މި އަހަރު މިހާތަނަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ 998 މައްސަލައެއް ފެންމަތިވެ، 23 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު މިގޮތަށް ވިދާޅުވީ، ސްކޭމްތައް ހުއްޓުވަން މިއަދު ފެށި ބައްދަލުވުން ފެއްޓެވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ހަމީދު ވިދާޅުވީ، ސްކޭމިންގ މައްސަލައަކީ ރައްޔިތުންގެ ކަންބޮޑުުވުން އޮތް، ގިނަ ރައްޔިތުންނަށް މާލީ ބޮޑެތި ގެއްލުންތައް ލިބެންދާ މައްސަލައެއް ކަމަށެވެ.

އެގޮތުން މި އަހަރު މިހާތަނަށް ސްކޭމިންގގެ 998 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައި ވެއެވެ. އެއީ ޖުމްލަ 23 މިލިއަނެއްހާ ރުފިޔާގެ ގެއްލުމެކެވެ. އެއީ ދުވާލަކަށް ބަލާއިރު، ދޭއް ނޫނީ ތިން މައްސަލައެވެ.

"އިގްތިސޯދީ ނަޒަކުން ބަލާލިކަމުގައިވިޔަސް، މިއީ މުޅި ގައުމަށް ލިބިގެންދާ ވަރަށް ބޮޑު ގެއްލުމެއް، މީގެ އިތުރުން އިޖްތިމާއީ ގޮތުން ގައުމަށް ލިބެމުންދާ ދެރައަކީ ހިސާބުތަކުން އަދަދު ކުރެވޭނެ ދެރައެއްވެސް ނޫން".

ސީޕީ ވިދާޅުވީ، މިފަދަ މައްސަލަތައް ތަހުގީގު ކުރުމުގެ އިތުރުން، މިކަންކަން ހުއްޓުވުމަށްޓަކައި ފުލުހުންނާއި، އެހެނިހެން މުވައްސަސާތަކުން މަސައްކަތް ކުރަމުންދާ ކަަމަށެވެ.

އޭނާ ވިދާޅުވީ، ކޮވިޑް-19ގެ ތެރޭގައި މުޅި ދުނިޔޭގައިވެސް ސްކޭމިންގ މައްސަލަތައް އިތުރުވި ގޮތަށް، މުޅި ރާއްޖެއިންވެސް މި މައްސަލަ ފެންމަތިވަމުން ދިޔަ ކަމަށެވެ.

"މުޅި ދުނިޔެއަށް ކުުރިމަތިވި ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެވެސް ފުރަބަންދުވި ދުވަސްވަރު، މިފަދަ މައްސަލަތައް މުޅި ދުނިޔޭގައި އެއްގޮތަށް ރާއްޖޭގައިވެސް އިތުރުވެގެން ގޮސްފައިވޭ".

ސީޕީ ވިދާޅުވިގޮތުގައި، ޖަލު ތެރޭގައި ގައިދީން، ވަގަށް ފޯނު ވައްދައިގެން މިފަދަ ކޯލްތައް ކުރަމުންދާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައި ވެއެވެ. އަދި ޖަލުތަކުން ކުރާ މިފަދަ ކޯލްތައް ހުއްޓުވަން ފުލުހުންނާއި ކަރެކްޝަނަލް ސާވިސް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން މި މަސައްކަތުގެ ތެރެއިން 590 ސިމް ކާޑެއް ޑިސްކަނެޓްކޮށްފައިވާއިރު، 532 އައިއެމްއީ ނަމްބަރު ބެލެކްލިސްޓް ކޮށްފައި ވެއެވެ. އޭގެ އިތުރުން 10 އައިޕީއެއް ބްލޮކް ކޮށްފައިވާއިރު، 14 ވެބްސައިޓެއްވެސް ބްލޮކް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. މަނިކު

    ތީ ބޭންކާ ފުލުހުން ނާ ގުޅިގެން ކުރާކަމެއް ފޭރޭ..

    15
    • ކޮވިޑް

      ޝައްކު ކުރެވޭ. ސަބަބަކީ މަގޭ އެކުވެރި އެއްގެ އެކައުންޓަށް އެޏައަށް ނޭގި ރުފިޔާ ތަކެއް ޖަމާވީ. ކޮބާ ތަ އޭނާގެ ކުށަކީ؟އެކަމް ފްރީޒް ކުރީ އެކުވެރިޔާގެ އެކައުންޓް ދެން ބޭންކަށް ގުޅުމުން ބުނީ ކަމިޝަނާގެ ސިޓީ އެއް ގެންނާށޭ ތެޅި ފޮޅިގެން ސިޓީލީމަ ޖަވާބަކީ ތި މައްސަލަ ބަލަމުންނޭ ދަނީ. ދަރިންނާ އަނބިމީހާ ނުކައި ގޭގަ . އަނިޔާ ލިބުނީ އެކައުންޓްގެ ވެރިފަރާތަށް ކަންކުރި މީހާ ނުވަތަ ބަޔަކު އަދިވެސް ފުލުހުންނަށް ނުހޯދޭ. އެކައުންޓް އެހުރީ ފްރީޒް ކޮށްފަ . މިހާރު ދެމަސް މި ވީ.

      14
      1
      • ޣދދފ

        އެކައުންޓް ނަމްބަރު ލިބުނީ ކިހިނެތް؟
        ބްރޯ އަވަހަށް ރަނގަޅު އެކުވެރިން ހޯދާ، ނޭގި ޖަމާވެޖެއްޔާ އެ އަނބުރާ ރައްދުކުރުންވެސް އޮވޭ، އަވަހަށް ތި އެކުވެރިޔާ ދުކޮށްލާ.

  2. ރައްޔިތުމީހާ

    ތީ ބޭންކް އޮފް މޯލްޑިވްސްގެ ދޯ ހަޅި ކަމުން ހިނގާ ސްކޭމްސް. ބޭންކްގެ ކޮންޓްރޯލްސްތަށް ވީކް ވީމައި ވާ ކަންކަން. އަޅުގަނޑަކީ ބޭންކުގައި 15 އަހަރު އުޅުނު މީހެއް.

    • ޙެހރހ

      މަ 8 އަހަރު، ރަނގަޅު ވާހަކައެތް ތީހަމަ، ލޯކުރިމަތިން ފެނުނު ޑޮލަރު ފިސިކަލް ޝޯޓްވި ޒަމާނުގަ އެކައުންޓް ޓާމްސް ބަދަލުވިތަން، ބެންކަށް ގެއްލުން ވެގެން އެފިޔަވަޅު އެޅީ، ރަތްޔިތުންނަށް ގެއްލުންވެގެން ސްކޭމް ބެނެފިޝަރީ އެކުންޓްތައް ފްރީޒް އެތްނުވޭ، ޓެމްޕޮރަރީ ފްރީޒް އެތް، ކޮމްޕްލައިންސް މީހުނަށް މިހާރުވެސް ކުރެވޭނެ ސަސްޕިޝަސް ޓްރާންސެކްޝަން ނަމުގަ

  3. ޙަދިސައިބު

    ތިކަން ކުރަނީ ބެންކުގެ ބައެއް މީހުންނާއި ޕޮލިހުންގެ ބައެއް އޮފިސަރުން ގުޅުގެން

    10
  4. ސޯލާސިސްޓަމް

    ބީއެމްއެލް މީއެެއްވެސް ރައްކާތެރިކަމެއޮތްަނެއްނޫން. .....
    މިތަނުގާ މީހުންގެ ފައިސާބަހއްޓަން ހެއުނުވާނެ.......

    11
  5. ޟެން

    އެކަމަކުވެސް ހަމަ ޕްރޮފެޟަނަލް ކަމުން އެބަޔަކު ނުހޯދުނު ދޯ. މީ އަދި މޭލެއް ހަމަނުވާ ކުޑަކުޑަ ތަންކޮޅެއް ބަލަން ޖެހުނީމާ ވާވަރު. 23 މިލިޔަން ފޭރުނޭ ބުނަން ލަދުނުގަނޭބާއޭ މަގޭ ހިތައްއަރަނީ. ރައްޔިތުންގެ ފައިސާއިން މިލިއަނުން މުސާރައަށާއި އެހެނި ކަންކަމަށް ބޮޑުހޭދައެއް ކޮށްގެން މިބަޔަކު މި ބައިތިއްބަނީ ހަވީރު ފިންޔަށް ސައިކަލު ދުއްވާކަށް ނޫނޭ ، ކޮބާ ރައްޔިތުންނަށް ލިބެން ޖޭހޭ ރައްކާތެރިކަމެއް ހިދުމަތެއް؟ހަމަ ބޮޑުތަނުން ފެއިލް.

  6. ސްކޭމިންގ

    އަހަރެމެން ކޯލުކުރަން. ފައިސާ ގިނައިން ހުންނަ އެކައުންޓުތަކުގެ ތަފްސީލް ހޯދަނީ ދިވެހި ބޭންކުން.

    ފްލެޓް ދޭންވެގެން ކޯލްކުރަނީ އެޗްޑީސީގެ މެނޭޖަރެއްގެ ފަރާތުން ލިބޭ މައުލޫމާތުތަކުގެ އެހީގަ.

    ފުލުހުން ކަންބޮޑުވަނީ ސަރުކާރު ނުފޫޒުގަދަ މީހެއްގެ އެކައުންޓަށް އެކްސެސް ވާފަހަރުތަކުގަ އެކަނި.

    (ބައި އެޅޭ މީހުން: ބޭންކު، ޕޮލިސް، އެޗްޑީސީ އަދި ވިޔަފާރިވެރިންގެ ޖަމިއްޔާ)

  7. Anonymous

    ސާފު ފައިދާ އަދި ނުވާތީ އެއީ

  8. ޛިޖ

    ސްޓކާ ޖަހައިގެން ލިބޭވަރަށް ވުރެ ރަނގަޅު އާމްދަނީއެއް އެބިބޭ ދޯ

  9. ލޯބިވާ ވަޠަން

    ލަދެއް ނުގަނޭތަ ތި ވާހަކަ ދައްކަން. ތީ ތިމާމެންގެ ފެއލިއަރއެއްކަން ވެސް ނޭގޭތީ ނޫން މާމޮޅު ވާހަކައަކަށް ހަދައިގެން ތި ކިޔަނީ.

  10. ރަން ރީނދޫ

    23 މިލިއަނުން،މަނިކުފާނު ޖީބަށް ކިހާ ވަރެއް ވަންތަ. އެމްޑީއެން ޙަމީދު. ރާބޯ ޙަމީދު. ޒަމާނަކުންވެސް ވެރިކަން ބަދަލު ވެއްޖިއްޔާ ދިގުމުއްދަތަކަށް ވާނުވާ ޖަހާނަން.

  11. ތަފާސް

    ފުލުހުންނަކީ މިގައުމުގައި ތަފާސްހިސާބު ހަދައި ނެރެން ބައިތިއްބާފައި ތިބޭ ބައެއްތަ!