ކ. މާފުށީ ސިއްހީ މަރުކަޒުގައި ދަތުގެ ފަރުވާދޭ ހާއްސަ ޔުނިޓެއް ގާއިމުކޮށް ހިދުމަތް ދޭން ފަށައިފިއެވެ.

މިއީ އަތޮޅުތެރޭގެ ސިއްހީ މަރުކަޒެއްގައި ދަތުގެ ފަރުވާދޭ ޔުނިޓެއް ގާއިމް ކުރި ފުރަތަމަ ފަހަރެވެ. މި ޔުނިޓާއިއެކު އަތޮޅުތެރޭގެ ސިއްހީ ހިދުމަތްދޭ 17 ތަނަކުން ދަތުގެ ފަރުވާގެ ހިދުމަތް ލިބިގެންދާނެއެވެ.

އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި ދަތުގެ ފަރުވާދޭ ޔުނިޓްގެ ހިދުމަތް ފައްޓަވައި ދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއެވެ.

އެ ރަސްމިއްޔާތުގައި އިމްރާން ވިދާޅުވީ މާފުށީގައި ދަތުގެ ފަރުވާގެ ހިދުމަތް ދޭން ފެށުމުން ރަށާއި ކައިރި ރަށްރަށުގައި ދިރިއުޅޭ މީހުންނާއި ހާއްސަކޮށް މާފުށީގެ ޖަލުގެ ގައިދީންނާއި، އޮފިސަރުންނަށް މި ހިދުމަތް ހޯދުމުގައި ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

"މާފުށި ކައިރިން ގިނަ ރިސޯޓްތައް ތަރައްގީ ކުރަމުންދާއިރު، މާލެއަށް އައުމަށް ކުރަންޖެހޭ ޚަރަދާއި ވަގުތުގެ އިތުރުން މާލޭގައި ތޮއްޖެހޭ ތޮއްޖެހުން މި ފަދަ ޚިދުމަތްތައް ތައާރަފްވެގެންދިއުމުން ކުޑަވެގެންދާނެ،" އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މާފުށި ހެލްތު ސެންޓަރުގައި ދަތުގެ ހިދުމަތް ދޭން ފެށުމަކީ އަތޮޅުތެރޭގައި ސިއްހީ ހިދުމަތް ފުޅާވަމުންދާ ކަން ރަމްޒުކޮށްދޭ ކަމެކެވެ. އަދި މިއީ މާފުށީ ޖަލުގެ ގައިދީންނާ ބަންދު މީހުންނަށް ސިއްހީ ހިދުމަތް މިހާރަށް ވުރެ ފަސޭހަ އިން ހަމަޖެއްސުމަށް ލިބުނު ފުރުސަތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ބަހަބަރު

  ތިޔައީ ރައީސްޔާމީން މާކުރިން ނިންމާ ހަލާސްކޮށްފައޮތް ކަމެއް ފުރަތަމަ ފިޔަވަހީގަ ނިންމީ ކޮންމެރަށެއްގަ ބޭސްފިހާރައެއް އެކަންނިންމާ ދެންފެށީ ސިއްހީމަރުކަޒުތަށް ޒަމާނަށްފެއްތުން .

  16
 2. ނަައީމް

  ރައީސްޔާމީން 5އަހަރުގެ ވެރިކަމެއްގެތެރޭގައި އިދިކޮޅުގެ ޖެއްސުމާ ނުފޫޒާއި އެކުވެސް ގުނައި އަދަދު ނުކުރެވޭހާ ގިނަގުނަ އެތަކެއް މަސައްކަތްތަކެއް ދިވެހިރައްޔިތުންނަށް ކޮށްދެއްވި

 3. މާމީ

  މުނާފިގުން ލައްވާ ތިކަހަލަ ތަންތަން ހުޅުވުމުން ބަރަކާތެއްވެސް ނުހުންނާނެ ...