ރާއްޖޭގެ އެންމެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ އަލީ ރަމީޒު އަލުން އިޝްގީ ލަވަ ކިޔަން ފަށަންވީ ކަމަށް މާލޭގެ މޭޔަރުކަމަށް ވާދަކުރާ އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ.

އައިސިސް އާއި އަލްގައިދާ ފަދަ ނިރުބުވެރި ޖަމާއަތްތަކުން މަސައްކަތް ކުރަމުން އަންނަނީ ރާއްޖެ ހިފަން ކަމަށް ބުނެ އެކަމަށް ބައެއް ރާއްޖޭގެ ސިޔާސީ ޕާޓީތަކުން އެއްބާރުލުން ދެމުން އަންނަ ކަމަށް ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެން އަލީ ރަމީޒު މިއަދު ވަނީ އެއަށް ރައްދުދެއްވާފައެވެ.

އަލީ ރަމީޒް ވިދާޅުވީ، އެވާހަކަތައް މިހާރު ރައްޔިތުން ގަބޫލުނުކުރާ ކަމަށާއި، އަދި އެއީ މިހާރު މުސްކުޅިވެފައިވާ ވާހަކަތަކެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވެފައި ވަނީ، ނަޝީދު މިފަދަ ވާހަކަތައް ދައްކަވަމުން އަންނަނީ ހަގީގީ މައްސަލައަށް މީހުންގެ ސަމާލުކަން އަނބުރާލައި އޮޅުވާލުމަށް ކަމަށާއި، އެހެން ނަމަވެސް މިކަންކަމުގެ ތެދު މިހާރު އަންނަނީ ހާމަވަމުން ކަމަށެވެ.

އަލީ ރަމީޒްގެ މި ވާހަކަ މީޑިއާތަކުން ކަވަރު ކުރުމާއި ގުޅިގެން، އޭގެން ހަބަރެއް ޓްވިޓާގައި ހިއްސާ ކުރައްވަމުން އަލްހާން ވިދާޅުވީ، އަލީ ރަމީޒު އަލުން އިޝްގީ ލަވަ ކިޔަން ފަށަންވީ ކަމަށެވެ. އަދި އައިއެސްއާއި އަލްގައިދާގެ ވާހަކަ ދިވެހިން ގަބޫލު ކުރާ ކަމަށް އަލްހާން ވިދާޅުވިއެވެ.

އަދި ބޮލުގައި ބިދުއަވެރި ފަގުޑިއެއް އަޅައިގެން އޮޅުވާނުލުމަށް އަލްހާން ވަނީ އެދިފައެވެ.

އަލީ ރަމީޒަކީ މީގެ އަހަރުތަކެއް ކުރިން ރާއްޖޭގަައި ލަވަކިޔުމުގެ ދާއިރާގައި އަރާ ހުރި އެއް ތަރިއެވެ. ދިވެހިންގެ ތެރެއަށް އިޝްގީ އެތައް ލަވައެއް ގެނެސްދީފައިވާ މީހެކެވެ. އަހަރުތަކެއް ކުރިން އޭނާ ލަވަ ކިޔުމާއި މުޅިން ދުރަށް ގޮސް، މިހާރު ދީނީ ކަންކަމާއި ގުޅޭގޮތުން ވާހަކަދައްކާ އުޅެއެވެ. އަދި ލަވަކިޔުމުގެ ދާއިރާއާ ދުރަށް ދާ ފަންނާނުންނަށް ހިތްވަރުދީ ހަދަމުން ގޮސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

51 ކޮމެންޓް

  1. ޏަމް

    އަލްހާން ކަލޭ ކޮންމެހެން އަލީރަމީޒުއާއި ބެހޭނެކަމެއްނެތް ކަލެޔަކީ އޮއުވާލި ކަނދުފަށްޗެއް މިވަރުން ގެޓުވެބަލަ.

    248
    12
    • ނައިކް

      އަލްގަޢިދާއޭ ބުނާ ކޮންމެ ފަހަރަކު އަލީރަމީޒަށް މިއަރަނީ ކޮން ވިޔަރިއެއްބާ؟ ކޮންމެވެސް ސިއްރެއް އޮންނާނެ..ވަރަށް ފާހަގަކުރެވޭ..ނަޝީދު މިކިޔާ ބޮލު ރޮދިވެސް ގަސްތުގަ އަލީ ރަމީޒު ވިޔަރިއަރުވަން ދައްކާ ވާހަކައެއްކަމަށް ބެލެވޭ..

      9
      64
  2. ވަގުތު ޖެހިދާނެ

    ކަލޭ ރިޝްވަތާއި ޙަރާމް ލާރި ކެއުން ނޫން ކަމެއްނެތް.

    180
    8
    • ކޮންފަދަ

      އަލްހާން ކައިރީގައި އަހާބަލާ މޯދީގެ ރައިޓްހޭންޑެއް ކަމުގައިވާ ބީޖޭޕީގެ ސުބްރަމަނިޔާ ސްވާމީ ކައުބަތުﷲ ގެފުޅައް ދިންއިންޒާރު؟ އޭނާ ބުނެފައިވޭ މުސްލިމުންގެ ގިބްލަ އެބަހީ ގެފުޅު މުގުރާފާނަމޯ..މިކަމަށް އަލްހާން ބުނާނީ ކީކޭ؟؟އަދިވެސް އިންޑިއާއަކީ ރަގަނޅު ބައެއްކަމަށް ބަލަންތަ

      130
      4
      • ރާޖާ

        އޭނާ ކައިރިން އެހިޔަސް ކެނަބިސް ބޮއެ މޮޔަވެފަ ހުރި އެއްޗަކަށް އަންޑަސްޓޭންޑް ވާނެ ހެނެއް ހިއެއް ނުވޭ.

        15
  3. 2023 ގައި އަލީ ރަމީޒަށް ބުނާނީ ނޫނެކޭ

    އަލްހާން އެބުނީ ހެޔޮކޮށް. ޢަލީ ރަމީޒަށް އަޅެ ރަމީޒު ފެންނަހެން ހާދައެބަހީވެއޭ. ވެރިކަމަށްވެސް ކުރިމަތިލާން އެބައުޅެއޭ ކިޔާއަޑުއިވޭ. މީހާއަށް މީހާ ފެނުނަސް ބޮޑުވަރުދޯ. އިސްލާމްދީން ހަތިޔާރަކަށް ނަގައިގެން ވެރިކަމަށް އަންނަން ނޫޅޭ އައްޔާ

    19
    251
    • ދުންޔާ

      ވިސްނާ ވިސްނާ މަށަށް ގެޓެއްނުވި މިތާ އަލްހާން ޢަލީ ރަމީޒައް އިޝްގީލަވަ އަލުން ކިޔަން އެބުނީ ކީއްވެގެންކަން؟ ކަމާގުޅުންހުރިވާހަކައެއްވެސް ނޫންތީކީ..އަނެއްކާ
      ކިޔާނެއެއްޗެއް ނޭގިގެންބާ

      162
      3
    • ޢަހުރއން

      ވެރިޔަކށް އެރުންރަނގަޅީ ދީނެއް ގަބޫލު ނުކުރާ މީހުންތަ.. ވާގޮތް އެބަ ފެނެ އެންނު

      38
      3
  4. އަލީ

    އެޅެހާނު ކަލެއައް އަލީރަމީޒު ނޫނީ ގެޅިގަންނާނެ މީހަކު ނުފެނުނީތަ؟ ކަލެއަކީ ރައްޔިތުންނައް ކާކުކަން އެގޭ މީހެއް

    196
    2
  5. Anonymous

    ވަގުތު ފާއިތުނުވަނީސް ދީނަށްޓަކާ ނުކުންނަން ވީ ވަގުތު ޖެހިއްޖެ! ވަގުތު ފާއިތުވުމުގެ ކުރިން.....

    181
    8
  6. ހަމްދާން

    ޝައިތާނުން އަބަދުވެސް ގޮވާލާނީ ނުބައި މަގު ޚިޔާރުކުރުމައް. ރައްބެއް ރަސޫލެއް ހަލާލެއް ހަރާމެއް ނުބަލާ ހަވާ ނަފްސައް ދިރިއުޅުން ބިނާކޮއް ހަރާމް ގޮތުގައި ފައިސާ އަދި މުދާއެއްކޮއް އޭގެން ގައިގަ ހަރާމް މަސް ޖަހުވާފަތިބޭ ބަޔަކައް ކިހިނެތްތޯ އިސްލާމްދީނުގެ މާތްކަމާއި އަދި ތަގުވާގެމަގަކީ ކޮބާކަން އިނގޭނީ. ދެދުނިޔެއިން ގެއްލިގަނެގެން ތިބޭހާލު އަދިވެސް ހޭވެރިކަންވާކައް ނުވޭތޯ..؟

    164
    2
  7. އަހުމަދު

    އަލްހާނު މީ ސިކުނޑި ހަމަޖެހޭ މީހެއްބާ؟ އައްޔަ އަށް ގޮތްކިޔައިދޭން މީ ދެންކާކު! ތި ސޮ ރައް ކިޔަންވީ އަލްހާނެއްނޫން ތި ޔައް ކިޔަންވީ އަލްބޯގަޅި. ކު ރިމަތި ލާންވީ މޭޔަ ރު ކަމަކަށް ނޫން ކު ރިމަތި ލާންވީ ވެ ރިކަމަށް ބޯގަޅިޔާ....
    އައްޔައަށް މަގޭ ފުލް ސަޕޯޓް

    159
    5
  8. ޒާ

    އަލްހާނަށް ތިއޮތީ މާލޭ މޭޔަރުކަން ކަށަވަރުވެފަ. ދެން ލަލާ

    138
    4
  9. ޅޯބެ

    އަލްހާނު އަނެއްކާވެސް ރޮދި ކެޑިށްޖެ!

    140
    4
  10. މޮޔަސޮރު

    މިދެން ކާކު އަލީ ރަމީޒަށް ގޮތް ކިޔާދެން

    150
    5
  11. ޓަކަފިރޯށި

    އަލްހާންބޭ މިފަހަރު ކާކުތަ ކަލޭ ސްޕޮންސަރަކީ؟ހަޑިގޮތަކަށް މ.ޑ.ޕ އިން ބޭރުކޮށްފަ ތިހިރީ! ކޮންމެއެއްޗެކޭ ކިޔަސް މ.ޑ.ޕ މީހެއްގެ ވޯޓު ކަލެއަކަށް ނުދޭނެ!

    110
    2
  12. ކޮމިކް

    އަލްހާން ކަލޭ ޢަލީ ރަމީޒައް ރައްދުތިދިނީ އަންނި ބުނެގެންތަ؟؟؟އިންޑިއާއަށް ތައުރީފުކުރާއިރު..މޯދީ އެންމެފަހުން ބުނެފައިވޭ މުސްލިމުންނަކީ މަރާލަންޖެހޭ ބައެއްކަމަށް...ކަޝްމީރައްކުރާހާލު ބަލާބަލަ؟؟މުސްލިމުން އަޅާކަރުނަ..

    113
    2
  13. އާސިފު

    ލަނޑާ ވާނީ ލަނޑަޔާ. އަލްހާނަކީ އަދީބު ނޫނަސް އެހެން ޕާޓީތައް ހަލާކުު ކުރަން އަންނި ބޭނުންކުރާ މީހެއް. ހިތުން އަންނިޔަށް ވަރަށް އެއްޗެހި ގޮވާ. އެކަމު ދީނާ ބެހެންވީމާ އަންނިއާ އެއްބައި.

    106
    2
  14. ހަނި

    އަލްހާން ކިނަބިސް ހުދަކޮށްގެން އަލީރަމީޒާނުބެހިހުރެވޭތޯ ބަޅާށެވެ

    99
    2
    • XD

      ކިނަބިސް؟ ލޮލް

      12
      12
  15. ބެއްޔާ

    ރައްޔިތުންގެ ތާއީދު އޮތްތޯ ބަލަން ޢަލީ ރަމީޒާ ދިމާކުރި ވަރަށްގިނަ މީހުން ފެއިލްވެ މަޢާފަށް އެދިފައިވޭ. މިހާރު އަލްހާނަށް އޭނަގެ ސައިޒް އެނގިދާނެ. 2023

    118
    4
  16. ކޮވީ

    ކަލޯމެނޭ މިރާއްޖޭގައި މިއުޅޭ ހާން ތަކަކީވެސް ހާދަދެފުއްކެހެރި ބަޔެކޭދޯ! އަލްހާން ، ނިހާން ، އިލްހާމް މިހަމަ ޤައްދާރުންނަށްވީތާ!

    22
  17. އުޅަކޭ

    ޖުވާކުޅޭވާހަކަ ހަަމަދައްކާނަން ކަލޯ ހޭބަލިނުވޭ

    18
    1
  18. ހުސޭނުބޭ

    ކަލޭ ބުނާހައިކަމެއްކުރަން ޢަލީ ރަމީޒަކީ ކަލޭގެ އަޅެއްތަ؟

    109
    2
  19. ފަރުހާދު

    އަލީ ރަމީޒައް ވުރެންވެސް ރައްޔިތުންގެ ސަޕޯރޓް ދައްވީމާ ކިޔޭނެ އެއްޗެހި ތި ކިޔެނީ

    27
  20. އެމަންޖެ

    މިހާރު އަލްހާނަކައްވެސް ކެތެއް ނުވާނެ އަންނިމެނާ ބެހިގެން އަލްހާނަކީވެސް ލާދީނިއްޔަތައް ވިކި ހުސްވެފަ ހުރި މީހެއް.

    23
  21. ޝުކުރު

    މާރަނގަޅެއްނު ތިމާ އިސްލާހުވެއްޖިއްޔާ މާތްﷲ އަށް ބިރުވެތިވެސް ނުވާ ބައެއް މިސިޔާސީ މީހުންނަކީ.

    20
  22. ނަސީރު

    އަލްހާނު ކަލެޔައް އައްޔާ ހަމައައް އަދި އަންނަން ލައްކަޒަމާން ބޭނުންވާނެ ، ވީމާ އައްޔައަށް ޖެހިނުގަނެ ހަރާމެއް ހަލާލެއް ބެލުމެއްނެތި ލާރިކޮޅެއް ލިބޭތޯ ޕޯޑިޔަމްތަކައް އަރާ ދުނިޔެމަތީ ލެއްވިހާ ދޮގުވާހަކަ ދައްކާގެން ބޮލުރޮދިން ފަހަތުން އެޅެލަ އުޅެލަ ހުރީމަ މާރަނގަޅުވާނެ ކަމައް ފެންނަނީ ،

    20
    1
  23. ސާޖީ

    ކަލޭ ތީ މީހުންނަށް ގޮތް ކިޔާދޭ ވ ވުރެ މާ ދަށުދަރަޖާގެ މީހެއް.... ތީ ހަމަ ފައްކާ ރީނދޫ ފޯއްޔެއް....

    20
    1
  24. ނަސީރު

    އަލީ އަޅުގަނޑު އައްޔައައް ވަރައް ތާއީދު ، އަޅުގަނޑުގެ އެދުމަކީ އިސްލާމް ދީނާގެން ކުރިޔައްދިޔުން އަދި މިކިޔާ ޑިމޮކްރަސީ ގެ ކަންކަމާ ނުބެހި ހުރުން ،

    21
  25. އެޑިޓް

    އަލްހާން .. ކަލޭތީ ކާކުތަ!! ކަލޭ ވަރުގެ މީހެއް ނެތިގެން ތިއުޅެނީ.. ކަލޭމެން ނޫނަސް މިޤައުމުގަ ކަންކަން އެނގޭ.. ބަހަށްކުޅަދާނަ ދޫހެލޭ މީހުންވެސް އެބަތިބި! ހުރިހާ ކޮހެއް ނުގޮވަ އަނގަ މަޑުން ލައިގެން ހުރެބަލަ.. ހަމަ މީހަކުއެއްޗެކޭ ބުނާ އިރަށް ތާވަޅަ އެއް ބޮލަށް ފިތާލީމަ ވާހެން ނުވެބަލަ..!

    16
  26. ދިވެހިންގެ ވިންދު

    ބޯގޯސް އަލްހާނޫ. އަލީރަމީޒު އަކީ ނަފުސްވިއްކާ ބޭފުޅެއްނޫން. އަދިވެސް އަލީރަމީޒަށް ދިވެހިން އިތުބާރުކުރާނެ. ކަލެއަކީ ކާކުތޯ؟ ކަލެއަށް އިތުބާރު ކުރާނީ މޮޔައިން. ކަލޭގޮވީ ބުދުބަހައްޓާނަމޭ އަދި ބުދު ބަހައްޓާފާއޭ އެހުރީ. ރާކަނި މަސްކެވޭތޯ. ތިހުރީ މަޖިލީހުގަތޯ؟ ތިޔަހުރީ ސިޔާސީ މައިދާނުން ބޭގަރާރުވެފައޭ. ދެންލަލާ. ބޯގޯސް.

    20
  27. 😀

    އިސްޤީ ލަވަވެސް އަލީ ރަމީޒަށް ކިއިދާނެ އެ ކަމަމަކު އަލްހާނުމެން ކީއް ކުރާނީ

    21
    1
  28. ޢަހުރެން

    ރާއްޖޭގަ އެންމެންގެ ލޯބި ލިބުނީމަވެސް ނުބައިގޮތް ދޫކޮށްލި މީހަކާ ރައްޔިތުންގެ މުދަލުން ހަރާން ލާރި ބަނޑުއެޅި މީހަކާ. ބަަލަ އައްޔަ އަކީ އެކި އެކި ގޮތްގޮތުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ ގައުމަށް އެތައް ހިދުމަތެއް ކުރި މިހެކޭ.

    22
    1
  29. އައްޑޫ މީހާ

    ކަލޯ އަލްހާން ވިސްނާލާ ކަލޯއަށް މެމްބަރުކަން ކުރަން ދިނީމަ ވީގޮތް ސިޔާސީ ސަކަރާތްޖަހާ މޮޔައެއް

    19
  30. ހުވަދު އަތޮޅު

    އަލްހާނު އަކީ ބަޔަކު ގަނެފަ ހުރި މީހަކާ ހާދަ ވައްތަރޭ.. އެހެންޏާ ބަޔަކު ރުއްސަން ތި ޖަހާ ސަކަރާތުން އަމިއްލަ މީހާ ފަޟީހަތްވެ ނިމޭއިރުވެސް ނުވިސްނޭ.. އަލްހާނު ކަލެއަށް ދޭނެ ވޯޓެއް ނެތް.. ޤައުމަށް ޤައްދާރުވި ކޮންމެ މީހަކީ ބާކީވެ ނިކަމެތިވާނެ މީހެއްކަން ހަދާން ކުރާތި.. ބޭނުން ޖެހިއްޖެ ވަގުތެއްގައި ޤައުމައްޓަކައި ފުރާނަ ޤުރުބާން ކުރާނެ ކިތަންމެ ބަޔަކު މި ޤާއުމުގަ އެބަތިބި..

    15
    2
  31. ޔާންޓޭ

    ޢަލީރަމީޒު އާއި އަލްހާނު މިއީ އަޖައިބެއްކަހަލަ ދެ ޝަޚުސިއްޔަތެއް!
    ޢަލީ ރަމީޒު ކިޔެވީ މާލޭ އިންގްލިޝް ސްކޫލުން (އެމް.އީ.އެސް) އިނގިރޭސި މީޑިއަމަށް، އެ އަށްފަހު ލަވަކިޔުމުގައި ދުވަސްގަނޑެއް ހޭދަކުރި، އަދި އޭގެފަހުން އެފާސިޤުކަން ދޫކޮށް ﷲ ގެ މަގަށް ރުޖޫޢަވެ ތައުބާވެ އެގޮތުގައި އެހުރީ އަދިވެސް، އޭނަގެ ކިބައިން ފެންނަނީ މުއުމިނުންގެ ސިފަތައް، ފެންނަނީ ހެޔޮަކަންތައްތައް..

    އަލްހާނަކީ ޢަރަބިއްޔާއިން އެދުރުވެގެން މަޢުހަދުން އެދުރުވެގެން ޢަރަބިކަރަޔަށް ގޮސް މިސްރާއި ސަޢުދީން އިސްލާމީ ޝަރީޢާ ކިޔަވަން އުޅުނު މީހެއް (ކިޔެވުން އެއްކޮށް ނުނިންމިޔަސް)
    އަލްހާނުގެ ތަޢުލީމީ ޙަޔަާތުގެ ބޮޑުބައި ހޭދަކުރީ ޢަރަބި އިސްލާމީ ތަޢުލީމު އުނގެނުމުގައި، ޢަރަބިއްޔާއާއި މަޢުހަދުގަ އަދި ޢަރަބިކަރާގައި.
    ގައިމު ޢަރަބިއްޔާ މަޢުހަދުން ކިޔަވައި އުނގެނުނު ދީނީ އެއްޗެއްވެސް އޮންނާނެންނު!
    އެކަމަކު ހިތާމައަކީ.. ތިބާގެ ކިބައިން ފެންނަނީ ދުވަހެއް ދުވަހަކަށް ފާސިޤުކަމާއި ޢިމާންކަމާ ފެއަށްޖެހޭތަން.
    އަލްހާނު ތިދަނީ މަދު ފައިސާކޮޅެއްގެ ދަހިވެތިކަމުގައި، އަދި ދުނިޔޭގެ މަޤާމާއި ހަސަބާއި ނަސަބަށްޓަކައި، ދުލަށް އައިހައި އެއްޗެއް ކިޔައި، ހިތަށް އެރިގޮތެއް އެއީ އެންމެ ތަހުޒީބު ރަނގަޅު ގޮތް ކަމަށް ޤަބޫލުކޮށް އެގޮތް ފަތުރަމުން.
    ﷲ ތިބާއަށް ހެޔޮމަގު ދައްކަވާށި!

    ވިސްނާ ފިކުރު ކުރާބަޔަކަށް.. ތިޔަ ދެބޭފުޅުންނަކީ ދިރިހުރި މިސާލެއް!
    އެއްބޭފުޅަކު ހެޔޮމަގު ހޯދައި ލިބިގަނެ އެމަގުގައި ހިފެހެއްޓުމުގައި ގަދައަޅާ މަސައްކަތްކުރާއިރު، އަނެއްބޭފުޅަކު ހެޔޮގޮތް އެނގިހުރެ ފާސިޤުކަން ދޫނުކުރުމުގައި ކުރުފައި ވިއްދާފައި..

    24
  32. މުސް

    އަލްހާން މިދެން ކާކު، ޔަހޫދީފަގުޑި އަޅައިގެން ކަލެއަށް ވީމޮޅެއް އެބައޮތްތައް ދެންވެސް ތއުބާވެ ތެދުމަގު ހިޔާރުކޮށް ބަލަ

    17
  33. ޙިބަރު

    މާލޭގެ މީޔަރު ކަމަށް އަޅެހާނު ހޮވިއްޖެ

    12
  34. ބޯގޮވާފަ

    ޢަލްހާން ހުރީ މިހާރު ޖުވާ ކުޅެގެން ަ އަތަށް ލާރިގަނޑެއް އަރައިގެން ބޯގޮވާފަ. ޢެއްދުވަހަ ކު ގަންޖާއޭ އަނެއްދުވަހު އިޝްގީލަވަޔޭ މި ކިޔަނީ މީނާ މިހާރު ޖާބިރެ ކޭ އެއްވަރު.

    15
    • އައިޝާ

      އަލްހާން ތިބާ ސޫރަތުލް ހުމަޒާ މާނައާއެކު ކިޔާޔުން ވަރަށް ބޮޑަން އެދެބް.

  35. ކެނަބިސް

    އަލްހާނު ކަލޭ އުޅޭ ރާއްޖޭގެ ކެނަބިސް ހުއް ކުރެވޭތޯ ހުއްދަވީމަ ކެނަބިސް އިން ބިޒްނަސް ކުރޭ

    11
  36. މެކުނު

    ތިހުރީ މޭޔަރުކަންލިބިފަ.

  37. އެސޮރު

    މިހާރުވެސް އަލީ ރަމީޒު ތިޔަ މޭޔަރު ކަމައް ކުރިމަތިލިޔަސް އަލުހާން ދާނީ ފަތިފުލުން.

    13
    2
  38. ހޮކި

    އަލީ ރަމީޒު އަކީ ވެސް ހައްދުފަހަނަ އެޅި ފިކުރައް ތާއީދު ކުރާ މީހެއް

    1
    22
  39. ރަދީފް

    އަލްހާން ތޯ ކޮބާ؟ ތަ ތެ ކޭ ނީ ކިއަންކާއު؟ މޭޔަރުގެ ވޯޓްގަ ތައް ލީބޭޏެއި ފަހަތުން 1 ވަނަ.ތައް މިވަރުން ގެޓް ވޭހެއް ކަމަށް ހީކެރަން.

  40. ނަމަ

    އަލްހާން އަގަ މަތީ މަލަން އަޅާފަ ބައިންދަންވެއްޖެ އަޕްޕު ކިޔަން ދަސްކޮއްލަދޭން

    4
    1
  41. ޢަޒްރާ ޢަލީ

    އެނގުމާ ނޭނގުމާ ވ ތަފާތު ވާނެ އަލީރަމީޒަކީ މިހާރު އިސްލާމްދީނާއި އެދީނުގެ ޢިލްމު ކުރިއެރުވުމަށް މަސައްކަތް ކުރައްވާ ބޭފުޅެއް ޙައްގު ގޮތުގަ މިހާރު މަސައްކަތް އެކުރައްވަނީ އިޚްލާސްތެރި ހިތަކާއެކު އަލީރަމީޒުއަށް ބާއްޖަވެރި ދުވަސްތަކަކަށް އެދެން އަދި އަލްހާނަށް ހެޔޮވިސްނުން ދެއްވާށި އާމީން

  42. ނިއުޝީނު

    އަލްހާން އަކީ ޖުވާ ކުޅެ ކެނަބިސް ހުއްދަ ކުރުމަށް ގޮވާލާ މީހެއް. މިފަދަ މީހުންގެ ވާހަކަތައް ޚަބަރުގެ ގޮތުގައި ގެންނާތީ ހިތާމަ ކުރަން.

    2
    1
  43. ހޮޅިފެން

    އަލްހާން ހީކުރީތަ ކަލޭ ތީ މާ މީހެކޭ؟؟ ސަމާލުކަން ހޯދަންތަ ތި އުޅެނީ..

  44. އަޝްވީން

    އަލް ހަރާމް ކަލޭ ނިކުތްތަނަކައް އެނބުރިގޮސް ވަދެ އޮވެބަލަ..