އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި ކުރި ފުރަތަމަ ދަތްދޮޅީގެ އޮޕަރޭޝަން ކާމިޔާބު ކަމާއެކީ ކޮށްފިއެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ އައިޖީއެމްއެޗްގެ އެހީތެރިކަމާއި އެކުގައެވެ.

އައްޑޫ ހޮސްޕިޓަލުން ބުނެފައިވާގޮތުގައި، މިިދިޔަ ބުދަ ދުވަހު މި އޮޕަރޭޝަން ކޮށްފައި ވަނީ އުމުރުން 33 އަހަރުގެ އަންހެނެއްގެއެވެ.

އެ އޮޕަރޭޝަނަކީ ފަސް ގަޑިއިރުގެ އޮޕަރޭޝަނެއް ކަމަށް އެ ހޮސްޕިޓަލުން ބުނެފައި ވެއެެވެ. އަދި އެ އޮޕަރޭޝަންގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައި ވަނީ ރާއްޖޭގެ ފުރަތަމަ މެކްސިލޯ ފޭޝަލް ސާޖަން، ޑރ. ފަތުހުﷲ ސައީދެވެ.

މި އޮޕަރޭޝަނުގައި ޑރ. ފަތުހޫﷲއަށް އެހީތެރިވުމަށް ހަރަކާތްތެރިވެފައި ވަނީ އައްޑޫ ހޮސްޕިޓަލުގެ ދަތުގެ ޑިޕާޓްމެންޓުގެ ދެ ޑޮކްޓަރުން ކަމަށްވާ ޑރ. އިމާދު މުސްތަފާ އާއި ޑރ. ސަހާއެވެ. އަދި އައިޖީއެމްއެޗްގެ ނަރުހެއްވެސް ވަނީ މި އޮޕަރޭޝަންގައި ބައިވެރިވެފައެވެ.

އެ ހޮސްޕިޓަލުން ބުނެފައި ވަނީ، އޮޕަރޭޝަން ކުރި މީހާގެ ހާލު ރަނގަޅު ކަމަށެވެ.

ދާދި ފަހުން އައްޑޫ ހޮސްޕިޓަލްގައި ވަނީ ހިރާސް ބޮޑު (ރިސްކް ބޮޑު) ސިކުނޑީގެ އޮޕަރޭޝަނެއްވެސް ކާމިޔާބު ކަމާއެކު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހަރު

    ޝުކުރިއްޔާ ރައީސްޔާމީން ދުރުވިސްނޭ ގައުމަށް ވަފާތެރި ހިކުމަތްތެރި ރަށްޔަތުންނަށް ތަރަށްގީ ގެނައުމުގައި ބުރަމަސައްކަތެއް ކޮށްދެއްވައިފި އަޅުގަނޑުމެން ބޭނުންވަނީ ރައީސްޔާމީނަށް އަނިޔާދިން އެންމެން ހައްޔަރުކޮށް އަދާލަތުގެ ކުރިމަށްޗަށް ގެނައުން.

    10
    2
  2. ހަނި

    ތި އޮޕަަރޭސަން ކުރީ ހިިތްވަރުގަދަ ޔާ،މީނު އަ:ޅާާދިންް ހޮސްޕިޓަލް ގާާާ ސުކުރިޔާ ޔާމިނު ސުކުުރިޔާޑޮކުޓަރުުން

    10
    1