ގދ. ފަރެސްމާތޮޑާގައި ހޯމް ކަރަންޓީންގައި ހުރި ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއީ ހޯމް ކަރަންޓީންގައި ހުއްޓައި، އެ ރަށުން ފައްސިވި ދެ ވަނަ މީހާއެވެ.

ފަރެސްމާތޮޑާ ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސޮބާހް މިރޭ ވިދާޅުވީ އެ ރަށު ކަރަންޓީނުގައި ހުރި މީހަކު ޓެސްޓު ހަދައި ލިބުނު ނަތީޖާ ފައްސިވެފައިވާ ކަން އެނގުނީ ރޭގެ ވަގުތެއްގައި ކަމަށެވެ. ފައްސިވެފައި ވަނީ 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާއާ ކޮންޓެކްޓު ވި މީހުން ހޯދުމަށް ކޮންޓެކްޓު ޓްރޭސިން ހަދަމުން އަންނަ ކަމަށް ސޮބާހް ވިދާޅުވިއެވެ.

މިހާތަނަށް ހަ މީހެއް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ކަމަށާއި އެމީހުން ހޯމް ކަރަންޓީނު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފާހަގައެެއް ނެތް ކުރެވިފައެއް މާ ގިނަ ބަޔަކާ އޭނާ ކޮންޓެކްޓުވި ކަމަކަށް. އެކަަމަކު ވެސް އެބަ ހުރި ބައެއް މީހުންނާ ކޮންޓެކްޓު ވެފަ. އަދިވެސް ކޮންޓެކްޓުވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން މިދަނީ'' ސޮބާހް ވިދާޅުވިއެވެ.

ސޮބާހް ވިދާޅުވީ ކޮންޓެކްޓުވި މީހުން ހޯދައި އެމީހުން ހޯމް ކަރަންޓީނު ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކިޔުންތެރިޔާ

    ހޯމް ކަރަންޓީންގަ ހުރި މީހަކާއި ކޮންޓެކްޓް ވެއްޖެނަމަ އެ ވާނެތަ އަ ސްލުވެ ސް ހޯމް ކަރަންޓީނަކަށް؟