22:01

ރާއްޖެ އިން އިތުރު 48 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

17:50

ކޮވިޑް-19ގެ ސަބަބުން މާލީ ދަތިކަން ކުރިމަތިވެފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްކަކަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް 283.2 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެ.

16:48

ކޮވިޑް-19ގެ ސަބަބުން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި މިހާތަނަށް 79.2 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެ.

15:30

14:39

ދ. ކުޑަހުވަދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

13:35

ވެތެރަން އެކްޓްރެސް އަދި މަރާތީ ތިއޭޓަރުތަކުގައި މަޝްހޫރުކަން ހޯދި އަޝަލަތާ ވަބްގައޮންކަރް ކޮވިޑް-19 ޖެހިގެން މަރުވެއްޖެ.

12:38

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މިއަދު ރާއްޖެ ވަޑައިގެން ކަރަންޓީންވެ ވަޑައިގެންފި.

12:13

އިންޑިއާ އިން އިތުރު 2،558 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 5،561،663 އަށް އަރައިފި. މިހާތަނަށް މަރުވީ 88،965 މީހުން.

 

12:12

މެކްސިކޯ އިން އިތުރު 204 މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 73،697 އަށް އަރައިފި. އަދި އިތުރު 2،917 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 700،580 އަށް އަރާފައި.

 

12:11

ޕާކިސްތާންގައި އިތުރު ހަތަރު މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 6،424 އަށް އަރައިފި. އަދި އިތުރު 582 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 306،886 އަށް އަރާފައި.

 

12:10

އިސްރާއީލުން އިތުރު 1،650 މީހަކު ފައްސިވެ، ބަލި ޖެހުނު މީހުންގެ އަދަދު 192،579 އަށް އަރައިފި. މިހާތަނަށް މަރުވީ 1،273 މީހުން.

 

12:09

ޔޫކްރެއިންގައި އިތުރު 59 މީހުން މަރުވެ، މަރުވި މީހުންގެ އަދަދު 3،642 އަށް އަރައިފި. އަދި އިތުރު 2،884 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 181،237 އަށް އަރައިފި.

 

12:08

ބޮލީވިއާގައި އިތުރު 37 މީހުން މަރުވެ، މަރުވި މީހުންގެ އަދަދު 7،654 އަށް އަރައިފި. އަދި އިތުރު 310 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 130،986 އަށް އަރައިފި.

 

12:08

ކަޒަކިސްތާންގައި އިތުރު 67 މީހަކު ފައްސިވެ، ބަލި ޖެހުނު މީހުންގެ އަދަދު 107،374 އަށް އަރައިފި. މިހާތަނަށް މަރުވީ 1،671 މީހުން.

 

12:07

ބެލްޖިއަމުން އިތުރު ދެ މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 9،950 އަށް އަރައިފި. އަދި އިތުރު 1،097 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 103،392 އަށް އަރައިފި.

 

12:04

ޗައިނާ އިން އިތުރު ހަ މީހަކު ފައްސިވެ، ބަލި ޖެހުނު މީހުންގެ އަދަދު 85،297 އަށް އަރައިފި. މިހާތަނަށް މަރުވީ 4،634 މީހުން.

 

12:03

ހޮންޑޫރާސް އިން އިތުރު 20 މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 2،204 އަށް އަރައިފި. އަދި އިތުރު 459 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 72،075 އަށް އަރާފައި.

 

12:03

އުޒްބަކިސްތާންގައި އިތުރު ތިން މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 440 އަށް އަރައިފި. އަދި އިތުރު 421 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 52،491 އަށް އަރާފައި.

 

12:02

ކިރިގިސްތާންގައި އިތުރު 71 މީހަކު ފައްސިވެ، ބަލި ޖެހުނު މީހުންގެ އަދަދު 45،542 އަށް އަރައިފި. މިހާތަނަށް މަރުވީ 1،063 މީހުން.

 

12:01

އެލް ސަލްވާޑޯގައި މަރުވި މީހުންގެ އަދަދު 814 އަށް އަރައިފި. މިހާތަނަށް ފައްސިވީ 27،798 މީހުން.

 

12:01

އޮސްޓްރޭލިއާ އިން އިތުރު ތިން މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 854 އަށް އަރައިފި. އަދި އިތުރު 30 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 26،942 އަށް އަރައިފި.

 

12:00

ދެކުނު ކޮރެއާ އިން އިތުރު ތިން މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 388 އަށް އަރައިފި. އަދި އިތުރު 61 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 23،106 އަށް ވަނީ އަރާފައި.

 

11:59

ޓިއުނީޝިއާ އިން އިތުރު ފަސް މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 164 އަށް އަރައިފި. އަދި އިތުރު 528 މީހަކު ފައްސިވެ، ބަލި ޖެހުނު މީހުންގެ އަދަދު 11،260 އަށް އަރައިފި.

 

11:58

މިޔަންމާ އިން އިތުރު ދެ މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 100 އަށް އަރައިފި. އަދި އިތުރު 320 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 6،471 އަށް އަރައިފި.

 

11:58

ތައިލެންޑުން އިތުރު ފަސް މީހަކު ފައްސިވެ، ބަލި ޖެހުނު މީހުންގެ އަދަދު 3،511 އަށް އަރައިފި. މިހާތަނަށް މަރުވީ 59 މީހުން.

 

11:57

މޮންގޯލިއާ އިން އިތުރު އެކަކު ފައްސިވެ، ބަލި ޖެހުނު މީހުންގެ އަދަދު 313 އަށް އަރައިފި. މިހާތަނަށް މީހަކު މަރުވެފައެއް ނުވޭ.

 

11:00

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ޗައިނާގެ ރައީސް ޒީ ޖިންޕިން ގެންގުޅުއްވާ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކީ ޗައިނާގެ ބިލިއަނަރެއް ކަމަށްވާ ރެން ޒީކިއަންގް 18 އަހަރަށް ޖަލަށް ލާން ޙުކުމް ކޮށްފި.

09:59

ރާއްޖޭގެ ރަށް ރަށުގައި އާންމު ޚިދުމަތްދޭ ތަންތަން ހުރީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭގެ) ގައިޑްލައިންތަކާ އެއްގޮތަށްތޯ ކަށަވަރު ކުރުމަށް، އަންނަ ހަފްތާގައި އިންސްޕެކްޝަންތައް ފަށާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ހާމަކޮށްފި.

09:01

އެމެރިކާ އިން އިއްޔެ 36,372 މީހަކު ކޮވިޑް-19 އަށް ފައްސިވެ، 388 މީހަކު މަރުވި. އެމެރިކާގެ ގިނަ ސްޓޭޓްތަކުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން އައި ނަމަވެސް ތިން ސްޓޭޓެއްގެ ހާލަތު ކުރިއަށް ވުރެ ގޯސްވަމުންދާ ކަމަށް ރިޕޯޓްތައް ބުނޭ. ހާލަތު ގޯސްވަމުންދާ ސްޓޭޓްތަކަކީ ވިސްކޮންސަން، އުޓާ އަދި އިޑާހޯ.

08:57

ކޮވިޑް-19 ޖެހިގެން ނިސްބަތުން އެންމެ ގިނަ މީހުން މަރުވެފައި ވަނީ ދެކުނު އެޝިއާ ސަރަހައްދުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި. ޑަބްލިއުއެޗްއޯ އިން ބުނީ ދެކުނު އޭޝިއާ އިން މަރުވާ މީހުންގެ ނިސްބަތް ހުރީ %35 ގައި ކަމަށް. ޔޫރަޕްގައި މިނިސްބަތް %27 ގައި ހުރިއިރު އެމެރިކާގައި މިނިސްބަތް ހުރީ %22 ގައި. ނަމަވެސް މުޅި ދުނިޔެއަށް ބަލާއިރު ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ނިސްބަތް ހުރީ %10 ގައި.

05:33

04:49

04:13

04:09

އެމެރިކާއިން އިތުރު 32078 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 295 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 7042468 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 204413 މީހަކު ވަނީ މަރުވެފައި.

04:08

ބްރެޒިލް އިން އިތުރު 13439 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 377 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 4558068 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 137272 މީހަކު ވަނީ މަރުވެފައި.

04:08

ރަޝިޔާ އިން އިތުރު 6196 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 71 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1109595 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 19489 މީހަކު ވަނީ މަރުވެފައި.

04:07

ކޮލަމްބިއާ އިން އިތުރު 5359 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 189 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 770435 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 24397 މީހަކު ވަނީ މަރުވެފައި.

04:07

ފްރާންސުން އިތުރު 5259 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 53 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 458061 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 31338 މީހަކު ވަނީ މަރުވެފައި.

04:07

އިނގިރޭސިވިލާތުން އިތުރު 4368 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 11 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 398625 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 41788 މީހަކު ވަނީ މަރުވެފައި.

04:06

އިންޑޮނީޝިއާ އިން އިތުރު 4176 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 124 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 248852 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 9677 މީހަކު ވަނީ މަރުވެފައި.

04:06

އިރާގުން އިތުރު 3821 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 70 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 322856 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 8625 މީހަކު ވަނީ މަރުވެފައި.

04:05

މެކްސިކޯ އިން އިތުރު 3542 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 235 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 697663 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 73493 މީހަކު ވަނީ މަރުވެފައި.

04:05

ފިލިޕީންސުން އިތުރު 3475 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 15 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 290190 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 4999 މީހަކު ވަނީ މަރުވެފައި.

04:05

އީރާނުން އިތުރު 3341 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 177 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 425481 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 24478 މީހަކު ވަނީ މަރުވެފައި.

04:04

އިސްރާއީލުން އިތުރު 3027 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 17 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 190929 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 1273 މީހަކު ވަނީ މަރުވެފައި.

04:04

ސްޕެއިން އިން އިތުރު 2957 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 56 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 671468 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 30663 މީހަކު ވަނީ މަރުވެފައި.

04:04

ޔޫކްރޭނުން އިތުރު 2675 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 26 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 178353 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 3583 މީހަކު ވަނީ މަރުވެފައި.

04:03

ނެދަލޭންޑްސް އިން އިތުރު 2217 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 2 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 95995 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 6281 މީހަކު ވަނީ މަރުވެފައި.

04:03

ޖަރުމަންވިލާތުން އިތުރު 2071 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 11 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 275548 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 9481 މީހަކު ވަނީ މަރުވެފައި.

03:42

03:09

00:31


މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވީ 46 މީހުންނެވެ. މިއަދަކީ ޖުލައި މަހުގެ 23 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

އޭޕްރީލް މަހު މާލެ އިން ކޮވިޑް-19 ފެނުމާއި އެކު މާލެ ސަރަހައްދު ފުރަބަންދުކޮށް އެޅި ވަރުގަދަ ފިޔަވަޅުތަކުގެ ސަބަބުން މެއި މަސް ނިމުނުއިރު ކޮވިޑް-19 އަށް ފައްސިވެފައި ތިބި މީހުންގެ އަދަދު މަދުވާން ފެށިއެވެ. އެއަދަދު ޖޫން މަސް ނިމުނުއިރު ވަރަށް ބޮޑަށް މަދުވިއެވެ. އެއާއިއެކު ސަރުކާރުން ވަނީ މާލެ އިން ފުރައިގެން ދިއުން ފިޔަވައި އެހެން ހުރިހާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އުވާލާފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތައް އުވާލުމުން ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެގެން ދިޔައެވެ. އެހެންކަމުން ޖުލައި މަހުގެ ފަހުކޮޅު ވަނީ މާސްކް އެޅުން މަޖުބޫރު ކޮށްފައެވެ. އަދި އޭގެ ފަހުން ރޭގަނޑު 21:00 ގެ ފަހުން މާލޭ ސަރަހައްދުގައި ވެހިކަލް ދުއްވުން ވެސް މަނާކުރިއެވެ.

ސެޕްޓެމްބަރ މަހުގެ ފުރަތަމަ ހަފްތާއަށް ފަހު ކޮވިޑް-19 އެކްޓިވް ކޭސްތަކުގެ އަދަދު އަންނަނީ ދުވަހުން ދުވަހަށް މަދުވަމުންނެވެ.

މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައި ވީނަމަވެސް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ވިސްނުމެއް ސަރުކާރުން އަދި ނުގެންގުޅެއެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޚުސެން

    ތިހެން ކިޔާ.. އޭރުން 3 ވަނަ ރާޅު އޮބި ނޯންނާނެ ވަރަށް މީހުން ހެލިފެލި ވެގަންނާނެ

  2. އަބްދޫ

    ކުޑަ ނުވޭ ޓެސްޓް ކުރިން މަދުވަނީ މަގުމަތިން މީހުންށާމްޕަލްދިނުންމަދީ

  3. އަޙްމަދް

    ރާޅަކަށްފަހު ރާޅެއް އަރަމުންދާނެ ވެކްސިން ލިބެންދެން
    އެއްމެންނަށް ވެކްސިން ދެވުނީމާ ހުރިހާ ރާޅެއް މައިތިރިވެދާނެތެވެ.
    ދެން އެއްމެން ހެވިފައި ތިބޭނީ.

  4. ލޮލް

    ޝުކުރުވެރި ވެބަލަ.. އަނެއްކާ ތިންވަނަ ރާޅެއް ބންދާލާނެ.. ރަށްރަށުން ޕޮޒިޓިވް ވާ މީހުން ގިނަ ވީމަ ތޯއްޗެއް ތިހެން ތި ކިޔަނީ