ފުލުހުންގެ އިދާރާއިން ހިންގި ބޮޑު އޮޕަރޭޝަނެއްގައި ހަތަރު ކިލޯގެ ޑްރަގް އަތުލައިގަނެ ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރިކަމަށް ފުލުހުންނަށް ލިބިފައިވާ އިންޓެެލިޖެންސް މައުލޫމާތުގެ މައްޗަށް މި މަހުގެ ހަތަރު ވަނަ ދުވަހު މާލޭގައި ފުލުހުން އޮޕަރޭޝަންއެއް ހިންގާފައިވާ ކަމަށެވެ.

އެ އޮޕަރޭޝަންގައި މާލޭގެ 10 ތަނެއް ބަލާފާސް ކުރި ކަމަށާއި އަދި ފަސް ދިވެހި ފިރުހެނުން ހައްޔަރުކުރި ކަމަށް ސީޕީ ހަމީދު ވިދާޅުވި އެވެ.

އެ އޮޕަރޭޝަންގެ ތެރެއިން 4.097 ކިލޯ ހެރޮއިން ފޮރުވާފައި ހުއްޓާ ހޯދާފައިވާ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

ރާއްޖޭގައި މަސްތުވާތެކީގެ މައްސަލަ ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު ވެސް ދެވަނައަށް އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަ އެވެ.

މިދިޔަ މަހު ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މަސްތުވާތަކެތީ 159 މައްސަލައެއް ވަނީ ރިޕޯޓްކޮށްފަ އެވެ.

މާލޭގައި މަސްތުވާތަކެތި ބޭނުންކޮށް އަދި އެތަކެތި ވިއްކާ ތަންތަން ވަރަށް ގިނަ އެވެ. މިކަން ހުއްޓުވުމަށް ފުލުހުން އަބަދުވެސް ދަނީ ބޮޑެތި އޮޕަރޭޝަންތައް ހިންގަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ތާޒާ

    ޣަނީމާމުދާކޮޅެއްލިބުނީޔޯޔޯޔޯ

  2. ސޫދު

    ސިޔާސީ ޕްރޮޕެގެންޑާ. މެކިސިކޯ ތަންތާގަވެސް ތިކުޅި ލައްކަދުވަހު ސަރުކާރުތަކުން ކުޅެފައި ހުރީ. އިންތިހާބަށް ކާޓެލްތަކުގައި އުޅޭ މީހުންތައް ޖަލަށް ލާކަމަށް އަޑުފަތުރާފައި، ރައްޔިތުންގެ ލޮލުގައި އަނދުންއަޅުވައި، ވެރިކަން ލިބުނީމަ، ކާޓަލްތަކާއެކު ހެދި ޑީލްތަކުގެ ދަށުން އެ މީހުން ދޫކޮށްލާނެ.

  3. ޢ

    ދިވެއްސަކުވިޔަސް ބޭރުމީހަކުވިޔަސް ޑީޕޯޓްކޮއްލީމަ އެހިސާބުން މައްސަލަ ނިމުނީ

  4. Anonymous

    5 މީހުން ދޫކޮއްލާ 4 ކިލޯ ކުއްވެރިކޮއް އުމުރު ދުވަހުގެ ޖަލުހުކުމެއްދީ.

  5. ކުޅިކަނބިލި

    ތިޔަ އަތުލައިގަންނަނީ މިރާޢްޖޭން ..އެހެންވީމަ ތިޔަކަން ކުރާމީހުން މިނިވަންކަންމަތީ އެބަތިބި. ތިޔައެތެރެކުރުން ނުހުއްޓެވޭކަން ވަރަށް ސާފުބަހުން އެނގޭ ސޯ ނަތީޖާ ސުމެއް.

  6. ހެހެ

    ދެން ހައްޔަރު ކުރި މީހުން ދޫކޮށްލާފަ. ޑްރަގް ކޮޅު ގެއްލިފަ، ޕޮލިހުންގެ ބަޔަކު މުއްސަނދިވާނީ. އެހިސާބުން އެވާހަކަ ނިމުނީ. ދެން ނިދާލާ.