މާލޭގައި ވިޔަފާރިވެރިޔަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ވަނީ މާލޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީގެން އުޅޭކަން "ވަގުތު" އަށް ކަށަވަރު ކޮށްދެއްވާފައެވެ.

ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދީފައި ވަނީ ޝަހީދު އަލީ ހިނގުމާއި ހަވީރީ ހިނގުން ގުޅުނު ހިސާބުންނެވެ.

ފުލުހުން ވިދާޅުވީ މާފަންނު ޠައިބާ މިސްކިތް ކައިރިން ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދީފައިވާ ކަމުގެ މައުލޫމާތު މިރޭ 20:45 ކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ތޫނު އެއްޗަކުން ހަމަލާ ދީފައި ވަނީ މާޗެންޑައިޒް ލީން ފިހާރައިގެ ވެރިމީހާއަށެވެ. ހަމަލާ ދީފައި ވަނީ އޭނާގެ ކަރަށެވެ. އަނިޔާވި މީހާ މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މަންޒަރުދުއް މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ވަޅި ޖަހާފައި ވަނީ ވިޔަފާރިވެރިޔާގެ ކަރަށް ކަމަށެވެ. "ކަރަށް ވަޅި ޖެހުމަށް ފަހު ވަޅި ނައްޓާލައިގެން އޭނާ ދުއްވައި ގަތީ." އޭނާ ބުންޏެވެ.

ވިޔަފާރިވެރިޔާ އަށް ހަމަލާދީފައި ވަނީ ޒުވާނެކެވެ. "ވަގުތު" އަށް އެނގިފައިވާ ގޮތުގައި ވިޔަފާރިވެރިޔާ އަށް ހަމަލާ ދީފައި ވަނީ އޭނާ އާއި ދެބެންދެދަރި 19 އަހަރުގެ ޒުވާނެކެވެ. އެޒުވާނާގެ މައިންބަފައިން ނިޔާވި ފަހުން އޭނާ ބަލަހައްޓަނީ ވެސް ވިޔަފާރިވެރިޔާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ޠައިބާ މިސްކިތް ކައިރިން އޭނާ ދުވަމުން ދަނިކޮށް ވަނީ ހައްޔަރު ކޮށްފައެވެ. ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ.

މިރޭ މާލޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފައި މިވަނީ ތޫނު އެއްޗަކުން މީހަކަށް ހަމަލާ ނުދޭތާ ގިނަ ދުވަސްތަކެއް ވުމަށްފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. އިބޫ

  އެއްދޮރުން ވައްދާފަ އަނެއް ދޮރުން ނެރޭ އޭރުން ފުލުހުންގެ ވާޖިބު އަދާވީ.. މި އޮތީވާ ގައުމއް...

  94
  3
  • ޜުޅި

   ފުލުހުން ތަ ދޫކުރަނީ ކޯޓަކުން ނޫންތަ. ހަމަ ކަމެއްވާއިރަށް ފުލުހުންނޭ ތި ބުނަނީ

   51
   14
   • ޢެންޑީޕީ

    ކޯޓަކުން ދުލެއް ނުވާނެ. ޢެޔޮތީ ހެޔޮވެރިކަން އައިސް ޝަރުއީ ދާއިރާ އިސްލާހު ކޮށްފަ.

    15
    6
 2. ނަޝީދު

  މިއީ މިހާރު މިޤައުމުގެ ޙާލަތު! ވަރަށް ދެރަ ދޯ

  68
  3
 3. އަހްމަދު

  މާދަމާ އޭނަދޫކޮށްލާނެ ކޮންޕާޓީއެއްގެ މީހެއްބާ؟

  69
  1
 4. ސާބަހޭ

  ކާންދިން އަތުގައި ދަތްއެޅޭނީ ތިހާ ބާރަށް. 😡

  97
  • ހޯސް

   ކިހިނެތް އެނގެނީ ފިރިހެން ކުއްޖާއަށް ކަމެއްކުރީ ނޫންކަމެއް.

   13
   30
  • ކައިޒީން

   މާ ގިނައެއްޗެހި ކާންދެވުނީކަންނޭގެ.....މިސާލަކަށް ފުޑްސްކަހަލަ ކާއެއްޗެހި

   30
   1
 5. ކާރިސާސް

  ރާއްޖެއަށް މިއައި މާލީ ހީނަރުކަމާއި، ރާއްޖެއަށް ޖަމާވިފައިސާ އެއްބަޔަކު ނެގުމުގެ ސަބަބުން އައި އިޖްތިމާޢީ ހީނަރުކަމަކީ ޢާމުންތެރޭގައި ހުރި ބޭނުންތައް ވަށާޖެއްސުމަށް، ހަމަޖެއްސުމަށް އެޅިފައިވާ ހުރަހެއް. އެހެންކަމުން ކަންކަން ނުކުރެވި ޢާމުންގެ އުދާސްތައްގިނަވެ ކުރިއަށް އޮތް މަސްތަކުގައި ރާއްޖޭގައި ޚާއްސަކޮށް މާލެ ސަރަޙައްދުގައި ބޮޑެތި ކާރިސާ ހިނގާނެކަމީ ދިރާސާތަކުން ފެންނަކަމެއް . އަދި ގިނަ ޚާރިސާތައް ޢާމުންގެ ފައިސާ އަނބުރާ ފައިސާވެރިންނާއި، ބޭންކުތަކާއި އަމާޒުވުމުގެ ބިރު އެބައޮތް

  40
  2
 6. މަޔާހޮކި

  ކޮންމެވެސް ކަމެވީމަ ދޯ ވަޅިން ހަމަލަދޭނީ. އަދިއެއީވެސް ގައިތިމާގެމީހަކަ. ޓިމީހާ ކޮމެސް ކަމެކުރީ ތިކުޒާއަ.

  30
  20
 7. ނާއްޕެ

  ފެށުނީދޯ އަނެއްކާ ވަލިޖަހަން

  41
  2
 8. ހަނި

  ތިކަން ވެސް ކަލޭމެން ދެން އަޅުވާ ޔާމިނު ބޮލުގާ

  69
  6
  • ފުޅާ

   ބެގް، ބޮރޯ، ސްޓީލް، އެޓޭކް

   9
   16
  • ފަލްސަފާ

   އާނ އޭނަ ގެންގުޅެނީ މިކަހަލަ ގޮތްކުޑަ ޒުވާނުން. ޔާމިނު ޕްރޮމޯޓުކުރަން އުޅޭނެކަމެއް ނެތް ކޮންމެހެން ހުރިހާ ހަބަރެއްގެ ތިރީގަ

   10
   37
 9. ޒީރޯ ޓޮލަރަންސް

  ގައުމު މިދަނީ ކޮން މިސްރާބަކަށް. ބިރުވެރިކަން އިންތިހާއަށް. ގައުމީބަލި ޖެހިފަ ތިބި މީހުން ވަނީ މޮޔަވެފަ. އެމީހުނަށް އެމީހުން ކުރަން ބޭނުން ކޮންމެ ކަމެއް ކުރަން ލައިސަންސް ދީފައޮތްކަހަލަ.

  15
  1
 10. Anonymous

  ޙަމަ ހުރެފައެއް ނުޖަހާނެހެން ހީވަނީ ،ތިހާގާއި މީހަކު ތިކަންކުރި ސަބަބެއްވެސް އޮންނާނެ.....( ވިޔަފާރިވެރިއަކަސް މުދިމަކަސް)

  17
  7
 11. އައްޑޫ ލެއި

  ތިހުރިހާވެސް މައްސަލަޔަކީ ރައްޔިތުން މަޖިލީސް. މޮޅެތި ޤާނޫނުތައް ހަދަނީ ވަކިކަންކަ މަށް.

  23
  1
 12. މަރީހަޒުބަންޑް

  Dhimaavi massalayakee fihaarain thakethi nagaafa cousin gulhanee kommeves meehakah.

  E meehaa cousin ge phone ah fonuvanvee faisaa transfer kuri kamuge slip. Dhen fihaaraige seytah e cousin slip fonuvanvee.

  But it's a fake edited slip instead of doing transfer.

  Mikan yageen vumun cousin aai suvaalikoh police ah report kuraane kamah cousin ah angan gos vaahakadhekkee.

  Dhen hingaafa geah dhanikoh fahathun ais valhi jehee.

  15
  1
 13. ކަމަނަ

  މީގެ އެންމަސް ކުރިންވެސް ތޫނުއެއްޗަަކުން ޙަމަލަދީ މީހަކުވަނީ ޒަޚަމް ކޮށްލާފައެވެ.

 14. ކެނެޑީ

  ކަމެއްވީމަޔޭ އެހާގާތްމީހަކު އެހެން ހަނދާނީ، މިހެން މިބުނަނީ ކޮންތައުލީމެއް ތަރުބިއްޔަތެއް ލިބިފަހުރި ބަޔެއްބާ؟ ގައިމު ކިތަންމެ ރުޅިއަންނަ ކަމެއްވިއަސް ތޫނު އެއްޗަކުން ހަމަލަދޭކަށް ނުވާނެެދޯ އަދި އެވެސް ކަރަށް...

  13
 15. އ މ ރ ބ

  ދުވަސްތަކަކަށް ނަމަވެސް ތިކަން ތިވަނީ ހިނގާފައި، ތީ ބަލައިގަނެވޭނެ ކަމެއްނޫން، ދެއް މައްސަލައަކަށްވެގެންދާނީ، ޕޮލިހުން ހައްޔަރު ތިކުރި ޒުވާނާ މާދާމާ ދޫކޮށްލުން، އޭރުން އަނެއްކާވެސް އެޒުވާނާއަށް އެ ލިބުނީ ކުށްކުރުމަށް އިތުރު ހިއްވަރު، ދެން ފެނިގެން ދަނީ އަނެއްކާ އެކަހަލަ ދެވަނަ ކަމެއްހިންގާ މަންޒަރު، އަޑުއިވިގެންދާނީ އަނެއްކާވެސް އެޒުވާނާ ދެވަނަ މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި ހަބަރު،

  8
  2
 16. ޢަޙް

  ވަޅި އާ ކަނޑިއާ ބަޑި އާ ގެންގުޅެ ޖަރީމާ ހިންގަން ކެރޭތޯ ނިކަން ﷲ ގެ ޝަރީއަތްފުޅު ތަކާއި ޙުކުމް ފުޅު ތަށް މިގައުމުގައި އަކުރުން އަކުރަށް ތަންފީޡް ކޮށްބަލަ،އެކަން ނުކޮށް ތިމާމެންގެ އަމިއްލަ ގާނޫނު ހަދައި ގެން މިގައުމު ގިޔާމަތާ ޖެހެންދެން ހިންގިޔަސް ނުކުރެވޭނެ އަމާނެއް،100 ޕަސެންޓް މުސްލިމް ނަން،ކަންހިގަނީ ކާފިރުންގެ އުސޫލާއެއްގޮތަށް،

 17. އ. ޖ. އ

  ޝުކުރިއްޔާ ރައީސް ޔާމީން