ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސް ބޭފުޅުން ރިސޯޓުތަކަށް ވަޑައިގެން، ބިލް ނުދައްކާ ކަމުގެ ޝަކުވާ ލިބިވަޑައިގެންފައިވާ ކަމަށާއި އެއީ ހިޔާނާތެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ނުހައްގު މުއްސަނދިކަމަކީ ކުށެއް ކަމަށް ކަނޑައަޅައި ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މޫސާ ސިރާޖް ހުށަހެޅުއްވި ބިލަށް ރައްޔިތުންގެ މަޖިލިހުގައި ބަހުސް ކުރައްވަމުން ބޮންޑޭ ވިދާޅުވީ ކޯލިޝަން ސަރުކާރެއް އުފެދިފައި އޮތް އިރު، ކޮރަޕްޝަންގެ ގިނަ ކަންތައްތަކެއް ހިނގަމުންދާ ކަމަށެވެ. ހާއްސަކޮށް ދައުލަތުގެ ކުންފުނިތަކުގެ ތެރޭގައި ނާޖައިޒު ފައިދާ ނެގުން އަދިވެސް އެބައޮތް ކަން ބޮންޑޭ ފާހަގަ ކުރެއްވިއެވެ.

އެކަމަކު، އަލަށް ފޮނުވި ބިލުން މިކަން ހުއްޓިގެންދާނެ ކަން ފާހަގަ ކުރައްވައި ބޮންޑޭ މިސާލު ނެންގެވީ ކުންފުނިތަކުގެ ވެރިން ކުރައްވާ ބައެއް ކަންކަމެވެ. އެއީ ކޮރަޕްޝަނާއި ހިޔާނާތަށް މަގުފަހިވާ ފަދަ ކަންކަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މަގާމުގައި ތިއްބެވި ބޭފުޅުން ބައެއް ފަހަރު ރިސޯޓުތަކަށް ވަޑައިގެން އެ ރިސޯޓުތަކުން ފަރިއްކުޅުވާފައި ބިލް ނުދައްކާ. ތަކުރާރުކޮށް އަޅުގަނޑުމެންގެ ކައިރީގައި ރިސޯޓުތަކުން ބުނޭ ބައެއް ކުދިން،" ވަކި ކުންފުންޏެއްގެ ނަން ފާހަގަ ނުކުރައްވައި ބޮންޑޭ ވިދާޅުވިއެވެ.

އެކަމަކު، އަލަށް ގެންނަން އުޅޭ އިސްލާހުގެ ސަބަބުން އެފަދަ ކަންކަން ކުރުން މަނާ ވާނެ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ ކޮންސަލްޓަންސީގެ ގޮތުގައި ބޮޑެތި އުޖޫރަތައް ނެގުމާއި ދައުލަތަށް ލޯންގެ ގޮތުގައި ލިބޭ ފައިސާ އިސްރާފުގެ ގޮތުގައި ހަރަދު ކުރުން ފަދަ ބޮޑެތި ހިޔާނާތްތައް ހިނގަމުންދާ ތަން ފެންނަމުންދާ ކަމަށެވެ. ހާއްސަކޮށް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ވަގު އީމެއިލްތަކާއި އެކައުންޓުތައް ހަދައިގެން "މިސްޓަ ޖޯން" ހެދިގެން އަމިއްލަ އަށް ކޯޓޭޝަންތައް ހަދައި، އެ އެޕްރޫވްކޮށް ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ކުރަމުންދާ ކަމަށެވެ.

ބޮންޑޭ ވިދާޅުވި ގޮތުގައި، ވައްކަމާއި ހިޔާނާތާއި ފަސާދައިގެ ކަންކަން ތަރައްގީވަމުން މިހާރު ދަނީ ޒަމާނާ އެއްގޮތަށެވެ. އެހެންވެ، ގާނޫނެއް ފާސްކޮށްލައިގެން އެކަން ހުއްޓުވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ބޮންޑޭ ވިދާޅުވިއެވެ. އެހެންވީމަ މި ފަދަ މައްސަލަ ތަހުގީގު ކުރައްވާ ބޭފުޅުން ވެސް ތަހުޒީބް ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެން ނޫނީ މިފަދަ ކުށް ކުރާ މީހުން ސަލާމަތްވެގެން ދާނެ،" ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވަނީ ރައްޔިތުންނަށް ހިދުމަތް ކުރައްވަން ތިއްބަވާ ބޭފުޅުން ރިސޯޓުތަކަށް ގޮސް ފަރިއްކުޅުވައި، ޗުއްޓީ ހޭދަ ނުކުރެއްވުމަށް ގޮވާލައްވައިފައެވެ. އަދި އުޖޫރައެއް ނުދީ އެކަން ކުރާ ނަމަ، އެއީ ހިޔާނާތެއް ކަމަށް ވެސް ބޮންޑޭ ވިދާޅުވިއެވެ.

އެހެން ނޫނީ ރައްޔިތުންނަށް ހޯދައި ދޭން ޖެހޭ ހައްގުތައް ނުހޯދޭނެ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ްައަހްމަދު

    ހަމައެކަނި ކުންފުނިތަކުގެވެރިންނެއްނޫން މަޖިލިސް ރައީސާ މެމްބަރުންވެސް ޢަމަލްކުރައްވަނީ ހަމަތިޔަވިދާޅުވިގިތައް

    3
    1
  2. މުހުސިނު

    ބޮންޑޭ ބުނުއްވިޔަސް ހަގީގަތް ވާނީ ހަގީގަތަކަށް ތަންކޮޅެށް ކުރީގަ އަޑުއެހިން ހެންވޭރުކޯޅުން އެދިގެތަށް އަގައިގެން އުޅުނު ގުވަސްވަރު ތިލަފުށީގަ ހެދިގުދަންތަށްވެސް ހެދީ އެތަުުގެ މެނޭޖިންގ ޑިރެކްޓަރުގެ މަސްލަހަތު ހިމެނޭ ކުންފުންޏަކުންނޭ ކިޔާއަޑު އެމަސައަލަ އޭސީސީއަސްވެސް ހުށަހިޅައިގެން އުޅުނު ވާހަކައެށްވެސް

  3. މުންތާޒު

    ޢަހިވަކާޖެހި އަހިވަށްފާވަނީ އަހުމަދު ތިވިދާޅުވީ މަޖިލީހުގެ ރައީސް އާ މެމްބަތުންވެސް އަމހުކުރަނީ ހަމައެގޮތަށޭ މަޖިލީހުގެ ރައީސް އެގޮތަށް އަމަލު ކުރާނަމަ މެމެބަރުންވެސް އަމަލުކުރާނީ ހަމައެގޮތަށް