ޗައިނާގެ ލޯނުތައް ދޫކުރެވޭ އުސޫލަށް ވުރެ އިންޑިއާގެ ލޯނުތައް ދޫކުރެވޭ އުސޫލު ހާމަކަން ބޮޑުވެފައި ދެ ފުށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާއިން ގިނަ އަދަދެއްގެ ލޯނު ނެންގެވުމުން ރައީސް ނަޝީދު އަބަދުވެސް އެ ލޯނުތައް ސިފަ ކުރައްވާފައިވަނީ "ދަރަނީގެ ދަންތުރަ" އެއް ގޮތުގައެވެ. އެކަމަކު ރައީސް ނަޝީދު ލީޑްކުރައްވާ އެމްޑީޕީ އިސްވެ އޮތް މި ސަރުކާރުން ގެންދަނީ އިންޑިއާއިން އެތައް ލޯނަކާއި އެހީއެއް ހޯދަމުންނެވެ.

މަޖިލީހުގެ އިދާރާގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިއާގެ ލޯނުތަކާ ގުޅޭ ގޮތުން ނޫސްވެރިޔަކު އަމާޒު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ "ދަރަނީގެ ދަންތުރަ" އަށް ވަނީ ނަގާ ދަރަންޏާ އެއް ވަރުގެ ހަރު މުދަލެއް ނުއުފެއްދުމުންނާއި ދަރަނި ދައްކާ މިންވަރަށް އެ މުދަލުން އިގްތިސާާދީ ހަރަކާތްތައް ނުނެރެވުމުން ކަމަށެވެ.

"އިންޑިއާގެ ލޯނާއި ޗައިނާގެ ލޯނާ ވަރަށް ބޮޑަށް ތަފާތެއް އެބަ އުޅޭ." އަބަދުވެސް ޗައިނާއަށް ފާޑުވިދާޅުވެ، އިންޑިއާއަށް ތައުރީފް ކުރައްވާ ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، އިންޑިއާގެ ލޯނުތައް ޓެންޑަ ކުރެވެނީ ރާއްޖޭގެ ޓެންޑަ ބޯޑުންނެވެ. އެ މަޝްރޫއު ހިންގޭނެ އިންޑިއާ ކުންފުނިތައް ޝޯޓް ލިސްޓްކޮށް ފޮނުވުމުން ޓެންޑަ ކުރާނީ ރާއްޖޭން ކަމަށެވެ. ކަނޑައަޅާނީ އިންޑިއާ ކުންފުންޏަކާއި ދިވެހި ކުންފުންޏެއް ގުޅިގެން ހިންގޭ ގޮތަށް ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އިންޑިއާއިން ސަރުކާރުން ނަގަމުން އެ ގެންދާ ލޯނާއި އެހީތައް، އެ ކަންކަން ކުރަމުން ގެންދަނީ ދެފުށްފެންނަ ގޮތަށް. ހުރިހާ ކަމެއް ވެސް ދެފުށްފެންނަ ގޮތަށް ޓެންޑަރުގެ އުސޫލުން ކުރެވުމުން އެ މަޝްރޫއުތަކުގައި ހިނގި ކަންކަން ސާފުވެ އެންމެނަށް ވެސް އޭގެ ވާހަކަ ދެކެވޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާގެ ލޯނުތައް ދެ ފުށް ފެންނަ ގޮތަށް ޓެންޑަރުގެ އުސޫލުން އޮތުމުން ވެސް އެ ލޯނުތަކުގެ އެހީގައި ހިންގާ މަޝްރޫއުތަކުން އަނބުރާ ލޯނު ދައްކާ މިންވަރުގެ އިގްތިސާދީ ހަރަކާތްތައް ނެރެވޭނެ ކަމުގެ ޔަގީންކަމެއް އޮންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ނަައީމް

    ދަރަނީގެ ދަންތުރަ" އަށް ވަނީ ނަގާ ދަރަންޏާ އެއް ވަރުގެ ހަރު މުދަލެއް ނުއުފެއްދުމުންނާއި ދަރަނި ދައްކާ މިންވަރަށް އެ މުދަލުން އިގްތިސާާދީ ހަރަކާތްތައް ނުނެރެވުމުން ކަމަށެވެ.
    އައްނި ސަރުކާރުގަ ނެގި ލޯނުތައްކައިގެން ލެވުނީ ގިންއަދަދަކަށް ސީ ވީކަމަކީ އެތަކެއްފަހަރު ޖަންކުސަންބެދުން ކުރެވުނުކަމަކީ އެ ޖަންކުސަންތައް ސާފުކުރުން އެކަމަކުވެސް މިހާރު މީނާބުންނީ ލޯނުގެ ދެފުއްފެނުނީމާ ރަގަޅޭ... ރައްޔިތުންނޭ ވިސްނާލަބަލަ ކޮންމެފަހަރަކު މިއަނދަވަޅައް ގައުމު ވައްޓާލުމަށް ފުރުސަތުނުދެއްވާ މި ދިވެހިގައުމު ދިވެހިން ހިމާޔަތްކުރާނަން މިޖޯށުގަ ތައްޔާރަށް...

    29
    • ސަމް

      އިންޑިއާ އިން ކޮން އެހީ އެއް ވެދިނީ!!! ... އިންޑިއާ އަކީ ތާޑް ވާލްޑްގެ ފަގީރު ގައުމެއް... އަމިއްލަ ރައްޔިތުންނަށް އެހީ ނުވެވޭ ބަޔަކަށް އެހެން ގައުމަކަށް އެހީ ވެވޭނެތަ!!! ... ކޮރަޕްޝަން އާ ހުރެ އިންޑިއާ ޔަށް ތަރައްގީ އެއް ނުވެވޭ!!! .. އަންނި، އިންޑިއާ އިން ކޮރަޕްޝަން ނައްތާލަން ދަސްކޮށްދީބަލަ...

  2. ކޮސް މޮ ކޮސް

    ބަލަ މޮޔަޔާ... އެއަރ ޕޯޓް ބޮޑުކޮށް ފުޅާ ކުރަން ނެތި ލޯނު ނުދެއްކޭނެތަ
    ފްލެޓް އަޅަން ނެގި ލޯނު ނުދެއްކޭނެތަ... ކަލޯ މެން ތިޔަ ލޯނު ނަގަނީ މުސާރަ ދޭން ސަރުކާރުހިންގާނެ ފައިސާ ނެތިގެން އޭގެން އަނބުރާ ދެއްކޭނެ ގޮތެއް ބުނެބަލަ... މަގުގައި ތާރު އަޅައިގެން އަނބުރާ ލޯނު ދައްކަނީ ކިހިނެއް ހިސާބު ނޭގޭ މޮޔަ ހަނިމާދޫ އެއަރ ޕޯޓް ހަދަން ނެގި ލޯނު ކިހިނެއް ދައްކާނީ ބުނެބަލަ

    29
  3. ސަމްސިއްޔާ

    ދެންބުނަންވީއެއްނު މިސަރުކާރުން ކުރާ ވައްކަން މަދޭ ކުރީ ސަރުކާރަށްވުރެން. އަހަރުމެން ސަރުކާރު ގެނައީ އަޅާކިޔާކަށްނޫން. ކަންކަން ރަނގަޅުކުރަން. ކޮންމެހެން ބަހަނާ ދައްކާނެކަމެއްނެތް. އިންޑިއާއިން ނެގި ލޯނު ތަކުގެ މައުލޫމާތާއި ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދާ، އަޑޫގައި އަޅާ "ޕޮލިސް އެކަޑަމީ" ގެ ފޮރުވިފައިވާ ކަންތައްތައްވެސް ކިޔައިދޭންވީ.

    27
  4. ލޯނު

    މަނިކުފާނަށް ލޯނު އެނގޭތޯ ބައްލަވާ ސަރުކާރުގެ ރިކަރަންޓް ޚަރަދަށް ލޯނު ތިޔަ ނަގަނީ 6 މަހުން ދައްކާން މަނިކުފާނު ވެރިކަމުގައި އިންޑިޔާއިން ނެގި ލޯނު ދަންތުރައިގައި ދިވެހި ސަރުކާރު ޖެހި ހަފުސްވީ އެކަމެއް ނުދެނެ ހުރިންތަ ތިޔަ ބުނާ އިހުލާސް ތެރިނަމަ ވަގުތުން ފައިސާ ދައްކާ ކަށް ނާންގާނެ 50 މިލިއަން ޑޮލަރު ދައްކަން ޖެހުނީ މީހެއްގެ އަތުން ދަރަންޏަށް ފައިސާ ނަގައިގެން ޗައިނާ އިން ދުވަހަކު ވެސް އެކަހަލަ ކަމެއް ކުރިތަ މިހާރުވެސް ފޮރިން މިނިސްޓްރީ މަރާމާތު ކޮށްދެނީ ހިލޭ ނުފެނޭތަ

    25
  5. ގ

    ޕާކިސްތާނުން ހަދައިދިން މަޖިލީހުގެ އިދާރާގައި އިނދެ ޕާކިސްތާނަށް ބަވަނީ ޗައިނާއިން ހަދައިދިން ފޮރިން މިނިސްޓްރީއަށް ވަދެ އެތާ އިނދެ ޗައިނާ އަށް ބަވަނީ މަނިކުފާނުގެ ރައީސް ކަމުގައި ނޫންތޯ އިންޑިޔާއިން ނެގި ލޯނުގައި ދިވެހިސަރުކާރު ޖެހި ކުއްލިއަކަށް ދައްކާން އިންޑިޔާއިން އެންގީ އެއީ ދަންތުރައަކީ ދުވަހަކުވެސް ޗައިނާއިން އެހެން ހެެދިތޯ ރާއްޖޭގެ ދާޚިލީ ކަންކަމާއި ޗައިނާއިން ބެހުނު ތޯ ... މިހާރު ވެސް ޗުއްޕުވެސް ނުބުނޭ ފަޮރިން މިނިސްޓްރީ މަރާމާތު ކޮށްދެނީވެސް ޗައިނާއިން

  6. ކަނބާ

    ރައީސް ނަޝީދު ވިދާޅުވީ "ދަރަނީގެ ދަންތުރަ" އަށް ވަނީ ނަގާ ދަރަންޏާ އެއް ވަރުގެ ހަރު މުދަލެއް ނުއުފެއްދުމުންނާއި ދަރަނި ދައްކާ މިންވަރަށް އެ މުދަލުން އިގްތިސާާދީ ހަރަކާތްތައް ނުނެރެވުމުން ކަމަށެވެ.
    ރައީސް ޔާމީންގެ ސަރުކާރުން ނެގި ލޯނުތަކުން ކުރިކަންތައްތައް އެހެރީ ފެންނާށެވެ. އިންޑިޔާއިން ނެގިލޯނުތައް ނަޖިހަށްވެ ފައިބައިގެން ދިޔައީ ޖަންކްޝަން ތަކަށެވެ.
    މީހާ ވަކިކަމަކަށް ބޫތުހިފީމާ ދެލޮލަށް ފެނުނަސް ކަނުމީހަކަށް ވާނެއެވެ. އަދި ކަންފަތަށް އަޑު އިވުނަސް ބީރުހީހަކަށް ވާނެއެވެ. މިސަރުކާރުގެ އިސްވެރިންނާ ސަރުކާރަށް ތާއީދުކުރާ މީހުންނަކީ މިކަހަލަ ބައެކެވެ.

  7. ހުސޭނުބޭ

    ހާމަކަން ބޮޑީ ކެނެރީގޭ ބުރާންޗަށް! ރައްޔިތުންނަކަށް ނޫން!

  8. ރައްޔިތުމީހުން

    ލޯނު ގެ އެގްރީމެންޓް ގެ ވަނަވަރު ހާމަ ނުކުރެވެނީ ހާމަކަން ބޮޑުކަމުން ތަ؟

    14
  9. ޙަފްޞާ / މާލެ

    ލޯނު ނުނެގުމަށާ ކޮންކްރީޓް ތަރައްޤި ނުގެންނާނޭކަމަށް ފަތިފައްޗަށް ވަޢުދުވެ ޔާމީންގެ ސަރުކަރުން ހިންގަމުންއައި ބިޔަ ބޮޑަތި މަޝްރޫޢުތަކާމެދު ރައްޔިތުން ހާސްކޮށް މިއަދު އެކަންތައް އަނެއްފުށަށްޖެހި ލޯނުމައްޗަށް ލޯނުނަގާ ޤަވްމު ދަރުވާލަމުންގެންދާ މަންޒަރު ރައްޔިތުން ނުބަލަންހެއްޔެވެ؟ ޔާމީން ލޯނު ނަގައިގެން ކުރި މަސައްކަތްތަކުގެ ފައިދާ ރައްޔިތުންނނަށް އެދަނީ ބޯކޮށް ލިބެމުން. ކަރަންޓްވިއުގަ ، ފެން ސަޕްލައި ، ބްރިޖް ، އެޔަރޕޯޓުތައް ، ތެޔޮބޯޓް ، 75 ރިސޯޓް ، އެބޫދޫފަޅު ، މަހާޖައްރާފް ، އައްޑޫ ހޮސްޕިޓަލް ، ދަރުމަވަންތަ ހޮސްޕިޓަލް ، ފްލެޓްތައް ، ޒުވާނުންގެސަހަރާގުޅުވައިލި ނަލަ ބްރިޖްތައް ، ޓާމިނަލް ބިލްޑިންގް ، ޕާކިންޒޯންތައް ، އެޔަރޓެކްސީ ބަދަރު ، ޕާކުތައް ، މިސްކިތްތައް ، ކިންގްސަލްމާނު މިސްކިތް ، ތާރުއެޅި / ގާއެތުރި މަގުތައް ، ލިންކްރޯޑް ، ފާޚާނާ / ފެނުގެ ނިޒާމް ، މާލޭ ރިންގްރޯޑް ، ހުޅުމާލޭ ދެވަނަ ފިޔަވަހި ، ރަށްރަށުގައި އަލަށް ހިއްކި ބިންތައް ، މިގޮތަށް ކިޔާ ކޮޅުން ނުލާނެ. މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު އަދި އެދުވަސް ޔާމީންގެ ޒަޢާމަތެއްގައި ދިވެހިން ދެކޭނެ!

    17
  10. ރޯދަ މުބާރިކް

    ޔައުނީ! ފުރިހަމަޔަށް ހާމަކަން ބޮޑެއް ނޫނޭ! ނޫން ތޯ މަޖްލީހު ރައީސް؟

  11. އަސަދު

    މިހިރަ ދޮގުވެރިޔާ އިންޑިޔާގެ ލޯނުގެ ހާމަކަން ބޮޑުކަމަށް ބުނާއިރު ރާއްޖޭގައިތިބި އިންޑިޔާގެ ބުދު ސިފައިންގެ އަދަދުވެސް އެގޭ ޢައްމު ރައްޔިތަކުނެތް ހާމަކަން މިވަރުވީމާ ރަގަޅު ތިޔަ ނަޝީދަކީ ދޮގުވިއްކައިގެން މީހުން ހައްލާ މީހެއްކަން ރަށްފުށުގައިތިބި އެމްޑީޕީ މެންބަރުންނަށްވެސް މިހާރުއިގޭ! މާްﷲ މިނުބައި ނުލަފާ މީހާގެ ނުރައްކާތެރިކަމުން މިގައުމު ސަލާމަތް ކުރައްވާށި!

    16
    • Anonymous

      އާމީން

  12. ވެރިން

    ލޯނުތަކުގެ ހާމަކަން ބޮދުވިޔަށް އިންޑިޔާ އެކު ހަދާ އެގްރިމެންޓް ތަކުގެ ހާމަކަން ބޮޑެއްނޫން

    13
  13. ސަޓޯ

    އޭ ހިޔަޅު އަންނީ... ކަލޭއަށް މޭޒު ދަށުން އިންޑިއާއިން ދިން ފައިސާގެ ވާހަކަތައް ކިޔާދީބަލަ!!!

    15
  14. ސަރުކާރު

    ތިއީ ސަރުކާރުގެ ގުޅުން އޮންނަ މީހެއްނޫން. ވީމާ، އެއްވެސް އެއްޗެއް ނުބުނެ ހުރޭ! ތިހަދާ ދޮގުތައް ފަޅާ އަރާނީ މިހާކަށްހާ ވަރަށް. ބުނެވޭ އެއްޗެއް. ބުނި އެއްޗެއް އެއްވެސް ވަރަކަށް ހަނދާނެއް ނުހުރޭ...

  15. އޮޅުވާލި ވޯޓު

    މިމީހާކިޔާއެއްޗެހި އަބަދު ވަގުތުމީހުން މިގެނެސް ދެނީ އަހަރުމެން ލޭހޫނުކުރަންތޯ އަހަރުމެން ބޭނުމެނޫން މީނަކިޔާއެއްޗެ އަޑުއަހާކައްވެސް

  16. އޮޅުވާލި ވޯޓު

    މިމީހާކިޔާއެއްޗެހި އަބަދު ވަގުތުމީހުން މިގެނެސް ދެނީ އަހަރުމެން ލޭހޫނުކުރަންތޯ އަހަރުމެން ބޭނުމެނޫން މީނަކިޔާއެއްޗެ އަޑުއަހާކައްވެސް ކީކޭ ކިޔާގެން އޮޅުވާލަން އުޅެނީ ޗައިނާގެ ލޯނުތަކުގެ އިންޓުރެސްޓު 4.2% އިންޑިއާލޯނު ތަކުގެ އިންޓުރަސްޓު 8.6%

  17. އެސޮރު

    ހާމަކަން ބޮޑުވިވަރުން ކަލޭމެން ބަނޑު އަޅާލި ބައިވެސް ބޮޑުވީދޯ..