޅުންގެ މައްޗަށް ކޮށްދިނުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ހާޖީއިމާދު

    ކޮބާހޭ ނަޝީދު ސަރުކާރު ހުރިހާ މިޖިސްޓަރުންގެ ކޮރަޕްޝަން..އެކަން ނުބަލާ އެއަށްވުރެ ފަހުގެ ކަމެއް ބަލަން މިކެހެނީ ކާކުދެކެ ބިރުންތަ. އެންޓޮ ކޮރަޕްޝަންވެސް ކޮރަޕްޓްވެފަ

    89
    1
    • ޙައްގުބަސް

      ކުރީ ސަރުކާރު އެންމެން ޖަލަށް ލައިގެން މިވެރިކަމުގައި ދެމިތިބެން އުޅުނަސް ﷲގެ އިރާދަފުޅާއެކު އެކަމެއްވިޔަކަ ނުދޭނެ ރައްޔިތުން!! 2023 ވަނަ އަހަރު ޖެހޭނީ ވެރިކަމުން ފައިބައިގެންދާން!! އޭރުން މިސަރުކާރުގައި ތިބި ގިނަ މީހުންގެ މައްޗަށް މިބާވަތުގެ އެތައް ދަޢުވާއެއް އުފުލޭނެ!! އޭގެތެރޭ މިބުނާގޮތަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދަޢުވާއާއި، އެ ޤާނޫނުގެ ދަށުން ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ދަޢުވާތައްވެސް ކުރެވޭނެ!! އޭގެތެރޭ ހުޅުލެ އެއަރޕޯޓްގައި އަލަށް ހެދި ސީޕްލޭން ޓާމިނަލް ވަކިބަޔަކަށް ފައިދާވާހގޮތަށް ދައުލަތަށް މާލީ ބޮޑު ގެއްލުމެއް ލިބޭގޮތަށް ކުއްޔަށް ދިން މައްސަލަ ހިމެނޭނެ!! މިހާރުވެސް ފެންމަތިވަމުން އަންނަ މިސަރުކާރުގެ ކޮރަޕްޝަނާ ފަސާދައާއި މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުން ކުރަމުންދާ އެތައްކަމަކާއި، އަދި މިގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުން ލިބޭގޮތަށް ކޮށްފައި އެތައް އެއްބަސްވުމެއް އެކުލަވާލާ އެކަން ކުރި މީހުންނާ ދޭތެރޭވެސް ފިޔަވަޅު އެޅޭނެ! މިހާރު މިގައުމު ލޫޓުވަމުންދާ ދިއުން ރައިސް އިބްރާހިމް މުޙައްމަދު ސޯލިހުވެސް ޒިންމާ ނަގަންޖެހޭނެ!! ގައުމު އެހެން ބައެއްގެ އަޅުވެތިކަމަށް ދާގޮތަށް މަގާމުމުގެ ނުފޫޒު އޭނާ ބޭނުންކުރަމުން އައިގޮތްވެސް ބެލޭނެ!!

      15
    • ނަސީރު

      ޢެމީހުން މަޖުލީހުގަ ދެއްކި ވާހަކައިން މިސަރުކާރު ސޯޓު ބޭލުނީމަ އަދަބުދޭން ރޭވިގެން ކުރާކަމެއްތީ

      14
  2. ސާރާ

    ވެއްޓެނީ!

    73
    1
  3. Anonymous

    މިއީ ޖެހިފަ އޮތް ބޮޑު ބަލާވެރިކަމެއް، ކަލޭމެ ން ނަށް ތާއީދު ނުކުރާ ހުރިހާ އެ ންމެ ން ކަ ނޑުފައްތާލަ ންވީ ނުނ ން. މިއީ މިބައިމީހު ންގެ ނިމު ން ގާތްވެއްޖެ ކަމުގެ ޢަލާމާތް.

    86
    2
  4. Happy

    ޢަާން އެބަރަގަޅުވޭ

    7
    59
  5. ކައްބެ

    ރަސްމީކޮށް ސަރުކާރު ވެއްޓެނީ ވެއްޓެނީ މާގިނަވަގުތެއްނެތް ގަޑީގެ ކަށި އަވަދިނެތި ބުރަ މަސަތްކަތްުގައި ވަގުތުހޭދަކުރަމުން ދަނީ އެދުވަހަކަށްް އިންތިޒާރު ކުރަމުންނެވެ.

    76
    3
  6. ޙަސަން

    ކިރިތި ރަސޫލާއަށް ފުރައްސާރަކުރި މީހުންނާ ރޭޕްކުރި މީހުންގެ މައްސަލަ ފޮރުވަން ލާދީނީ ބައިގަނޑުރާވާރޭވުން

    83
  7. ފާއިޒް

    ދަރިންނޭ ހަމަޖެހިލާގެން ތިބޭތި މި ބައިގަނޑު އަދި ސަރީއަތައް ދަމާނަން އިރާދަކިރެއްވިއްޔާ މި ބަލާ މުސީބާތުން މި ޤައުމު ސަލާމަތްކޮށް ސަލާމަތުގެ އައްސޭރި އަކައް މި ޤައުމު ގެންދާނަން ކެނެރީގެ ނަސީދު ބަލާވެރިކަމުން އަޅަމެން ސަލާމަތް ކުރައްވާށި...

    83
  8. ބްރޯ

    މިހާރުގެ ސަރުކާރުން ދައުލަތުގެ ހަޒާނާޔައް ހެދުނު ނުހެދުނު އެއްޗެއް ނޭންގިގެން ކުރީ ސަރުކާރު ބޮލައް ކަނޑާލަނީ ދޯ. އަބަދަކު ވެރިކަމެއް ނުކުރާނެ ކަލޭމެނެއްވެސް. ރާކަނިމަސްކާން ތައްޔާރައް ތިބޭތި....

    75
  9. ވާނުވާ

    ހަދަނެ ނުހަދާނެ ނޭނގިގެން ސަރުކާރު މަރަށް ތެޅެނީ.

    71
  10. ކަނަމަނަ

    ޢެންޓިކަރަޕްޝަނެއްއެހެންތަނެއްކިޔާނެ ކަމެއްނެއް މުޅިގައުމުގަމިއޮތީކަތުރުފަނިއަޅާފަ ހުރިހާ މުއައްސަސާއެއްގަމިތިބީ މަޖޫސީން

    70
  11. މިއަދު

    ކޮބާތަ އީވާ ސަރުކާރުގެ ރަސްމީ އިދާރާއަކަށް ދޮގުމައުލޫމާތު ދިންމައްސަލަ ފަހުންތަބަލަނީ އީވާގެ ބޭންކުއެކައުންޓެއް ނެތްކަމަށްބުނެ މަޖިލިހަށްހުށައެޅި މާލީބަޔާން

  12. ސޭކްސްތާން

    ސަރުކާރެއް ވެއްޓުމުގެ ކޮޅުމަތި މިހިރަގެން ފެންނަނީ. އެދުވަހަކުން ކަލޭމެން ހުވާ މުޅި ރަށުގައި ގަންހިންގުވާނަން. ހަނދާން ކުރާތި ކަންތައް ތިދަނީ މާމައްޗަށް. ލާދީނީ ގެރި މޯދީގެ ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކުރާ ދުވަސް އިންޝާ ﷲ އޮތީ ވަރަށް ކައިރީގައި.

  13. ޙހހހ

    ކަމެއް ބަލަން ކެރެންޏާ މާލެގައި ކުދިބިން ހުރި މީހުން ބަދަލުގައި ހުޅުމާލެއިން ބިންދިން މައްސަލަ ބަލާބަލަ ، އަގެއް ނެތި ހިލޭ ދެބިންދީފަ ނަޝީދު ވެރިކަމުގައި ، ކިހާދެރަކަމެއް ، ކޮބާތަ ނޫސްވެރިންގެ ޒިންމާ ،މިއަދު ކަލޭމެންނަށް ކިރިޔާވެސް ބާރެއް އޮތީ ، ނިކަން ރިޕޯޓްތައް ހަދާލަބަލަ

  14. ދެލުނުތަރި

    ކޮންމެބަޔަކު ވެރިކަމުގައި ތިބެގެން ވައްކަންކުރިޔަސް އަދަބުލިބެންޖެހޭ. ދައުލަތަކީ ވަކިބަޔަކު މުއްސަނދިވާން ކަތިލަންއޮތް ބަކައްޓެއްނޫން.

  15. ޓ

    ޖީ އެމްޢާރަށް އެއަރ ޕޯޓް ދިނުމުގާ ސަރުކާރަށް ގެއްލުން ވާގޮތަށް ސޮއިކުރި މީހުންގެ މައްސަލަ ކޮބާ...78 މިލިޔަން ޑޮލަރ ލިބުނުކަމަށްވޭ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ
    ޢެކަމުފެންނާކަށްނެތް

  16. އަހްމަދު

    އެމްޑީޕީ ކުދިންކޮޅު ޤައުމު ދާމިސްރާބާދޭތެރެ ހިތްހަމަނުޖެހިގެން އުޅޭތީ އެމީހުން ހިތް ހަމަޖައްސަން ޖަހާ ސަކަރާތްމީ! މަޖްލީހުގައި އެމީހުން ދެއްކިވާހަތަކާއި އަދި އަމީރު އެމީހުންނަށް ތާޢީދު ކުރުމުން އެމީހުންގެ މައްސަކައެއް ނެއްކަން ފާހަނގަވޭ!

  17. އަލީ

    އެމް.ޑީ.އެން ގެ މައްސަލަ ނުބެލުނު ދޯ؟

    10
  18. ލޯމިރު މުސްތަރީ

    އީވާ އެކަމަށް އެދުނުތާ 48 ގަޑިއިރުވެސް ނުވަނީސް ޝަމީމު ބަސްއަހައިގެން ޖިހާދާ މުނަށްވަރަށް ދައުވާކޮށްފި... އަދުލްއިންސާފް އަދުލްއިންސާފް އަދުލްއިންސާފް

    10
  19. ރާށިދު

    ސަރުކާރު ހިންގަންނޭނގުނީމަ ދުރުގަ ތިބިމީހުންގެ މައްޗައް ޖިނާއީދައުވާ އުފުލަނީ ؛