ވައްކަންކޮށް މުޅި ގައުމު ބަރަހަނާ ކޮށްފައިވާ ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ މިފަދައިން ވިދާޅުވީ މިއަދު އޭނާ ކުރެއްވި ޓްވީޓެއްގައެވެ. މުސްތަފާ ވިދާޅުވީ ވަގުންނަށް ވައްކަން ކުރުމުގެ ދޮރުތައް ވަނީ ހުޅުވާލެވިފައި ކަމަށެވެ. އެއްޗެކޭ ބުނެވޭނެ އެކަކު ވެސް ނެތް ކަމަށާއި ވައްކަންކޮށް މުޅި ގައުމު ބަރަހަނާކޮށް ނިންމާފައިވާ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ މިފަދައިން ވިދާޅުވެފައި މިވަނީ ޑިފެންސް މިނިސްޓްރީގެ އާ އިމާރާތުގެ މަސައްކަތަށް ބިޑް ކުރުމުގެ ހުރިހާ މަރުހަލާއެއް ނިމިފައި އޮއްވާ މާ ފަހުން ބިޑް ކުރުމުގެ އުސޫލަށް ގެނައި ބަދަލެއްގެ ތެރެއިން އެ ޕްރޮޖެކްޓަށް އެންމެ ކުޑަ އަގު ހުށަހެޅި ކުންފުނި ބާކީ ކޮށް، ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ ގޮތަށް، 5.5 މިލިޔަން ރުފިޔާ އަގު ބޮޑުކޮށް އެހެން ކުންފުންޏަކަށް އެ މަސައްކަތް ހަވާލުކުރި މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި މައުލޫމާތުތަކުން އެނގޭގޮތުގައި ޑިފެންސް އާ އިމާރާތަށް ބިޑް ކުރަން ހުޅުވާލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ. އަދި ބިޑް ހުޅުވުން އޮތީ މި އަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހެވެ. ނަމަވެސް ބިޑްގެ ހުރިހާ މަރުހަލާއެއް ނިމިފައި ވަނިކޮށް އޭޕްރީލް މަހުގެ އެއް ވަނަ ދުވަހު އަލަށް އަމަލުކުރަން ފެށި އުސޫލުގެ ދަށުން، މި ޕްރޮޖެކްޓް ބިޑް އެވޯޑް ކުރި އިރު އެސްޖޭ ވަނީ ބާކީ ކޮށްފަ އެވެ. އަދި އެ އުސޫލުގެ ދަށުން އެސްޖޭ ބާކީ ކުރުމަށް ފަހު ރެއިންބޯ އަށް ބިޑް އެވޯޑް ކުރީ ޖޫން މަހުގެ ހަ ވަނަ ދުވަހު އެވެ.

ނަމަވެސް ފިނޭންސް މިނިސްޓްރީން އެކަން ދޮގުކުރެއެވެ. އެ މިނިސްޓްރީން ބުނީ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އުސޫލުގެ ތެރެއިން ކަމަށެވެ. އެގޮތުން އެސްޖޭ އަށް އެ މަސައްކަތް ނުލިބުނީ ފިނޭންސް މިނިސްޓްރީން އެކުލަވާލި އުސޫލެއްގައި 300 މިލިއަން ރުފިޔާއަށްވުރެ ގިނައިން އެއް ކުންފުންޏަކަށް މަޝްރޫއުތައް ނުދޭ އުސޫލާ އެއްގޮތަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މިހާރުވެސް އެސްޖޭ އަށް 310 މިލިއަން ރުފިޔާގެ މަޝްރޫއު ދީފައިވާއިރު އުސޫލުގައި ބުނެފައިވަނީ އެންމެ ގިނަވެގެން ވެސް ދެވޭނީ 8 މަޝްރޫއު ކަމަށެވެ. ނަމަވެސް އެސްޖޭ ކުންފުންޏަށް މިހާރުވެސް 11 މަޝްރޫއުއެއް ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. ހުސޭނުބޭ

  މުސްތަފާބެ ކުރިމަތީގައި ވައްކަންކޮށްގެން ބަރަހަނާވާނީ ދެން ވަރަށް ބޮޑުވަރު ކޮށްލީމާ!

  50
  3
 2. Anonymous

  އެކްމަކު ކަލޭ ޔާމީންސަރުކާރު ވައްޓާލަން ބޭރުސިފައިން ގެންނަންގޮވާ މަނަވަރުތަކާ ހަނގުރާމަތީ އާލާތްތައް ގެންނަން ގޮވީ ޔާމީން މިގައުމުތަރައްގީ ކުރާސްޕީޑް ބާރުކަމުން ހިތައްނުކުޅަދާނަވެގެންނެންނު؟ ދެންކޮންވާއަނގައެއްތިއަނީ؟

  67
  2
 3. މާ

  ނުވާނެ އެހެން މިހންނަވަރު އިބުރާހިމް ވެރިކަމައް ގެން ނަން ވެގެން ތިޔަ ތިމަރަފުށި މުސްތަފާ ކުރީގެ ރައީސް ޔާމީނައް ގޮވިހާ ބަނަދިވަރު މިހާރުވެސް އަޑުއިވެން ހުންނާނެ. މިއޮތީ މުސްތަފާމެން ބޭނުންވި އޯގާތެރި ވައްކަން ނުކުރާ ސަރުކާރު ދެން ލަލަލާ.

  57
  2
 4. ސަނާހް

  އެމީހަކައް ކެވުނު ވަރަކައް ކަނީ، ކެވުނު ދިމާލަކުން...

  52
  2
 5. އަހަންމާކާލޯ

  މުސްކުޅިން ބުނާ ހަރުބަހެއްގަ އޮވެއޭ އެއް ގުދު އޮއްމީހާ ހައްގުދުއޮއްމީހާޔާ ދިމާލައް ގުދޯގުދޯގޮވާވާހަކަ މީއެކަމުގެ ލާމަސީލް ނަމޫނާ ގައުމެއް ގޮވާ އަޑުއިވުނު ކަދުރު މެޑަމެއްގެވާހަކަ މިފަހަރު ކަދުރައްވެސް މެޑަމްނޭންގުނު އޖެންޓް 19 ޒީރޯޓޮރޮލެންސް ހީރޯއައްބަދަލްވީ ސާބަސް ދަރިންނޭ އައްއަނބުރާލަފަ ބަހައްޓާ ޕޭމަންޓް ގަލެއްވިޔަސް ދޫނުކޮއްލާތި

  42
  2
 6. ޙަސަނު

  މުސްތަފާ އެއްޗެއް ހަމަ ބުނެލާއިރަށް ޚަބަރަކަށްވޭތަ؟

  26
  7
 7. ހަސަނާ

  ކިހާ ދެރަކަމެއް ޖަހާނެ ޚަބަރެއް ނެތީތަ؟ ހަމަ މީހަކު ޓުވީޓެއް ކޮށްލާއިރަށް ޚަބަރަކަށްވޭަތަ؟

  15
  10
 8. އިބޫ މާމިގިލި

  މިދިޔަ ސަރުކާރުތަކުން އެންމެ ބޮޑަށް ވައްކަން ކުރީ މުސްތޮފާ. މުސްތޮފާގެ އަންބޮނޑި އެލާރި ތަކުން ފުރާލި، އޮޑިދޯނި ފަހަރާ ބޯޓް ފަހަރު ގަނެ. ހަރު މުދާ ގަނެ. މައިދައިތަ ހައްޖައް ފޮނުވާ... ކަލޭއަކަށް އަނގައެއް ނުހޮޅުވޭނެ..

  21
  7
 9. އަލީ

  ތި ލިބުނު "ހަދިޔާ" ޖެހޭނީ ދައުލަތަށް ޙަވާލު ކުރަން. މިނިސްޓަރު ގެ މަގާމުގައި ހުރެ ހަދިޔާއެއް ނުހިފޭނެ.

  22
  1
 10. Anonymous

  މިނާގާބިލު މީހުންގެ ސަރުކާރުގެ ނާގާބިލުކަމުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިއްހީގޮތުންނާއި އިގުތިސާދީގޮތުން ދިވެހިރާއްޖެ އޮތީ ނުރައްކަލެއްގެ ތެރޭގައި މިކަމުން އަރައިގަތުމަށް އެންމެހައި އިދިލޮޅުމީހުންނާއި ރައްޔިތުން އެކައްޗެއްކިޔައިގެން މިނާގާބިލުމީހުންގެ ސަރުކާރު ވައްޓާލަން ނުކުންނަންވެއްޖެ

  30
  1
 11. ވަގުން ވައްކަންކުރާނެ ހުއްޓުވާނެ މީހަކުނެތެއްނު!

  ހު ރިހާމީހުން ހީވަނީ އާކަމެއްވެގެން އުޅޭހެން ތީމިސަ ރުކާ ރު އައިފަހުން އާމުކަމެއްނު ވަގުން ވައްކަން
  ކު ރާނެދޯ ތިހެން ކިޔަސް ނުކިޔަސް ވާކަމެއް އެބައޮތްތަ މިހާ ރު މި ރާއްޖޭގައި ވައްކަން ކު ރާވާހަކަނޫން އެހެން ވަހަކައެއް ދައްކާއަޑެއްނީވެ މިސަ ރުކާ ރުން ކު ރާވައްކަން ހުއްޓުވޭވަ ރުގެ ބަޔަކު މިދިވެހި ރާއްޖޭގައި ހަމަނެތީތޯ؟

  33
 12. ދަރަނި ދަންތުރަ

  މިވެރިން ވަށްކަންކުރައްޏާ މުސްތޮފާބެ ބާރަށް އަތްޖަހާ ނަށާ މުސްތޮފާބެ ބުނިތެދުވެރި އޯގާތެރި އިބޫ ވެރިކަމުގައި ހުރީ ހަބަރަކީ ހިތިއެއްޗެއް މާކުރިންވެސް ، ލަޑަޔާ ވާނީ ލަޑަޔާ

  13
 13. ޢާދޫބެ

  މިނާގާބިލު މީހުންގެ ސަރުކާރުގެ ފުށުން ރާއްޖޭގެ ސިޔާދަތީ މިނިވަންކަމާއި އިގުތިސާދީގޮތުން ސިއްހީގޮތުން ރާއްޖެވަނީ ބިރުވެރި ނުރައްކަލެއްގެ ތެރޭގައި މިކަމުން އަރައިގަނެވޭނީ ހުރިހާ އިދިކޮޅުމީހުންނާއި ރައްޔިތުން ނިކުމެ މިބޮޑު ނާގާބިލު ވައްކަމާއި ބަރަހަނާ މީހުންގެ ސަރުކާރު ވައްޓާލައި ބަދަލުކޮަށްގެން

  10
 14. ކޮތަރު

  ހޫން. ހަމަނޭވާ ލެވުނީދޯ. ކޮންކަމެއް ބޭނުންވެގެންބާ މިއުޅެނީ؟

 15. ހައްޕު ޑު!

  އެމްޑީޕީ އަށް ދެފަހަ ރު ވެ ރިކަން ކު ރަންލިބުނީމަވެސް ހަމަ ޗޮކުން ކިހިނެތް ވެގެން އުޅޭބައިގަނޑެއްތަ އެއީ ވައްކަނޫންކަމެއް ކު ރަން ނޭނގެނީ ތޯއްޗެއް އެބައިގަނޑު އެކު ރާވައްކަން ހުއްޓުވަށްޏާޖެހޭނީ މިވެ ރިކަން ބަދަލުކު ރަން އެނޫންގޮތަކަށް ނުހުއްޓުވޭނެ ރައްޔިތުން ނިންމާނެގޮތެއް އެނގޭނީ ރައްޔިތުނަށް ރޯމާ ދުވާލު ފެނިގެން އެނގިގެން އެހު ރިހާވައްކަމެއް ކު ރަމުން ދާއި ރު އެކު ރާ ވައްކަން ނުހުއްޓުވޭނަމަ މީކީއްކު ރާ
  ރައްޔިތުންނެއްތޯ؟

 16. އާދަމުގެދަރި

  ޑިމޮކްރަސީއާއެކު ދިވެހިރާއްޖެ ކުއްލިއަކަށް ލޮލުކޮޅަށް ގޮސް ގެއްލިއްޖެ. ދަރިންގެ ދަރިންނަށް ދާންދެން ދަރުވާލައިފިޔޭ ގޮވި މީހުން ދަރިދަރީގެ މިނިމިންޏަށް ދާންދެން ގައުމު ދަރުވާލައިފި. ޑިމޮކްރަސީއާއެކު އޮތީ ވަގުރާއްޖެ. އޮފީސްތަކުން ލިޔާ ލިޔުންތަކުގައި ދިވެހިރާއްޖެ ކަނޑާލާފައި ލިޔަންވީ ވަގުރާއްޖެ. އޭރުން މިހާވަރަށް ވަގަށް ނުގޮވައި ފަރުޖެހޭނެ. ކޮންމެ އިއުލާނެއްގައި ކޮންމެ ސިޓީއެއްގައި ވަގުރާއްޖެ ލިޔެފައި އޮތީމާ އިތުރަށް ބަލާނެ ތަނެއް ކިޔާނެ އެއްޗެއް ނޯންނާނެ. އެއޮތީ ސާފުކޮށް. ރައްޔިތުން ލިޔާ ސިޓީތަކުގައިވެސް އެޑްރެހަށްފަހު ވަގުރާއްޖެ ޖެހީމާ ނިމުނީ. އޭރުން ސަފުން އެކަކަށްވެސް އޮޅުމެއް ނާރައި ވަގުރާއްޖެ ބާރަށް ވައްކަމާއިގެން ކުރިއަރަމުން ގޮސް ވައްކަން މެދުއުޑުން މައްޗަށް ގޮސް އާސްމާނުގައި އިސާހިތަކު ޖެހިދާނެ. އޭރުން އޮންނާނީ ފިސާރި ރަނގަޅަށް ޑިމޮކްރަސީއާއި ވައްކަން އެކުއެކީގައި ނަލަކޮށް ޗާލުކޮށް ކުރިއަރައި ނިމިފައި.

  10
 17. ދަންބެރުދަން

  ހުއްޓުމެއްނެތި ވަށްކަންކުރާ ސަރުކާރު މިވަރުން ދަންޏާ އަހަރުމެންގެ އެކައުންޓުވެސް މިވެރިން ކާލަފާނެ ބިރުވެރި ކަރަޕުޓު ސަރުކާރެއް އަވަހަށްވަށްޓާލާ.

  13
 18. އަމިރު

  އަމީރަކަށް ހަދިޔާ ނުނެގޭނެ. އެއީ ޖަލަށް ލާވަރުގެ ވައްކަން ހަމަ ކޮބާ އިންޓެގްރިޓީ...ސަރުކާރު އިސްތިއުފާ...

  14
 19. ހޮޅިފެން

  ތި އުސޫލާ ހެދީގެން 5 ބިލިޔަން ރުފިޔާ އިތުރަށް ދިޔުމަކީ އެއްވެސް މައްސަލައެއް ނޫންތަ؟