އައްޑޫގައި ކާޅު ގިނަވަމުން އައުމުގެ ސަބަބުން ދޮންދީނި ނެތިގެން ދިއުމުގެ ބިރު ބޮޑުވަމުން އަންނަ މައްސަލަ މި ހަފްތާގެ ތެރޭގައި ކޮޅެއްގައި ޖައްސާނެ ކަމަށް އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

"އައްޑޫ ކާޅު އަދި ދޮންދީން އަޕްޑޭޓް"ގެ ނަމުގައި ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި މެންބަރު ރޮޒެއިނާ ވިދާޅުވެފައި ވަނީ، ކާޅު މަރާ ކަމުގައިވާ ނަމަ ފިޝަރީޒް މިނިސްޓްރީ އިން ހުއްދަ ހޯދަން ޖެހޭ ކަމަށް އޮތުމުން އައްޑޫ ސިޓީ މޭޔަރު ވަނީ އެކަމުގެ ހުއްދަ ހޯދުމަށް ފިޝަރީޒް މިނިސްޓްރީގެ ހުއްދައަށް އެދި ސިޓީއެއް ފޮނުވާފައި ކަމަށެވެ.

މިކަމަށް ބޭނުންވާ ހުއްދަ މާދަމައާއި ހަމަޔަށް ދެއްވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ދެއްވާފައިވާ ކަމަށާއި، ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީ ވަނީ ހުއްދަ ލިބުމުން އެކަން އެމްއެންޑީއެފް އަށް ހުށަހެޅުމުން ކާޅު މަރަން އެމްއެންޑީއެފް އިން ފަށާނެ ކަމަށް ވިދާޅުވެފައި ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ. އަދި މި ހަފްތާގެ ނިޔަލަށް މިކަން ކޮޅެއްގައި ޖެއްސޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރި އައްޑޫގެ ބައެއް ރައްޔިތުން ވަނީ އައްޑޫގައި ކާޅު ގިނަވުމަކީ ދޮންދީނި އާއިލާ މުޅިން ނެތިދާނެ ކަމެއް ކަމަށް ބުނެފަ އެވެ. މިހާރުވެސް އައްޑޫގައި އުޅޭ ދޮންދީނިތަކަށް ކާޅުގެ ހަމަލާތައް އަމާޒުވެ އެތައް ދޫންޏެއް މަރުވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ބައެއް ފަރާތްތަކުން ބުނެފައިވަނީ އައްޑޫގައި ކާޅު ގިނަވުމަކީ ބަޔަކު މީހުން ގަސްތުގައި ކުރާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އެގޮތުން ބައެއް ރަށްރަށުން އަންނަ ފަރާތްތަކުން ކާޅު ގެނެސް އާލާ ކުރާކަން ބައެއް ފަރާތްތަކުން ފާހަގަ ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބަގްދާދީ

    ބޭކާރު 7 ކާޅުވެސް އުޅޭ.

    11
    • ރަދީފް

      އިންޑިޔާގެ ކާޅު އަދި މެމްބަރު 7 ކާޅު ދޯ.ލޮލް

  2. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    ކާޅުތަކަށްވުރެ ބޮޑު ވަބާއެއް މިސަރުކާރުމީ.. ކާޅު ސަރުކާރު އިސްތިއުފާ

  3. Anonymous

    ގަމާރާ މިއުޅެނީ ކާޅަށް ވުރެ އެމްޑީޕީ ކާޅުންގެ ބަލާވެރިކަން މި ގައުމަށް ފާވެގެންނޭ. ގައުމުގެ ނުވިއްކާ ތަނެއް ނެތް އިންޑިއާ އަށް ހަނިމާދޫ ކައްދޫ އައްޑޫ މިހެންގޮސް ހުރިހާ ޑޮމެސްޓިކް އެއަރޕޯޓުތައް ފުރާލާފައިވަނީ ހިންދޫ ސިފަައިންނުން

  4. ރަބަރޭ

    ކާޅުކޮށްޓައް ލާއިގެން އުޅުނުހަދާން ވޭބާ؟
    އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

    10
  5. ކާޅުފުށި

    ތިޔަކާޅުތައް ބޭރުކުރާއިރު އިންޑިއާގެ ކާޅުތައްވެސް ބޭރުކޮއްދެއްވާ ރޮޒައިނާ ދައްތާ

  6. ސސސ

    ކާޅު ދައިތަ ދޯމީ ހެހެހެ

  7. އސ

    ކާޅު ދައިތަ