ދީނީ ގޮތުން ހަރުކަށި ގްރޫޕްތަކުގެ އަމާޒަކަށް ރާއްޖެ ވެގެންދާ ގޮތަށް ހަގީގަތެއް ނެތް ވާހަކަތައް ފެތުރުމުން ގައުމަށް ވަރަށް ނުރައްކާ ވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ކުރީގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަން ކުރެއްވި އާދަމް ޝަރީފް މިހެން ވިދާޅުވީ، ރާއްޖެ ހިފަން ހަރުކަށި އައިސިސްއަށް ބައެއް ސިޔާސީ ޕާޓީތަކުން އެއްބާރުލުންދޭ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގައި މަޑުއްވަރީ ދާއިރާ ތަމްސީލު ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ ހައްދު ފަހަނަ އަޅާފައިވާ ޓެރަރިޒަމް ގްރޫޕްތައް ރުޅިގަދަވެ ބަދަލު ހިފުމުގެ ރޫހު އިތުރުވާ ގޮތަށް ވާހަކަ ދެއްކުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

"ނުރައްކަލުގެ ތެރެއަށް ރާއްޖެ ވައްޓާނުލައްވާ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ ކުރިން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސް އެޕް ގްރޫޕްއަކަށް ރައީސް ނަޝީދު ފޮނުވި މެސެޖެއްގައި ވިދާޅުވީ "އިންޑިއާ މިލިޓަރީ އައުޓް" ގެ ހަރަކާތަކީ ހަރުކަށި ފިކުރުތަކުގެ ހަރަކާތެއް ކަމަށެވެ.

ރައީސް ނަޝީދު އެ ދުވަހު ވިދާޅުވެފައިވާ ގޮތުގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ އިން އެ ކަމަށް އެއްބާރުލުންދެއެވެ. ނަޝީދު ވިދާޅުވާ ގޮތުގައި އެ ފަރާތްތަކުގެ ފުރަމަތަ އަމާޒަކީ ބައިނަލް އަގްވާމީ މުޖުތަމައުން ރާއްޖެ އެކަހެރިކޮށްލުމެވެ.

ރައީސް ނަޝީދުގެ އެ ވާހަކަތައް އާދަމް ޝަރީފް ކުށްވެރި ކުރެއްވިއިރު، އިދިކޮޅު ފަރާތްތަކުން ގެންދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ހާރިޖީ ސިޔާސަތުތަކަށާއި އިންޑިއާގެ ގުޅުމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އިންޑިއާގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި އަޅަން އުޅުން ފަދަ ތަފާތު ތުހުމަތުތައް އިދިކޮޅުން ކުރެއެވެ. މި ތުހުމަތުތައް ދިވެހި ސަރުކާރުންނާއި އިންޑިއާ ސަރުކާރުން ވެސް ދޮގު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    ތިކަން ކުރަނީ ބުއްޅަބޭ!

    9
    1
  2. ާަާަާއަބުދުއްސަމަދު

    ސަރުކާރުން އިންޑި އާސިފަޢިން ރާ އްޖޭގަޢިބަޢިތިޢްބާ ބޭނުންރަޢްޔިތުންނަ ސާފުކޮޢް ދެޢްވާ ބޭކާރު ވާހަކަ ނުދަޢްކަވާ ކޮންބޭނުމެޢްޢޮތީ

    8
    2
  3. ާަާަާއަބުދުއްސަމަދު

    ސަރުކާރުން އިންޑި އާސިފަޢިން ރާ އްޖޭގަޢިބަޢިތިޢްބާ ބޭނުންރަޢްޔިތުންނަ ސާފުކޮޢް ދެޢްވާ ބޭކާރު ވާހަކަ ނުދަޢްކަވާ ކޮންބޭނުމެޢްޢޮތީ!

    6
    1
  4. ވަތަނީ

    އަމިއްލަ ސޯޓްގަނޑު ބޭލޭހިނދު ރާއްޖެ ބަދުނާމުވެ ނުރައްކާ
    ވާފަދަ ބަސްމަގު ގެންގުޅުމާއި ސީދާ ދޮގުހެދުމަ ކުން ތިމާ
    މީހާ ތާހިރެއް ނުވާނެ އެވެ.