ކުރީގެ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރުންނަށް، ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އަތުން ރިޝްވަތު ނަންގަވަން އަންގަވާފައި ނުވާނެ ކަމަށް ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިރޭ ކުރިއަަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު މިހެން ވިދާޅުވީ، ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އަށާރަވަނަ މަޖިލީހުގައި އޭރުގެ ސަރުކާރުން ބޭނުންވާ ކަންކަން ފާސްކުރަން އެމްޑީޕީގެ މެންބަރުން ވޯޓު ދެއްވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާއިން ރިޝްވަތު ނަންގަވައިގެން ކަމާއި އެ ކަމަށް ރައީސް ނަޝީދު ހުއްދަ ދެއްވި ކަމަށް ވާހަކަތައް ދެކެވެއެވެ.

ނޫސްވެރިޔާ ސުވާލު ކުރެއްވީ ނައިބު ރައީސް ކަމަށް އަދީބު ވަޑައިގަނެވޭ ގޮތަށް ގާނޫނު އަސާސީގައި ބަޔާން ކުރާ ނައިބު ރައީސްގެ އުމުރުފުރާގެ މާއްދާއަށް ބަދަލު ގެންނަން އެމްޑީޕީގެ ބައެއް މެންބަރުން ވޯޓު ދެއްވީ އަދީބު އަތުން ރިޝްވަތު ނަންގަވާ ކަމަށް ދެކެވޭ ވާހަކައާއި ނަޝީދު ހުއްދަ ދެއްވި ކަމަކަށް ދެކެވޭ ވާހަތަކަކީ ތެދެއްތޯއެވެ.

ނޫސްވެރިޔާގެ އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވަރަށް ކުރުކޮށް ވިދާޅުވީ "ނޫން، އަންގާފައި ނުވާ." ކަމަށެވެ.

ނައިބު ރައީސް ކަމަށް އަދީބު ވަޑައިގަންނަވަން ފާސްކުރި އިސްލާހާއި، ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ފާސްކުރަން އެމްޑީޕީގެ ބައެއް މެންބަރުން ވޯޓު ދެއްވާފައިވެއެވެ. އޭރު ރައީސް ނަޝީދު ހުންނެވީ ޖަލު ބަންދުގައެވެ.

އަޑު ފެތުރިފައި އޮންނަ ގޮތުން ނަޝީދު މިނިވަން ކުރަން އެ އިސްލާހުތަކަށް ވޯޓު ދެއްވަން އަދީބު ޝަރުތު ކުރެއްވިއެވެ. އެމްޑީޕީގެ އޭރުގެ ޕާލިމެންޓްރީ ގްރޫޕް އިން ފްރީ ވިޕެއް ނެރުނީ ވެސް އެހެންވެގެން ކަމަށް ސިޔާސީ ބޭފުޅުންގެ ތެރޭގައި ވެސް ވާހަކަ ދެކެވެނުވެ،

އަލުން މި ވާހަކަތައް ފެންމަތިވެގެން ދިޔައީ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ހިޔާނާތުގައި ބައިވެރިވި ކަމަށް އިއުތިރާފް ވަމުން އަދީބު ދެއްކެވި ވާހަކަތަކާ ގުޅިގެނެވެ.

އަދީބު ވިދާޅުވެފައިވަނީ ޝަރުއީ ކޯޓުތަކުން ވަކި ހުކުމްތަކެއް ނެރުމަށާއި މަޖިލީހުން ވަކި ކަންކަމެއް ފާސްކުރަން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ބޭނުން ކޮށްފައިވާ ކަމަށެވެ. މި ގޮތުން ކުރީގެ ބައެއް ރައީސުންނާއި ބައެއް ފަނޑިޔާރުންނާއި މަޖިލީހުގެ ގިނަ މެންބަރުންތަކަކަށް ފައިސާ ލިބިވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވިއެވެ.

އަދީބު އެހެން ވިދާޅުވުމާ އެކު ޓްވީޓާގައި ވެސް ރައީސް ނަޝީދު ދެކެވޭ ވާހަކަތަކަށް އިންކާރު ކުރައްވާފައިވެއެވެ. ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އެމަނިކުފާނަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ބެލެވޭ 500 އަށް ވުރެ ގިނަ މީހުންގެ ލިސްޓެއް އެކުލަވާފައިވާއިރު، އެ ހިޔާނާތް މިހާރު ތަހުގީގު ކުރެވެމުން ދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ކޮމިޝަނާއި، އޭސީސީއާއި، ފުލުހުންނާއި ޕްރޮޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ގުޅިގެނެވެ.

އެ އިދާރާތަކުން ވިދާޅުވެފައިވާ ގޮތުގައި ހިޔާނާތުގައި ބައިވެރިވި ކަމަށް ސާބިތުވާ ވަރަށް ހެކި ލިބި ދައުވާ ކުރެވޭ މަރުހާލައަށް ދިއުމުން ފަހަރަކު ނަމެއް ހާމަކުރަމުންދާނެއެވެ. އެކަމަކު މިހާތަނަށް ދައުވާ އުފުލުނީ އަދީބުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމްއެމްޕީއާރުސީގެ އޭރުގެ އެމްޑީ އަބްދުﷲ ޒިޔަތަށެވެ. އެއިން ހުކުމް ކުރީ އަދީބާއި ރައީސް ޔާމީނަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަލީ

    ނަޝީދު މިހާރު ތިވަނީ މިސްކިތު ހުޅުޖެހިމީހާ އަށް ވީވަރު ތިހެން ގޮސް އަމިއްލަ އައް ހުރިހާ ކަމަކާ ހަވާލުވާނެ އަނގަ ގަދަވެގެން ގޮސް މިހާރުވެސް އޮތީ ބުނެވިފަ އަދީބަކީ ކުރީސަރުކާރުގަ ތިމަންނަ އެޅުވި ފަންޏެކޯ އެހެން ވީމާ ބޭފުޅާގެ އިރުށާދޫގެ ދަށުން ނޫންތޯ އަދީބު ހުރިހާ ވައްކަމެއް ކުރާނީ. މީ ދިވެހި ރައްޔިތުން ގަބޫލުކުރާ ގޮތެއް ވަރައް ސަލާމް...

    40
  2. މިގޭ

    ނެގި ކަލޭވެސްނެގި މެމްބަރުންވެސްނެގި

    32
    1
  3. ބުއްޅަ

    ތިހެން ބުނެފިތޯ ހަމަޔަގީން ހުންނާނީ އަންގަވާފަ ރިސްވަތުނަގަން ސަތޭކަޕަސެންޓު ގެރަންޓީ އަވަހަށް މީނިޔާދޭތެރޭ ދައުވާކުރުމަށް ފުލުހުންނަށް ގޮވާލަން.

    29
  4. ޔައުޤުބު

    37 މިލިޔަން ދިން މީހެއް އެގޭތަ؟ ކަލޯ ފް ރެންޑް ގާތު އަހާލަބަލަ

    29
  5. ޓަކަފިރޯށި

    "އީސާ ކަލޭ ވޯޓުލާ އަދީބު.."؟ ކުރީގެ ރ.ނަޝީދު ވެސް ވަނީ އެމް.އެމް.ޕީ އާރް.ސީ ގެ ޑޮލަރުން ބޮޑުބައެއްލިބިފަ !

    29
  6. ޙަސަނުގެ ދަރި

    ހާދަވަ ރަކަށް މިތެޅެނީ ހީވަނީ ކޮންމެވެސް ކަމެއް އޮތީހެން އެހެންނޫނީ ކުށެއް ނެތްކަން ދައްކަން ވާހަކަތަކެއް ދެއްކުމުގެ ބޭނުމަކީ ކޮބާ. ޖާބި ރު ހިނދު ކޮޅުގަ ހު ރެގެން ބުނި ކިނބޫ ވެސް ފައިސާ ނެގިކަމަށް ދޮއްތަ
    ސުވާލަކީ ޕީޕީ އަށް ޖެއްސުން ކު ރަމުން އައި ބަޔަކު ކީއްވެހޭ އެމީހުން ހުށަހެޅި ބިލަށް ރީދޫ ގިނަކުދިން ވޯޓްދިނީ.

    24
  7. ބެއްޔާ

    އަދީބަކީ ތިމާ އެޅުވި ފަންޏެއްކަމަށާއި އަދީބު ބޭނުންކޮްށްގެން އެތައް ކަމެއް ހިންގާފައިވާނެކަމަށް ބުނި ހަނދާން ނެތުނީތޯ. އެއިރު ޕީޖީ ލީޑަރަކަށް ހުރި މީހާއަތަށް 37މ. ދިން ވާހަކަވެސް އެބަކިޔާ. ތިހާ ގަޓް ހުރިއްޔާ ރިޝްވަތު ލިސްޓް ނެރެބަލަ. މިހާރު ޕީޖީ ޝަމީމްގެ ވާހަކަވެސް ދައްކަންޖެހޭ. އަދީބު ހިފަހައްޓައިގެން ތިގަންނަ ގަނޑު ވަރަަށް ސާފު.

    25
  8. ހުސޭނުބޭ

    މީނާ މިހެން ބުނެފިތަ...... އެހުރީ އެކަން އަންގާގެން

    26
    1
  9. އޭނާ

    ތިމާގެ އަސްލު ފެންވަރު ފެންނަނީ ތިމާ ނުރުހޭ މީހާއާ މުޚާތަބުކުރާގޮތުން. މިހާރަކަށް އައިސް ސިޔާސީ އޮއިވަރުގާޖެހި ތިމާ ނުރުހޭ ސިޔާސީ ފަރާތްތަކަށް ބަދުބަސް ބުނުން އާންމުވެއްޖެ. ނަމަވެސް އަޅުގަނޑު ހިތުން އެއީ އެކަން ވާންޖެހޭ ގޮތެއްނޫން. ސިޔާސީގޮތުން ތިމާ ހިތާނުވާ ކަންކަމާ ވިއްދައިގެން ބަހުސްކުރެވެން ޖެހޭ، ނަމަވެސް އޭގެ މާނައެއްނޫން އަނެއްކޮޅުގާ ހުންނަ ފަާތުގެ އަބުރުކަތިލާ އެ ފަރާތުން މައިންބަފައިންނާ ބެހެން ޖެހޭނެއެކޭ! އަޅުގަނޑުމެން މި ކިޔަނީ އަޅުގަނޑުމެން މީ އިސްލާމުންނޭ، އެހެންވީމާ ހަގީގީ މާނައިގާ އިސްލާމުން ކަން ހަމަ ކޮންމެ ހާލަތެއްގާވެސް ދައްކަންޖެހޭ!

  10. ނަސީދު

    މިހާރިވެސް މަތިން ކޯފާއެއް ބާވާލައްވައިފިއްޔާ ރިސްވަތު ނެގި ހުރިހާމީހުން ޢެކަމާ އިއުތިރަަފު ވާނެ އެނޫން އެއްގޮތަކުންވެސް ތީގެން އެކަކު ރިއްސްފަތު ނެގިކަމަކައް ނުހަދާނެ

  11. އަބްދޫ

    ނާންގާ އަމިއްލައަށްއެލުވި ފަނިން އަތުލާފަ ބެހީ

  12. ޑައެލޯގް

    ބަލަ އަންނިނޫން ބުނީ އަދީބަކީ ފަންޏެކޭ އެހެންވެ ކެދިކުޅުދޫ މެމްބަރު އީސަ ލައްވާ ރައީސްޔާމީނަށް ހަމަލާދޭން ތިމަންނަ އީސަކައިރީބުނީމޭ އަދީބު ބޭނުންވާގޮތަށް ވޯޓުދޭށޭ ވީމާ އީސަ ފައިސާނުނަގައެއް ވޯޓްނުދޭނެދޯ. އީސަ މަޖިލިހަށް ވަތްއިރު އޮތީ 2500 ރުފިޔާއެވެ. އަހަރެއްނުވެ ކަންނެލި އޮޑިއާއި ސިލިކާ ކިޔާ މުށިވިއްކާ ފިހާރައާބައިވަރު މުދާލިބުނުގޮތެއް ނޭގެއެވެ.

  13. ސާހިދު

    ނަޝީދު ނުކުރާނެއޭ ބުނެފިއްޔާ އެކަން އެ އޮތީ ވަރަން ފުރުހަމައަށް ކޮންފަ އެއީ މިވީހާތަނަން ނަޝީދު މުޅިންވެސް ކަންކޮންފަ އޮތީ އެހެއް