މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި ވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލި މީހާ ހޮސްޕިޓަލަށް ގެންގޮސްދިން ޒުވާނާ އަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ތައުރީފް ކުރައްވައިފިއެވެ.

މި ހަމަލާގައި ޒަހަމްވެފައި ވަނީ ވިޔަފާރިވެރިއެއް ކަމަށްވާ އަހުމަދު ޝަމާލް އެވެ. އޭނާއަށް ހަމަލާ ލިބުމާއެކު މީހަކު ވަނީ އޭނާ ގޮވައިގެން ހޮސްޕިޓަަލަށް ގެންގޮސްފައެވެ.

ޝަމާލް އޭނާ ހޮސްޕިޓަލަށް ގެންގޮސްދީ ފުރާނަ ސަލާމަތްކޮށްދިން މީހާ ހޯދުމަށް ފޭސްބުކުގައި ސްޓޭޓަސް އެއް ޖެހިއެވެ.

"އަހަރެންގެ ހާއްސަ ޝުކުރެއް، ސުވާލު ކުރުމެއް ނެތި އަހަރެން އައިޖީއެމްއެޗްއަށް ގެންދިޔަ މީހާއަށް، މިއީ އިންސާނިއްޔަތު ކަމަކީ، އަހަރެންނަށް ތި ފަރާތުގެ ނަމެއްވެސް ނޭނގެ، އަދި ގުޅޭނެ ގޮތެއްވެސް ނޭނގެ. ނަމަވެސް ތި ފަރާތުން އަދާ ކުރި ޒިންމާއިން އަހަރެންގެ ފުރާނަ މި ވަނީ ސަލާމަތްވެފައި". އެ މާރާމާރީގައި އަނިޔާ ލިބުނު ޝަމާލް ފޭސްބުކުގައި ލިޔުނު ސްޓޭޓަސްގައޮ ވެއެވެ.

މިހާރު އެ ޒުވާނާ ވަނީ އޭޑީކޭގައި ފަރުވާ ހޯދަމުން އަންނަ ޝަމާލް ކައިރިއަށްގޮސް އޭނާ އާއި ބައްދަލުކޮށްފައެވެ.

ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އޭނާގެ ފުރާނަ ސަލާމަތްކޮށްދިން ޒުވާނާގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ ވިސްނުންތޫނު އިންސާނިއްޔަތުކަން ހުރި މީހެއްގެ ލާމަސީލު މިސާލެއް ކަމަށެވެ.

ސީޕީ ހަމީދު ވިދާޅުވީ ޝަމާލްގެ ފުރާނަ ސަލާމަތްކޮށްދިން ޒުވާނާ އަކީ ހީރޯއެއް ކަމަށެވެ.

އޭނާއަށް ހަމަލާދީފައި ވަނީ، އުމުރުން 19 އަހަރުގެ ޒުވާނެކެވެ. "ވަގުތު" އަށް އެނގިފައިވާ ގޮތުގައި ވިޔަފާރިވެރިޔާ އަށް ހަމަލާ ދީފައި ވަނީ އޭނާ އާއި ދެބެންދެދަރި މީހެކެވެ. ހަމަލާ ދިން މީހާ ވަނީ ހައްޔަރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރާ

    ހަމީދު ނޫހަށް އަރާހިތުން ކުރާ ކަންތައް. އެވަރުވެސް ފުލުހުންނަކަށް ނުވޭ.

  2. ސަންތިމަރިޔަބު

    ސީޕީ ހަމީދު ވިދާޅުވީ ޝަމާލްގެ ފުރާނަ ސަލާމަތްކޮށްދިން ޒުވާނާ އަކީ ހީރޯއެއް ކަމަށެވެ. ސީޕީ ހަމީދަށް ދަންނަވަން އޮތީ ފުރާނަ ގެންދެވުމާއި ނުގެންދެވުން(ސަލާމަތްވުން) އެއީ ﷲ ސުބްހާނަހޫ ވަތައާލާ ނޫން ފަރާތަކަށް ކުރެވޭނެ ކަމެއް ނޫން ދުނިޔެ ގިޔާމަތް ވަންދެން މަސައްކަތް ކުރިޔަސް ހިލާއެކަމެއް ނުކުރެވޭނެ އޭނަ ސަލާމަތް ވުން ނުވަތަ ނުވުން ވެސް ވަނީ ﷲ ހަސްރަތުގާއި ވައްﷲ އައުލަމް (މިނަށްވުރެ ލާދީނީ މީހުންގެފަހަތުން މުގޯލިއަޅާކަމުގެ ހެއްކްއް)
    މިކަމުގާއި ﷲ ގެ ވާގިފުޅާއި އެކު އެހީތެރިވި ޒުވާނާއަށް ހެޔޮ ރަހްމަތް ލަށްވާއި ޒަހަމްވި މީހާއަށް އަވަސް ޝިފާއަކަށް އެދި ﷲ ގެ ހަސްރަތުގާ ދުވާދަންނަވަން
    ހަމަހިނިއަންނަނީ

    11
    1
  3. ޢޯގަރ..ޓިސްޓިސް ޖީބަށް

    އަޅޭ މިހާރު ފުލުހުންވެސް ހާދަ އޯތެރިއޭދޯ..50 އަހަރު ކީއްކުރަން އު މުރަށް ވެރިކަ މުގަ ތިއްބެވީއްޔާ ރަގަޅީ ..މުޅިދުނިޔެއަށް ލާމަސީލު ވެރިކަމެއް...ސާބަހޭ ހަ މީދުބޭ.

    3
    3