ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ އޮޑި ނުފެތޭނެ ކަަމަށް ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ދެބޭފުޅުން ބައްދަލު ކުރެއްވުމަށްފަހު، ރައީސް ސާލިހް ކުރެއްވި ޓްވީޓް ރީޓްވީޓް ކުރައްވަމުންނެވެ.

މުލީއާގޭގައި މިއަދު މެންދުރުފަހު ބޭއްވި އެ ބައްދަލުވުމާއި ގުޅޭގޮތުން ރައީސް ސާލިހު ވިދާޅުވީ، ދެބޭފުޅުން ދެންމެ ބައްދަލު ކުރެއްވި ކަމަށާއި ގިނަ ކަންތައްތަކާއި މެދު މަޝްވަރާ ކުރެއްވި ކަމަށެވެ.

"ކޮވިޑް-19 އާއި އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް ސަރުކާރާއި މަޖިލީސް އެކީގައި މަސައްކަތް ކުރުމުގެ މުހިންމު ކަން ފާހަގަކުރިން". ރައީސް ސާލިހު ކުރެއްވި ޓްވީޓްގައި ވެއެވެ.

ރައީސް ސާލިހު އެ ޓްވީޓް ނިންމަވާލައްވަމުން ވިދާޅުވީ، "އަޅުގަނޑުމެން ކުރިއަށް ދާނީ ރަނގަޅު މިސްރާބަކަށް" ކަމަށެވެ

ރައީސްގެ އެ ޓްވީޓް ރީޓްވީޓް ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، "އަޅުގަނޑުމެންނަށް ރާއްޖެ ސަލާމަތުގެ އައްސޭރިއަށް ގެނެވޭނެ، ރައްޔިތުންނަށް ހެޔޮ ގޮތް ހޯދައިދެވޭނެ" ކަމަށެވެ.

ރައީސް ސާލިހާއި ރައީސް ނަޝީދު މިއަދު ބައްދަލު ކުރައްވާފައި ވަނީ، ދެބޭފުޅުންގެ ދެމެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދިގެން އުޅޭކަމަށް އަޑުފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

މި ދެ ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާކަމުގެ އަޑުތައް ގަދަވެގެން ދިޔައީ، ރައީސް ނަޝީދު އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް މަގާމުން ދުރުކުރައްވަން މަސައްކަތް ފެއްޓެވި ހިސާބުންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ކީސާ

    ކިތައްމެ ބޮޑު އަދަދަކައް އިންޑިއާ އައް ވިއްކިއަސް 2023 ގަ ކަލޭމެން ބޭރުކުރުމުގެ އަޒުމުގަ ދިވެހި ރައްޔިތުް މިތިބީ އަބަދުވެސް އެކަމައް ވިސްނަވާތި

    61
    1
  2. އިސްތިއުފާ

    ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ

    45
  3. ހީޑް

    ޓައިޓޭނިކުގެ ކައްޕިވެސް ތިޔަހެންބުނި !!! އެއޮތީ އަޑީގަ !!!

    60
  4. ޖޯން

    ތިޔައޮޑިއަށް ދިޔާވާވަރުން ޕެންހިކާޕަންޕުގެ އެހީގަ ފެނުމަތީ ތިޔައޮތީ.

    48
  5. ކުމުންޒާނި

    ތިޔައޮޑި މިހާރުވެސް ފެތެމުންދަނީ އަޑިއަށްދިއުމުގެ ކުރިން ލައިފުޖެކެޓެއް އަޅައިގެން ކަނޑަށް ފުންމާލަން ތަށްޔާރުވޭ ........... ސަލާމަތްވުމަކީ އެމީހެއްގެ ކަމެއް.

    49
  6. ބެއްޔާ

    އެވަރަށް އިންޑިޔާ ސިފައިން އެބަތިބި ދެއްތޯ. ރާއްޖޭގައި މިއުޅޭ ފިދަނަ ސިފައިންނަށް އިތުބާރުނުކުރެވެޔޯ؟

  7. ހުސޭނުބޭ

    އަޑިންދާބޯޓެއް ދެން އިތުރަކަށް ނުފެތޭނެކަން އެނގޭ!

    32
  8. ފައްޔާޒު

    ނަސީދޫ ބުނަންތަ ރަނގަޅު ވާހަކައެއް ތިޔަ އޮޑި ފައްތައެއްނުލާނަން އަންދާ އަޅިޔައް ހަދާލާނީ.

  9. ޝޮކްތެރަޕީ

    ކަލޭމެން ބޮޑުތަނުން ބަލިކުރާނަން އިންޝާﷲ

    38
  10. ރާއްޖެތެރެ

    ކަލޭމެންގެ އޮތީ އިންޑިޔާއަ ޤައުމު ވިއްކަލުން

    34
  11. Anonymous

    މާތްﷲ އީ ކޮއްމެކަމަކައް ކުޅަދުންވަންތަ ރަސްކަލާގެއެވެ. އަރެމެންގެ އަބަދުގެދުއާއަކީ ތިޔައޮޑިފެތި ތިޔައޮޑީގެ ކައްޕިންތައް ކަނޑައް ގަރަގުވެދިޔުން މާތްﷲ އަޅމެންގެ ދުއާއިޖާބަކުރައްވާށި. އާމީން. އާމީން. އާމީން

  12. މީހާ

    ކކކކކކ ހުރެބަލަ އޮޑި ނުފެތެންޔާ ދުއްވާލަ ދުއްވާލާ.އަހަރެމެން ނޫޅެން ނުފެތިގެން ނެތް

  13. ސަބުލު

    ކކކކކކ ހުރެބަލަ އޮޑި ނުފެތެންޔާ ދުއްވާލަ ދުއްވާލާ.އަހަރެމެން ނޫޅެން ނުފެތިގެން ނެތް

  14. ސަމާލް

    ތީ ބޮޑުވެގެންވާ ދެ ގައްދާރުން. މިގައުމުގެ އެންމެބޮޑު ދެ އަދުއްވުން.

  15. Anonymous

    މާތް ރަސްކަލާނގެ އިރާދަފުޅާއިއެކު މިވެރިކަން ވެއްޓޭނެ ވަރަށް އަވަހަށް.

  16. ކަލީމު

    އޮޑިފެތިދާނޭކަން އެގޭތީ ފެންމަތިކުރަން އިންޑިޔާ ސިފައިން ތިތިބީ ގެނެސްފަ! އަދިވެސް އޮތީ އަންނަން! އެކަމަކު އިންޝާއަﷲ އޮޑި ފެތެން ދެން ދުވަސްތަކެއް ނެތް!