ނުފުއްދޭ ވަރުގެ ބޮޑެތި ވައުދުތައްވުން ސަރުކާރުން ހުއްޓާލަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ސަރުކާރުން ނުފުއްދޭ ވަރުގެ ބޮޑެތި ވައުދުތައްވުން ހުއްޓާލަން ދަސް ކުރަން ޖެހޭ ކަމަށާއި ކުރިން މި ސަރުކާރުން ގޯސްކުރި ބައެއް ގާނޫނުތައް މިއަދު މޮޅުވެއްޖެ ކަމަށެވެ.

އެގޮތަށް ޖަމީލް ވިދާޅުވީ އަބުރުގެ ގާނޫނު މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު އުވާލުމަށްފަހު، އަނެއްކާ ވެސް އަބުރުގެ ބިލެއް މަޖިލިހަށް ހުށަހަޅަން ތައްޔާރުވެފައި އޮތް ދަނޑިވަޅެއްގައެވެ. މިކަމާއި ގުޅިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެކަމަކު، އެޓާނީ ޖެނެރަލް އޮފީހުން ވިދާޅުވެފައި ވަނީ ބިލް ފަރުމާކޮށްފައި އޮތީ ނޫސްވެރިންނާއި މީޑިއާތަކަށް އަމާޒުކޮށް ނޫން ކަމަށެވެ.

ޖަމީލް ޓްވީޓުގައި ވިދާޅުވީ ކުރިން ސަރުކާރަށް ގޯސްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ބޮޑެތި މަޝްރޫތައް މިއަދު ރަނގަޅުވެފައިވާ ކަމަށެވެ. އެގޮތުން ކުރިން ކަމުނުދިޔަ މަހާޖައްރާފް އާއި، ފްލެޓުބަރިތައް އަދި ބުރިޖުތައް މިހާރު "ރަނަށް"ވެފައިވާ ކަމަށް ޖަމީލްގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

ޖަމީލް ވަނީ މި ސަރުކާރަށް ހަމައެކަނި ކުރެވުނު ކަމަކީ ކުރީ ސަރުކާރުން ހިންގާފައިވާ ބޮޑެތި މަޝްރޫތައް "ޕޮލިޝް"ކުރުމާއި އަމިއްލައަށް "ސަނާ ކިއުން" ކަމަށެެވެ.

އެމްޓީސީސީގެ މަހާޖައްރާފްގައި ބިދޭސީންގެ ބަދަލުގައި ދިވެހިން މަސައްކަތް ކުރާ ގޮތަށް ވަނީ ބަދަލުކޮށްފައެވެ. އަދި މަހާޖައްރާފަކީ އެމްޓީސީސީ އަށް އޮތް ކުރިއެރުމެއް ކަމަށްވެސް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޝަރީފު

    މީނަގެ އަގަ ގަދަކަމުން ބޮލަށް އުދަގޫވާވަރު ވެއްޖެ. އަގަ ނުކޮއްޕާ އެއްވެސް ކަމެއް ނެތީ ހަމަ. ސަރުކާރުން ކަންކުރަންވާ ގޮތްވެސް މީނައަށްތަ އެގެނީ؟؟ ހައިސިއްޔަތެއް ދިންދުވަހު ފިލާ ރައްކާވީ ބައިވެރިޔާ ދޫކޮއްފަ. އެވަރު މީހަކު ފިޔާ އޮވެ އަގަލަވަނީ ހުރިހާ ކަމަކަށް.

    4
    12
  2. ބަމީލު

    ތެޔޮވަޅުތަކުން ތެޔޮހޯދާނަމޭ ކިޔާ ބިލިއަނުން އިސްރާފު ކުރީ ކޮން ސަރުކާރެއް ؟؟ 🧐

    4
    12
  3. ބޮކި

    ކޮބާތޯ ބެޔަސް ނުބެޔަސް ؟؟؟؟؟؟؟؟

    1
    2
  4. ކުރީސަރުކާރު

    ޑރ ޖަމީލް އެވިދާޅުވަނީ ރަނގަޅައް މިސަރުކާރުންބުނީ މަހާޖައްރާފް އަކީ ބޮޑުގެއްލުމެކޭ އެކަމަކު މިހާރުއެއީރަން އަދިއޮންނާނެ ފަންސަވީސްހާސްޓަނުގެ ތެޔޮޓޭންކަރެއްވެސް މިހާރު އޭގެވާހަކަވެސް ނުދައްކާ ވީތަނެއްވެސް ނޭންގެ ޖަމީލް އެވިދާޅުވާހެން މިސަރުކާރައް ދެއަނހަރު ފުރެންދާއިރު ކުރެވުނުކަމަކީ ކުރީސަރުކާރުން ކޮއްފަހުރިމަސައްކަތް ތައް ޕޮލިސްކުރުން ދެން ކުރީސަރުކާރުފަހާ ދުވުން ދެން ކޮވިޑުއެހީއިން ވައްކަންކުރުން ދެން ބަދަލުގެގޮތުގައި ދައުލަތް ހުސްކުރުމާއި ކުރީސަރުކާރޭ ކުރީސަރުކާރޭގޮވުން ދެން މިސަރުކާރުގެ ވެރިންގެ ނާޤާބިލްކަން ފޮރުވަން މަސައްކަތްކުރުން