އިދިކޮޅު ޕާޓީތަކަށް ތާއީދު ކުރާ ޒުވާނުންތަކެއް އިސްނަގައިގެން މިއަދު ކުރިއަށް ގެންދިޔަ ސައިކަލު ބުރުގައި ހައްޔަރު ކޮށްފައިވާ ފަރާތްތައް އެއްވެސް ޝަރުތަކާއި ނުލާ ދޫކޮށްލުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

ވައްކަމާއި ދެކޮޅަށް މިއަދު ހަވީރު 16:00 ގައި ފެށި މި ސައިކަލު ބުރަށް ފުލުހުން ހުރަސް އެޅުމުން ބައެއް ޒުވާނުން ވަނީ ސައިކަލުތައް ބެހެއްޓުމަށްފަހު، އެ ސައިކަލު ބުރު ހިނގާލުމަކަށް ބަދަލުކޮށްފައެވެ. މި ހިނގާލުމުގައި އިދިކޮޅު އިސް ބައެއް ފަރާތްތަކުން ބައިވެެރި ވިއެވެ.

މި އެއްވުމުގެ ތެރެއިން 41 މީހަކު މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އިދިކޮޅު ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނީ، ޒުވާނުން އިސްނަގައިގެން މިއަދު މާލޭގައި ކުރިއަށް ގެންދިޔަ ސުލްހަވެރި ސައިކަލު ބުރުގެ ތެރެއިން ގިނަ އަދަދެއްގެ ޒުވާނުން ހައްޔަރު ކޮށްފައިވާތީ އެކަން އެ ދެޕާޓީން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އިދިކޮޅުން ބުނީ އެ ހަރަކާތަކީ އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ޒުވާނުން ރާވާ އިންތިޒާމު ކުރި ހަރަކާތެއް ކަމަށެވެ.

"ވަރަށް ސުލްހަވެރިކަމާއި އެކު ތިއްބާ ފުލުހުން އައިސް އެމީހުން ހައްޔަރު ކުރުމަށް އަމަލުތައް ބެހެއްޓި ގޮތުން މި މިންގަނޑުތަކާއި ހިލާފުވެފައިވާތީ ކަންބޮޑުވަން" އިދިކޮޅުން ބުންޏެވެ.

މިހަރަކާތުގެ ތެރެއިން ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބޭ ކަމަށާއި އެފަރާތްތަކުން ދޫކޮށްލުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

މީގެއިތުރުން އިދިކޮޅުން ވަނީ ރާއްޖެ އަޅުވެތި ކުރުމާއި ދެކޮޅަށް ރައްޔިތުން ކުރަމުންދާ އިހްތިޖާޖުތައް ނުހުއްޓުވުމަށާއި ޤާނޫނު އަސާސީން ލިބިދީފައިވާ ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް ނޭޅުމަށް ސަރުކާރަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ކިޔުންތެރިއެއް

  މިނިވަންކަމަށްބުނާ މުއައްސަސާތަކުންނާ ސަރުކާރަށްވެސް ދިވެހި ގައުމު ، ދިވެހިން އަދި ދީނަށް ކޮށްމެގޮތެއް ހެދިޔަސް ކެއްކޮށްލެވޭނީ ވަކިވަރަކަށް. މާޒީ ހަނދާކޮށްލުން ރަނގަޅުވާނެ. ގައުމުގެ މިނިވަންކަމާ ދީނައްޓަކާ ކޮންމެ ގުރުބާނީއެއްވާންވެސް ގައުމުދެކެ ޙަގީގީ ލޯބިވާ ދިވެހިންވާނެކަން ހަނދާންނައްތާނުލާތި.

 2. ވަތަނީ

  ސައިކަލު ބުރަކީ ސަރުކާރު ފޭލްވެ ރައްތުންނަށް ގޮތްހުސް
  ވެފައިވާތީ ވެރިކަމުގައި ތިބިމީހުން ޖަބާދުދާރީ ކުރުވުމަށް
  ކުރަމުން ދިޔަ މިއްނެތް މަސައްކަތެކެވެ އެމީހުންނާޢި އެމީހުންގެ އާއިލާތައް ނުރައްކަލަށް ކުރިމަތިލައިގެން ނުކުތީ
  ގައުމަށްޓަކައެވެ މިފަދަ ބަޔަކު ހައްރުކޮށް އަދަބުދިނުމަކީ
  ވަރަށް ހިތާމަހުރި ކަމެކެވެ އަދި ޑިމަކްރަސީ އަށް ކުރެވުނު
  މަލާމާތެކެވެ.

 3. ނޝީދު ބޭބެ

  ތިކަމާ އެބަ ވިސްނަން!

  4
  1
 4. ކަނަމަނަ

  ލަދެއްވެސްނުގަނޭ ޕޮލިހުންގެތެރޭ މިއުޅޭ ސަރުދާރުންތައް ރައްޔަތުންނައް އަނިޔާކުރާއިރު ތީހަމައުވާލަންވެފައޮތްތަނެއް އެއިރެއްގަވެރިކަމުގަތިބޭބައެއްގެ ވަށާއެބުރެނީ އެއްވެސް އިންސާފެއްނެތި

  4
  5
 5. ޤޟ

  މުޅި ދުނިޔެ އެއްވުންތައް ނުބާއްވާށޭ ކިޔަމުންދާއިރު މީ ކޮންބައެއްތަ މަޖުމަތީގައި ސަކަރާތްޖަހަން. ހަމަ ޖަލަށް ލާންވީ. ކިހާ ބައެއް ނުރައްކަލަށް ހުށައެޅިގެންދާނެ ކަންކަން ތިހުންނަނީ.

  1
  3
 6. ސަރުބަތު

  އިދިކޮޅޭމެން މިއުޅެނީ ހަނގުރާމައެއްގަތަ!؟ ޒުވާނުންނޭ ހޭލާ!!