މިއަދު ފަތިހު ސިނަމާލެ ބްރިޖާއި ގުޅިފައިވާ ހަލިމަގު (ހައިވޭ)ގައި ހިނގި އެކްސިޑެންޓަށްފަހު ނަމާދު ކުރި މީހާ ހުރީ މަސްތުގެ ހާލަތުގައި ނޫން ކަަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މިހެން ވިދާޅުވެފައި ވަނީ މިއަދު ހަލިމަގުގައި ހިނގި އެކްސިޑެންޓަކަށްފަހު މޫދުން ވުޟޫކޮށް ނަމާދު ކުރަން ހުރި މީހެއްގެ ވީޑިއޯ އާންމުކޮށް ޓްވިޓާގައި އެމީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ވާހަކަ ދެކެވެމުން އަންނާތީ ކަމަށެވެ.
''ވަގުތު'' އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުލުހުން އެސަރަހައްދަށް ގޮސް ބެލި ބެލުމުން އޭނާ ހުރީ މަސްތުގެ ހާލަތުގައިކަން ފާހަގަ ކުރެވިފައި ނުވާކަމަށެވެ.
Miadhu hendhunu masthuge haalugai huri meeheh Highway mathin dhuvvi car accident vumun moodhun vuloo kohgen highway mathee namaadhu kohfi.
Ithuru mauloomaathu: https://t.co/5NpwgmOVYz pic.twitter.com/RucrgCiXUW
— #MvCrisis (@MvCrisis) September 16, 2020
ފުލުހުން ވިދާޅުވީ މިއަދު ފަތިހުގެ ވަގުތެއްގައި ހަލިމަގުން ހުޅުމާލެއަށް ދަތުރުކުރަމުން ދިޔަ ކާރެއް ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓު ވެފައިވާކަމުގެ ރިޕޯޓު ފަތިހު 5:00 ހާއިރު ވަނީ ލިބިފައި ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާކަމަށާއި ނަމަވެސް ކާރަަށް އެކި ވަރުގެ ގެއްލުން ލިބިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި މި ހާދިސާގައި ހޮޅިދަނޑިވެސް ވަނީ ބިންދައިގެން ގޮސްފައި ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުން ވިދާޅުވީ ކާރު ދުއްވަން އިނީ 39 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާގެ އަތުގައި ކާރު ދުއްވުމުގެ ލައިސަންސް އޮތް ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެެވެ.
އައުރަ ނިވާނުކޮއްތޯ ނަމާދު ކުރަނީ.
ބަލަ އެމީހާގެ ސޯޓު ކުޑަކޮށް ކަކޫނިވައިފައި އެބައިން
ކުޑަކޮށްތަ ކަކޫ ނިވާވާން ޖެހެނީ.. ވާނުވާގަތަ ތިހުރީ..
ދެން ނަމާދު ދޫކުރުންތަ ރަނގަޅު ވަނީ
ކަކޫ އެހުރީ ނިވާވެފައެއްނޫންތަ. އެހެންނޫނަސް ވަގުތު ފާއިތު ވެދާނެކަމުގެ ބިރުހީވެއްޖެނަމަ އެހުރި ގޮތަކަށް ޖެހޭނީ ނަމާދު ކުރަން. ނަމާދު ވަގުތުން ފަސްކުރަން އެއްވެސް އުޒުރެއް ނެތް.
ކޮނމެ ކަމަކުން ވެސް ތީ ދޯ ނުބައި ނިއަތް ހުނަން މީހުން.
ބަލަގަ އޭނަ ނަމާދު އެކުރަނީ ވަގުތު ފާއިތު ވާތީއޭ.
ކޮންމެ މުސލިމަކަށްވެސް އެމީހަކު ހުރި ކޮންމެ ތަނެއްގަ ނަމާދު ކުރުމަށް އިސްލާމްދީނުގަ އޮންނަނީ ރާއްޖޭގެ މީހުން އަދި އަލަށް ފެނުނީމަ އާވީ
ތަނަކުން މީހަކު ފެންނަ އިރަށް ތިފޮޓޯ ނެގުން ހުއްޓާލަބަލަ!
ގެންގުޅޭ ފޯނޭ ސްމާޓީ މީހާ ގެ ސްމާޓު ކަމެއް ނެތޭ!
ތިބުނީ އަސްލުވަރަށް ވަރަށް ބޮޑުތެދެއް. މީގެ އަހަރުތަކެއްކުރިން އެއްދުވަހެއްގަ ސަގަރު ޕާކްތެރޭ ތިބި ގެސްޓުން ތަކެއްގެ ކާރީ މަޑުކޮށްލާގެން ހުއްޓާ ފޮޓޯއެއްނަގާ ނޫހެއްގަ ޖަހާ އަބުރައް އަރާގަންފަވޭ ސުރުހީގަ ޖަހާފައޮންނަނީ އަދިވެސް ގެސްޓުންފަހާދުވުން ހުއްޓާލާކަށް ނުވޭބާ؟ ފެރީގެ އިންތިޒާރުގަ މަޑުކޮށްލައިގެން ހުރި އަޅުގަނޑު މީގެސްޓުންނާ ގުޅުހުރި ކަމެއްގަ އުޅެމުންދާ މީހެއްވެސްނޫން. އާންމުކޮށް ފެރީފުރާ ސަރައްދަކީ އެއީ ކްމައްވާތީ ވަރަށް ގިނައިން އެހިސާބުގަ މަޑުކޮށްލާގެން ހުންނަން. މިހާދިސާ ހިނގަން މެދުވެރިވީ ބައެއްގެ ރޭވުމެއްގެ ތެރެއިން ކަންވެސް ފަހުންއެނގުނު. އެކްސްކާޝަން އަށް މާލެ އަންނަ ގެސްޓުން ފަހާދުވާތަން ފެނި ގައިޑުންގެ މީހަކާ ދިމާލައް އެއްޗެއް ބުނެވުނީތީ ބަދަލު ހިފުމުގެ ގޮތުން އޭނާ ކުރަމުންދިޔަ ކަންތައް އަޅުގަނޑުގެ ބޮލުގަ އަޅުވާ އެލަދުގަ އަޅުގަނޑު ބައްދާލި އިރު ނޫސްވެރިޔާ އަށް ކަންހިގާ ގޮތްއެވަނީ އޮޅުވާލާފަ. ނަމަވެސް އެއިން ކަމަކާ އަޅާނުލީ އެއީ ހަގީގަތް ނުބަލާ ކަންކަމުގަ އަމަލު ކުރާ މީހުންވެސް އުޅޭނެ ކަންއެނގޭތީ. މޮޅުކެމެރާއެއްއަތގަ އޮތުމަކީ ހަގީގަތުގަވެސް މީހެއްގެ މޮޅުކަމެއްނޫން.
މާޝާﷲ
ޢެމްވީ ކްރައިސިސް އަަށް ކިހިނެއް އެނގުނީ އޭނަހުރީ މަސްތުވެގެން ކަމެއް؟
އެއީ ޝޯޝަލް މީޑިޔާގެ ކިންގް.
އެހެންވެ އެގޭނެއެއްނު
ފަތިސް ނަމާދު ކުރަނީ އިރު އެރީމަތަ؟ އެމަގަށް އެރުމުގެ ކުރިން ވުޟޫ ކޮށްލައިން އެރޭނެ! ހަމަ ބުނެލީ! ނޮޓް ޖަޖިން ހިމް! ގޯޑް ނީސް އެވްރީ ތިންގް! އެކަހަލަ ކަމެއް ނެތް ނަމަ ވަރަށް ރަނގަޅު މީހެއް ތީ! މާތް الله އެމީހާއަށް ގިނަ ސަވާބު ދެއްވާށި!
އެމީހާ ނަމާދު ކުރީތީ ގޯސްވީ! ދިވެހި މެދުމިނުގެ ގޮތަކީ ނަމާދު އަޅާފަ ވީޑިއޯކުރަން އުޅުން
ތިމާވީ ކޮންނެ ތަނެއްގައި ނަމާދު ގާއިމު ކުރާށެވެ.
ރާއްޖޭގަ އުޅޭ "މެދުމިނު މުސްލިމްސް" ނަމާދު ގަޑި ފާއިތު ވެގެން ދާއިރުވެސް ތި ބޭނީ ކޮފީ ތަށްޓަކަށް ނޫނީ ސޯށަލް މީޑިއާއަށް އަޅުކަން ކުރަން.
އެފަދަ މީހުން ގިނަ ތަނެއްގަ މި ކަހަލަ ކޫލް ކުއްޖަކު ފެނުނީމަ އާވީ ނަމާދު ނުކުރާ ކަޑަ ގުރޫ ޕަށް .
އެކްސިޑެންޓްވީމަ އެސަރަހައްދުގަ ތާށިވީމަ ދެންނަމާދު ނުކޮށް ހުރެއްޖެނަމަ ނަމާދުއެޅިދާނެ ކަމަށް ހީވުމުން ނަމާދު ކުރަންޖެހޭ. އެހެންވީމަ އެމައްސަލައެއް ނޫން.
މާ ޝާ ﷲ! އެކަމަކު އޭނަ ރުކޫޢަށް ގޮއްސަ ތެދުވެ، އަނެއްކާ ވެސް، ހަށަމް ބަނީ އެވެ! ރުކޫޢިން ތެދުވެ ހުންނަންޖެހޭނީ އިޢުތިދާލަށެވެ. އެހުންނަ ހުރުމުގައި ހުންނަންޖެހޭނީ ދެއަތް އެލުވާލައިގެންނެވެ. ހީވާގޮތުން އޭނައަށް އޮޅުމެއް އެރީއެވެ. އިމާމުންނަށް ވެސް އޮޅޭ ފަހަރު އާދޭ ނޫންހެއްއެވެ! އުންމީދަކީ، އެޒުވާނާއަށް މި ކޮމެންޓް ފެނި، އެކަމާއިމެދު ވިސްނުމެވެ. ﷲ އެ ޒުވާނާ އަށާއި، އެންމެހައި ލޮބުވެތި ރައްޔިތުންނަށާއި، އަޅުގަނޑުގެ ނަފްސަށް ރަޙުމަތާއި، ހެޔޮވިސްނުމާއި، ހެޔޮގޮތްތައް މިންވަރު ކުރައްވާށި! އާމީން
ރުކޫއުން ތެދުވެ އަތްބާއްވަން ޖެހޭތޯނޫންތޯ އެއީ އަސްލު ބޮޑެތި ޢިލްމުވެރީންގެ މެދުގަވެސް އޮތް ފިގުހީ އިޚްތިލާފީ މައްސަލައެއް. މިބުނީ މިޒަމާނުގެ ހަމަ ޑިގްރީއެއްނަގާ މީހަކު ޝުބުހަ އުފައްދާ ޚިލާފުވާތީ އޮންނަ 'އިޚްތިލާފެއް' ނޫން. އަސްލު ހަމައޮތް އިޚްތިލާފެއްގެ ވާހަކަ. ދެން މާތް ﷲ މޮޅަށް ދެނެވޮޑިގެންވަނީ. އިތުރަށް މިކަމާ ނޫޅުނިއްޔާ ރަނގަޅުވާނީ.
މީހަކު ނަމާދެއް ކުރިއަސް އެކަންތައްވެސް ބޮޑު ނަވަކަށް!! ރާއްޖޭގައި މައްސަލައަކަށް ވާންޖެހޭ ކަހަލަ އެއްވެސް ކަމެއް މައްސަލައަކަށް ވެގެން އުޅޭ ތަނެއް ނުފެނޭ.