މައިންބަފައިންނަށް ފަހު ކޮންމެ މީހެއްގެ ކުރިއެރުމުގެ ފަހަތުގައި ވަނީ ޓީޗަރުން ކަމަށް ވިދާޅުވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޓީޗަރުންނަށް މިއަދު ޝުކުރު އަދާކުރައްވައިފިއެވެ.

ބައިނަލްއަގުވާމީ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ޓީޗަރުންނާކީ މައިންފައިންގެ ފަހުގައި ކޮންމެ މީހެއްގެ ކުރިއެރުމަށްވެސް އެންމެ ބޮޑު ހެޔޮ ބަދަލު ގެންނަ މީހުން ކަމަށެވެ.

އަދި ކޮންމެ މީހެއްގެ ކާމިޔާބީގެ ފަހަތުގައި ވަނީ ޓީޗަރުންގެ ބުރަ މަސައްކަތް ކަމަށާއި ރާއްޖޭގައި މަސައްކަތް ކުރާ ޓީޗަރުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ޓީޗަރުންނަކީ އަންނަން އޮތް ޖީލުތަކަށް އަލިމަގު ގެނެސްދޭން ތިބި ކުޅަދާނަ ބައެކެވެ.

ޓީޗަރުންގެ ދުވަހަކީ ކޮންމެ ޓީޗަރަކުވެސް އުގަންނައިދިނުމަށް ކުރަމުން އަންނަ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހު ދުނިޔޭގެ ފެންވަރުގައި ފާހަަގަކުރާ ދުވަހެކެވެ.

ޓީޗަރުންގެ ދުވަސް އެހެން އަހަރުތަކުގައި ދަރިވަރުން ބައިވެރިކޮށްގެން ކުލަ ގަދަކޮށް ރާއްޖޭގެ ސްކޫލްތަކުންވެސް ވަނީ މީގެ ކުރިން ފާހަގަަކޮށްފައެވެ. ނަމަވެސް މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 ގެ ސަބަބުން މި ދުވަހުގެ ހަރަކާތްތަކަށް މިއަހަރު ވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނުކުރެވޭނެއޭ

    ޚިޔާނާތް ތެރިވެފައިވަނީ އަދީބު އެތައް މިލިއަން ޑޮލަރަކުން ދެން ދައުލަތަށް ކިހިނެއްތޭ އަދީބާއި އެކު ޑީލް ހަދައިގެން އަދީބަށް 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާ އަދި އެންމެ ދެ މިލިއަން ރުފިޔާ އިން ޖޫރީމަނާ ކުރެވޭނީ އެއީ އެކަން ކުރެވޭނެ ގޮތެއް ނޫނޭ ހުރިހާ ވައްކަން ތަކަށް އަދީބު އިއުތިރާފް ވެފައިވާނަމަ ހައްގު އަދަބު ދޭން ޖެހޭނެއޭ އިއުތިރާފު ވުން އެއީ އަދަބު ލުއި ވާން ޖެހޭނެ ކަމެއް ނޫނޭ ދައުލަތުގެ ޚަޒާނާ ލޫޓުވާލާ މީހަކު އެއްބަސްވުމުން އޭނާ އަށް މާފުނުކުރެވޭނެއޭ ނުކުރެވޭނެއޭ

  2. ހަސަދު

    ބައަލަވާ ޓީޗަރުންގެ ދުވަހަކީ ކޮންމެ ދުވަހެއް. ދަރިވަރަކަށް ރަނގަޅަށް އުގަންނާދީ މުޖުތަމައު އަށް ނެރުމަކީ ބުރަ ކަމެއް. އެހެނަސް އަގު ވަޒަން ކުރާ މީހަކު ނެތް. މަޖުލިސް މެންބަރަކަށް ޓީޗަރެއްގެ 5 ގުނަ މުސާރަ. ސިޔާސީ މީހަކަށް ޓީޗަރެއްގެ 3 ގުނަ މުސާރަ. ޓީޗަރެއްގެ މުސާރަ އަދި ދިރިއުޅުމަށް ވިސްނާ ހަމަ އެކަކަު ވެސް ސިޔާސީ މީހުންގެ ތެރޭގައި ނެތް. ވީމާ ޓީޗަރުންގެ ދުވަހޭ ކިޔާފަ ބާޒާރުގައި އޮތްހާ މާޓުކުރި ދިނުމުގެ ބަދަލުގާ ތީޗަރުންގެ މުސާރަ، އަދި ދިރިއުޅުން ރަނގަޅު ކުރެވޭތޯ ބަލަމާ.

  3. ގަމާރު

    ފުރަތަމަ ޓީޗަރަކީ މައިންބަފައިން ނެވެ. ހުރިހާ މައިން އަދި ބަފައިން ނަށް ދުވަހު ގެ ހެޔޮއެދުން އަރިސް ކުރަން....

  4. ޗޯކުބޯޑު

    އޯކޭ އެކަމަކު އަޅުގަނޑުގެ ސޯއެއް އަޅުގަނޑާ ދިމާލަށް އެއް އަހަރު ވަންދެން ނަމަކަށްކީ “ބަކަރި”
    🤷‍♀️