މިހާރުން މިހާރަށް ރައްޔިތުން ނިކުމެ ވެރިކަން ވައްޓާ ނުލައިފިނަމަ ރައްޔިތުން ބަނޑަށް ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

މޮސްޓާ މިހެން ވިދާޅުވީ މާދަމާ ރޭ 20:00 އިން ފެށިގެން މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިއަށް ގެނައި ބަދަލާއި ގުޅޭ ގޮތުން "ވަގުތު" ގައި ގެނެސްދިން ޚަބަރެއްގެ ސްކްރީން ޝޮޓާއި އެކު މޮސްޓާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިހާރުން މިހާރަށް ނިކުމެ މި ވެރިކަން ވައްޓާ ނުލައިފިނަމަ ރައްޔިތުން ބަނޑަށް ޖެހޭނެ ކަމަށެވެ. ވިޔަފާރިތަކަށް ސަރުކާރުން ކަމެއް ކޮށްނުދޭ ހާލު، ވިޔަފާރިތައް ފުނޑުން ހުއްޓާލުމަށް މޮސްޓާ ގޮވާލެއްވިއެވެ.

"ވިޔަފާރިތަކަށް ސަރުކާރުން ކަމެއް ކޮށްނުދޭ ހާލު ވިޔަފާރިތައް ފުންޑުން ހުއްޓާލާ. ނޫނީ ރައްޔިތުން ނިކުންނާނެ" މޮސްޓާ ވިދާޅުވެފައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މިހާރު ވެސް ވަރަށް ގިނަ ވިޔަފާރިތަކަށް ވަނީ ގެއްލުމާއި ކުރިމަތިލާން ޖެހިފައެވެ. ރިކަވަރީ ޕެކޭޖެއްގެ ނަމުގައި ބައެއް ވިޔަފާރިތަކަށް ބޭންކްތަކުން ލޯނުތައް ދިން ނަމަވެސް އެލޯނުތައް ނުލިބިގެން ވަރަށް ގިނަ ވިޔަފާރިވެރިން އަންނަނީ ޝަކުވާ ކުރަމުންނެވެ.

އަދި ފަހަކަށް އައިސް ޑޮލަރު ގަންނަން ނުލިބޭތީ އާއި ޑޮލަރުގެ އަގު މަޑުޖެހުމެއް ނެތި އުފުލެމުން ދާތީ ވަރަށް ގިނަ ވިޔަފާރިވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ކިނބޫ

    ވަރަށް ރަނގަޅު ވާހަކައެއް. ތަޅާ ބޭރުކުރރަން ނުކުންނަން ޖެހޭ. މިހާރުވެސް ލަސްވެއްޖެ.

    72
    8
  2. ބޯކިބާ

    ދުނިޔޭގެ ހުރިހާ ގައުމެއްގަވެސް ވިޔަފާރިތައްއޮތީ ބަނގުރޫޓުވެފަ، އަދިވެސް ވިޔަފާރިނުކުރެވިގެންތަ ތިއުޅެނީ.

    9
    65
    • ބޯހަލާކު

      އަނގަޔާ އަތާދިމާވާނީ ވިޔަފާރިކޮއްގެއް، ބޭރުގެ ގިނަގައުމުތަކެެއްގަވެސް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއާއްމުވިޔާފާރިތައް ކޮޅައްޖަހައް ގިނަގުނަމަސައްކަތްތަކެއްކުރޭ...ކަލޭމެއް ޕާޓީކުދިން ސަރުކާރުގެ ލާރިގަނޑުގައުޅުނަކަސް..!؟

  3. ސަޓޯ

    ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އަކީ ވަރަށް ގޮތްކުޑަ މީހެއް... މިކަލޭގެ އިއްޔެވެސް އުޅުނު މާސްްކު ނާޅާ މަގުމަތީގަ މާދެން ގައްޑާ ވެގެން

    11
    73
    • މޮޔަ

      މީނަ ދާންވީ ލީބިޔާ ފަދަ ދާހިލީ ހަނގު ރާމަތައް ހިނގާ ގައުމަކައް. ބަގާވާތް ކު ރާ ފިކު ރެއް ދެން ރާއްޖެއަކައް ބޭނުމެއްނޫން.

      2
      6
  4. އަހުމަދު

    މޮސްޓާ ވަ ރަށް ބޭނުން ދޯ ވެ ރިކަން ވައްޓަާފަ ރައްޔިތުން އަނެއްކާ ހާލު ޖައްސަން. ތިކަހަލަ ކޮހުން މަޖިލީހަށް ވެއްދި މީހުން ލަދު ގަންނަން ޖެހޭ. ވެ ރިކަމަށް ބޫތު ކައިފަ ހު ރިވަ ރު ތީގެެން އެނގެނީ.

    16
    72
    • ބޮސް

      ހަމަ ރަނގަޅުވާހަކައެއް.

      24
      3
    • ގުއިދައިތަ

      ކުރިން ވެސް ވެރިކަން ވެއްޓިގެން ރައްޔިތުންނަށް ވީ ގެއްލުމެއް ނެތް. ވީފައިދާ. ނާޤާބިލް ވެރިޔަކު ހުރެގެން ޤައުމު އިނދަ ޖެހުމަށް ވުރެ އިސްތިއުފާ ދިނުމަކީ ހެޔޮގޮތް. އަންނިއަށް އެކަން ވިސްނިގެން އިސްތިއުފ ދިނީ. އޭނާގެ އިސްތިއުފާގެ ސަބަބުން ޤައުމު އެތައް ތަނެއް ކުރިއަށް ޖެހުނު. ރައްޔިތުންނަށް އުފާ ފާގަތިކަން ލިބުނު. ޤައުމަށް އާރޯކަން ލިބުނު. އެހެން ވީމަ، މިފަހަރުވެސް ގެއްލުމެއް ވުމަށް ވުރެ ބޮޑީ ފައިދާ ވުން. ސަބަބަކީ ނާޤާބިލްކަން.

      4
      2
  5. ކެޔޮޅު

    ތިކަން ވަރަށް އަވަހަށް ކުރަންއެބަޖެހޭ ބޭނުންވަނީ ކެރޭ ބޮޑުތަކުރުފާނު ފަދަ ޝަހުޝިއްޔަތެއްގެ ވެރިއެއް ދުއާއަކީ މިގައުމަށް ވަގަށްއައި ސަރުކާރު އަވަހަށް ވެއްޓުން.

    77
    8
  6. ނަައީމް

    ފިހާރަތައް 10ޖަހާއިރު ބަންދުކޮށްފަ 8ގެކުރިން ގެއަށް ވަންނުމަށް ސަރުކާރުންގޮވާލައިފި މީމިއަދުގެ ހާލު ދިމާނުވާ ސިޔާސަތު މިވަރުންވެސް ވެރިކަން ދީގެން ބަލަންތިބެންވީތޯ މޮސްކާ އެބުނަނީ ހަމަރަނގަޅަން

    26
    1
  7. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާދުރައްދޭ

    ޔާﷲމިހިޔާނާތްތެ ރި އިސްލާމްދީނައްފު ރައްސާ ރަކު ރާ ނިކަމެތި ރައްޔަތުންގެ ހައްގުތައްފޭ ރިކާ މީހުންގެއަތްދަށުން އަޅަމެންނާ އަޅަމެންގެމިކުޑަ ގައުމުސަލާމަތްކޮށްދެއްވައި ހެޔޮލަފާއިބައިލާހާއި ރަސޫލާދެއްކެލޯބިވާ އިސްލާމްދީނައްނަސު ރުދޭ ރައްޔަތުންނައްއޯގާތެ ރި ހިންގުންތެ ރިވިސްނުންތޫނު ކުލަދާނަވެ ރިއެއް އަޅަމެންގެމައްޗަ އިސްކު ރައްވަވާދޭއާމީން

    20
  8. މީމީހާ

    ތިބުނާ ލޯނެއް ލިބިގެން ވެސް ބުރުމާ ގަތީ ބާޒާރުން ފިހާރަ އެއް، މުވައްޒަފުން ތަށް ބިކަ ކޮށްލާފައި ބުރުމާ ބުނީ މުސާރަ ދެވޭ ވަރަށް ވެސް ރުފިޔާ ނެތޭ، އެކަމް 22 މިލިއަނަށް ރުފިޔާ އަށް ފިހާރަ އެއް ގަނެވިއްޖެ

    17
  9. އަބްސީ

    ނަމާދުގަ ކޮވިޑްއިން ސަލާމަތް ވުމަށާއި މިވެރިކަން އަވަސްނިމުމަކަށް އައުމަށް ދުޢާކުރަން އެބަޖެހޭ މިހާރު

    24
    2
  10. ކަމަނަ

    ކޮވިޑޭ ކިޔައިގެން ހާދަމޮހޮރުއްޕާނެއްކުރެޔޭ ބައެއް ވިޔަފާރިތައް އެންމެ ހިނގާގަޑިއަކީމީ މީ ކިހިނެއްހިންގާ ވެރިކަމެއް

    18
    1