ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، އެމަނިކުފާނާއި ދެބޭފުޅުންނަކީ އެކަކު އަނެކަކަށް ކަންކަން ކުރަން އަންގާ ބައެއް ނޫން ކަމަށް ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، މިހާރު ރައްޔިތުންގެ މަޖިލީސް ކުރާ ގޭގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވަކި ކުރުމުގެ މަސައްކަތް ފަށަން ރައީސް އަަށް އެންގެވިންތޯ ސާފުކުރަން ނޫސްވެރިޔަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތެރޭގައި އަބަދުވެސް އެ ޕާޓީގެ މެންބަރުންނާއި އެ ޕާޓީ ވެރިކަމުގައި އޮންނަ އިރެއްގައި އެ ޕާޓީގެ ވަޒީރުންގެ މައްސަލަތައް އަބަދުވެސް ހިނގާ ކަމަށާއި ވަރަށް ހޫނުކޮށް ޕާޓީގެ އެތެރޭގައި އަބަދުވެސް އެ ބަހުސްތައް ހިންގަވާ ކަމަށެވެ.

އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި އެމްޑީޕީގެ އެތެރޭގައި ބަހުސްތައް ހިނގަނީ އެމްޑީޕީ އިން މައިގަނޑު ދެ އަސާސްއެއް ގަބޫލު ކުރާތީއެވެ. އެއީ ކޮރަޕްޝަންއާއި އަނިޔާއާއި ދެކޮޅުވުމެވެ. އެހެންކަމުން އެ ޕާޓީ ވެރިކަމުގައި އޮންނައިރު އެ ފަދަ ކަންކަން ތަކުރާރުވާން ޕާޓީގެ އެތެރޭގައި ހިނގަން ބޭނުން ނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޞާލިހް ކަމެއް ކުރައްވަން ބޭނުންވާނަމަ އެމަނިކުފާނަށް އެ ކަމެއް ނާންގަވާ ކުރެއްވޭނެ ކަމަށެވެ. އަދި އެމަނިކުފާނު ވެސް ކުރައްވާ ކޮންމެ ކަމެއް ރައީސް ޞާލިހްއަށް އަންގަވައިގެން ނުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް ކަންކަން ނިންމަވާނީ މަޝްވަރާ ކުރައްވައިގެން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހްއާ، ދެ މީހުންނަކީ، އެކަކު އަނެކަކަށް ކަންކަން ކުރަން އަންގައިގެން ކަންކަން ކުރާ ދެ މީހުނެއް ނޫން، އަޅުގަނޑު ނޭންގިޔަސް ރައީސްއަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު ކުރާ ކަންކަން، އެއީ އެހެން ހިނގާ ކަންކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، މަޖިލީހުގައި ހިނގާ ކަމަކަށް ނުވާތީ މަޖިލީހުގެ ޕްރެންސް ކޮންފެރެންސްގެ ޕޯޑިއަމްގައި އޭގެ ތަފުސީލުތަކަށް ވަޑައިގަންނަވަން ބޭނުންފުޅުނުވާ ކަމަށެވެ.

ޕްރެސް ކޮންފަރެންސް ނިންމަވާލެއްވުމަށް ފަހު، ނޫސްވެރިންނާ ވަކިން ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސްގެ ކެބިނެޓަކީ އެމަނިކުފާނުގެ އަމިއްލަފުޅު އިހްތިޔާރަކަށް ވުމުން އެ ޖާގަ އަބަދުވެސް ރައީސްއަށް ދެއްވާނެ ކަމަށެވެ.

މީގެ ކުރިން ރައީސް ޞާލިހް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުން، އެމަނިކުފާނުގެ ކެބިނެޓް އެކުލަވާލުމުގެ މަޝްވަރާތައް ޕާޓީތަކުގެ މެދުގައި ކުރެވުނު ދުވަސްވަރު ރައީސްގެ ކެބިނެޓަށް އައްޔަން ކުރައްވާނީ ރައީސް ބޭނުންފުޅުވާ ބޭފުޅުން ކަމާއި ޕާޓީތަކުން އެކަމާ ނޫޅުމަށް ނަޝީދު ދެއްކެވި ވާހަކަތައް ވެސް ހާނދާން އާ ކުރެއްވިއެވެ.

ރަައީސް ޞާލިހްއާއި ރައީސް ނަޝީދާ ދެމެދު ބާރު ހޯއްދެވުމުގެ ވާާދައެއް އުފެދިފައިވާ ކަމުގެ އަޑު ފެތުރިފައިވާއިރު، ދެބޭފުޅުންގެ ގުޅުން ދިފާއު ކުރައްވައި ދެ ރައީސުން އަބަދުވެސް ވާހަކަ ދައްކަވައެވެ.

ދެ ރައީސުން ވެސް ވިދާޅުވާ ގޮތުގައި، ދެ ބޭފުޅުންނަށް އެއްބަސްވެވޭ ކަމެއް ހޯއްދަވައި އެ ކަމެއް ކުރައްވާނެއެވެ. އަދި ދެ ބޭފުޅުންގެ މެދުގައި އެއްވެސް މައްސަލައެއް އުފެދިފައި ނުވާ ކަމަށް ވެސް ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޑޭންޖުރެސް

    ޑިފަމޭޝަން ގާނޫނެއް ސަރުކާރުން އުފަން ކުރަން އެއުޅެނީ އެއީ ރައީސް އިބޫގެ އިސްތިއުފާ އަށް ގޮވާތީއޭ އަދި މިނިސްޓަރުންގެ އިސްތިއުފާ އަށް ގޮވާތީއޭ އިސްތިއުފާ އަށް ގޮވާނީ އެއީ ރައްޔިތުންނަށް ވެފައިވާ އެންމެ ބަރުދަން ބޮޑު ވައުދު ކަމުގައިވާ މާލެ ސަރަހައްދުން ފްލެޓް ބޭނުންވާ ކޮންމެ މީހަކަށް 20 ހާސް އަކަފޫޓްގެ ގޯއްޗެއް ދޭނަމޭ އެމްޑީޕީގެ މެނިފެސްޓޯގެ 16 ވަނަ ސޮފްހާގައި ބަޔާން ކޮށް ހަދާ ވެރިކަމަށް އައިސް އެވައު އޮޅާލާފައިވާތީއޭ ނުރައްކަލޭ ޑޭންުޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް

    16
    1
  2. އިސްތިއުފާއޭ

    ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ

    13
    1
  3. އެމަންޖެ

    ކަލޭމެން ނާނގައޭ ހުރިހާކަމެއް ކޮށް ގައުމު ދަވާލަމުން ލާދީނީ ކުރަމުން ތިޔަ ދަނީ.

    5
    1
  4. ސަޓޯ

    އެހެންވީމަ ދޯ އަންނި ތަޅާނެ ކުދިން ހޯދަން އުޅުނީ!!!