2019 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 80 ހުށަހެޅުމެއް ލިބިފައިވާކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފިއެވެ.

ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމަށް ހުޅުވާލި ފުުރުސަތު ހަމަވެފައި ވަނީ މިއަދު މެންދުރު 13:30 ގައެވެ.

މީޑިއާ ކައުންސިލުން މިރޭ ބުނީ، އެ ކައުންސިލުން ބުނީ އެ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމުގެ 11 ދާއިރާއަށް 80 ހުށަހެޅުމަަަށް ލިބިފައިވާ ކަމަށެވެ.

އެގޮތުން، ތަޙްޤީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާރނަލިޒަމް) އަށް ދެ ހުށަހެޅުމަކާއި، އިޖުތިމާއީ، ތާރީޚާއި ސަޤާފަތް، ފަންނުވެރިކަމުގެ ދާއިރާއިން 11 ހުށަހެޅުމަކާއި، ތިމާވެއްޓާއި ދެމެހެއްޓެނެވި ތަރައްޤީގެ ދާއިރާއިން ތިން ހުށަހެޅުމަކާއި، ސިޔާސީ ދާއިރާއިން ނުވަ ހުށަހެޅުމަކާއި، ޝަރުއީ އަދި ޤާނޫނީ ދާއިރާއިން ހަތަރު ހުށަހެޅުމާއި، ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާގެ ހަ ހުށަހެޅުމަކާއި، ކުޅިވަރުގެ ދާއިރާއިން ހަތަރު ހުށަހެޅުމަކާއި، ފީޗަރ / ރިޕޯޓް ދާއިރާއިން 29 ހުށަހެޅުމެއްގެ އިތުރުން، ފޮޓޯ ޖާރނަލިޒަމް ދާއިރާއަށް ފަސް ހުށަހެޅުމަކާއި،ވީޑިއޯ ޖާރނަލިޒަމް ދާއިރާއިން ދެ ހުށަހެޅުމެކެވެ.

އަދި އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމަށް ފަސް ހުށަހެޅުމެއް ލިބިފައިވާ ކަމަށް މީޑިއާ ކައުންސިލުން ވަނީ ބުނެފައެވެ.

އެހެން އަހަރުތަކަކާއި، ހިލާފަަށް މި އަހަރު ބާއްވާ ނޫސްވެރިކަމުގެ އިނާމް 11 ދާއިރާއަކަށް ހާއްސަކޮށްފައިވާއިރު، މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އިނާމް ދީފައި ވަނީ ނުވަ ދާއިރާއަކުންނެވެ.