ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފުވާ ޕާޓީތައް ސަސްޕެންޑް ކުރެވޭ އިސްލާހެއް ހިމެނޭ ގޮތަށް އެ ގާނޫނަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުށަހަޅާ އިސްލާހުތަކުގެ ޑްރާފްޓް ކަރުދާސް އެކުލަވާލައިފިއެވެ.

"ވީޓީވީ" ގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ، މިހާރު ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ގޮތުން ޕާޓީއަކު ގާނޫނާ ހިލާފު ކަމެއް ކުރުމުން އޮންނަ އަދަބުތަކަކީ އެންމެ އިންސާފުވެރި އުސޫލު ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެއީ ޕާޓީއެއް އުފެދެނީ ވަރަށް ގިނަ ބަޔެއްގެ މަސައްކަތުން ކަމަށް ވާތީ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން، ޕާޓީއަކުން ގާނޫނާ ހިލާފު ވުމުން ފުރަތަމަ ދެވޭ އަދަބީ އެ ޕާޓީއެއް ޖޫރިމަނާ ކުރުމެވެ. ޖޫރިމަނާ ނުކުރެވިއްޖެނަމަ ދެން އޮންނަނީ ޕާޓީ އުވާލުމެވެ.

ޕާޓީއެއް އުވާލުމުގެ ކުރިން ވަކި މުއްދަތަކަށް ޕާޓީ ސަސްޕެންޑް ކުރާ ގޮތަށް ހުށަހަޅާފައިވާނެ އަކްރަމް ވިދާޅުވިއެވެ. ސަސްޕެންޑް ކުރެވޭ މުއްދަތުގައި ކުރެވޭނީ ހަމައެކަނި އީސީން އިސްލާހު ކުރަން އަންގާ ކަންކަން އެކަނި ކަމަށާއި، އެ މުއްދަތުގެ ތެރޭގައި އެކަން އިސްލާހު ނުކޮށްފިނަމަ ޕާޓީ އުވާލުމާ ހަމައަށް ފިޔަވަޅު އަޅާނީ ކަމަށް އަކްރަމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޑްރާފްޓުގައިވާ ގޮތުން ސިޔާސީ ޕާޓީގެ ކޮންގްރެސް ބޭއްވުމަށް އޮންނަ މުއްދަތު ތެރޭގައި ކޮންގްރެސް ނުބާއްވައިފިނަމަ އެ ޕާޓީއެއް ސަސްޕެންޑް ކުރާނީ. ދެން އެ ޕާޓީ އަށް ދޭނީ މުއްދަތެއް. އެ މުއްދަތުގައި ބޭއްވޭނީ ހަމައެކަނި ކޮންގްރެސް." އަކްރަމް ތަފްސީލް ކޮށްދެވިއެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޫކުރާ އުސޫލާއި، ސިޔާސީ ޕާޓީތަކުގެ މާލީ ބަޔާން ހުށަހަޅާ އުސޫލަށް ވެސް ބަދަލުތަކެއް ގެންނަން އީސީއިން ގާނޫނަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ ޑްރާފްޓްގައިވެއެވެ. ނަމަވެސް ޕާޓީތަކާ މަޝްވަރާ ކުރުމަށް ފަހު، އިތުރު ބަދަލުތަކެއް ގެންނަން ޖެހޭނަމަ ގެންނާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މަސްއޫދު

    ތިމަރަވަގު ތިޔައުޅެނީ ދިވެިންގެ އެތައްބައެއްގެ ގައިގައި އަތްލާންވެގެން ތިޔަހެން ނަހައްދަވާ ގައުމުގެ މަސްލްހްތު އިސްކުރައްވައިގެ ގައުމަށް ފައިދާހުރިގޮތައް މަސައްކަތްކުރައްވާ! އަބަދަކު ދިހެންވެސް މަޑަކުންނުތިބޭނެ

    30
  2. ސޮރު

    އިލެކްޝަންސްގެ ތިބޭ ހައްކަމީހުންގެ ވަޒިފާ ސަލާމަތްކުރަން ތިޔައުޅެނީ. ތިކަންތަކެއްބަލައެއނުގަނެވޭނެ. ތިޔަމީހުން ގަބޫލުކުރާގޮތުގައި މިހާރު އޮންނަންޖެހެނީ އެއްމެ ޕާރޓީއެއް.

  3. ކަނަމަނަ

    ފުރަތަމަކަމަކައް ރައްޔަތުންވެގެން އަކުރަމް އާއި ޝަރީފް ވަނީ ތިތަނުންބޭރުކުރަން ތިދެމީހުންވެގެން އިލެކުޝަންހަލާކުކުރަނީ ތީވޯޓުންވައްކަންކުރަންވަރައްމޮޅުދެމީހުން ތިދެމީހުންގެ ނިމުން ކިހިނެއްދާނެބާ

  4. ގަމާރު

    ސަސްޕެންޑު ކުރަނީ އޭ ބުންޏަކަސް ކަމަކު ނުދާނެ ސަސްޕެންޑު ކުރާ މުއްދަތުވެސް ބަޔާން ކޮއްދޭންޖެހޭނެ ސަސްޕެންޑު ކޮއް އިސްލާހު ނުވެއްޖެއްޔާވެސް ދެންވެސް ކުރެވޭނެ ވަރައްގިނަ ކަންތައް ހުންނާނެ އެއިންއެއްވެސްކަމެއް ނުކޮއް އުވައެއްނުލެވޭނެ ތިޔައުޅެނީ ވަކިބަޔަކާ ދިމާކުރަންވެގެން އެހެންނޫނަސް ވަގުންނައް ހީވާނެ ދެންވެސް ތިބޭނީ ވަގުންނޭ ތިމާގެބާރުގަދަކުރަން ނޫޅެ

  5. އީސީ ގެ މުލުވަގު

    ޕީޕީއެ މް އުވާލިޔަސް ދަވާލިޔަސް ކާލިޔަސް ބޯލިޔަސް ރައީސްޔާ މީން ގެ ފިކުރު ރައީސްޔާ މީންގެ ފިކުރު ރައީސްޔާ މީންގެ ފިކުރު އޮތީ ޕީޕީއެ މްގެ ވަރުގަދަ ފަހުލަވާނުންގެ ހިތުގައި އޮތްފިކުރެއް ބަދަލެއްނުވާނެ އީސީ ޝަރީފު ވަކަން ނުކުރާކަ މަކަށް ނުވާނެ ޕީޕީއެ މް އުވާލިޔަސް ދަވާލިޔަސް ނޮޅާލިޔަސް ފުޑާލިޔަސް ކާލިޔަސް ބޯލިޔަސް ވަގުންވާނީ ހަ މަވަގުންނަށް ތި މާ މެނަކީ. މާބާރުގަދަ ބަޔަކަށްހެދިގެން ތިބައިގަނޑު ތިހިންގާ ޖަރީ މާ ﷲބައްލަވާވޮޑިގެން ވާކަންހިތަށްނާރަނީބާ ދާދިކުޑަހިދުކޮޅެއްގެ ތެރޭގައި ޖާހިލުންގެ އަނިޔާވެރިންކަން ނިން މަވާށި އިންޝަﷲ

  6. މުލުވަގު ކިހިނެއްތަ ރައީސްޔާމީންގެ ފިކުރުބަދަލުކުރާނީ؟ޕާޓީ އުވާލައިގެ ހަރާންލާރިތަކެއް ކެވިދާނެ!

    ލާދީނީ ފިކުރުގެ ޖާހިލުންގެ. މަޤުސަދަކީ ޕީޕީއެ މް އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް ޕީޕީއެ މް އުވާލުން ޕީޕީއެ މް އުވާލާފައި އުވާލިއްޖެކަން އަބަދުވެސް ހަދާންބަހައްޓާތި ޕީޕީއެ މް އުވާލައިފިނަ މަ އެ މްޑީޕީ ވެސް ވުޖޫދުން ފޮހެވިގެން ދިއުން އެކަށީގެން ނުވޭބާ ޕާޓީ އުވާލިޔަސް އަހަރެ މެނަށް ޕީޕީއެ މް މީހުންގެ ނަ މުގައި ތިބެވިދާނެނު ބަޕާޓީއެއް ނޫނޭ. މުހިމްމީ ރައީސްޔާ މީންގެ ފިކުރޭ މުހިތްމު މުވެ ގެން މިއު ޅެނީ ދެންތިބަޑުގެ ގޮހޮރުގައިކަން ނޭގެ ހުޅުހިފާނީ ކައިފަބަހައްޓާ ބަޑުފެޅެންދެން ކެވުނުވަރަކަށް ކާންވާނެ ހަދާން ކުރާތި ފަހުބޮޑި ފިސާރިހޫނުވާނެ. އީސީގެ ބޮޑުވަގު

  7. ހަޖަމް ކުރަން ދަކޮށްބަލަ ޝަރީފް

    އިދިކޮޅު ޕާޓީ އުވާލާފަ އެކަން ހަދާން ބަހައްޓާތި ހިޔާލުފާޅުކުރު މުގެ މިނިވަންކަން އޮންނަންޖެހެނީ ވަކިބަޔަކު ވެތިކަން ކުރާއިރުތަ ކޮބައިތަ މިނިވަންކަ މޭ ގޮވަ މުން މަގު މަތީގައި ހަޔާތްގޮވަ މުން ހިގާ މީހުނަށް ދުއްތުރާކުރަ މުން ދުވުނު އެ މްޑީޕީގެ ލާދީނީ ރީނދޫ ގުންޑާތައް!

  8. ރާއްޖެތެރެ

    ހަގީގަތުގަވެސް އިންޑިޔާއިން ފަންޑު ކުރާބައެއް ތީ.

  9. ކާފަބޭ2020

    ފެންކޮޅުކުޑަވާވަރަކަށް ބާރަށްތެޅެވޭނެ ތެޅެވޭވަރަކަށްދާނީ.....