2010 ވަނަ އަހަރުން ފެށިގެން ބޮލުގައި ކަޅު ކުލަ ނުޖައްސާ ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން ފޭސްބުކް އެކައުންޓް މެދުވެރިކޮށް މިރޭ ކުރި ޕޯސްޓެއްގައި ވިދާޅުވީ ބޯ ކަޅު ކުރުމަކީ ދީނީ ގޮތުން މަނާކަމެއް ކަން އެނގޭއިރު، ބޯ ކަޅު ކުރަނީ ކީއްވެތޯ އޭނާއާއި ވަރަށް ގިނަ މީހުން ސުވާލު ކުރަމުން ދާ ކަމަށެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ނިހާން ވިދާޅުވީ 2010 އަހަރުގެ ޖޫން މަހުން ފެށިގެން ކަޅު ކުލަ ބޮލުގައި ނުޖައްސާ ކަމަށާއި އާންމު ކޮށް ބޭނުން ކުރަނީ ބިޖެން ބްރޭންޑްގެ 884 ނެޗްރަލް ބްރައުން އަދި 885 ބާގުންޑީ ބްރައުން ކަމަށެވެ.

ނިހާންގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ ސީދާ ކަޅު ކުލަ ނުޖައްސާނަމަ އެންމެ ރަގަޅު ކަމަށް އިލްމުވެރިން ވިދާޅުވެފައި ވާ ކަމަށެވެ.

އިސްތަށީގައި ކަޅުކުލަ ޖެއްސުމަކީ ޙަރާމްވެގެންވާ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނިގެންވާ ކަމެއްކަމަށް ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ. (1) އަންހެނުންނާއި ފިރިހެނުންނަށްވެސް އިސްތަށީގައި ކަޅުކުލަ ޖެއްސުން ޙަރާމްވެގެންވެއެވެ. (2) ބައެއް ޢިލްމުވެރިން އަންހެނުންނަށް ޒީނަތެއްގެ ގޮތުގައި ހުއްދަކުރެއްވިކަމުގައި ވިޔަސް ރަނގަޅު ގޮތަކީ އަންހެނުންނާއި ފިރިހެނުންނަށްވެސް ޙަރާމްވެގެންވުމެވެ.(3)

އެގޮތުން އިސްތަށީގައި ކަޅުކުލަ ޖެއްސުމާއި ބެހޭގޮތުން ނަހީ އައިސްފައިވާ ބައެއް ޙަދީޘްތައް ތިރީގައިއެވަނީއެވެ.

(أُتِيَبِأَبِيقُحَافَةَيَوْمَفَتْحِمَكَّةَوَرَأْسُهُوَلِحْيَتُهُكَالثَّغَامَةِبَيَاضًافَقَالَرَسُولُاللَّهِصلىاللهعليه وسلم ‏"‏غَيِّرُواهَذَابِشَىْءٍوَاجْتَنِبُواالسَّوَادَ‏"‏ ) (4)
މާނައީ: މައްކާ ފަތަޙަކުރެވުނު ދުވަހު (އަބޫ ބަކުރު ރަޟިޔަﷲ ޢަންހު) އެކަލޭގެފާނުގެ ބައްޕާފުޅު އަބޫ ޤުޙާފާ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ގެންނެވިއެވެ. އޭރު އަބޫ ޤުޙާފާގެ ބޮލުގެ އިސްތަށި ހުދުކަން ޘިޣާމާ(ހުދުކުލައިގެ އެއްޗެއް އަޅާގަހެއް) ފަދައެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ކޮންމެސް އެއްޗެއް ބޭނުންކޮށްގެން (އަބޫ ޤުޙާފާގެ ބޮލުގެ) މިއިސްތަށިތަކުގެ ކުލަ ބަދަލުކުރާށެވެ. އަދި ކަޅުކުލަ ޖެއްސުމުން ދުރުވާށެވެ."

މި ޙަދީޘްގައި ކަޅުކުލަ ބޭނުންނުކުރުމަށް އަމުރުކުރައްވާފައިވެއެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (يَكُونُ قَوْمٌ يَخْضِبُونَ فِي آخِرِ الزَّمَانِ بِالسَّوَادِ، كَحَوَاصِلِ الْحَمَامِ، لَا يَرِيحُونَ رَائِحَةَ الْجَنَّةِ) (5)
މާނައީ: "ފަހު ޒަމާނުގައި ކޮތަރުގެ ބަނޑު ދަށުގައިވާ ކަޅުކުލަ ފަދައިން، (ބޮލާއި ތުނބުޅީގެ އިސްތަށީގައި) ކަޅުކުލަ ޖައްސާ ބަޔަކު އަންނާނެއެވެ. އެބައިމީހުން ސުވަރުގޭގެ ވަސްވެސް ނުދެކޭ ހުއްޓެވެ."

މި ޙަދީޘްގައި މިވަނީ އެފަދައިން ޢަމަލުކުރާ މީހުންނަށް ވަޢީދުގެ ބަސްފުޅު އައިސްފައެވެ. އެއީ ސުވަރުގޭގެ ވަސްވެސް އެބައިމީހުންނަށް ނުލިބުމެވެ. އެހެނީ ސުވަރުގޭގެ ވަސް ފަސްސަތޭކަ އަހަރުގެ ރާސްތާ ދުރުމިނުގައިވެއެވެ. ޢިލްމުވެރިން ބަޔާންކުރައްވާގޮތުގައި (ވަޢީދުގެ) ޢަޒާބުގެ އިންޒާރު ނައްޞެއްގައި އައިސްފިކަމުގައިވާނަމަ އެކަމެއް ބޮޑު ފާފައަކަށް ވާހުއްޓެވެ. އެހެންކަމުން މިނުބައި ޢަމަލުން ސަލާމަތްވުމުގެ ތަޢުފީޤު އަޅުގަނޑުމެން އެންމެހާ މުސްލިމުންނަށް ދެއްވާށިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބީވާ

    ބޮލުގައި ބޮލޮންޑް ކުލަ ހުންނަ މީހުން ކަޅު ކުލަ ޖެއްސިއަސް ހަރާމް ވާނެ ބާ؟ އެމީހުންގެ އަސްލު ފޮރުވޭނީ ކަޅުނޫން ކުލައެއް ޖައްސައިގެން

  2. ޔަނޫ

    އާމީން.

  3. އަސްލުހާލަތު

    ކަޅު ކުލައިގެ ތެރޭގަ ވެސް ހުރޭ އެކި ކަހަލަ ކަޅު.މޮޅެތި ނަންނަމުގަ .އެއިން ކޮންމެ ކޯޑެއް ބޭނުން ކުރިޔަސް ހަމަ އެއީ ކަޅުކުލަ..

  4. މުޙައްމަދު

    ނިހާނު ދީނުގާ ހިފާއްޓާތީ ވަރަށް އުފާވޭ. އެކަމަކުވެސް ދެރަވަނީ ފުލެޓުގަތްގޮތެއް އަދިވެސް ރަގަނޅަށް އޮޅުންފިލުވައިނުދޭތީ.

  5. ހަލީމަ

    ކީކޭ ކިޔަން ތިއުޅެނީ ކަލޭ ނުހަދާނެ ދުލަކުން ތެދެއް

  6. ހެޔޮނިޔަތް

    ނުރަޖެހީމަ ނިހާނު ވަރަށް ލަދުގަނޭދޯ؟

  7. އަމިއްލަ މީހާ

    ބޯކަޅުނުކުރުމަކީ މީހާ މިހާތަނަށް ކުރެވިފައިވާ ފާފަ ފުއްސެވުމެއްނޫން މިއަދުންފެށިގެންވެސް ތައުބާވެވޭތޯބައްލަވާ ސަލާމަތްކަން ހުރީ އޭރުން