ދާއިމީ ގޮތެއްގައި އިންޑިއާ ސިފައިންގެ "ބޫޓު" ރާއްޖޭގައި ޖެހުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަބަބުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެއެެވެ.

އުމަރު ނަސީރު ވަނީ "ރާއްޖޭގެ ސަލާމަތީ ބައެއް ކަންތައް ބެލެހެއްޓުމަށް އިންޑިއާއިން ހަވާލުވަނީ: މީޑިއާ" މި ނަމުގައި ހަވީރު އޮންލައިންގައި ޝާއިއު ކުރި ލިޔުމެއް މިއަދު ހިއްސާ ކުރައްވައިފައެވެ. އޮގަސްޓް 15، 2009 ގައި ޝާއިއު ކުރި އެ ލިޔުން ފޭސްބުކްގައި ހިއްސާ ކުރައްވައި އުމަރު ވިދާޅުވީ އެ ލިޔުން ހިއްސާ ކުރެއްވީ "ފެށުނު ގޮތް" ހަނދާންކޮށްލުމަށް ކަމަށެވެ.

އެ ޕޯސްޓަކީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތީ، އެކަމާއި މެދު ދެކެވޭ ވާހަކަތަކަށް އިޝާރާތްކުރައްވާ އޭނާ ކުރެއްވި ޕޯސްޓެކެވެ.

https://www.facebook.com/UmarNaseerMV/posts/1768143480004446

އުމަރު "ވަގުތަށް" ވިދާޅުވި ގޮތުގައި އެ ޕޯސްޓަކީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބެން މެދުވެރިވި ހަގީގީ ސަބަބު ހަނދާންކޮށްދިނުމަށް ކުރެއްވި ޕޯސްޓެއް ކަމަށެވެ.

އެއްވެސް ސިފައެއްގައި ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމަކީ އިންޑިއާގެ ނުފޫޒު ރާއްޖެއަށް ފޯރުވަން މަގުފަހިވާނެ ކަމެއް ކަމަށް އުމަރު ވިދާޅުވިއެވެ.

" އިންޑިއާ ސިފައިންގެ ބޫޓު ރާއްޖޭގައި ޖެހުނީ ރައީސް ނަޝީދުގެ ސަބަބުން. މިނިވަންކަމަށް އަސަރު ކުރާނެ. އެހެންވެއްޖެއްޔާ ޗައިނާވެސް ބައިތިއްބަންވީ ނޫންތ؟ ޕާކިސްތާންވެސް ބައިތިއްވަންވީ ނޫންތ؟ ޚާއްސަކޮށް ގައުމަކަށް ދަހިވެތިކަމެއް އޮވެދާނެ ފަދަ އިރެއްގައި ނުބައިތިއްބާނ. ރާއްޖެ އަށް އޮތީ ހިތި ތަޖުރިބާއެއް ސިފައިން ބައިތިއްބައިގެން." އުމަރު ވިދާޅުވިއެވެ.

އުމަރު އެގޮތަށް ވިދާޅުވި ނަމަވެސް، އެއްވެސް ގައުމެއްގެ ހަތިޔާރު އެޅި ސިފައިންނެއް ރާއްޖޭގައި ނެތް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ވިދާޅުވެފައެވެ. އެކަމަކު، ރާއްޖެއަށް އެހެން ގައުމުތަމުގެ ސިފައިންގެ ފަރާތުން ފަންނީ އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖެއަށް ދިން ދެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ހަރަކާތްތެރިވާތީ ރައްޔިތުންގެ ގިނަ ބަޔަކު ކަންބޮޑުވަމުން ފާޅުކޮށްފައިވާ އިރު، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހެލިކޮޕްޓަރުތައް ބޭނުން ކުރުން ހުއްޓާލާ ހެލިކޮޕްޓަރުތަކާއި އިންޑިއާ ސިފައިން ރާއްޖެ ދޫކޮށްދާން އެންގިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޙަސަން

    މިހާރު މިރާއްޖޭގެ ވެރިކަމަށް އެންމެ އެކަށީގެންވަނީ ޢުމަރު ނަޞީރެވެ. އެއީ ދީނާ ޤައުމުގެ ދިފާޢުގައި އެންމެ ގިނައިން ވާހަކަ ދައްކަވާ އަދި ކެރިގެން ކަންކަމާ ކުރުމަތިލައްވާ އެއްވެސް ކޮރަޕްޝަނެއްނެތް ބޭފުޅަކީ ޢުމަރު ނަޞީކަމަށްވާތީއެވެ.

    43
    9
  2. ސަނާ

    ލ. ގަމުގައި އިންޑިޔާގެ ކިތަން ސިފައިންގެ ބޭފުޅުން އެބަތިބިތޯ؟ އަދި އެބޭފުޅުން ކުރަނީ ކޮންކަމެއްތޯ،

    36
    1
  3. ތާކިހާ

    އިންޑިޔާ ސިފައިންގެބޫޓު ގެ އަޑު ދިވެހިންގެ ބަނޑު ބިއްމަތީގައި ޖެހެމުން މިދަނީ އެއްވަރަށް. މިކަމުގެ ޒިންމާސާރުން ނަކީ ކޮބައިތޯ. އުމަރު ތޯ ނޫނީ އަހަރެންތޯ. ނޫނީ ނަޝިދުތޯ. ރައްޔިތުން ނިންމާނީ ލޯކަލްކައުންސިލް އިންތިޚާބުގައި ލާ ވޯޓުން. # މި

    25
    1
  4. އަޙްމަދު ޒަކީ

    ނޮވެންބަރު 3 ގައި، އިންޑިއާ ސިފައިން އައީ ހަމަ ނަޝީދުއާހެދި. އުމަރު ކަލޭ ކޮސް ނުގޮވާ. އުމަރަކީ ރައްޔިތުން ބަލައިގަތް މިހެއްނޫން.

    8
    41
    • މާދަމާދެކޭމީހާ

      ނޮވެންބަރު 3 ގެންނައިމަ ގެނައި ނީހުން ގޯސްވީ

  5. ކަޅުހޮއްކޮ

    ކިޔާ އަޑުއިވޭ އުތުރުގެ ކޮންމެވެސް އެއަރޕޯޓެއްގަތިބި ދިވެހި ސިފައިން ފައިބަން އިންޑިޔާއިން އެންގިވާހަކައެއް

    27
    3
  6. ގޮތް ފުޅަނގި އާދަނާ

    ބޫޓެއް ނޫން ހަމަ އެކަނި ޖެހުނީ އެކީ؟ ކަލޭމެންގެ މާލޭ ގައި އަޅާ ފައި ހުރި އިމާރާތް ތަކަށް ވެސް އިންޑިޔާގެ ހިލަ ވެލި އާޢި ހިލަ ވަނީ ޖެހިފައި މޮޔަ ޔާ>

    3
    36
  7. Anonymous

    މި އަނެއްމޮޔަ.. ބޯގޯސް..ކޮސްބެ!

    7
    7
  8. ައޮފްބެ

    ކޮސްބެ!!

    5
    11
  9. ފަސާދަ

    2023 - ޔާމީން އެހެން ނޫނީ އުމަރު

    17
    4
  10. ވަތަނީ

    އުމަރު އެވި ދާލުވި ވާހަކަފުޅަށް ތާއީ ދކުރަމެވެ. ރާއްޖޭގެ ދާޚިލީ
    ކަންކަމުގެތެއަށް އިންޑިއާ ވެއް ދީ ވެރިކަމަށް އައުމަށް މަގު
    ފަހިކުރުމަށާއި ވެރިކަން އެތައް ޒަމާނަކަށް ދެއްމުމަށް މަގު ފަހި ކުރުމަށެވެ. އެއީ އަމިއްލަ މަސްލަހަތުގައި ގައުމަށް
    ޣައް ދ ދާރުވެ ހަރާންކޯރުވުމެވެ. ރާއްޖޭގެ ސައުގުވެރިކަން
    އިންޑިއާގައި އިރުވާން ހުޅުވާލި ބޮޑު ދޮރުއައްޓަކީ ވެނާ އެއާޕޯޓް އިންޑިއާގެ ކުންފުންޏަކަށް ނުއަގުގައި ވިއްކާލުމެވެ.

  11. ރީތި ގައުމު

    އުމަރު ހަމަ ޕީޕީއެމް އާއި ގުޅެންވީ. ގައުމަށްޓަކައި އެއްވެސް ޝަރުތެއްނެތި ގުޅެންވީ. ވެރިކަން ނުލިބުނަސް އަލުން ހޯމް މިނިސްޓަރުކަން ކުރައްވަން ނަމަވެސް ގުޅިލައްވާ. ވަގުތު ޖެހުމުން ވެރިކަންވެސް ކުރެވޭނެ. މަޑުމަޑުން ކެތްތެރިކަމާ އެކު ކުރިއަށް ވަޑައި ގަންނަވާ. ޔާމީނާ އެކީ މަސައްކަތް ކުރައްވަން ފައްޓަވާ. ގިނިކަންޏާ ހުންނަވާ ކުރިއަކަށް ވަޑައެއް ނުގެންނެވޭނެ. ތީ ހަމަ ބެސްޓު.

  12. އަޙްމަދް

    އެބުނާ ނަޝީދަކީ ނުލަފާކަން ދައްކާލަނަމެބުނި ނުލާފަ މީހެކެވެ.
    މީނާގެ ނުލަފާކަން އެދަނީ ދައްކަމުންނެވެ.
    މީނާއަކީ ޤައުމެއްގެ މިނިވަންކަމާއި އިސްތިޤްލަލީކީ ކޮއްޗެއްކަން ނުދައްނަ މީހެކެެވެ.
    މިކަލޭގެ ހުރިހާވެސް މަސައްކަތަކީ ސީޔާސީ ބާރުތަށް މުށުތެރެއަށް ލައިގެން މި ދިވެހިރާއްޖެއަށް ދީނީމިނިވަންކަމޭ އެބުނާ މަކަރުވެރި އެޖެންޑާ ގެއްނައުމެވެ.
    މިކަމުގެ ދަލީލަކީ މީނާގެ ޕާޓީގެ ދިދައިގާއެވާ ތިލަފަތެވެ.

  13. މުގުރި

    މައުމޫނުގެ ވެރިކަންވައްޓާލީ އިންޑިޔާއަޑީގައި އޮޥެގެން