ރާއްޖޭގެ އިގްތިސާދު ކުރި ނާރަނީ މާސްޓަ ޕްލޭނެއް ނެތީމަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ހުށަހެޅުއްވި ބިނާވެށި ޕްލޭން ކުރުމުގެ ބިލަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ މަޖިލިހުގައި އަބަދުވެސް ވަކާލާތު ކުރަމުން ދިޔައީ ރާއްޖޭގެ ބިން ބިމާއި ކަނޑުގައި ހުރި ވަސީލަތްތައް އޮންނަން ވާނީ ޕްލޭނެއްގެ ދަށުން ހިންގަން ކަމަށެވެ. އެކަމަކު، ޕްލޭނެއް އޮތޭ ކިޔާފައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އިތުރުފުޅު ހައްދަވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮބައިތޯ ޕްލޭނިންއަކީ؟ އަޅުގަނޑަށް އެނގިފައެއް ނެތް ގާފަރުގައި ޕްލޭނެއް އޮތް ކަމެއް. އަޅުގަނޑު ކެމްޕެއިންގައި ހެދި ޕްލޭން އަދިވެސް އޮތީ. އެއީ މަޖިލިސް މެމްބަރަކު ގޮނޑި ކާމިޔާބު ކުރަންވެގެން ރައްޔިތުންނަށް ދައްކާ ތަސައްވަރު،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ރާއްޖެ ހިނގާނީ ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭނެއް އޮވެގެން ކަމަށެވެ. ކޮންމެ ސަރުކާރެއް އަޔަސް، އޭރަކު ހުންނެވި ވެރިއަކު ބޭނުންފުޅުވާ އަދި އަމަލު ނުކުރެވޭ ގޮތަށް މަޖިލިސް މެދުވެރިކޮށް ޕްލޭނެއް ހެދިފައި އޮންނަން ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި މަޖިލިހުން ފާސްކޮށްފައި އޮންނަން ވާނީ. އެހެންވީމަ މި މަޖިލިހުން އެ ބޭނުންވޭ މިހާރު ހުށަހެޅިފައި އޮތް ގާނޫނުގެ ދަށުން އަޅުގަނޑުމެން ޔަގީންކޮށް ކަށަވަރުކޮށްދޭން ގައުމުގައި ރިސޯސަސް ބެލުން. މި ގައުމުގައި ނެޝަނަލް ޕްލޭނިންއެއް އޮތުން،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ހުރި އިގްތިސާދީ ވަސީލަތްތައް ކުރިއަށް ނުގެންދެވިފައި ހުރީ ޕްލޭނެއް ނެތީމައެވެ. އޭގެ ފަހުގައި ޖާބިރު މިސާލު ނެންގެވީ ޗައިނާ އިންނެވެ. ޗައިނާގައި ޑިވެލޮޕްމަންޓް ޕްލޭން 100 އަހަރުވިޔަސް ބަދަލު ނުވާ ގޮތަށް އޮތް ކަމަށް ޖާބިރު ވިދާޅުވިއެވެ.

"އެހެންވީމަ އިންވެސްޓް ކުރާ ފަރާތަކަށް އެބަ އެނގޭ، މިވެނި ޕްރޮޖެކްޓަކަށް އިންވެސްޓް ކުރުމުގެ ފުރުސަތު މިވެނި ހިސާބަކަށް އޮތް ކަން. އެއީކީ ވަކި މީހެއް ކައިރި އަށް ހުއްދަ އަށް ދާން ޖެހޭ ކަމެއް ނޫން،" ރާއްޖެ އިން މިކަހަލަ ކަންކަން ނުފެންނަ ކަންކަން ފާހަގަ ކުރައްވައި ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވަނީ އިންވެސްޓް ކޮށްފައި ހުރި ކިތައް ޕްރޮޖެކްޓު ރާއްޖޭގައި ހުއްޓިފައި އޮތްތޯ ސުވާލު ކުރައްވައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަޑިމިލޭރު

    ޖާބިރު ތިޔާބުނޫ ހެއޮކޮށް. ތަރައްގީ އަކީ ކޮބައިކަން ނޭނގޭ ބަޔަކަށް ތަރައްގީ ކުރާނެ ޕްލޭން ކުރަހާނީ ކިހިނެއް. ޝާހިފުވެސް އދ މަޖްލީހުގެ ޖަލްސާގައި ބުނި އަޑުއެހިން ފަސް އަހަރަށް ތަރައްގީގެ ޕްލޭންތައް ހުރީހަދާފަޔޭ. ކާާކުބާ ޕްލޭން ހެދީ. ރައީސް ޔާމީން ކުރައްސަވާދެއްވާފައި ހުރިއެއްޗެތި އެއީ. ލަދުކޮބާ. އަސްލަމޫ. ޝާހިދޫ.

  2. ގ

    ޖާބެ ވެސް މޮޅުވާހަކަ ދައްކާ މިފަހަރު ތިޔަ ދެއްކީ ހަމަ ސަތޭކައިގެ ވާހަކަ
    ހެންވޭރު އަޑި ޕާކު ސަރަހައްދުގައި ހަދާ ޕާކުގެވެސް ޕްލޭނެއް ނެތް އެއްދުވަހަު ހަދާތަން އަނެއްދުވަހަު ހަދަނީ ކުރެހުމުގައި އޮތް ގޮތަކަށްނޫން ހަދަނީ ކެރަފާ ނަސީމުގެ ޖީބު ފުރޭގޮތަށް ހަދަ ހަދާފައި ތަޅަނީ އަބަދު އަނެއްކާ އަނދުން ހުސައިންގެ ވައުދު ފުއްދަން ޖެހި ޖެހިގެން ދެ ފުޓްބޯޅަ ދަނޑު ހަދަނީ .. ހުޅުމާލޭގައި ރައިސް ޔާމިން ސަރުކާޜުން ހެދި ސުވިންޕޫލް އެއް އޮތްވާ އަނެއްކާ މާލޭގައި ސްވިންޕޫލް އެއް ހަދަނީ

  3. ބުންޔާމީން

    ވަރަށް ރަނގަޅު ވާހަކައެއް

  4. ފިރާޤް

    ދޮގާ،މަކަރާ،ހީލަތްހެދުމަކީ މިހާރު އާމުކަމެއް އެއީ ކަމަށްއެކަށީގެންނުވާފަރާތްތައް މަގާމްތަކަށް
    ލެއްވުމުން އެފަރާތްތަކަށްކުރެވޭނެ އެހެންކަމެއް