ގުޅިލާމެހިފައިވާ ބަވަނަ ދުނިޔޭގައި ބައިނަލްއަގްވާމީ ގޮތުން ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލު ކުރެވެން އޮންނާނީ ގައުމުތަކުން ގުޅިގެން ކަމަށާއި އެ ބޭނުމުގައި ގައުމުތަކުގައި އެހެން ގައުމުގެ ސިފައިން ވެސް ތިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"އިންޑިއާ އައުޓް" ނަމުގައި މީސް މީޑިއާގައި ކެމްޕެއިނެއް ފަށާފައި އޮންނަތާ ދުވަސްކޮޅެއްވެއްޖެއެވެ. އެ ކެމްޕެއިން ކުރިއަށް ގެންދަނީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި ހެލިކޮޕްޓަރާ އެކު ހަރަކާތްތެރިވާ ސިފައިން ތިބުމާއި އަސްކަރީ ގޮތުން އިންޑިއާއިން ރާއްޖެއާ އެކު ގުޅުން ބަދަހި ކުރަން ފެށުމުންނެވެ. އެއީ އިދިކޮޅު އެންމެ ބޮޑު ޕީޕީއެމާއި ޕީއެންސީން އެއްވެސް ގޮތަކަށް ރުހޭ ކަމެއް ނޫނެވެ.

އެކަމަކު ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގައި ހަތިޔާރު އެޅި ބޭރުގެ ސިފައިންގެ އެއްވެސް މީހަކު ނޫޅެއެވެ. ރާއްޖޭގައި އިންޑިއާ ސިފައިން ތިބީ ބަލި މީހުން އުފުލުމާއި ސަލާމަތީ އޮޕަރޭޝަންތައް ހިންގުން ފަދަ އިންސާނީ އެހީ ފޯރުކޮށް ދިނުމަށް ކަމަށް ސަރުކާރުން ހާމަކުރެއެވެ.

ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ދިވެހި ސަރުކާރުގެ މިސްރާބަކީ މުޅި އިންޑިއާ ކަނޑުގެ ހިމާޔަތާއި ސަލާމަތް ކަމަށެވެ. އިންޑިއާ ހިމެނޭ ގޮތަށް އިތުރު ބައެއް ގައުމުތަކުގެ ޑިފެންސްއާ ގުޅިގެން ސަރުކާރުން ކުރަނީ އެ މަސައްކަތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އިންޑިއާ ޖަޕާނާއި އޮސްޓްރޭލިއާ އާއި އެމެރިކާއާއި އިނގިރޭސިވިލާތް ގުޅިގެން [އިންޑިއާ ކަނޑުގެ ހިމާޔަތުގެ ކަންކަން] ހިންގުމަށް. އަޅުގަނޑު ދެކޭ ގޮތުގައި މިއީ ބުއްދިވެރި ކަމެއް. މިއީ މި މަސައްކަތް ހިނގަން ޖެހޭނެ ގޮތަކީ ވެސް އެއީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ލާމެހިފައިވާ މި ދުނިޔޭގައި ދޭދޭ ގައުމުތަކުގެ މެދުގައި ކުރެވޭ އެއްބަސްވުމުގެ ތެރެއިން އަސްކަރީ ތަމްރީންތަކާއި ފުލުހުންގެ ތަމްރީންތައް ފަދަ ސަލާމަތީ ހިދުމަތްތަކުގެ ތަމްރީންތަކަކީ އަބަދުވެސް ހިނގަމުން އަންނަ ކަންކަން ކަމަށެވެ. މިކަމުގެ ސަބަބުން ގައުމުގެ އިސްތިގުލާލަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އިންޑިއާ މިލިޓަރީ އައުޓް" ގެ ޝިއާރުގައި ބައެއް ޒުވާނުން މިހާރު ހިނގަމުން ގެންދާ ހަރަކާތާ ގުޅޭ ގޮތުން ނޫސްވެރިން އަމާޒު ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެއީ މާ ގިނަ ދިވެހިން ގުޅިގެން ހިންގާ ހަރަކާތެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

އެއީ އައިސިސް ފަދަ ދީނީ ގޮތުން ހަރުކަށި ފިކުރުތަކުގެ މީހުން ހިންގަމުން ގެންދާ ހަރަކާތެއް ކަމަށް ރައީސް ނަޝީދު ވިދާޅުވާ ވާހަކަ ރޭ ވެސް ތަކުރާރު ކުރެއްވިއެވެ. ރާއްޖޭގައި އުޅޭ ވަކިވަކި ގައުމުތަކުގެ މީހުން "އައުޓް" ކުރަން ގޮވަނީ އެ ޖަމާއަތުން ބައިނައަގްވާމީ ދުނިޔޭގައި ރާއްޖެ އެކަހެރިކޮށްލުމުގެ ބޭނުމުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ނުފެނޭ އެ [އައިސިސް] ނޫން ބަޔަކު، އިންޑިއާ ސިފައިންނާއި، އިންޑިއާއާ ރާއްޖެއާ ދެމެދު ގުޅުމެއް އޮންނާތީވެ ކަންބޮޑުވެގެން އުޅޭ. އަޅުގަނޑު ވެސް މި ރަށުގައި އުޅެން. އަޅުގަނޑަށް ރާއްޖޭގެ ރައްޔިތުން ވެސް ދަންނަން." ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ގުޅިލާމެހިފައިވާ ބަވަނަ ދުނިޔޭގައި ބައިނަލްއަގްވާމީ ގޮތުން ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލު ކުރެވެން އޮންނާނީ ވެސް ގައުމުތަކުން ގުޅިގެން ކަމަށާއި އެފަދަ ކަންކަމުގައި ކޮންމެ ދައުލަތަކުން ވެސް ބައިވެރިވާން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

  1. ވައިލާވޫލް

    ރާއްޖޭ ސިފައިން އިންޑިއާގައި އެބަތިބިތަ!

    97
    1
    • ގ

      ވަރަށް ބޮޑު ތެދެއް.... %100..... ދިވެހި ސިފައިން އިންޑިއާ ގަ އެއް ނެތް؟އަންނި އަބަދު ދައްކާނީ ބޯގޯސް ވާހަކަ...

  2. ސާރާ

    ބަޑިވެސް ޖެހޭނެ ، ހަތިޔާރުވެސް އުފުލޭނެ ، ބަސްވެސްކިޔޭނެ ، އަމުރުވެސްކުރެވޭނެ ؟؟؟؟

    59
    1
  3. މަހުދީދ=

    ﷲ މީނާގެ މަކަރުވެރިރޭވުންތައް ފަލީހަތް ކުރައްވާ މިގައުމު މީނާގެކިބައިންމިންޖުކުރައްވާ އިސްލާމްކަންމަތީ ގިޔާމަތާޖެހެންދެން ލަހައްޓަވާންދޭ.

    128
    • ފަޓާސް

      ތެދެއް. އާމިން. ކޮވިޑަށް ޤުމޫތު ކިޔޭއެބަ. ކީއްވެގެންތޯ އަޅުގަނޑުމެންގެ ދީނުގެ ޙިމާޔަތުގައި "އަޅަމެންނަށް ތެދުމަގު ދެއްކެވުމަށްފަހު މަގުފުރެދުމެއް ނުލައްވާށޭ" ކިޔާފައި އެވާ ޤުނޫތު ފަތިސްނަމާދުގައި ނުކިޔަންވީ. ހާދަޕ ދެރައެއްވެޔޭ. ޢެއްޖަމާޢަތުގައި ހާދަހާ ކިޔާހިތް އެބަވެއޭ. ޙާދަހާ ރިވެތި ދުޢާއެކޭ އެއީ.

  4. ދިވެހިރާއްޖެއޭ

    އެމްޑީޕީގެ އިސް ބޭފުޅުންނަށް މިހާރުގެ ހާކިމާ އަށް ވެސް އެމްއެމްޕީއާރުސީގެ ކަޓް ލިބުނޭ ދެން މިވެރިކަމުގައި ބަގުޑި ބައްދައިގެން ސިފައިންގެ ކޮންޓްރޯލް އިންޑިއާ ސިފައިންގެ އަތުގައި ބާއްވައިގެން ވެރިކަން ސިފައިންގެ އިންގިލާބަކުން ވެސް ނުގެނެވޭނެ ކަމަށް ހީކޮށް ރައީސް އިބޫ އިންޑިއާ ސިފައިންނަށް ރާއްޖެ ވިއްކާލައިގެން ވެރިކަން ދިފާއު ކުރަން އުޅުނަސް އެކަން ވެސް ގޮވާނީ ރައީސް އިބޫ އާއި ކެނެރީގެ ނަޝީދުގެ އަތަށް ކަން މަމެންނަަށް ޔަގީން ކަށަވަރޭ މީ

    77
    1
  5. ހަސަދު

    ދެން އެހެންވީމާ ރާއްޖެގައި އިންޑިޔާ، ޕާކިސްތާނު ޗައިނާ ސިފައިން ބައިތިއްބަން ވީތޯ.

    82
    1
  6. އަޙްމަދު

    އޯކޭ: ހަމަ އެކަނި ކީއްވެބާ އިންޑިޔާ ސިފައިން ތިބެނީ! ލަންކާ، ޗައިނާ، ޖަޕާން އަދި އެހެން ޤައުމުތަކުގެ ސިފައިން ނުތިބެނީ! ސައުދީން އަޅާދިން ބޮޑު މިސްކިތް ބަލަހައްޓާކަށް ސައުދީ ސިފައިންނެއް ނާދޭ! އައިޖީއެމްއެޗް އަޅާފައި އެރު އިންޑިޔާ މީހުންނަދޭ! މިހާރު ކީއްވެތޯ؟

    76
    1
  7. ކަނަމަނަ

    ކަލޭގޭގަބައިތިއްބަންވީނުން

    62
    1
  8. ރޯދަ މުބާރިކް

    ވީމާ މަޖްލީހު ރައީސް ތި ވިދާޅުވީ މި އުޅޭ ޕީޕީ ގުރޫޕު އެ ގޮވަނީ ރަނގަޅު ފަތިވަރެކޭ! ޢޮތަ؟

    75
    1
  9. އިބުރާހީމް

    މިހާރު މީނައަށް ދެއްކިފަ ނުދެއްކޭ ވާހަކަވެސް ނޭގޭ ހިސާބުގާ މި ހުރީ އިންޑިޔާ އައުޓް

    81
    1
  10. މިއަދު

    މިގައުމަށް ދިމާވެފައި އޮތް އެއްމެބޮޑު ވަބާއަކީ އަދި ބަލާއަކީވެސް ރައިސްނަޝީދު އެހެންވީމަ ރައިސްނަޝީދުގެ ބަލާއިން މިގައުމު ސަލާމަތްކުރަންތަ އިންޑިޔާސިފައިން މިތިބީ

    70
    1
  11. މުހައްމަދު

    މިއެއްޗަކު މިގައުމު އިންޑިޔާއަށް ވިއްކާލާއިފި.

    76
    1
  12. މައުސޫމު

    ފުރޭތަ ނަޝީދު

    64
    1
  13. ކޮރަލް

    ރާއްޖެ އަށް ފައިދާ ބޮޑީ ނިއުޓްރަލް ގައުމެއްގެ ގޮތުގަ އޮތީ މައެވެ.

    69
  14. މެލޭ

    ތިހެންވިއްޔާ ޗައިނާ ސިފައިންވެސް ގެނެސްބަލަ ނިކަން، ތިކިޔާ އެއްޗެއް އޭ ރުންމަމެން ޤަބޫލުކު ރާނަން، ހޮޅިވާހަކަ ނުދައްކައްޗޭ!!

    73
    1
  15. ވެރިން

    ކަލޯ ހޮޅި ވާހަކަ ނުދައްކާ، ލާ މެހުނަސް މިނިވަން ގައުމެއްގަ އެހެން ގައުމެއްގެ ސިފައިން އައިސް ތިބޭކަށެއް ނުޖެހޭ ،އެހެން އައިސް އެމީހުން ތިބެނަޔާ އޭގެ މާނަކީ އަޅުވެތި ވެފައޮތް ގައުމެކޭ.

    68
    1
  16. ސަޓޯ

    އެހެން ގައުމޭ ތިބުނީ އިންޑިއާ އެކަނި ދެއްތޯ ؟؟؟ އަންނި ކަލޭ އަނެއްކާވެސް ހިނދުކޮޅުގަ ދެއްތޯ ؟؟؟

    61
    1
  17. އަލީ

    އެހެންގައުމުތަކޭ ވިދާޅުނުވޭ. އިންޑިޔާ އެކަނި.

    53
    1
  18. މަބޭ އަލީ

    ސިއްހީ ކުއްލިހާލަތު އުވާލާހިސާބުން ރައްޔިތުން ތިބިގޮތްފެންނާނެ.

    56
    1
  19. ރެކިބެ

    ކޮބާތަ ސޯލިހުކުއްޖާ މީނަ މިހުރިހާއެއްޗެއް ކިޔާއިރު ޗުއްޕު ބުނަންވެސް ނުކެރިފަ

    64
    1
  20. ގލޅ

    ބޯ ގޯސް

    58
    1
  21. ކާޕެޓް ވަގު

    ތިޔައީ ބަލާ މުސީބަތެއް... ޗޯބެ...

    26
  22. އައްޑޫ މީހާ

    ލާމެހިފައިވަކަން އިނގޭ މިހާރުވެސް އައްޑޫސިޓީގެ ގަމުގައި ގަވައިދާއި ހިލާފަށް އިންޑިޔާއިން މީހުން އެތެރެކޮށް އެނީހުން ކޮވިޑަށް ފައްސިވެ ދުވާލަކަށް އެމީހުންގެ ކެއުމަށް އެތަކެއް ފައިސާއެއް ހަރަދުކުރާއިރުވެސް ހަޅުތާލުކޮށް މަގުމައްޗަށް ނިކުންނަން
    ދިމާކޮށް އެތާގައިތިބޭ ފުލުުހުންނަށް އިންޒާރުދީ ބޭނުން އެއްޗެއް އެހަދަނީ އެއީ ގުޅިލާމެހުނީމަ ވާގިތް އިންޑިއާ އިން ލޯނު ނަގައިގެން އިންޑިއާ ސިފައިންނަށާއި އެކިގޮތްގޮތައް އެތެރެކުރާ މީހުންނަށް ހަރަދުކޮށް ލޯނު ހުސްކުރުމަކީ ގުޅިލާމެހުން ބީތާޔާ ! ވަގުތު ނޫހުން މިކަމުގެ މައުލޫމަތު ސާފުކޮށް މީގެ ތެދުދޮގު ބަލާލުން ވަރަށް ބޮޑަށް އެދެން

    27
  23. އިންޑިއާ އައުޓް

    އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

    28
  24. ރަބަރޭ

    ރާއްޖޭގައި އިންޑިއާ ސިފައިން ތިބީ ބަލި މީހުން އުފުލުމާއި ސަލާމަތީ އޮޕަރޭޝަންތައް ހިންގުން ފަދަ އިންސާނީ އެހީ ފޯރުކޮށް ދިނުމަށް ކަމަށް ސަރުކާރުން ހާމަކުރެއެވެ. މިގޮތައް ސަރުކާރުން ވިދާޅުވާ ކަމަށްވާނަމަ ތިޔަވިދާޅުވަނީ ދިވެހި ސިފާއިންގެ ބޭކަލުންގާއި ބަލިމީހުން އުފުލުމާއި ސަލާމަތީ އޮޕަރޭޝަންތައް ހިންގުންފަދަ އިންސާނީއެހީ ފޯރުކޮއްދޭފަދަ ފެންވަރުވެސް ރާއްޖޭގެ ސިފައިންގެ ބޭކަލުންގާއި ނެތްވާހަކަނޫތޯ؟ ލަދުގަންނަން ޖެހޭފަދަ ވާހަކަ
    އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

    28
  25. ސަންތިމަރިޔަބު

    ކަލޭ ދެންބުނާނީ ލާމެހިފާވާދުނިޔެއް ގާއި ދިވެހިންވެސް އެހެންދީންތަކަށް އުޅުމުގެ ހައްގު ދޭންޖެހޭނޭ
    ހަމަހިނިއަންނަނީ

    25
  26. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާދުރަށްދޭ

    މިގައުމަކީމިހާ ރު އިންޑިއާގެމިލުކެއް ކު ރިއަށްއޮތް 10 15އަހަ ރުތެ ރޭއެކަންފެނިގެންދާނެ ދުނިޔޭގެ އެއްވެސް ގައުމެއްގައި ބޭ ރުގައުމެއްގެ ސިފައިންތިބެގެން އެގައުމެއްގެ އަންހެންދަ ރިންގެ އިއްފަތްނުފޭ ރިނުތިބެވޭ މީކު ރިއަށްއޮތްދުވަސްތަކުގައި ދިވެހިންނައް މިތަންފެނުންވަ ރައްކާ ރި ވިސްނަވާ ތިބޭފުޅާގެއާއިލާވަ ރަށް ހަމަޖެހިގެން އުޅެމުންދަނިކޮށް އެހެންބަޔަކުއައިސް ތިގެއަށްވަދެ ދި ރިއުޅެންފެށީމާ ވާނެގޮތްވިސްނަވާ

    22
  27. ހުސޭނު ބެއި

    ލާމެހިގެން ތިބޭއިރު އެމީހުން ެތިބެނީ ކޮން ބޭނުމެއްގަކަންމިރާއްޖޭ ރައްޔަތުނަށް އެގެކަށް ނުޖެހޭތަ؟؟މީ ކަލެއާ ކަލޭގެ އައުވާނުންގެ އެކަނި ޤައުމަކީތަ؟؟ކަލޭމެންނާ ވެރިކަން ހަވާލުކުރަނީ ކަލޯމެން ބޭނުން ވީމާ ބޭނުން ހައިގޯތެއް މިޤައުމަށް ހަދާންތަ؟؟؟ކިހާއި ބޮޑުކަމށްތަ؟

    22
  28. ޒާ

    އެމްޑީޕީއަށް ބާރު ލިބޭ ކޮންމެ ފަހަރަކު ގައުމަށް ގެއްލުމެއް ދޭކަން ދިވެހިން އަދިވެސް ހޭއަރާކަށް ނުވޭތަ؟ މި ދައްކަނީ ގައުމުގެ ސަލާމަތާއި އަމިއްލަވަންތަކަން ބޭރު ބައެއްގެ އަތްމައްޗަށް ދޫކުރާ ނުބައި ރޭވުމެއްގެ ވާހަކަ.

    22
  29. ނަސީމް

    މީނަގެ ވެރިކަން ކުރީފަހަރުވެސް ބަޔަކު ވައްޓައިފި އެހްކަމުން ބިރުން އެހެނިހެން ޤައުމުތަކުެ ސިފައިން ބައިތިއްބައިގެން އުޅެނީ. ތިހާ ރައްޔިތުންގެ ތާއީދު އޮތް ބަޔަކު ވެރިކަމުން ވެއްޓޭނެ ކަމުގެ ބިރު އޮވެގެން ނުވާނެ.ތިޔައީ ގޯހެއް.

    21
  30. މަޒް

    ދެން ބަވަނަ ދުނިޔޭގައި ރާއްޖޭގެ ސިފައިން ގޮސް އިންޑިއާގަ ނުތިބެނީ ކީއްވެތަ؟ އަޖައިބެއް ކަހަލަ ކަމެއް..

    22
  31. އިބުރާހީމް

    ޗައިނާ ސިފައިން ތިބެނީޔޭ ކީއިރު ތިޔަ ނަޝީދަށް ލާމެހިފައިވާ ގައުމެއްކަން ނޭގުނުނުދޯ؟ އަދި ކިރިޔާ ތިޔަ އެގުނީ ލާމެހިފައިވާކަން. މީނާ ކޮންމެ ކަމެއް ބޭނުންވިއްޔާމް އެގޮތް އެރަގަޅުވީ. ހަމަ ފަހުަޒަމާނުގެ ދައްޖާލުބާވައޭ ހިތަށްއަރާ. ތިޔައީ މަކަރުވެރި ނުލަފާ މީހެން. މިގައުމަށް ޖެހިފައިވާ ވަރަށްވޮޑު އުދަގުލެއް. ދުވަހަކު ސަލާމަތްވާންނެތް ދިމިގެންވާ އުނދަގުލެއް.

  32. ކަމަނަ

    މޮހޮނާ ލާމެހިފައޭ ކިޔައިގެން މި ޤާއުމުދެކެ ލޯބިވަ އެކަކުވެސް ސިއްރުން އިންޑިޔާގެ ސިފައިން މިޤައުމުގައި ބައިތިއްބަން ްަބޫލެއްނުވާނެދޯ ތީ މިޤައުމުގެ ހަލާކު

  33. ޙުސް މަކަރު

    މީގެ ކުރިން ބުނެފައޮތީ ރާއްޖޭގަ ތިބި އިންޑިޔާ ސިފައިންގެ އަދަދު ހާމަ ނުކުރެވޭނެޔޭ ، އެއީ ގައުމީ ރައްކަލަކަށޭ. ބަލަ އެމީހުން ތިބީ ބަލިމީހުން އުފުލާ އިންސާނީ ހިދުމަތް ފޯރުކޮށްދޭންވިއްޔާ ކޮން ނުރައްކަލެއް އޮތީ ؟ ދަނޑިވަޅާ އެމީހުންގެ އަދަދަށް ބަލާފަތަ ސުނާމީ އަރަނީ ؟ ނޫނީ މީހުން ބަލިވެގަންނަނީ ؟ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ ެެެެެެެެެެެެެެެެެ

  34. މޯދީ

    މީނަ މިހާރު އެއްގޮތަކަންވެސް ހަމަޖެހޭ ވާހަކައެއް ނުދައްކާ މީނަ ރަގަޅަން އެބަ ޑޮްކުޓަރުންނަން ދައްކަން ޖެހޭ

  35. ސަމްސާ

    ކީއްވެ ޗައިނާ ސިފައިން ނެތީ.
    ތިކަަހަލަ ކޮސްވާހަކަ ދައްކާމީހަކު ފުރަތަމަ ތިއިން މަގާމަށް ކުފޫވެސް ހަމަނުވޭ.
    އިންޑިއާއިން ރާއްޖެ ހިފައިގެން އުޅޭނީ ކަލޭއާއި ކަލޭގެ އަުއުވާނުން ވެރިކަމުގެ ދަހިވެތިކަން ބޮޑުކަމުން.

  36. ދަރަނި ދަންތުރަ

    ކަލޯ ކެނެރީގޭ ބުރާންޗާ އިންޑިޔާގައި ކިތަށް ދިވެހިސިފައިން އެބަތިބިތޯ ، ދިވެހިރާއްޖޭގައި އުތުރުކޮރެޔާގެ ކިތަށް ސިފައިން އެބަތިބިތޯ ބުހުތާނާ...

  37. ފަޓާސް

    ޢަހަރެންނަކީ އައިސިސް މީހެއްނޫން. ނަޝީދުގެ ދުލުންބޭރުކުރާހާ ވާހަކއެއް އަހަރެން ޤަބޫލެއްނުކުރާނަށް . ލަންކަގައި ބޭރު ޤައުމެއްގެ ކިތައްސިފައިން އެބަތިބި. ޢިންޑިއާގައި ބޭރު ޤައުމެއްގެ ސިފައިން އެބަތިބިތަ. ތިޔަކުރާކަމަކީ ވެރިކަން ދިފާޢުކުރުމުގެ މަސައްކަތް ގަނޑެއް ހިންގާލުން. ދިވެހިފަސްގަނޑުން ދިވެހި ބާރުވެރިކަން ދުއްވާލުން. ޢަނެއްދިވެހިރާއްޖެއަށް ވާނީ ޣައިރުމުސްލިމުންނަށް ބަދަލުކުރެވުނީމާ.

  38. ފަޓާސް

    ތެދެއް. އާމިން. ކޮވިޑަށް ޤުމޫތު ކިޔޭއެބަ. ކީއްވެގެންތޯ އަޅުގަނޑުމެންގެ ދީނުގެ ޙިމާޔަތުގައި "އަޅަމެންނަށް ތެދުމަގު ދެއްކެވުމަށްފަހު މަގުފުރެދުމެއް ނުލައްވާށޭ" ކިޔާފައި އެވާ ޤުނޫތު ފަތިސްނަމާދުގައި ނުކިޔަންވީ. ހާދަޕ ދެރައެއްވެޔޭ. ޢެއްޖަމާޢަތުގައި ހާދަހާ ކިޔާހިތް އެބަވެއޭ. ޙާދަހާ ރިވެތި ދުޢާއެކޭ އެއީ.

  39. އިންޑިޔާ އައުޓް

    މާދަމާ މީނާ ބުނެފާނެ، މިއީ ލާމެހިފައިވާ ދުނިޔެއެއް، އެހެން ގައުމުތަކުގެ ކަނޑުތެރެއިން އަންނަ މަސްތުވާތަކެތި ރާއްޖެ ނައިސްނުދާނެ، ދެން އެއްޗެހި ރާއްޖޭގެ ގޮނޑުދޮށަށް ލެއްގީމައި އެއެއްޗެހި ނުލިބިފައި ތިބިކުދިންނެއް އެނުބޮއެއްނުތިބޭ.

    12
  40. ހުސޭނުބޭ

    ލާމެހިވެފައިވާ ދުނިޔެއްއެއްގައި މިނިވަންކަންވެސް ވިއްކާލެވޭތަ؟

    11
  41. ވާގޮނުސްކޮ

    ނަޝީދު އާއިމާރިއާ ލާމެހުނީމަ ފުލުހުންނާއެމް އެންޑީ އެފް
    ވީފިނދަނަތަކަކަށް. ލާމެހިލާމެހުނަސް ބޭރުކަރަކަރައިން ސިފައިން ގެނެސް ގައުމު،ގައުމުން އައިސް ތިބޭސަފީރުން
    މިގައުމުގެ މިނިވަން މުސްތަގިއްލު ސިޔާސަތުތަކަށް ގޮތް ނިންމާ ހިސާބައް ގޮސް ތިލާމެހުން މެހޭތަން ބަލާކަށް ނުތިބެވޭނެ.