ރާއްޖޭގެ ވެބްސައިޓްތަކުގެ ތެރެއިން އެންމެ ގިނަ މީހުން ޒިޔާރަތްކުރާ ވެބްސައިޓްގެ ގޮތުގައި "ވަގުތު" އަނެއްކާވެސް މަގާމު ދިފާއުކޮށްފިއެވެ.

ވެބްސައިޓްތަކުގެ ރޭންކިން އާއްމުކުރާ ވެބްސައިޓެއް ކަމަށްވާ "ސިމިލާވެބް" އިން އިއްޔެ އާއްމު ކޮށްފައިވާ މައުލޫމާތައް ބަލާއިރު އެންމެ ގިނަ ދިވެހިން ޒިޔާރަތްކުރާ ވެބްސައިޓްތަކުގެ އަށްވަނައިގައި "ވަގުތު" އޮތްއިރު އެއީ ރާއްޖޭގެ ވެބްސައިޓްތަކުގެ ތެރެއިން ރޭންކިންގެ އެއްވަނައެވެ.

ދެވަނަ އަށް އެންމެ ގިނަ ދިވެހިން ޒިޔާރަތް ކުރާ "މިހާރު" ނޫސް އޮތީ ރޭންކިންގެ ދިހަ ވަނައިގައެވެ. ތިންވަނަ އަށް އޮތް "ސަން އޮންލައިން" އޮތީ ރޭންކިންގެ 19 ވަނައިގައެވެ. ހަތަރު ވަނަ ލިބޭ މީޑިއާ ކަމަށްވާ "އަވަސް" އޮތީ ރޭންކިންގެ 27 ވަނައިގައެވެ. "މިއަދު" ނޫސް ރޭންކިންގެ 28 ވައިގައި އޮތްއިރު "ދެން" އޮންލައިން ނޫސް އޮތީ ރޭންކިންގެ 33 ވަނައިގައެވެ.

"ވަން އޮންލައިން" ރޭންކިންގެ 53 ވަނައިގައި އޮތްއިރު، "ރާއްޖެއެމްވީ" އޮތީ 65 ވަނައިގައެވެ. "ސީއެންއެމް" އޮތީ 73 ވަނައިގައެވެ.

ވެބްސައިޓް ރޭން ކުރާ "އެލެކްސާ" ރޭންކިން ދައްކާ ގޮތުގައި ވެސް ރާއްޖޭގެ އެންމެ ގިނަ މީހުން ޒިޔާރަތް ކުރާ ވެބްސައިޓަކީ "ވަގުތު" އެވެ. ރޭންކިންގެ އެއްވަނައިގައި "ވަގުތު" އޮތްއިރު ތިންވަނައިގައި އޮތީ "ސަން" އެވެ. ފަސްވަނައިގައި އޮތީ "އަވަސް" އެވެ.

"ވަގުތު" އެންމެ ގިނަ ދިވެހިން ވަންނަ ވެބްސައިޓްގެ މަގާމު ދިފާއު ކުރަމުން އަންނަނީ އެންމެ އަވަހަށް ރާއްޖެ އާއި ދުނިޔޭގެ ޚަބަރުތައް ކިޔުންތެރިންނާއި ހަމައަށް ގެނެސްދީ ކިޔުންތެރިންގެ އިތުބާރު ހޯދައިގެންނެވެ. މިހާރު ވެސް ދުވާލަކު ދެލައްކަ އަށް ވުރެ ގިނަ ވިޒިޓްސް އެވްރެޖްކޮށް "ވަގުތު" އަށް ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މަ

    ސާބަހޭ ވަގުތު👏🏻👏🏻👏🏻 މީ ހަމަ އެންމެ ސަޅި ނޫހަކީ😍😍😍 ވަގުތު ކުދިން ތިކުރާ މަސައްކަތުގައި ބަރަކާތް ލައްވާށި😇🤲🏽♥️♥️♥️

    20
    6
  2. ޓަކަފިރޯށި

    ވަގުތު ފަރާތުން "ސިޓިއުރައަލާމާތް"ކަހަލަ އަލާމާތްތަށް ބައެއްފަހަރު އަލުގަނޑަށް ފެންނަހެން ހީވެއެވެ. އަނެއްކާ ހިންދީން ވާހަކަ ދަށްކާ މީހަކާ މީންދުހުކު ބައްދަލުވިތަ؟

    7
    2
  3. މުއާވިން

    ވަގުތު ވަރެއް ނެތޭ

    15
    6
  4. ސަކީ

    ސާބަހޭ ވަގުތު

    14
    5
  5. ސާރާ

    ވަގުތު ނޫސް ގަދަފަދަވުމުގެ ސަބަބަކީ ޚަބަރުތައް ތެދަށް ގެނެސްދިނުމެވެ. ރާއްޖޭގެ ގިނަ ނޫސްތަކަކީ ސަރުކާރުން ހިންގާ ޖަރީމާތައް ފޮރުވާ އެ ޖަރީމަތަކަކީ ރަންކަމަށް ހެދުމަށް މަސައްކަތްކޮށް ސަރުކާރަށް ސަނާކިޔާ ދޮގުލިޔާ ނޫސްތަށްކަން ސަރުކާރަށް ތާއީދުކުރާވެސް ގިނަބަޔަކު ގަބޫލުކުރެއެވެ. މިއަދު ރ ޓީވީބަލާ މީހަކަށް 6 މީހުން ޗެނަލް 13 ބަލައެވެ. އެއީވެސް އެ ސަބަބަށްޓަކައެވެ.

    23
    9
  6. Anonymous

    މަރްޙަބާ ވަގުތު ޓީމަށް. ވަކި ފަރާތަކަށް ނުޖެހި
    ތާޒާ ޚަބަރުތައް ދުރާއި ގާތުންވެސް ތަފްޞީލުކޮށް ގެނެސްދެވޭ ހަމައެކަނި ނޫސް. ޤައުމީ ރޫޙްގައި، ޤައުމީ ޖޯޝުގައި.
    ވ.ޅަފަތުގެ ކުދިންކޮޅެއްގެ ބުރަ މަސައްކަތް ރައްޔިތުން ބަލައިގަންނަ މިންވަރު އެނގިގެން މިދަނީ. ޝުކުރިއްޔާ ވަގުތު. އިތުރު ކުރިއެރުމާއި ކާމިޔާބު މިންވަރު ކުރައްވާށި އާމީން.

    13
    5
  7. ހެހެހެ

    ސާބަހޭ ވަގުތާ....
    ވަގުތައް ސާބަސް....
    އައްސަރިބަހުން ސާބަސް....

    1
    1