ކޮވިޑް-19 އަށް ފަހު، މިވަގުތު ސަރުކާރުން އިސްނަގައިގެން އިގްތިސާދު އަލުން އާރާސްތު ކުރެވޭ ފަދަ ގާނޫނުތައް ވުޖޫދަށް ގެންނަން އިސްކަން ދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ޖާބިރު ވިދާޅުވީ މިވަގުތު އެންމެ އިސްކަމެއް ދޭން ޖެހޭނީ ރާއްޖޭގެ އިގްތިސާދު ނަގާ ކޮޅަށް ޖަހަން ކަމަށެވެ. ސަރުކާރަށް އެ މަގު ދައްކައިދޭން ތިބި ބަޔަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދި މިހާރު ގާނޫނީ ގޮތުން ހިމާޔަތް ބޭނުންވާ ފަރާތްތަކަށް އެ ހިމާޔަތް ލިބޭނެ މަގު ފަހިކުރަން ގާނޫނަކުން ފުރުސަތު ހޯދަން ޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ.

" އަޅުގަނޑުމެން މިވަގުތު ވިސްނަންވީ ފައިނޭންސްކޮށް ލޯނު ނެގޭނެ ގޮތެއް ހޯދަން. އިގްތިސާދު ރީބައުންޑްކޮށް ނިއުނޯމަލްއަށް ދެވޭނެ ގޮތަކަށް ވިސްނަން ޖެހޭނީ." ޖާބިރު ވިދާޅުވިއެވެ.

މާލީ ގޮތުން އަދި ވިޔަފާރީގެ ގޮތުން ހުރަސް އެޅިފައި ހުރި ގާނޫނުތައް ފާސްކުރަން މަޖިލީހުން އިސްކަމެއް ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުުރުން ނުހައްގުން މުއްސަނދިކަން ހޯދުން ކުށަކަށް ހަދަން ހުށަހެޅި ބިލާ މެދު ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ، ނުފޫޒުގަދަ ވިޔަފާރިވެރިން ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ތިބޭނެ ކަމަށާއި އެއީ ކުށްވެރިވާ ކަމަކަށް ވެގެން ނުވާނެ ކަމަށެވެ.

ވިޔަފާރި ކުރަން ހުއްދަ ދިނުމުގައިވެސް އަމަލު ކުރަނީ އޭރެއްގައި އޮންނަ ސަރުކާރަކުން ބޭނުންވާ ގޮތަކަށް ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

އަދި ރާއްޖޭގައި ހަދަމުންދާ ގާނޫނުތަކުން އެންމެ އެކަށީގެންވާ ގޮތުގައި މަންފާ ނުވާކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ޖާބިރު ވަނީ މިހާރު ގާނޫނުތައް ފާސްކުރާ އިރު އެންމެ ބޭނުން ތެރި ގާނޫނުތަކަށް އިސްކަން ދެވޭ މިންވަރު ކުޑަކަމަށް ފާހަގަކުރައްވައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސޭލްސް

    ކަލޯ މެން ޕާޓި ގަނޑު އުވާލާ ވާހަކަ ނޫހެއްގައި އޮތް

  2. އަހުމަދު ނީޒް

    ކުން ފުނީގެ ޤާނޫނަށް އެ ކުންފުންޏެއްގެ މާލީ ހަލަތަށް ބަލާ ޒިންމާތައް އަދާކު ރަން ޖެހޭ ގޮތައް ހައްދަވައި ދެއްވާ. މިސާލަކަށް އަލަށް ފަށާ ވިޔަފާ ރި ކުންފުންޏަކުން އޮފީސް ހިންގުން ވެސް އެފިހާރއެއްގަ ކު ރެވޭ ގޮތް . ބަޔާން ތައް ރިޕޯޓް މީޓިން ކަހަލަ ކަންކަން ކުދި ކުންފުނި ތަކަށް މަދު ކޮށް ދެއްވާ.

  3. ހުސޭނުބޭ

    ޤާނޫނެއް ނެތެހެންތަ އިޤްތިޞާދު އިނދަޖެހުނީ! ޖާބިރުވެސް ނިކަން ސެންސިބްލް ވާހަކަ ދައްކާބަލަ!

  4. ގައުމީ ލޯބި

    ޓޫރިޒަމްގެ ބާނީންނޭ ކިޔާ ރިސޯޓު މާލޭ ވަކި އާއިލާތަކަށް ރިސޯޓު 99 އަހަރަށް ދިނުމުގެ ފައިދާ ނުފެނުނެއްނޫންތޯ؟
    ބިޔަ މުއްސަންދިން މަހުޖަނުންނަވެތިބެވެސް ޓެކްސް ފައިސާއިން ރިސޯޓު މާރކެޓުކުރުމާއި އެހީދިނުން.
    ނަމަވެސް ހާލުގައި ޖެހުނުގަޑީގައި މުވައްޒަފުން ކަތިލާ، ރަށަށް ފޮނުވާލީ.
    މިފޯމިއުލާއިން ދައުލަތަށްވެސް ދިވެހީންނަށް ވެސް މަންފާއެއް ނެތް. ވީމާ، އެންމެން ހިއްސާވާގޮތަށް ރިސޯޓުތަކުގެ އެއްބަސްވުންތައް ބަދަލުކުރުމަށް ގޮވާލަން. ވޯޓު ހޯދަން އާދޭ މިކަން ކޮށްފަ!
    ދައުލަތަށް %30 ހިންގާ ފަރާތަށް %40 އާންމުކޮށް ޕަބްލިކަށް %30 (ކޮންމެދިވެއްސަކަށް 100 ޝެއަރ)
    މި ނޫނީ ދިވެހީންނަށް ޓޫރިޒަމްގެ މަންފާއެއް ނުލިބޭނެ.

  5. އަހަރެން

    Majileehuga hama buhdhi huri meehun thiby gunaa levey haa ves madhun... ginaiy siyaasee meehun.. majileehehga meehun hovaafa thibeyiru thibenjehyny eki dhaairaathakun kiyavain thibi meehun... emeehun ah maa rangalah visneyne adhi maa rangalhah raees ashaa ehen beyfulhun ah ves lafaa aruvan engeyne...